Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 17

darkangel Level 210 Stories
March 21, 2015 4 Mins Read
15 Comments

“ރެން ޕްލީޒް އަމިއްލަ ނަފްސަށް ތިހާ އަނިޔާވެރި ނުވެދާނަންތަ، ސަމްޑޭ އެވްރީތިންގ ވިލް ބީ އޯލްރައިޓް، މިގޮތަށް މިކަންވާނެކަން އެނގިހުރެއެންނު މިކަންކުރަން ނިންމީވެސް، ރެންތިއީ އާންޓްގެ ދަރިއަކަށް ނުވުން އެއީ ރެންގެ މައްސަލައެއް ނޫނެއްނު، އަދި ރެންގެ ބައްޕަ ކުށެއްނޫނެއްނު ކުރީ ރެންގެ މަންމައާއި ކައިވެނިކޮށްގެން ރެން ލިބުމަކީ، އާންޓް އަށް ހާރޓް ވާނެވަރުވިސްނާފަނުން މާމަވެސް އެގޮތަށް ނިންމީ، އިޓްއިޒް ޖަސް ޑެސްޓިނީ، ޕްލީޒް ސްޓޮޕް އިޓް” ޔާނާ ރާއިންގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ވާހަކަދެއްކިއެވެ.

 އެމީހުންނަށް ނޭނގުނީ އެވާހަކަތަށް އިތުރުމީހަކަށް އިވުނުކަމެވެ. ރާއިން ކުރި ހުރިހާ ޝަކުވާއެއް އެހެން މީހަކަށް އަޑުއިވުނުކަމެވެ. އެގޭތެރޭގައި ފޮރުވިފައިވާ ސިއްރު އެހެންމީހަކަށް ބޭޒާރުވެއްޖެކަމެވެ.

އެދުވަހު ހަވީރު ޔަޝާރުމެން ފުރައިގެން ދިއުމުން ނޫރާއަށް ހީވީ މިނިވަންކަން ލިބުނުހެނެވެ. އެމީހުން ފުރުވައިފައި އައިސް އެންމެފުރަތަމަވެސް އޭނަ ބޭނުންވީ ބޭރަށް ހިނގާލަށް ދާށެވެ. ރާއިންގާތުގައި ކިޔައިގެން އެންމެފަހުން ޔާނާއާއި އެންމެންވެގެން ސައިކަލު ހުޅުމާލެއަށް ދާން ނިންމިއެވެ. ޒާޔާގާތުގައި ކިޔާކިޔާ އޭނަ ދާކަށް އެއްބަހެއްނުވިއެވެ. ރާއިން ފެންނަހިސާބަށްވެސް އޭނަ ދާންބޭމެއްނުވެއެވެ. ނޫރާއާއިއެކުގައި އޭނަހުރީދާށެވެ. ނަމަވެސް ރާއިންމެން ބައިވެރިކުރާގޮތަށް ހަމަޖެހުމުން ފަހުން ބަހަނާއެއްދައްކާފައި ނުގޮސްމަޑުކުރީއެވެ. އޭނަގިނަވަގުތުހޭދަކުރަމުން ދިޔައީ ކޮޓަރީގައެވެ. ރާއިންއާއިއެއްކޮށް ހޭދަކޮށްފައިވާ ގިން ހަނދާންތަށް އެކޮޓަރީގައި ވިނަމަވެސް ރާއިން ފެންނަންހުރުމުން ލިބޭ ހިތްދަތިކަމަށްވުރެ އެގޮތްވެސް ފަސޭހައެވެ.

ނޫރާ ގެއަށް އައިގޮތަށް ވަނީ ޒާޔާގެ ކޮޓަރިއަށެވެ. ޒާޔާ ނައުމުން އެކަމުގެ ޝަކުވާކުރަމުން ވަރަށް މަޖާކަމުގައި ކިޔިއެވެ. ޔާނާދާން އުޅޭތީއާއި އެއްކޮން މާދަމާ ކުޑަބަނޑޮހަށް މޫދަށް އެރެން ދާން ނިންމައިފައިވާކަމަށް ބުންޏެވެ.

