Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

މަލްކާ

Fathimath Athifa Hussain Level 210 Stories
June 4, 2020 3 Mins Read
3 Comments

މަޑުމައިތިރި ސާދާމިޒާޖެއްގެވެރި މަލްކާއަކީ ހަރުދަނާ ޒުވާނެކެވެ. ހިތްތިރި އެކުވެރިއެކެވެ. މައިންބަފައިންދެކެ ނުހަނު ލޯބިވާ ދަރިޔެކެވެ. މަހަލްދީބް ނޫހުގައި މަސައްކަތްކުރި ހީވާގި ނޫސްވެރިއެކެވެ. އެންމެނާއިވެސް ގުޅިގެން އުޅެން ދަންނަ މަޖާ މިޒާޖެއްގެ އިންސާނެކެވެ.

މުސްކުޅި ހަރުބަހެއްގައި އޮވެއެއްނޫން ހެއްޔެވެ. ދުނިޔެ ހިނގަނީ ތޮށެލިދުޅަޔަށެވެ. މަލްކާގެ ދިރިއުޅުމަށްވެސްވީ އެފަދަ ގޮތަކަށެވެ. ދިރިއުޅުމެއްގައި މީހަކަށް ބޭނުންވާނެ ހުރިހާ ބޭނުންތަކެއް މަލްކާ އަށް ހުރީ ފުދިފައެވެ. މައިންބަފައިންގެ ލޮތްބާއި އަޅާލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި މަލްކާއަށް ލިބެއެވެ. އެންމެ އެކުވެރިކޮށް އުޅޭ މީހުންގެ ފަރާތުން ހަމަޖެހުމާއި އުފާ ހާސިލްވެއެވެ.

އުފަލަކަށް ފަހުގައި ހިތާމަތައް އަންނަފަދައިން މަލްކާގެ ދިރިއުޅުމަށް ކަޅުބޯ ވިލާގަނޑެއް ކުރިމަތިވެގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. އާދައިގެމަތިން މަލްކާ އޮތީ އޭނާގެ ކޮޓަރީގައި ނިދާފައެވެ. ފޯނު ރިންގުވާން ފެށުމުން މަލްކާ ފޯނަށް ޖަވާބުދާރީ ވިޔެވެ. ގުޅީ އޮފީހުންނެވެ. ވަރަށް އަވަހަށް އޮފީހަށް އައިސް ދިނުމަށް އެދިއެވެ. އިތުރަށް ނިދަން ކިތަންމެ ހިތްއެދުނު ނަމަވެސް މަލްކާ އެނދުން ތެދުވިޔެެވެ.

ފާހާނާޔަށް ވަދެ ފެންވަރާލުމަށްފަހު އޮފީހަށް ދާން ތައްޔާރުވިއެވެ. ރީތިވާ މޭޒުކައިރީގައި ހުއްޓިހުރެ ބޮލުގައި ފުނާ އެޅިއެވެ. އަދި ސެންޓުފުޅިނަގައި ގަޔަށް ސެންޓުޖެހިއެވެ. މޫނުގައި ފުށްކޮޅެއް ޖަހަމުން ލެޕްޓޮޕް ދަބަސްނަގައި ކޮނޑުގައި އަޅުވައިލިޔެވެ. މަލްކާ އައިނު ބާއްވާތަނުގައި އައިނެއް ނެތެވެ. އައިނު ފެނުނީ ނިދާ އެނދުގެ ކައިރިޔަށް ވެއްޓިފައި އޮއްވައެވެ.

އައިނުނަގައި ލޮލުގައި އަޅާލަމުން ފޯނު ހިފައިގެން މަލްކާ ބޭރަށް ނުކުތެވެ. ގޭގައި ސައިކަލެއް ހުންނަކަން ނަސީބެކޭ މަލްކާގެ ހިތައްއެރިއެވެ. އެހެންނޫންނަމަ މިއޮތް ދަންވަރުގެ ވަގުތުވެސް އޮފީހަށް ދާންޖެހުނީ ހިނގާފައެވެ. ސައިކަލުގެ ތަޅުދަނޑި ނުލައި ނުކުމެވުނުކަން މަލްކާ ހަނދާންވީ ސައިކަލް ކައިރިޔަށް ދެވުމުންނެވެ. އަވަސް ހިނގުމުގައި ގެއައްވަދެ ސައިކަލުގެ ތަޅުދަނޑި ނަގައިގެން މަލްކާ ނުކުތެވެ.

އަވަހަށް އޮފީހަށް ދިޔުމުގެ ބޭނުމުގައެވެ. ވިއްސަަކަށް މިނުޓު ސައިކަލް ދުއްވުމަށްފަހު މަލްކާ އަށް އޮފީހަށް އާދެވުނެވެ. އަވަސް ހިނގުމުގައި ގޮސް މަލްކާ ލިފުޓަށް އެރިއެވެ. ލިފުޓުގައި މާގިނަ ވަގުތު ހުންނާކަށް މަލްކާ އަކަށް ނުޖެހުނެވެ. އޮފީހަށް ވަދެ މަލްކާ އަށް ހާއްސަކުރެވިފައިވާ ކެބިން މަތީ ލެޕްޓޮޕް ބޭގް ބޭއްވުމަށްފަހު ގޮޑީގައި ފޯނާއި ކުޅެން މަލްކާ އިނީ ހިޔާލެއް ފިކުރެއްނެތިއެވެ.

