Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޒުމޫނު

ނަލަ ނަލަ ގެމަނަފުށި

Fathimath Athifa Hussain Level 210 Stories
June 7, 2020 2 Mins Read
4 Comments

ހުވަދުއަތޮޅުގެ ރަށްތަކުގެ ތެރެއިން ގއ ގެމަނަފުށްޓަކީ މިހާރު ރާއްޖޭ ގެ ހުރިހައި ކަންކޮޅުތަކަކަށްވެސް ނަން މަޝްހޫރު ރަށްތަކުގެ ލިސްޓު ގައި ހިމެނޭ ރަށެކެވެ. އާބާދީގައި ދެހާހެއްހައި މީހުން ދިރިއުޅޭ ގެމަނަފުށްޓަކީ ގއ އަތޮޅުގައި އޮތް އެންމެ ނުފޫޒުގަދަ އަދި ގިނަބަޔަކު ޒިޔާރަތްކުރާ ހިތްހެޔޮ ބަޔަކު ދިރިއުޅެމުން ގެންދާ ރަށެއްވެސްމެއެވެ.

މަސްވެރިކަމަކީ ދިވެހިން ގެ ލޭނާރުކަން ނުދަންނަ ދިވެއްސަކު މިދިވެހި ރާއްޖޭގައި މަދުވާނެއެވެ. ގއ ގެމަނަފުށީ ގައިވެސް އާމްދަނީ ހޯދުމުގެގޮތުން މައިގަނޑުގޮތެއްގައި ކުރާމަސައްކަތަކީ މަސްވެރިކަންކުރުމެވެ. ކާބަފައިންގެ ޒަމާނުގައި ފެށުނު މިގަދީމީ މަސައްކަތް މިހާރުވެސް ގެމަނަފުށީގެ ރައްޔިތުން އަންނަނީ ކުރަމުންނެވެ. ލަކުޑި ދޯނިފަހަރުގައި ކޮށްއުޅުނު މަސްވެރިކަން މިހާރު ކުރަމުން އަންނަނީ ފައިބަރުލީ ބޮޑެތި ދޯނިފަހަރު ގައެވެ. އިހުގައި މަސްވެރިކަން ކޮށްއުޅުނީ ދޮށީއުމުރުގެ މީހުންނަށްވިޔަސް މިހާރު ގެމަނަފުށީގެ އެތަކެއް ޒުވާނުންނެށް ދަނީ ޖޯޝާއި އަޒުމުގައި މަސްވެރިކަމުގެ މަސައްކަތް ކުރަމުންނެވެ.

މ އަތޮޅު ދިއްގަރު ރިހާކުރުގެ މަޝްހޫރުކަން ނޭނގޭނެ މީހަކު މިދިވެހިބިމުގައި ހުރެދާނެ ކަމާއިމެދު ޝައްކެވެ. ނަމަވެސް އުފަލާއިއެކު ބުނެލަން ޖެހެނީ ދިއްގަރު ރިހާކުރު ނޫނަސް ގއ ގެމަނަފުށީގަ އުފައްދާ ރިހާކުރުވެސް ވަކި މަޝްހޫރުކަން ކުޑައެއް ނޫންކަމެވެ. މާލޭގެ ބާޒާރު ގައިވެސް ގެމަނަފުށީގެ ރިހާކުރައް އޮންނަ ޑިމާންޑު އެހެން ރަށްތަކުގަ އުފައްދާ ރިހާކުރަށްވުރެ އެންމެ ތަންފުކެއްވެސް ދެރައެއް ނޫނެވެ. މިއީ ތޯތޯ ވާހަކައެއް ނޫންކަން ދިވެހިރައްޔިތުން ހެކިވާނެ ކަމާއިމެދު އަޅުގަނޑު އެއްގޮތަކަށްވެސް ޝައްކެތްނުކުރަމެވެ.

