Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާ

ނާތަޙްޒީބް

Shaam Level 110 Stories
March 20, 2015 3 Mins Read
13 Comments

ނަވާރަ އަހަރު ރަށުގައި އުޅުމަށް ފަހު މާލެ އައީ ވަޒީފާއެއްގެ ބޭނުމުގައެވެ. ރަށުގައި ވަޒީފާގެ ފުރުސަތުނެތުމުން ކުއްޔަށް އުޅެގެންވެސް ވަޒީފާއެއް ލިބެން އޮތީ މާލެއިން ވީމައެވެ. މިގޮތަށް މާލެއައިސް މިމާލޭގެ ތޮއްޖެހިފައިވާ މަގެއްގައި ހިގާލާފައި ދަނިކޮށް ރަށު މަންޖެއެއް ފެނިއްޖެއެވެ. ވަރަށް އުފާވިއެވެ. ސަބަބަކީ މާލޭގައި މިވީ ތިންމަހެއްހާ ދުވަހުގައި ރަށުމީހަކާ ދިމާވެފައި ނުވާތީއެވެ. ރަށްދޫކޮށް މިއައީ ރަށުގެ ހިތްގައިމު މާހައުލު ދޫކޮށްފައި އެކަންޏެއްވެސް ނޫނެވެ. ރައްޓެހިންނާއި ތިމާގެ މީހުންނާއި އަދި ރަށުގެ ސަޤާފަތުގެ އިތުރުން ރަށު ބަސްވެސް ދޫކޮށްފައެވެ. ވީއިރު މިފަދަ މާޙައުލަކުން ރަށުމީހަކާއި ދިމާވުން އެއީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި އެވެސް ކޮންމެވެސް ވަރަކަށް ތިމާގެވެސް ކުއްޖެކެވެ. އޭނާ ދިޔައީ އެހެން ދެ އަންހެން ކުއްޖަކާވެސް އެކުގައެވެ.

ކައިރިއަށްގޮސް ހުއްޓިލާފައި ރަށުބަހުން އަހަރެން އޭނަގެ ނަމުން ގޮވާފަ ވާހަކަ ދައްކަން ފެށީމެވެ.

އަހަރެން: ” އަހަނ ފާތުމާ ކޮންހާލެކެ” ( ޙާލުކިހިނެތްތަ؟)

އަހަރެން މިހެން ބުނުމުން އޭނަ ކައިރީ ތިބި ދެ އަންހެން ކުދިން ވަރަށް ހީ އެެއްފަރާތަކަށް ޖެހި ފާތުމާ އޭކިޔާ އޭނަޔާ ދިމާކުރާފާޑަކަށް ހޭންފެށިއެވެ.

ފާތުމަ: ” ޝަމީމް. ޝަމީމް ތިކިޔާ އެއްޗެއް އަހަންނަކަށް ނޭގޭ ..މިކަހަލަ ތަޙްޒީބީ މުޖުތަމަޢުއަކަށް އައިސް ތަޙްޒީބްވާން ދަސްކޮށްބަލަ. އަހަންނަކަށްނޭގޭ ޝަމީމްމެންގެ ބަހުން ވާހަކަ ދައްކާކަށް ބޭނުމެއްވެސް ނޫން. އެނޫނަކަސް ޝަމީމެއް އަހަންނަކަށް ނުވެސް އެނގޭ”

ސުބުޙާނަﷲ! އެހުރިހާ ވާހަކައެއް ދައްކާފަ އޭނަ އެބުނީ އަހަރެން ނޭނގޭކަމަށެވެ. އަހަރެން އޭނަގެ އަގު ވެއްޓިދާނެތީ ހިފެހެއްޓީއެވެ. އެހެން ނޫންނަމަ އޭނަގެ ފަތިފުއް ހުޅުވާ އެއް ތޮއްޖެހިފައިވާ މަގުމަތީގައި ފަތުރާލީހެވެ. އެކަމަކު އަހަންނަކީ އޭނަހާ ލަދުޙަޔާތް ކެނޑިފައިހުރިމީހެއް ނޫނެވެ. ދުރުންނަމަވެސް އޭނަ އަކީ އަހަރެންގެ ތިމާގެ މީހެއްގެ ދަރިއެއްކަން އަހަންނަށް އެގެއެވެ. އޭނަ އަށް ލިބޭ ލަދަކާއި ދެރައަކީ އަހަންނަށް ލިބޭނެ ކަންތައްތަކެއްކަމަށް އަހަރެން ޤަބޫލްކުރީމެވެ. އަހަރެމެންނަކީ ތިމާގެ ގުޅުންތަކަށް އިޙްތިރާމްކުރާ ބަޔަކަށްވެސް ވީމައެވެ.

