Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

މުށުންދޫވި ގުމްރީ

Fathimath Athifa Hussain Level 210 Stories
June 7, 2020 3 Mins Read
5 Comments

އަހަރެން އިނާ އާއި ކައިވެނިކުރީ އަހަރެންގެ   އުމުރުން އެންމެ ވިހިއަހަރުގައެވެ. މައިންބަފައިންގެ އެދުމަށްކުރި ކައިވެންޏަކަށްވި ނަމަވެސް އިނާ ދެކެ އަހަންނަށް ލޯބިވެވުނެވެ.   އަންބެއްއަދާކުރަންޖެހޭ ހުރިހާ ހިދުމަތެއް އިނާ ދިޔައީ އަހަންނަށް އަދާކުރަމުންނެވެ.

އިނާއަކީ ގެވެހި އަންބެއްކަން އޭނާދިޔައީ   އަހަންނަށް ސާބިތުކޮއްދެމުންނެވެ. އަހަރެންގެ   އަންނައުނުތައް ދޮވެ އިސްތިރިކުރާނެ އެވެ.  އަދި އެހެންމެ އިނާ ކައްކާ އެއްޗިސައް ފާޑުކިޔާކަށް އަހަންނަކަށް ނުޖެހެވެ. ގޭތެރެއާއި ގޯތިތެރެ އަބަދުވެސް އޮންނާނީ ކުނިކަހައި ސާފުކޮއްފައެވެ. އަހަރެންނާއި ދެބަސްވެ އަރައިރުމެއް ދުވަހަކުވި ހަނދާނެއް އަހަރެންގެ ނެތެވެ. އަހަރެން އުފާކުރަމެވެ. މަންމައާއި ބައްޕަގެ އެދުމަށް ނަމަވެސް އިނާ އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ހެދުނީތީ އެވެ. އަހަރެންނާއި އިނާގެ ކައިވެންޏަށް ދޮޅު އަހަރު ވީތަނާ  އަހަރެމެންނަށް އެއްމާބަނޑު ދެކުދިން ލިބުނެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އަންހެން ދަރިފުޅަށް ހޫރީން ގެ ނަމުން ނަންދިނީމެވެ. އަދި ފިރިހެން ދަރިފުޅަށް ޒޭންގެ ނަމުން ނަން ދިނީމެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އަހަރެންގެ ދިރި އުޅުމަށް ދެކެމުންއައި ހުވަފެން ފުރިހަމަވީތީއެވެ.

ދަރިންނަށް ރަނގަޅު އެކަށޭނެ ތައުލީމެއް  ދިނުމަށްޓަކައި އަހަރެންނާއި އިނާ ދަރިންނާއިއެކު  ދިރިއުޅުން މާލެ ބަދަލު ކޮއްލީމެވެ. އަހަރެންގެ  ވަޒީފާވެސް މާލެ ކައިރި ރިސޯޓަކަށް   ބަދަލްކުރީމެވެ. އަހަރެންގެ އުއްމީދުތަކުގައި  ކުލަޖެހެމުން ދިޔައެވެ. ޒޭން އާއި ހޫރީން ކިޔެވުމުގައި ރަންވަނަތައް ހާސިލްކުރަމުން ދިޔައެވެ. އަހަރެންގެ ހުރިހާ ޝުކުރެއް ހައްގުވަނީ ލޯބިވާ    އަންހެނުން އިނާ އަށެވެ. އިނާ އެކުދިންނަށް   އުނގަންނައި ދިނުމުގައި ބުރަކޮށް މަސައްކަތް ނުކުރާނަމަ އެކުދިންނަކަށް މޮޅަށް ނުކިޔެވުނީހެވެ.

އިނާ އާއި އަހަރެންގެ ދެމެދުގައި އޮތް ގުޅުން ހީނަރުވާންފެށީ ހަމަ ކުއްލި އަކަށެވެ. ރިސޯޓުގައި   ހުންނައިރު އަހަރެން ކުރާ ފޯނުކޯލްތަކައް އިނާ ޖަވާބުދެނީ ވަރަށް މަދުފަހަރަކު އެވެ.ފޯނަށް   ޖަވާބުދިންކަމުގަ އިވިޔަސް ކުރިން ހުންނަ   ގާތްކަމެއް ނުހުރެ އެވެ. ށަކުވާކުރަން   ބޭނުންނުވެމެ އަހަރެންނަށް އިނާ ގާތުގައި   ށަކުވާކުރެވެން ފެށުނެވެ. އިނާގެ ޖަވާބު ވަރަށް ސާދާ އެވެ. “އިމްރާން އަށް ތިހީވަނީ ކުންހީތަކެއް. އަހަރެން ކުރިންނުވި ބަދަލެއް މިހާރު ވާންވީ   ކީއްވެ. އަހަރެން މުޅިރެޔާއި ދުވާ މިހޭދަ ކުރަނީ އަހަރެމެންގެ ދަރީންގެކަންތައްތައް ކޮއްދިނުމުގަ އިމްރާނު ނަފުސާނީ ޑޮކުޓަރަކަށް ދައްކަންވީނު. އެއިރުން ތިނުބައި ފިކުރުތަކާއި ދުރުވެވޭނެ ހަމަގައިމުވެސް.” އިނާގެ ބަސްމަގުހުރީ މިފަދަ   ގޮތަކަށެވެ.