ޒަމާނުއްސުރެ ގެމަނަފުށީގެ ލޮބުވެތި ރައްޔިތުންނަކީ އެއްބައިވަންތަ އެކުލުންތެރި ބަދަހިމުޖުތަމައެއް ދިރިއުޅޭ ރަށެކެވެ. ސާފުތާހިރުކަމަށް ވަނަ ދޭނަމަ އެއްވަނަ ދަރަޖަ ދެވޭނެ ފަަދަރަށެކެވެ. ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ގެމަނަފުށީގެ ރައްޔިތުން އަދާކުރާ މެހެމާންދާރީޔަށް އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހިފަހެށްޓުމެށްނެތް ތައުރީފާއި ސަނާގެ ބަސްތައް ރައްދުވެއެވެ. މަގުމަތިން ދިމާވެއްޖެނަމަ ހިނިތުންވުމާއެކު ވާހަކަ ދައްކާނެ އެވެ. މުހުތާދެއް އޮތްކަމުގައި ވަނީނަމަ އެކަމެއް ފުއްދައިދިނުމަށް އަވަސްވެގަންނާނެއެވެ.

ގއ ގެމަނަފުށީގައި އެރަށުގެ ޒުވާނުންނާއި ރަށުގެ މުއައްސަސާތަކުގެ ބޭފުޅުންނާއި ރަށުގެ ރައްޔިތުންވަނީ ހިތްފަސޭހަ ފިނިމައިޒާންތަކެއް ރަށުގައި ތަރައްގީ ކޮއްފައެވެ. އެގޮތުން “މާރެހާވިއު” ބީޗާއި”ޒީރޯ ބީޗް” އަދި ރަށުގެ ބޮޑުމަގުގައި ހަދާފައިވާ “ކުލޮކް ޓަވަރު” ހެއްކަކަށް ފުދޭނެއެވެ. މިދެންނެވި ތަންތަނަށް ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން ޒިޔާރަތް ކޮށްފައިވުމީ  ގެމަނަފުށީގެ ލޮބުވެތި ރައްޔިތުންނަށް ލިބޭ މަތިވެރި އުފަލެކެވެ. ރަށުގައި ހިތްގައިމު ފިނި މައިޒާންތައް ހެދުމާއި ރަށުގެ ކުރިއެރުމާއި ގުޅިފައިވާ އެންމެހައި ކަމެއްގައި ރަށުގެ އެންމެހައި ފަރުދުން ބައިވެރިވާކަމީ ގެމަނަފުށި ރާއްޖޭގެ އަތޮޅުތަކުގައި ވިދާލި މައިގަނޑު ސަބަބުކަމުގައި ދެންނެވުމަކީ ކުށަކަށް ޔަގީނުންވެސް ނުވާނެއެވެ.

ގިނަ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އީދު ފަދަ މުނާސަބާތައް ފާހަގަކުރުމަށް ގޮސްއުޅެނީ އެބައެއްގެ އުފަން ރަށަކަށް ނޫނެވެ. ނަމަވެސް ގެމަނަފުށީގެ ރައްޔިތުން އެއާއި ހިލާފަށް ކިތަންމެ ކުޑަޗުއްޓީއެއް ލިބުނުނަމަވެސް ބަލާނީ ގެމަނަފުށްޓައް އާދެވޭތޯއެވެ. އީދުގެ މަޖަލާއި އަހަރީ ބޮޑުބަންދު ހޭދަކޮއްލާނީ ގެމަނަފުށީ ގައެވެ. މިއިންވެސް އެނގި ހާމަވަނީ ގެމަނަފުށީގެ ރައްޔިތުން އެމީހުންގެ އަމިއްލަ ފަސްގަނޑުދެކެ ލޯބިވާ މިންވަރުގެ ބޮޑުކަމެވެ. ރަށުގެ ސާފްތާހިރުކަމަށާއި ރަށުގެ ކުރިއެރުމަށް މަސައްކަތްކުރާ ބަޔަކުކަމެވެ.