“އަހަންނަށް އެނގޭ ހަމަމިހެން ބުނާއިރު ބުނާނެކަން ނުދާނަމޭ، އަހަންނަށް އެނގޭ އަހަރެންގާތުގައި ނުބުނާނެކަންވެސް، އެކަމް ޕްލީޒް ތިގޮތަށް ނޫޅެފާނަންތަ، ދެންނޭޣެ އަނެއްކާ މިގޮތަށް އުޅެލަން ލިބޭނެދުވަހެއްވެސް، ޔޫ ޔޫސްޓްބީ ފަން، ބަޓް ނޭނގެ ދެންމިހާރު ތިވެފަހުންނަގޮތެއް، ފޯރމީ އާއެކޭބުނެބަ، ބޮޑުދޮންބެމެންވެސް ދާނެ ޒަކޫވެސް ގޮވައިގެން” ޒާޔާ ނޫނެކޭބުނުމުގެ ކުރިން ނޫރާ އަވަހަށް އޭނަ އެއްބަސް ކުރުވުމަށް އުޅެގަތެވެ. އަދި ޝާން އާއި ސަނާވެސް ދަތުރުގައި ބައިވެރިވާވާހަކަ ބުނެލިއެވެ.

ކިތަންމެ ދާންބޭނުން ނުވިނަމަވެސް އޭނައަށް އަބަދުއެގޮތަށް ނޫޅެވޭނެކަން ޒާޔާއަށް އެނގެއެވެ. އެހެންވެ ދާން އެއްބަސްވިއެވެ. ރާއިންގެ ކުރިމަތީގައި ހިތްވަރުކުރުމަށް ނިންމިއެވެ. ރާއިންއަށް އެހެން އުޅެވެންޏާ އޭނައަށްވެސް އުޅެވޭނެއެވެ. އޭނަދެރަވެފައި ހުރިކަން އެނގިގެން ކޮންމެހެން ރާއިންގެ ހަމްދަރުދީއެއް އޭނަ ބޭނުމެއް ނޫނެވެ.

ކުޑަބަނޑޮހަށް ދިޔައީ ޖެހިގެން އައިދުވަހުގެ މެންދުރުއެވެ. ރާއިންއަށް ޒާޔާދާކަންވެސް އެނގުނީ ނޫރާއާއިއެކު ދަބަސްހިފައިގެން އައުމުންނެވެ. ހެނދުނުވެސް ޒާޔާނުފެނުމުން އޭނަހީކުރީ މިއަދުވެސް ޒާޔާނުދާން ނިންމައިގެން ހުރިހެނެވެ. ކަޅުކުލައިގެ ހެދުމެއްލައިގެން އަޅިކުލައިގެ ބުރުގާ އާދައިގެ ގޮތަކަށް ހަދާލައިގެން ހުރިނަމަވެސް އެރީތިކަމަކަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. ގިނަ އިރުތަކަކަށްފަހު ޒާޔާފެނުމުން ރާއިންއަށް ޒާޔާއާއި ދިމާބަލަހައްޓައިގެން ހުރެވުނީއެވެ. ޔާނާއަށް މިތަންފެނިގެން އައިސް ރާއިންގެ ކައިރީގައި މަޑުކޮށްލިއެވެ. ހުރިހާއެންމެންނަށް ތައްޔާރުވެވުމުން ކާރަށް އަރައިގެން އެންމެން ދަތުރަށް ފަށައިފިއެވެ.