އެހެނަސް އަހަރެންގެ ހަވަނަހިއްސު އަހަންނަށް ބުނެދިނީ ކޮންމެވެސްނުބައެއް އެބައުޅޭ ކަމުގައެވެ. އަންހެނުންނަށް ޝައްކުކޮށް ޒުވާބުކުރުމަކީ އެއްރަކުވެސް އަހަރެން ކުރަންބޭނުންވާކަމެއް ނޫނެވެ. އެހެނަސް ފަހަކަށް އައިސް އިނާގެ  ބަސްމަގު ހުންނަގޮތުން އަހަންނަށް ޝައްކުކުރެވެނީ އެވެ. ބައްޕަ ކުއްލި ގޮތަކަށް ބަލިވެގެން އަހަރެން ރަށަށް ދާންޖެހުނެވެ. ހަފުތާއެއްގެ އެމެޖެންސީ ޗުއްޓީ އެއްނަގައިގެން ބައްޕަ ގާތަށް ރަށަށް ދިޔަ އީމެވެ. ގޭތެރެޔަށް ވެއްޓި ފައިގައި ރެނދުލީ އެވެ. ހަފުތާއަކަށް ނެގި ޗުއްޓީ ތިންހަފުތާ އަށް ދިގުކުރަން ޖެހުނެވެ. ބައްޕަގެ ފައި މުޅިންހެން ރަނގަޅުވުމާއިކު އަވަހަށް އަހަރެން މާލެ ދިޔަ އީމެވެ.

އަހަރެން މާލެދާވާހަކަ އެއް އިނާ ގާތުގައި ނުބުނަމެވެ. މާވިއްކާ ފިހާރަޔަކަށް ވަދެ މާބޮނޑި އެއް ގަނެގެން އިނާ އާއި ދަރިން ދިރިއުޅޭ  އެޕާޓުމެންޓަށް ދިޔައީމެވެ. ޑަބަލް ތަޅުދަނޑިއެއް  އަހަރެންގެ އަތުގައި އޮވެއެވެ. އުފަލުން ފޮޅޭހާލު އެޕާޓުމެންޓުގެ ދޮރުހުޅުވަައި އެތެރެޔަށް ވަނީމެވެ. ސިޓިންރޫމަށް ވެރިވެފަ އިވަނީ މަރުގެ ހަމަހިމޭންކަމެވެ. ސިޓިންރޫމްގައި ނިއްވާފަ ހުރިބޮކި ދިއްލާލީމެވެ. އަދި އިނާއަށް ގޮވަމުން ކޮޓަރީގެ ދޮރުގައި ތަޅަންފެށީމެވެ.

ކޮޓަރީގެ ދޮރުތަޅާތާ ފަނަރަވަރަކަށް މިނެޓުފަހުން  އިނާ ކޮޓަރީގެ ދޮރުހުޅުވި އެވެ. އިނާ ހުރީ އަހަރެންފެނުމުން ހައިރާންވެފަ އެވެ. އިނާ ހީވަނީ ކަމަކާއި ކަންބޮޑުވެ ހާސްވެފައި ހުރިހެންނެވެ.  އަހަރެން ގެނައި މާބޮނޑި އިނާ އަތައް ދިނީމެވެ. “މި އަންންނަނީ ފާހާނާޔަށް ވަދެ ފެންވަރައިގެން ނުނިދާ މަޑުކުރައްޗޭ” އަހަރެން ފެންވެރުމަށްޓަކައި  ތުވާލި ނަގައި ފާހާނާގެ ދޮރުހުޅުވަ އިލީމެވެ.  ފެނުނު މަންޒަރުން އަހަރެންގެ ލޭކެކިގެންދިޔަ އެވެ.ފާހާނާ ތެރޭ ސޯޓުބުރިޔެއް ލައިިގެން ހުސްގަޔާ ހުރީ ފިރިހެނަކު ހުއްޓެވެ. އަހަރެން ތިއީ ކާކުތޯ   ސުވާލުކުރީމެވެ.ނަމަވެސް އަހަރެންގެ ސުވާލަށް ޖަވާބުދިނީ އިނާ އެވެ.