ގއ ގެމަނަފުށްޓަކީ މީގެ ދިހަވަރަކަށް އަހަރުކުރީގައި ދިވެހިންނަށް ފަރިތަ ރަށެއްކަމުގައި ނުވެދާނެއެވެ. ނަމަވެސް ނުގުޑާނެފަދަ އަޒުމާއި ހިތްވަރާއެކު ގެމަނަފުށީގެ ރައްޔިތުންކުރި ބުރަ މަސައްކަތުން ގެމަނަފުއްޓަކީ ރާއްޖޭގެ ނިސްބަތުން ގިނަބަޔަކު އެރަށަކަށް ކޮންމެހެންވެސް ޒިޔާރަތް ކޮއްލަން ޝައުގުވެރިވާ ފަދަ ރަށެއްކަމުގައި ގެމަނަފުށި މިއަދު މިވަނީ ވެފައެވެ. އަވަށްޓެރި ގައުމެއް ކަމަށްވާ ސިންގަޕޫރު ކަމުގައިބުނެ ބަޔަކު ގެމަނަފުށްޓައް މަލާމާތްކުރާތީ ފެނެއެެވެ. އެހެނަސް ރަށުގެ ޒުވާނުންނާއި ރަށުގެ ރައްޔިތުން އެކައްޗެއްކިޔައި މަސައްކަތް ކޮއްފިނަމަ ގެމަނަފުށި ސިންގަޕޫރަށް ވުރެ މަތީފަންތީގައި ގުނާލެވޭ ތަނަކަށް ނުހެދި ނުދާނެކަން ކަށަވަރެވެ. ﷲގެ ތަނަވަސް ރަހުމަތާއި މިންވަރުފުޅުން ގެމަނަފުށި ވެގެންދާނީ ބޭރުގެ ކަރަތަކުންވެސް ފަތުރުވެރިން އުފާހޯދުމަށް އަންނަ ހިތްގައިމު މަންޒިލަކަށެވެ.

ގެމަނަފުށްޓަކީ ނަލަ ނަލަ ޗާލު ރަށެކެވެ. ސާފުވަޔާއި ދޮންވެލި ތުނޑީގެ ހިތްގައިމުކަން  ގުދުރަތުން ދެއްވާފައިވާ ރަށެކެވެ. ހިތްހެޔޮ އެކުވެރިބަޔަކު ދިރިއުޅޭ ރަށެކެވެ. ސާފުތާހިރު ނަމޫނާ ބަޔަކު ދިރިއުޅޭ ރަށެކެވެ. ތަރައްގީގެ އުސްއަލިތައް ފެންނަމުންދާ ރީތި ރަށެކެވެ. އެތައްބަޔަކު އެރަށެއްގެ ގޮނޑުދޮށުގައި ފައި ބީއްސާލަން މަރުދޭ ރަށެކެވެ. އަދިއެހެންމެ މަސްވެރިކަމުން މުޅި ދިވެހިރާއްޖެއަށް ނަމޫނާ ދެއްކި ރަށެކެވެ. މާތްﷲ ގެމަނަފުށްޓައް އަބަދުވެސް އާރޯކަމާއި ފާގަތިކަން މިންވަރުކުރައްވާށިއެވެ. ހަމައެހެންމެ އެއްބައިވަންތަކަމާއިއެކު މިނިވަން ޖައްވެއްގައި ގެމަނަފުށީގެ ރައްޔިތުން އުފާފާގަތިކަންމަތީ ލައްވާށިއެވެ.

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ލޯ ފޮހެލާދޭށެ މަގޭ 24

Next

ކުއްލި ބަދަލް

Next
June 7, 2020

ކުއްލި ބަދަލް

Previews
June 7, 2020

ލޯ ފޮހެލާދޭށެ މަގޭ 24

4 Comments!

  1. ނަމެއްނެތި says:
    June 8, 2020 at 9:05 pm

    އާތިފާ ތިޔައީ ކަނޑުހުޅުދޫ ކުއްޖެއްތަ؟ހަމަ އަހާލީ އިނގޭ! އެއްޗެއް ހީނުކުރުން އެދެން

    1. Fathima says:
      June 9, 2020 at 2:15 pm

      Thiyaei konradhehge kujjehtha ehchekey heenukuraathi

  2. Fathimath Athifa Hussain says:
    June 9, 2020 at 2:18 pm

    Dear I am not a Kandu’hulhadhoo person!!ThanQ For your Comment by the way?

  3. azoo says:
    July 25, 2020 at 1:10 pm

    Aathifa thee gemanafushee kujehtha naming dhanna kujehhen heeve

Comments are closed.



All Right Reserved!