އެ ސިޓީ
ިޔާދާއި ހަތަރުކަޅި ހަމަކުރާކަށް އަހަރެންގެ ހިތް ހަމަ އެއްގޮތަކަށްވެސް އެއްބަސް ވާގޮތެއް ނުވިއެވެ. އަމިއްލަ ޒަމީރު އެކަމާއި އިންކާރުކޮށް ދެކޮޅުހަދަނީއެވެ. ބޭވަފާތެރިވެފައިވާ މީހެއްގެ ކައިރިއަށް އަމިއްލައަށް އެދިގެން ބައްދަލުކުރުމަށް ދާން އުޅުމުން މުޅިދުނިޔެވެސް އެކަމާއި މަލާމާތްކޮށް ހޭހެން ހީވެއެވެ. ކޮންމެ ގޮތެއްވިއަސް އަހަރެންގެ ހިތުގައިވާ އެއްޗެއް އެގޭނީ އަހަންނަށެވެ. އަހަރެން ބުނަން އުޅޭ ވާހަކައެއްވެސް އެގޭނީ ހުދު އަހަންނަށެވެ. ދުނިޔެއަށް ރޭކާވެސް ލާނީ އަހަރެން ބުނީމަތާއެވެ. ދިޔަވަރު ފޫދެންފަށާގަޑީގައި ދޯނިފަހަރުގެ ބޯސަލަށް ވާންވާފަދައިން ހިތްކޮޅުކޮޅަށް ލެނބެންފަށައިފިއެވެ. ސޯފާގައި އޮވެ ދެކޮޅަށް ފުރޮޅިލުމަށްފަހު ތެދުވެ، ސޯފާސެޓް މޭޒް ކައިރިކޮށް ލުމަށްފަހު ގަނޑުކަނޑާ ފޮތުގައި ބިސްމި އާއި ވެދުން އަޅާލެވިއްޖެއެވެ.
އަހަރެންނަށް ފުރަތަމަ ތިބާ ފެނުނުދުވަހުވެސް “ރީތިކަމުން ފުންލޯބިވިއެވެ.” މަސްތުވެގެން މިތުރާފެނިފައި ފަހަތުން ދެވުނެެވެ. ލޯބިވާކަން ލޯބިހިތަށް އަންގައިދޭން ބޭނުންބިއޭ އެހެންނަމަވެސް ” އަދުމިވީ ކީއްހެ ދެން ހިތް ޖެހިލުންވަނީ، ހާމަކޮށްދޭން ދުލުން ހަމަ ބަސް ހުއްޓެނީ” މި ލަފްޒު ތަކާއި މެދު ވިސްނެން ފެށިއެވެ. ޒިޔާދާއި އެކު އެހެން ބައިވެރިއަކު ހުންނާތީއެވެ. ގޭގެ ދޮރުމަތީގައި ހުރެގެން ވަގުކަޅި އެއްލާލާއިރު ދެމީހުން އެކު އެކީގައި ލޯބިން އުޅޭއިރު ދުވަހަކުވެސް ވަކިވުމެއް ނެތްފަދައެވެ. “ފަރިހިނގުމެއްގައި މިތުރާދާއިރު ފަރިމިތުރާ އުފަލުންދާއިރު” ހައިރާންވެ އަންތަރީވެފައި ހުރެވުނެވެ. އަހަރެންގެ ހިތް ކުދިކުދި ވިއެވެ. އަހަންނަށް ވުރެ އޭނާ މާރީތީ ބާއެވެ. އެކަމަކު އަހަރެން ހާދަ ލޯބިވެއެވެ. އަހަރެން މީހާދަ ނަސީބު ދެރަ މީހެކޭ ހިތަށް އަރައެވެ. “ތިޔަހިތް އަދު ނަސީބުގާ ނެތް އިރު ކީއްވެބާ އިންތިޒާރުކުރެވެންވީ، ކީއްވެހޭ ލޯބިދެން މަށަށް ވެވުނީ، ކީއްވެހޭ ހިތް އެކީ މިހެން ދެވުނީ” ހިތާ ހިތާ އަހަންނަށް ސުވާލުކޮށްލެވުނެވެ. ” ކީއްވެބާއޭ މަށަށް މިތަން ފެނުނީ، މާކުރިން މަރުވިނަމަ ކިހާ ހެޔޮހޭ” ނަމަވެސް ކަރު އެލުވައެއް ނުލަމެވެ. “ހިތްބުނޭ ޙައްޤެކޭ މަގޭ ތިޔައީ، ހިތްވަރާއެކު ހިގާށެ ކުރިއަށް ދާން” މި ބަސްތަކުން އަހަންނަށް ހިތްވަރުލިބުނެވެ. ލޯބި ޙާސިލްކުރުމަށް ޢަޒުމް ކަނޑައަޅާ މެކުހައް ޖަހާލައިފީމެވެ.