ކޮންމެ އަކަސް އަހަރެން ވަރަށް ބޮޑު ލަދެއްގައި ބެދިއްޖެއެވެ. ނުދަންނަ އަންހެން ކުއްޖަކާއި ފޮށި، އޭނަމިއިން ދުވަހަކު ނުދަންނަ ބަހަކުން އޭނަޔާއި ވާހަވެސް ދެއްކިއްޖެއެވެ. ވަރަށް ދެރަވެ ހުރެ ހިގައިގަތްތަނާ މުސްކުޅި ބޭބެއަކު އައިސް ކޮނޑުގައި އަތް ޖަހާލާފައި އެއީ އަހަރެން ދަންނަ ކުއްޖެއްތޯ ސުވާލްކުރިއެވެ. އަހަރެން ބުނީމެވެ.

” އަހަރެން ހީކުރީ އެއީ ދަންނަ ތިމާގެ ކުއްޖެއްކަމަށް..އެކަމަކު އޭނަ ބުނާގޮތުން އޭނަޔަކީ ދިވެއްސެއް ، އަހަންނަކީ ބިދޭސީއެއް.. ބޭބޭ އެއީ ތަޙްޒީބީ މުޖުތަމަޢުގެ ކުދިން އެކަމާ ނުވިސްނާ”

އަހަރެންގެ ވަޒީފާހަމަޖެހިއްޖެއެވެ. ޕްރައިވެޓް ކުންފުންޏެއްގެ ހިއުމަން ރިސޯސް އޮފިސަރެވެ. އެއްދުވަހެއްގައި އަހަރެން އުޅޭ ކުންފުނިން އިޢުލާންކޮށްފައިވާ ވަޒީފާއަކަށް ލާފައިވާ ކުދިންގެ ފޯމްތައް އަހަރެން ޗެކްކުރަމުންދަނިކޮށް އެއްކަލަ މަންޖެގެ ފޯމް ފެނިއްޖެއެވެ. އަހަރެންގެ ހިތަށް އެރި އެވެ.މިމަންޖެ އާދެނެއް ވާހަކަ ނުދައްކާނަމެވެ.

ޖެހިގެން އައި ދުވަހު ވަޒީފާއަށް ކުރިމަތި ލާފައިވާ ކުދިންތައް އިންޓަރވިއުއަށް ގެނެވިއްޖެއެވެ. އަހަރެން އިނީ އެޗް.އާރ މެނޭޖަރ ކައިރީގައި އިންޓަރވިއު ކުރެވޭ ފަރާތްތަކުގެ ފޯމްތަށް ފުރާށެވެ. ފަހަރަކުން ކުއްޖަކު އަންނަމުންގޮސް އެއްކަލަ މަންޖެއަށް ގޮވާލެވިއްޖެއެވެ. އަސްތާއެވެ. އެހެރަ ލާލު ޕަރީއެއް ދޯއެވެ. ބޯ ހުރީ ހުޅިއެއް ޖެހި ޖެހީނުން ޖައްވީ އިދާރާއާއި ގުޅިފައެވެ. މޫނާއި ތުންފަތުގައި އެހެރަ އުނގުޅާފައިވާ އެންޓަރޕޯލިންގ ދަވާދުތަކުގެ އޮފްކަން ހުރީ ލޯތައް ބަނޑިޖަހާލާފަދައިގައެވެ. ލައިގެން ހުރި ހެދުމުގެ ތެރެއިން ނުފެންނަނީ ނެތް އެއްޗެކެވެ. އަރާފައި ހުރި ފަސް އިންޗީގެ ކަށީގައި ހިގާލާފައި އައިސް މިމަންޖެ އިށީދެއްޖެއެވެ.