މާލޭގެ ހަލަބޮލިމާހައުލުން ދުރަށް އާދެވުމުން ޒާޔާގެ ހިތަށްވެސް ހަމަޖެހުމެއް ވެރިވެގެންދިޔައެވެ. ރާއިންބުނިހެން އޭނަގެ ދިރިއުޅުމުގައި ކުރިއަށްދާންބޭޏުންވިއެވެ. ނަމަވެސް އެހަނދާންތައް ހިތުން ނެރެލުމަށްފަހުގައެއްނޫނެވެ. އެލޯބިންލިބުނު އެންމެ ކުޑަ ފޮނިކަމަކާއި އެންމެ ބޮޑު ހިތްދަތިކަމެއް އެހިތުން ހަނދާންކުރަމުންނެވެ. ލޯބިއެއީ ކިހާ ފޮނި އިހުސާސެއްކަން އަދި ކިހާހިތި އެއްޗެއްކަންވެސް އޭނަދެކެފިއެވެ. އޭނަ ދިރިއުޅުމުގައި ކުރިއަށްދާނީ އެހުރިހާ ހަނދާންތަކުގައާއި އެކުގައެވެ. އެހިތުން އާއަޒުމެއް ކަނޑައަޅަން ބޭނުންވިނަމަވެސް އެކަން ނުވެގެން އުޅެނީ ލޯހުޅުވާލާ ކޮންމެފަހަރަކުހެން އޭނައަށް ކުރިމަތިން ރާއިން ފެންނާތީއެވެ. ނޫނީ އޭނައާއި އެއްކޮން ޔާނާފެންނާތީއެވެ. އެދެމީހުން އެއްކޮން ފެންނަހިނދު ޔާނާގެ މަގާމުގައި އޭނަވާނަމައޭ ހިތަށް އެރީ މަދުފަހަރަކު ނޫނެވެ. ދަތުރުއައުމުންވެސް އޭނައަށް ލިބުނު އިތުރު އުފަލެއް ނެތެވެ. އަބަދާއި އަބަދު ވިސްނެމުން ދަނީ އެއްކަމަކާއި ދޭތެރޭގައެވެ. ކުރިމަތިން ފެންނަމުން ދަނީ ހޭލާހުރެގެން ފެންނަ ހުވަފެނެއް ނޫންކަން ހިތަށް ވިސްނަދީދީ ބަލިވެއްޖެއެވެ. އެއީ ހަގީގަތެއްކަން ގަބޫލުކުރަންއަދިވެސް އޭނަގެ ހިތް ގަބޫލެއްނޫނެވެ. ނަމަވެސް……

“ބޮޑުދޮންބެ ދައްތައަކަށް ހިޔެއްނުވޭތަ ޒާ މިހާރު ވަރަށް ޗޭންޖް ހެނެއް” ދަތުރުނިންމާފައި ގެއަށް އައިސް ވަންނަމުން ނޫރާ ސަނާގާތުސުވާލުކުރިއެވެ. އެއީ ހަމައެކަނި އޭނައަށް ހީވާގޮތެއްތޯ ބަލާލުމަށެވެ.

“ނޫން ވަރަށް ހީވޭ، އަދި ނޫރާގާތުގައި އަހާލަންވެގެން މިހުންނަނީ ކަމެއްވީތޯ، ޒާއަށް ކަމެއް ވެއްޖޭ ހީވާތާދުވަސްކޮޅެއްވެއްޖެ ” ސަނާވެސް ބުނެލިއެވެ. ޒާޔާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދިޔަކަން ނޫރާގެ އިތުރުން އެންމެބޮޑަށް ފާހަގަކުރެވުނީ ސަނާއަށެވެ. އެންމެންނާއި އެކަހެރިކޮށް އުޅުން ގިނަވީމައެވެ. އޭނައާއެއްކޮން އުޅޭމަދު ވަގުތުކޮޅުގައިވެސް ވާހަކަދެއްކުން މަދުވީމައެވެ. ޒަކުވާން އާއިއެއްކޮން ސަކަރާތް ޖަހާތަންވެސް އެއްވެސް ވަރަކަށް ނުފެންނާތީއެވެ. މޫނުމަތިން ހިނިތުންވުމެއް އުޖާލާކަމެއް ނުފެންނާތީއެވެ. ކުރީކޮޅުގައި އޭނަ ހީކުރީ ޒާޔާ ބަލިވުމުންކަމަށެވެ. ނަމަވެސް ހުންރަނގަޅުވުމުންވެސް ކުރީގައި އުޅޭގޮތަށް އުޅޭތަން ނުފެންނާތީ ޒާޔާ އެހެންކަމަކާ ދޭތެރޭ ފިކުރުކުރާކަން އޭނައަށް އެނގުނެވެ.