“ލޯބިވާއޭ ތޭރީ ލޯބިވާއޭ މޭރީ” އަހަންނަށް ތިލޯބި ޙާސިލްކުރެވުނީ ކޮންފަދަ ޤުރުބާނެއް ވެގެން ހެއްޔެވެ. ފަހަތުން ނުނެއްޓި އައްޓަމަހެއްހެން އުޅެގެންނެވެ. އަނެކާއަށް ވާގޮތެއް އަހަރެން ބަލަންވީ ކީއްކުރަންހޭ އިޝްޤު ޙާސިލްވީމާ އަހަންނަށް ނިމުނީ ކަމަށް އަހަންނަށް އެދުވަހު ހީވެފައި އޮތެވެ. ހެޅެވި ހަނދުގެ މަސްތީއަލީގާ ތިބެ “އެރޭ ހާދަލޯބިން ސަމާސާ ކުރީމޭ” ސަނދުރަވިރޭ ފަނޑުފަނޑު އަލީގައި ކަނޑުމަތީގައި ތިބެ ކުރިހުވާ އަހަރެންގެ ހިތުގައި އަދިވެސް ބިންވަޅުނެގިފައިވެއެވެ. “މޭގާ އެރޭ ފިރުމާލާހިތާ” ކުޅެލުމުން އުފަލުން ހިތް ފޮޅިގެން ދިޔައެވެ. ކުޑަ ބަނޑޮހަށް ދަތުރު ދިޔަ ދުވަހު ކަލާ މޫދަށް ގެނބިގެން ނެގިވަގުތު “ކާކުކަން އަހަންނަށް ވާނީ އެހީދެން ނެތްނަމަ މިއަދުކަލާ” މިހެންބުނެ އަހަރެންގެ ކޮނޑުގައި ބޯއަޅާލުމުން “މަރުވާން ނޫނީ މަށެއްނުދާނަން ދޫކޮށްލާފަ ކަލާ” އަހަންނަށް ބުނެވުނެވެ. އަހަރެން އަދިވެސް މިހިރީ ބުނިބަސް މަތީގައެވެ. މާޒީގައި ފޮނިކަންތައް ތަކެއް އެކުލެވިފައިވާނަމަ “ތަޤްދީރުއެގޭނަމައީ އެދުވަސް އަލުން” ހޯދާން ކޮންމެ އިންސާނަކުވެސް ބޭނުންވާނެއެވެ.