މެނޭޖަރ: ކޮންނަމެއް ތޯ ކިޔަނީ

އޭނަ: ފާތުމަތު ޝިފްނާ

މެނޭޖަރ: “ކުރިން މަސައްކަތުގެ އެއްވެސް ތަޖުރިބާ އެއް ލިބިލެއްވިތޯ”

އޭނަ:” ނޫން އަދި އެކަހަލަ ޗާންސެއް ނުލިބޭ”

މެނޭޖަރ:”ކިހާ ޝައުޤުވެރިކަމެއް އެބަހުރިތޯ މި މަޤާމަށް”

އޭނަ: ” ދެން ވަރަށް ގިނަ މީހުންނާއި ޑިސްކަސް ކުރިން..ވާނެޔޭ ބުނި ދޯ ހުރިހާ މީހުންވެސް”

މެނޭޖަރ: ” އަމިއްލަޔަށް ކޮންފިޑެންސް އެބަހުރިތޯ”

އޭނަ: “ދެން ދޯ ޓްރައި ކުރާނީ.. “

މީނަގެ ޒާތްކޮޅު ދިގުކަމުން މެނޭޖަރ ބާކީހުރި ސުވާލްތައް ނުކޮށް މީނާއަށް ވަޒީފާ ހަމަޖެހިއްޖެނަމަ ގުޅާނެ ކަމަށް ބުނެ ފޮނުވާލައިފިއެވެ.

މެންދުރު ކެއުމަށް ދާން އަހަރެން ބޭރަށް ނުކުތް އިރު އެއްކަލަ ލާލްޕަރީ އަހަންނާއި ދޮރުމަތިން ދިމާކުރިއެވެ.

އޭނަ: ” އޭޝަމީމް.. އަހަންނަށް އެ ޖޮބް ހަމަޖެހޭނެތަ.. މެނޭޖަރ ހުރީ އަހަންނާއިި މެދު ހިތްހަމަޖެހިފަތަ”

އަހަރެން: ” ދެން ހަމަޖެހިއްޖިއްޔާ ފާތުމަތު އަށް ގުޅާނެ”

އޭނަ: ” ދެން އަޅެ ބަލާދެއްޗޭ.. ރަށު މީހުންނަށް އަޅާލަންވާނެ.. ބަލާދެއްޗޭ އިނގޭ”

އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. އޭނަ ބަލާއައިސްހުރި ފިރިހެން ކުއްޖާ އެއީ ކާކުހޭ އެވެ. އަހަރެން މަޑުވެސް ނުކޮށް ނައްޓާލީމެވެ. އެކަމަކު އޭނަ ބުނި އަޑު އެހީމެވެ.

“އެއީ އަހަރެންގެ ބޭބެ އެއް. ބުނި ބަލާލަ ދޭނަމޯ ..ހީވަނީ އޯކޭ ވާނެހެން.. އަހަރުމެންގެ މީހުންތިބޭނޭ ލޯބީ”

އަހަރެން ކައިރިއަށް ހިނިވެސް އައެވެ. ވާނީވެސް އެހެންތާއެވެ.މީގެ ކުރިން ދުވަހެއްގަ އަހަރެން ނުވެސް ދަންނަ މީހަކަށް މިއަދު އަހަރެން ބޭބެ އަކަށް ވީއެވެ.ހިތަށް އެރިއެވެ. ތަޙްޒީބު ވަނީ މިހެން ބާވައެވެ.

އެހެން ހާދިސާއެއް ކިޔާދެމެވެ. އޭޑީކޭ ހޮސްޕިޓަލުގައި ރައްޓެއްސަކު އިމަޖެންސީ ރޫމްގައި އެޑް މިޓްކޮށްފައި އޮތީމަ އަހަރެން އިނީ އޭނަކައިރީގައެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލި އަޑަށްބަލާލިއިރު އެއްކަލަ ލާލުޕަރީގެ ލޯބިވާ ލާލުޕަރީ އުރާލާއިގެން ކަހަލަ ގޮތަކަށް ގެނެއެވެ. އޭނަގެ ދެލޮލުގައި އަތް އަޅައިގެން ރޮއި ނަގައެވެ. ޑޮކްޓަރެއްވެސް ވަރަށް އަވަހަށް އެދިމާލަށް ދާތަން ފެނުނެވެ.

ޑޮކްޓަރ: ” ވަޓް ހެޕެން ޓު ހަރ”

ލާލްޕަރީގެ ލޯބިވާ ލާލްޕަރީއާއި ކިހިނެތް ވީތޯ ސުވާލްކުރަން ފެށުމުން ލާލް ޕަރީ ވާހަކަ ދައްކަން ފެށިއެވެ.

ލާލްޕަރީ: ” ޑޮކްޓަރ ހެލްޕްމީ.. އައި ޑޯންނޯ،.. އައި އޮޕަން ޓޮމެޓޯ ބޮޓްލް، އެންޑް ސޯސް ކަމް އެންޑް ޗަސް ޗިސް ޗޮސް”

ލާލްޕަރީގެ އަތުގެ އިށާރާތުން ޓޮމާޓޯ ފުޅިން ކޮންމެވެސް އެއްޗެއް ލޮލަށް އެޅުނީ ކަމަށް ބެލެވެއެވެ. އަހަރެން ކައިިރިއަށް އަންނަނީ އަމަށަކު ހިންޏެއްވެސް ނޫނެވެ. ހިތް ވަރު ކޮއްލައިގެން ހިފެހެއްޓީއެވެ.