“ނޭގެވީކީއްކަމެއް، އަހައަހާވެސް ނުބުނި، އަބަދު ދެރަވެފަހުންނަތަން ފެންނަނީ، އަޅެ ދައްތަ ވާހަކަދައްކަބަ ޒާއާ، މީހުން ހާރޓް ބްރޭކް ވީމަ އުޅޭގޮތަށްވިއްޔަ އެއުޅެނީ……. އޯމައި ގޯޑް، އަނެއްކާ އެކަހަލަ ކަމެއްތަ އެއީ….. ނޫން ނޫން ނޫން…….. ޒާ ކުއްޖަކާ ރައްޓެހިވިނަމަ ބުނާނެ” ވާހަކަ ދައްކަމުން ގޮސް ނޫރާބުނެލިއެވެ.

” ހިޔެއް ނުވޭ ޒާ ކުއްޖަކާ ރައްޓެހިވިހެނެއް، އެވާނީ އެހެންކަމަކާދޭތެރޭ ވިސްނަނީ ކަމަށް، ދައްތަ ވާހަކަ ދައްކާނަން އިނގޭ” ސަނާ ބުނެލިއެވެ.

އެކަމް ނުބުނައްޗޭ އަހަރެން މިވާހަކަ ދެއްކިއޭ، އޭރުން ފަހަރެއްގަ ހިތްހަމަނުޖެހިދާނެކަންނޭގެ” ސިޑިއާއިދިމާއަށް ހިނގައިގަންނަމުން ނޫރާބުނެލިއެވެ.

ސަނާ ގަސްތުކުރީ އެވާހަކަ ސަލްމާގާތުގައި ދައްކާށެވެ. ނޫރާގާތުގައި ނުބުނި ވާހަކައެއް ޒާޔާ އޭނަ ގާތުގައިވެސް ނުބުނާނެކަން އެނގޭތީއެވެ. އެއްވެސް ކަމެއްގެ އެއްވެސް ޝަކުވާއެއް ޒާޔާ ނުކުރާނެކަން އޭނައަށް ޒާޔާދަސްވެފައިވާވަރުން އެނގެއެވެ. ސަލްމާ ވާހަކަދެއްކުމުން ފަހަރެއްގައި އެވާހަކަ ހިއްސާވެސް ކޮށްފާނެތީއެވެ. ޒާޔާ ހަމަޖެހޭނީވެސް އޭރުންކަން އެނގޭތީއެވެ. ސަލްމާގާތުގައި އެވާހަކަ ދެއްކުމުން އޭނަ ޒާޔާއާއި ވާހަކަދައްކާނެކަމަށް ބުންޏެވެ. ސަނާއަށް ހަމަޖެހުމުގެ ނޭވައެއްލެވުނީ ދެނެވެ.