“ކީއްތަވީ އެއީ އިމްރާން އަށް ނުދެވޭ ލޯބި  އަހަންނަށް ދޭމީހާ. އޭނާގެ ނަމަކީ އާފާލް މުއްސަނދި މަހުޖަނެއް. އަހަރެންނަށް ލޯބިދޭން  އިނގޭ ބައިވެރިޔެއް. ހަބަރުދާރު އާފާލް  އާއި ދިމާލަށް އެކަަައްޗެކޭވެސް ބުނެގެންނުވާނެ.  އަހަރެން އިމްރާން ދެކެ މިހާރު ކުޑަކޮށްވެސް ލޮތްބެ އްނުވޭ. އަހަރެން ބޭނުމީ އާފާލްގެ  އަންބަކަށް ވާން.” އިނާގެ ކޮންމެ ބަހަކުން  އަހަރެންގެ ހިތްކުދިކުދި ވަމުންދިޔަ އެވެ. ލޮލުން ކަރުނަ އަޔެވެ. އިންތިހާޔަށް ލޯބިވާ އަންހެނުން ހިލޭފިރިހެނަކު ދެކެލޯބިވާ ވާހަކަ ބުނުމުން   އަހަރެންގެ ހިތުގެހިގުން އެކީ ހުއްޓުނު ކަހަލަ އެވެ.

“މައްސަލައެއްނެތް އިނާ ބޭނުންވަނީ ތިގޮށް  ކަމުގައިވާނަަމަ އަހަރެން އިނާގެ ތިއެދުން މިރޭ   ފުރިހަމަ ކޮއްދޭނަން. އަހަރެންގެ ވަފާތެރިކަމުގެ  ބަދަލު ތިގޮތައް ދީފާނެ ކަމަކަށް ދުވަހެއްގެ ކޮޅުންވެސް އަހަރެން ހީނުކުރަން. އެހެނަސް  އިނާ ގާތުގައި އަހަރެންގެ ދިރިއުޅުމުން ވަކިނުވުމަށް އެދި  އަހަރެން ސަލާންނުޖަހާނަން. ތިހިރީ ވަރިކޮއްފަ. ހަމަ މިހާރު މިތަނުން ނިކުމެގެންދޭ. ދަރިން ތިބޭނީ އަހަރެންގެ ގާތުގައި. އިނާ  އުފަލުގަ އުޅޭތި. އަހަރެންގެ ދަރިންނަށް އިނާގެ ތިއުޅުން ފެންނާކަށް އަހަރެން ނޭދެން. މިތަނުން ދާން އުޅޭ.” އަހަރެން  އިނާ ވަރިކުރީމެވެ. ލޯބިނުވާތީކީ ނޫނެވެ. އިނާގެ އެދުން ފުއްދަދޭން ވެގެންނެވެ.

އަހަރެން އިނާގެ ހަނދާން ނުކުރާދުވަހަކަށް   އިރުނާރާނެ އެވެ. އެހެނަސް އަހަރެންގެ ދިރިއުޅުމަކަށް އަނބުރާ އިނާ ގެނައުމުގެ ގަސްތެއް އަހަރެން ނުކުރަމެވެ. އަހަރެންގެ މުށުން ވީއްލި   އަހަރެންގެ ގުމުރީ ގެއްލިދިޔައީ އެވެ. އަހަރެންގެ ހަމަޖެހުމާއި އުފާވެރިކަން ނިގުޅައިގަނެގެންނެވެ. އެހެނަސް އަހަރެންގެ ދަރީންގެ ހައްގުގައި  އަހަރެން ގުރުބާނަވާނަމެވެ. ﷲގެ ހެޔޮރަހުމަތުން   އަހަރެންގެ ދިރިއުޅުންވެސް އަދި އާބާދުވާނެ އެވެ.

ނިމުނީ

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

އިންތިޒާރު 13

Next

އީޝަލްް (7ވަނަ ބައި)

Next
June 7, 2020

އީޝަލްް (7ވަނަ ބައި)

Previews
June 7, 2020

އިންތިޒާރު 13

5 Comments!

  1. ♡Eshh♡ says:
    June 7, 2020 at 11:08 pm

    Nice?

    1. Fathimath Athifa Hussain says:
      June 8, 2020 at 4:35 pm

      ThanQ Dear?

  2. Imkko says:
    June 8, 2020 at 9:36 pm

    Maasha allah … v reethi .. story and suruhee ves v gulhey ♥️

    1. Fathimath Athifa Hussain says:
      June 9, 2020 at 4:59 pm

      ThanQ Imkko?

  3. ނަމެއްނެތި says:
    June 9, 2020 at 5:47 pm

    އާތިފާ ތިޔަ ލިޔަނީ އަހައަހާ ބާވެފައިވާ ޒާތެއްގެ ވާހަކަތަކެއް ވިއްޔަ! މިއީ އެއްގޮތަކަށް ވެސް ދެރަކޮށްލުމުގެ ގޮތުން ބުނެލި ވާހަކައެއް ނޫން، އިނގޭ! ހަގީގަތުގައ ހެޔޮ އެދިގެން ބުނެލި ވާހަކައެއް.
    .އާ ވިސްނުމަކުން ތަންކޮޅެއް ތަފާތު ވައްތަރެއްގެ ވާހަކަތަކެއް ނުލިޔެވެނެތަ؟ ޔަގީން ލިޔެވޭނެ

Comments are closed.



All Right Reserved!