ޑޮކްޓަރ ކޮންމެވެސް އެއްޗެއް އޭނަ ގެ ލޮލުގައި އުނގުޅުމަށް ފަހު ސުވާލްކޮށްލިއެވެ.

ޑޮކްޓަރ: “މެމް ހައު ޑޫ ޔޫ ފީލް ނައު”

ލާލްޕަރީ: ” ޑޮން ނޯ! ލައިކް ބިގް ރޮކްސް މޫވިން އިންސައިޑް”

ދެނެއް ނުހިފެހެއްޓުނެވެ. ހިފެހެއްޓޭނީވެސް ކިހިނެތް ހެއްޔެވެ. ކައިރީގަ ހުރި ނަރުސްކުއްޖާވެސް ހެނީއެވެ.

ދެން އަޅެ މިކިޔާ މީހަކު އަހަންނަށް މީނަ ތަޙްޒީބް ވެފައިވާ ގޮތެއް އަހަންނަށް ކިޔައިދީ ބަލާށެވެ. މީނަ ތަޙްޒީބް އެމާނަކުރާގޮތެއް އަންގަ ދީބަލާށެވެ. (ނިމުނީ)

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (2 ވަނަ ބައި)

Next

ފޮނި ފޮނި ހުވަފެން

Next
March 21, 2015

ފޮނި ފޮނި ހުވަފެން

Previews
March 20, 2015

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (2 ވަނަ ބައި)

13 Comments!

  1. athoo.. says:
    March 20, 2015 at 11:00 pm

    hehe, e laalupary thahzeebu vany eyna hithah eri iraku. beynumeh jehuneema beybe akah………. ehen noony rashu bahun vaahaka dhahkaifiyya e vaany beerahtehsakah……… male kudhin ekanyo thahuzeebu vany.. ekamaku thahuzeebu ge maana gina mi zamaanuge kudhinnakah neyge…. male bahun vaahaka dhahkan igen jeheyne.. male registry onnan jeheyne…. biteh gengulhen jeheyne…… free koh ulheleven jeheyne……….. ey emeehun maana kuraa minivankamaky adhi thahuzeebee vumaky….. ekamaku aslu thahuzeebaky thandhoru egun… ragalhaa nuragalhu hevaa nubai egun…….. varah shauguveri vaahaka eh………. v creative………..

  2. mustho says:
    March 21, 2015 at 12:26 pm

    ey v v v salhi ingey mivaahaka….adives mikahala ithuru story thakeh fennaane kamah ummeedhu kuran

  3. sal says:
    March 21, 2015 at 8:00 pm

    This is like a report or a joke. Not a story. Bt this is interesting

  4. SARA says:
    March 24, 2015 at 6:43 pm

    REETHI VAAHAKA EH. MIZAMAANU KUDHIN DHW. MIKAHALA ITHURU STORY THAH NIKUNNAANEKAMAH UNMEEDH KURAN….

  5. AMAANATH says:
    April 21, 2015 at 2:21 pm

    REETHI VAAHAKA EH

  6. ކިޔުންތެރިއެއް says:
    May 13, 2015 at 12:02 pm

    ވަރަށް ރީތި. ތިކަހަލަ ކުދިން ހަމަ އުޅޭ ދޯ….

  7. Pary says:
    May 21, 2015 at 7:03 pm

    Salhi

  8. Hoody says:
    June 3, 2015 at 8:47 pm

    aahahahahahahaaaa….. this is so cooooolll…… hehee….. nice funny story… 😀

  9. jazbaath says:
    July 19, 2015 at 3:21 pm

    :އޯކޭ ލާލްޕަރީ ސާބަސް.

  10. ARA says:
    September 12, 2015 at 12:22 pm

    V nice keep it up 🙂

  11. two two says:
    October 12, 2015 at 11:40 am

    ??? Salhi

  12. roassy says:
    March 16, 2016 at 10:18 pm

    v majaa. hee hee badah thadhuvehje

  13. Rozy says:
    September 21, 2016 at 8:09 am

    Shaam kamaku nude mi vahaka hivani hasadaei filuvafa va storye hen but good story okey.

Comments are closed.



All Right Reserved!