ޒިޔާދާ އަހަންނާއި ނުރުހުންވާންވި ކީއްވެކަމެއް އަދިވެސް އަހަންނަކަށް ނުވިސްނުނެވެ. ކަލާޔާ ގުޅޭ ކޮންމެ މީހަކަށްވެސް މިހެން ހަމަ ވޭބާއެވެ. ވައިގަދަ ކަޅުފޮއި އަނދިރި ރެއެއްގައި އެދިމާވި ކުޑަކުޑަ ހިތްހަމަނުޖެހުމަކުން “ވެރިވެއްޖޭ ތޫފާން ދެހިތަށްވެސް” ތޫފާނެއް އައިސް އަހަރެންގެ ލޯބި ކަނޑުގެ ރާޅުތަކާއި އެކު އޮޔާގޮސް ބެހިހުސްވީއެވެ. “އެރޭގެ ފަހުން އެނގޭހޭ ލޯބިދިން ހިތް އޭޒަހަމް މިޒަހަމް، ކުރީއެ ޒަހަމް” އަހަރެން މުޅިން އެކަނިވިއްޔޭ މިހާ އުދަނގުލުން ޙާސިލްވި ލޯބި “ފަރުބަދަ ތަކާއި ހިލަތަކާ ވެއްޔަށް ބަދަލްވާފަދައިން އިޝްޤީ މިލޯބިން” ގުޅުނު ދެހިތެއްގެ ފެށުމަށް ނިމުން އެގެނުވީ ފޮންފޮދެއް ބޮއެފާ ވައެއްލާހާ އަވަހަށެވެ. މިއީ ހަމަ ދުނިޔޭގެ ޤާނޫނު ބާވައެވެ. “ލޯބީގަ އުފަލާ އޭގާވިހޫނާ އިޙްސާސްކުރަންނުޖެހޭ” ނުޖެހޭނެ ހިތެއް މިހާރު ދުނިޔޭގައި ނޫޅޭނެކަން އަހަންނަށް ޔަޤީންވެއްޖެއެވެ. “ފޮހެލީ ތިބާ މިނަން ތިޔަހިތުން މަށާ މިހާރު ވަކިވީހޭ؟ ބުނާށެ ލޯބި ނުވަނީހޭ” ދެން އިތުރަކަށް މި ސުވާލުތަކެއް ނުކުރާނަމެވެ. އަހަންނަށް ދުނިޔެ ދަސްވެއްޖެއޭ، ދަސްވެ ބާވެއްޖެއޭ” ދެން އިތުރަކަށް ހިތާމަތަކެއް ކުރާކަށް ބޭނުމެއް ނުވެއެވެ. އެކަމަކުވެސް ލޯބިވާވާހަކަ ބުނެލާނަމެވެ.
“ރަންމުތެއްހެން ވިދިޔަކަސް ތިޔަކަށް ދެނެއް ނުބަލާނަމޭ” ހަނދަކީ ކަލާކަމުގައިވިއަސް ތިޔަހެން ދެނެއް ނުހިގާނަމެވެ. އަދި ފަހުން ” ކަލާ ރުހުނަސް މަށާ” ދެނެއް އަހަރެންގެ ހިތަކަށް ކައްޓެއް ނުޖެހޭނެއެވެ. ކަށިޖެހޭނީ އެއްފަހަރުއެވެ. ދެންއިތުރަށް އަހަރެން އެއްވެސް މީހަކާ ގުޅުން ބާއްވާކަށް ގަސްތެއް ނުކުރަމެވެ. އަދި ނުވެސް ކުރާނަމެވެ.
ލޯބިވާއޭ އަހަރެން ކަލާއަށް ވަޞިއްޔަތެއް ކުރަމެވެ. އަހަރެންނަށް ކަމެއް ކޮށްދެންޏާ އަހަރެން މަރުވެ ދިޔުމުން އަހަރެންގެ މަހާނަ ގަލުގައި “ލޯބީގަ ބާކީވި އިންސާނެއް” މިއިބާރާތްކޮޅު ކަލާގެ ތިޔަ ފަރިއަތުން ލިޔެލަދޭށަވެ. އޭރުން އެތަނަށްދާހާ އެންމެންނަށްވެސް ލޯތްބައްޓަކައި ހަނގުރާމަކޮށް ދުނިޔެ އަޅާދާމީހުން އުޅޭކަން އެނގޭނެއެވެ. މިއީ އަހަރެންގެ އެންމެ ފަހުބަހެވެ. އަދި އަހަރެން މަރުވެ ދާގަޑީގަވެސް ކަލާ ފެންނަން ހުރެއްޖެނަމަ ފަހުނޭވަޔާއެކުވެސް ބުނަން ބޭނުންވަނީ ” އިޙްސާސްވޭ ހާދަ ވޭނެއް ހިތައް ބާކީވެ، ލޯބީގަ މާޔޫސްވެފާ، ހިތްދަތިކަމޭ މަށަށްދެން އޮތީ ހިތްދަތިކަމޭ ޢަޒަލުގާ” އިޙްތިރާމާއި އެކު ނިންމާލަނީއެވެ. އަބަދުވެސް ޒިޔާދެކެ ލޯބިވާ ދޮނީ.