*******************************************************

ދޮރާއިވީފަރާތަށް ފުރަގަސްދީގެން އެނދުގައި އޮށުއޮވެލައިގެން ޒާޔާ އޮތެވެ. ސަލްމާ އޭނައާއިދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ޒާޔާގެ ނަމުން ގޮވާލާފައި ދޮރުލައްޕާލަމުން އެތެރެއަށް ހިނގައިގަތެވެ. ސަލްމާގެ އަޑަށް ޒާޔާ ތެދުވެފައި އިށިއިނދެލިއެވެ. ޒާޔާގެ މޫނު މިލާފައިވާކަން ސަލްމާއަށްވެސް ފާހަގަކުރެވުނެވެ. ލޯކައިރިވަނީ ކުޑަކޮށް ކަޅުވެފައެވެ. އެސްފިޔަތަށް ތެމިފައިހުރުމުން އޭނަ އެތެދުވީ ރޮއިފައިކަން އެނގުނެވެ. ސަލްމާއައިސް ޒާޔާގާތުގައި އިށިއިނދެލިއެވެ. ސީދާވާހާކައަށް ދިއުމުގެ ކުރިން ސަލްމާ ބޭނުންވީ އެހެންވާހަކަ ދައްކައި ފުރަތަމަ ޒާޔާހަމައަކަށް އަޅުވާލުމަށެވެ. ޒާޔާގެ ކިޔެވުންފެއްޓެނީ ކޮންއިރަކުތޯއާއި އެއްވެސް އެއްޗެއްބޭނުންތޯ ސުވާލުކުރިއެވެ. ސަލްމާ ކުރާކޮންމެސުވާލަކަށް ޒާޔާޖަވާބުދެއެވެ. ގޭތެރެއިން ހިތްހަމަނުޖެހޭކަމެއް ދިމާވަނީތޯ ސުވާލުކޮށްލުމުން ބޮލުގެ އިޝާރާތުން ނޫނެކޭ ބުންޏެވެ.

“ދައްތައަށް އެނގޭ ޒާއަށް ކޮންމެވެސް ކަމެއްވެއްޖެކަން، ތިއުމުރުގައި ދިރިއުޅުމުގައި ދިމާވާ ހުރިހާ ވާހަކައެއް މައިންބަފައިންނާ ހިއްސާއެއްވެސް ނުކުރާނެކަން، ޒާޔާއަށް ތިއަންނަ ބަދަލު އެންމެންނަށްވެސް ފާހަގަވާނެ، އޭރުން އެހެންމީހުންވެސް ސުވާލުކުރާނެ، އެކަމަކު ދިރިއުޅުމުގައި ދިމާވާ އެންމެ ކަމަކުން އެހެން ކަންތައްތަކަށް ބުރުލެއް އަރުވައިގެން ނުވާނެ، ދިރިއުޅުމަކީ ބޮޑުހަނގުރާމައެއް، އެތައްކަމަކާ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭނެ، އެކަންތައްތަކާ ކުރިމަތިލެވޭނީ ވަރަށް ހިތްވަރުކޮށްގެން، ހިތްވަރުއެލުވާލުމަކީ މާކުރިންވެސް ބަލިގަބޫލުކުރިކަމުގެ ނިޝާނެއް، ޒާޔާގެ މުޅިދިރިއުޅުން އަދި އޮތީ ކުރިއަށް، ދިރިއުޅުމުގައި ދިމާވާ އެންމެ ކަމަކުން އަދި ހިތްވަރުއެލުވާލާކަށް ނުވޭ،” ޒާޔާގެ ކޮނޑުގައި އަތްބާއްވާލަމުން ސަލްމާ ޒާޔާއަށް ނަސޭހަތްދިނެވެ.

ސަލްމާގެ ވާޙަކަތަކުން ޒާޔާގެ ހިތަށް އަސަރުކުރިއެވެ. ސަލްމާގެ އުނގުގައި ބޯއަޅާފައި ރޯންފެށުނީ އިހުތިޔާރަކުނޫނެވެ. އެވަގުތު އެފަދަ ފަރާތެއްގެ އޯގާތެރިކަން ބޭނުންވިލެއް ބޮޑުކަމުންނެވެ. ޒާޔާގެ އެމަލުން އޭނައެވަނީ އެހެންމީހެއްގެ އަޅާލުން ބޭނުންވެފައިވާކަން ސަލްމާއަށް އެނގުނެވެ. އޭނއަށް ޒާޔާގެ އެއަމަލުން އުނދަގޫވިނަމަވެސް ޒާޔާ ދުރުކޮށްލަން ނުކެރުނީ އެހެންވެގެންނެވެ.

“ދައްތަ ގާތުގައެއް ނުބުނާނަންތަ ވީގޮތެއް،” ޒާޔާގެ ބޮލުގައި ފިރުމާލަމުން ސަލްމާ އަހާލިއެވެ. ނަމަވެސް ސަލްމާގެ އެސުވާލުން ޒާޔައަށް އިތުރަށް ރޮވުނީއެވެ. އޭނަ ވަކިބުނާނީވެސް ކީކޭހެއްޔެވެ. ދައްތަގެ ދަރިފުޅު އޭނައަށް ބޭވަފާތެރިވީއޭ ހެއްޔެވެ.

” ކުއްޖަކާ ރައްޓެހިވެގެންތަ އުޅެނީ،” ސަލްމާ އެންމެ ފަހުން އަހާލިއެވެ. ޒާޔާގެ ރުއިންމަޑުވުމުން އެއީ އެކަމާ ހެދިގެންކަން އޭނައަށް ނަގައިގަނެވުނެވެ. ޒާޔާތެދުކުރަމުން ޒާޠާގެ މޫނުގައި ދެފަރާތުން ހިފާލިއެވެ. އަދި ކަރުނަތައް ފޮހެލިއެވެ.

“އެކުއްޖާ ރުޅިވީ” ޒާޔާގެ މޫނުފޮހެލަމުން ސަލްމާ އަހާލިއެވެ. މަޑުމަޑުން ޒާޔާ ބޯޖަހާލީ އާއެކޭ ބުނުމަށެވެ.

“ޒާޔާ، ދައްތަބުނީމެއްނު ދިރިއުޅުމުގައި އެތައް ކަމަކާ ކުރިމަތިވާނެއޭ، ތިގޮތަށް ހިތްވަރުދެރަކޮށްގެން އެއްވެސް ކަމެއް ކާމިޔާބެއް  ނުވާނެ، ދައްތައަށް ޔަގީން ޒާޔާ ދޫކޮށްލި މީހަކު ޒާޔާ ދޫކޮށްލާނީ އެއީ އެމީހަކަށް ނުވިސްނޭތީކަން، ޒާޔާތިއީ ވަރަށް ރަނގަޅުކުއްޖެއް އެހެންނު، ދެން އެކަހަލަ މީހަކަށްޓަކައި ކީއްކުރަން ރޮނީ، މިހާރު ކޮލެޖުކިޔެވުންވެސް ފެށެން ކައިރިވީ، ދެން އެކަމާ ވިސްނަން ހަދައިގެން ޒާޔާގެ ކިޔެވުން ހަލާކުވެއްޖެއްޔާ އެދުވަހުން އަދި މާދެރަވާނެއްނު، އެން، ޔޫ އާރ ގޮއިންގ ޓް ފޯލް އިންލަވް އަގެއިން، އެން އިޓްސް ގޮއިންޓްބީ ބިޔުޓިފުލް އޭޒް މަޗް އޭޒް ފަސްޓްޓައިމް، އެން ޔޫއާރ ގޮއިންގޓް ފޮރގެޓް އެވްރީތިންގް އޯކޭ، ދައްތަގެ ބަސް ޒާޔާ ގަބޫލުކުރަމެއްނުދޯ، އެހެންވީމަ މީގެފަހުން ދެން ނުރޯތި، އެން ތިކުއްޖަކަށް ދައްކާލަބަ ތިއީ ބަލިކަށި ކުއްޖެއްނޫންކަން އިނގޭ” ޒާޔާއަށް ވިސްނައިދިނުމަށް ސަލްމާ އެކިގޮތްގޮތުން ވާހަކަ ދައްކަމުން ދިޔައެވެ. އޭނަގެ ހިތުގައިވި ޒާޔާއަށްވީ ފޫހިކަމަށްވެސް އެގަޑީގައިވީ ކިހިނެތްކަމެއް ނޭނގެއެވެ. ހީވީ އަމިއްލަ ދަރިއަކަށް ވިސްނައިދިންހެނެވެ. ޒާޔާއިދޭތެރޭ ބެހެއްޓުން ގާތްކަންވެސް އޭނައަށް އިހުސާސްވީ އެކޮޓަރިން ނިކުތްފަހުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ފޮނި ފޮނި ހުވަފެން