ފޮތްލައްޕާލުމަށްފަހު ރިމޯޓް ނަގާ ޓީވީ ހުޅުވާލިއިރު އަށެއްގެ ޚަބަރު ކިޔަނީއެވެ. ރޯދަވީއްލިގޮތަށް މިއުޅެވެނީ އިޝްޤީ ޖަޒްބާތުތަކުގެ ތެރޭގައެވެ. މަޤްރިބް ނަމާދުވެސް ފަހަނައަޅާ ދިޔައީއެވެ. ސިޓީ އުރައެއް ހޯދަން ނޫޅެ އަވަހަށް ދާންވީ އެންމެ ކައިރީގައި ހުރި “އިބްރާހިމީ” މިސްކިތަށް ގޮސް ނަމާދުކުރާށެވެ.
8 Comments!
Comments are closed.


Wow salhi. Thafaathu sitee ey dhw. He he he
Hehe,, maja…
V creative story eh
Mee copy eh 100 % yageen
Ehn meeheh story eh vagah nagaa liyefa miothy pis pis dhen dhw. Fenvaru neikan stry eh liyelaane
varah furihama.. excellent
athoo ah bunelan othee mi ee copy eh viyya alhe mi liyun aslu liyunee kaakutho bunedheefaanan hey. mi liyun copy kurumah balan v fotheh noony website en bunedhee balaashey. maves beynun thihen buneema balan. 100% fake ey meehehge bura masahkathakaai dhimaalah bunaairu mi bunevenee keehkan egeyhey. shaamge ithuru liyun thakah balaalumun eynage fenavaru aharemen, eyna nudhanna meehunahves egey.
Shaam dhooni gan’daa liyefa bahahtaa.. liyan negey kudhin jeyvegen ulheyne.
athoo namuga comment kurahvaafaivaa beyfulhaa aha dhahnavan othee, athoo akee mi sitege registered user ekey.. konmehen meesmeehunge namuga comment kuraane kameh nethey.. ok
Bro vaahaka habeys. mashakee kiyaa vaahaka thakah comment ehaavarah kuraa meehaka nuvaathee comment nukuran mihuree. ekamaku maa athoo ah vegen mithaaga meehaku ulheythee ehchekey bunelee.
mioh athoo eh dhw….. mi meehunnah igeynee copy copy ey kiyaafa meehunna dhimaalah igili dhih kuran…. mee shaam ge amilla idea ge mahchah liyefa oi vaahaka eh. thi athoo molhiyya amilla vaahaka eh nikkan mi site ah upload kohbala………. keehvetha ehen meehunnaa dhimaalah eythi meethi kiyaigen igili thi dhih kurany.. kon thaakun tha mi vaahaka fenuny meege kurin? vaahaka up kuraa athoo eh ulhunas thi athoo|reader athoo nujehey vaahaka liyaa kudhinnaa thi gothah mukhaathabu kuraakah…. than dhoru balaafa kuraa comment kurey…… meehaku hiyhama jehey kahala comment eh dhuvahaku kurintha? huthuru bahun noony malaamai kuran noon gothakah reader athoo akah dhuvahaku neyge feedback eh dheykah……… hama mi athoo ge nan huthuru kuran ehen kameh vegen neh noon. dhen mi comment kuri kamah takaa dhuniye lehvi haa meehun hithuga jehey kahala basthakun eki nan namuga comment kuraathi……….. copy ey eychey meehchey kiyaafa kudhin naa thi gothah than dhoru nubalaa igili dhih nukuraathi……. baaky nuva igili dhih kurevifa vany thimaa ah…………… It’s Just Advise.
hehe mi ah dhen ma comment nukuriyyaa dhw ragalhuvaanee. mihiree javaabuves dheefa. anyway thanx for the comments