Next

އަހަރެންގެ ހައްގެކެވެ. (9 ވަނަ ބައި)

Next
March 22, 2015

އަހަރެންގެ ހައްގެކެވެ. (9 ވަނަ ބައި)

Previews
March 21, 2015

ފޮނި ފޮނި ހުވަފެން

15 Comments!

  1. darkangle says:
    March 21, 2015 at 8:12 pm

    insha allah next part wil be uploaded tuesday, sorry for the delay..

  2. sal says:
    March 21, 2015 at 8:20 pm

    V salhi. Ekm haadha kurey

  3. darkangle says:
    March 21, 2015 at 8:23 pm

    sory sal, i knw abadhu bxy ey kiyaakah nuvaanekan ekam midhuvas kolhu hama bxy, lasvaathyvegen mi up kuryves, mid sem break v ma aai ekkon dhw, insha allah next part dhigu kollaanan, thnks for reading

  4. ag says:
    March 21, 2015 at 8:33 pm

    ވާހަކައެއް ގެނެސްދެންޏާ ކިޔުންތެރިންވެސް ހިތްހަމަޖެހޭ ގޮތައް ގެނެސްދީ… ކިޔުންތެރިނައްވެސް ޖެހޭނެ އިހުތިރާމްކުރަން… ކީޕް އިޓްއަޕް…

  5. darkangle says:
    March 21, 2015 at 8:50 pm

    yap thats so true, ekam kithanme dhigukoh genesdhinas kiyunthrin nakah nufudheyne cax m also a reader, i knw reades feeling when its short n when its delay. bt i will keep that in mind frm nw onwards. thank you for reminding me that “ag”

  6. luv luvy. says:
    March 21, 2015 at 9:17 pm

    Nice BT maa lahy… Wow brilliant…

  7. luv luvy. says:
    March 21, 2015 at 9:22 pm

    Oooommmggggg…. Nice kan……

  8. Shai says:
    March 21, 2015 at 9:33 pm

    Avahah up kobba
    .. Story is nice but short..

  9. same says:
    March 21, 2015 at 9:42 pm

    Alhey hadha rythi wahaka ekey…. ekm mihaa gina dhuwahu gina inthuxareh kuryma mi libuny kuda part eh kiyaalah… v kiyaa hithuh kee vx….. Anywyx vvvvvvvv habeyx .. Keep it up alwyx.. N i waiting for nxt part…. plxxxxxx v awaha upolad khba….

  10. luv luvy. says:
    March 21, 2015 at 9:48 pm

    Oohhh same hadha dhigu inthizreh khfiyey dhw.. Hama efadhain i I vx dhigu inthizaareh kirin.. I am v v happy tonight …. Because story up khdhinyma.. Thankxxx a lot..

  11. neel says:
    March 21, 2015 at 11:36 pm

    Inthizaaru vaahaka kiyan inthizaaru kuran jeheyne ingey!

  12. minte says:
    March 22, 2015 at 8:00 am

    Woa…I thought u stopped writing am so happy u updated

  13. Anonymous says:
    March 22, 2015 at 1:03 pm

    Varah inthizaaru kurevijje mi story up veythw… ufaa vejje vaahaka up v ma…. aslu vx varah nice mi part vx… 🙂

  14. shau says:
    March 22, 2015 at 1:59 pm

    plzzz avahah up kohdhy… darkangel hama best ingey….

  15. smile says:
    March 24, 2015 at 10:00 pm

    tuesday mioh nimneeee….. still story is not uploaded 🙁 ……… mihaaru abadhu mi site belenee mi story up v thw balan

Comments are closed.

Next Episodeއިންތިޒާރު 18←


All Right Reserved!