ދަންވަރު ގަޑީގައި އޮފީހަށް އައުމަކީ މަލްކާއަށް އާ ކަމެއް ނޫނެވެ. ކެތްތެރިކަމެށްނެތި މަލްކާ އިންތިޒާރުކުރީ އޮފީހުގެ ދެންތިބި އެންމެން ހަމަވެ މިރޭގެ މަސައްކަތް ފެށޭނެ ވަގުތަކަށެވެ. އެއްގަޑި ބައިވެ ބޮޑުވީއެވެ. އަދިވެސް އިތުރުމީހަކު އޮފީހަކަށް ނާދެއެވެ. މަލްކާ އިނީ ފޫހިވެފައެވެ. މަލްކާ ސިއްސައިގެން ދިޔައީ މީހަކު އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. އެއީ ބާރުހުރި ވަރުގަދަ އަތެއްކަމުން މަލްކާއަށް އެއަތް ފޮޅުވާލެވޭ ގޮތެއްނުވިއެވެ.

މަލްކާގެ ނުރުހުމުގައި އެމީހަކު އަތްދަނޑިމައްޗަށް މަލްކާ ނެގުމަށް ފަހު އޮފީހުގެ ފާހާނާ ބަރިޔާ ދިމާލަށް ދިޔުމަށް މިސްރާބުޖެހިއެވެ. މަލްކާ ރޮމުން އާދޭސް ކުރަންފެށިއެވެ. އޭނަޔަށް ރަހުމްކޮށް ބިންމަތީ ބެހެއްޓުމަށް އެދި ތަކުރާރުކޮށް އާދޭސް ކުރިއެވެ. އެހެނަސް އެމީހާޔަށް އަޑުއިވުނުކަމަކަށް ނުހެދިއެވެ. ފާހާނާތެރެޔަށް ވެއްދުމަށްފަހު މޭގަ އަތްއަޅައި އެމީހާ މަލްކާ ބިންމައްޗައް ވައްޓާލިއެވެ.

އެމީހާގެ މޫނުވަނީ ކަޅުކުލައިގެ މާސްކަކުން ނިވާކޮށްފައެވެ. ލައިގެން ހުރީވެސް ކަޅުކުލައިގެ ކޯޓެކެވެ. ވުމާއެކު މަލްކާއަށް އެއީ ކާކުކަމެށް އެނގޭ ގޮތެއް ނުވިއެވެ. މަލްކާ އަށް އެނގި ޔަގީންވީ އެމީހަކުގެ ނިޔަތް ރަނގަޅުނޫން ކަމެވެ. މަލްކާ ހަޅޭލަވަންފެށިއެވެ. ސަލާމަތް ކޮއްދިނުމަށް އެދި އާދޭސް ކުރަންފެށިއެވެ. އެމީހާ މަލްކާގެ ގާތަށް އައުމަށް ފިޔަވަޅު އަޅަން ފެށިއެވެ. މަލްކާ ގޮތް ހުސްވެފައިވާ މީހަކު ފަދައިން އޭނަޔަށް އިހުސާންތެރިވެދިނުމަށް އެމީހާ ކުރެން އެދުނެވެ.

ރޮމުން ގިސްލަމުން ކުރި އާދޭހުގެ އަޑެއް އެ ނުލަފާ މީހާޔަށް އިވުނުކަމަކަށް ނުވިއެވެ. ރަހުމެއް ނެތް މީހެއްކަން ގައިމެވެ. މަލްކާ ފަކީރު ރޮއިރޮއި ކުރި އާދޭހުގެ އަޑުނާހައި އެމީހާ މަލްކާގެ އިއްފަތްތެރިކަން ފޭރިގަތެވެ. އޭނަ ހިތްފުރޭވަރުވުމުން ތެދުވެ ހަށިފޮޅާލިއެެވެ. އަދި ޖީބުން ވަޅިއެއްނަގައި މަލްކާގެ ބޮލަށް ހަރައިލިއެވެ. ބޮލުގެ އެކިތަނަށް ވަޅިހަރައިލުމަށްފަހު އެމީހާ އެތަނުން ނުކުމެގެން ދިޔައީއެވެ.

މަލްކާ އަށް ހަމަހޭވެރިކަން ވެރިވި ހިނދު އޮވެވުނީ ހޮސްޕިޓަލުގެ އެމެޖެންސީ ބައިގެ އެނދެއްގައެވެ. ބޮލުގައި ހުރީ ބެންޑޭޖް އަޅާފައެވެ. މަގަތުގައި މަންމައާއި ބައްޕަ ރޮވިފަައި ތިއްބެއްވެ.” މަންމާ އަހަރެން. އަހަރެން ބޭނުމެއްނޫން ދުނިޔޭގަ ހުންނާކަށް. ޑޮކުޓަރު ގާތުގައި ބުނެގެން އަހަންނަށް ޒަހަރެއް ހޯދަދީ. އަހަރެން މިކެހިވެރި ދުނިޔޭގައި ހުންނާކަށް ބޭނުމެއްނޫން. މަންމާ އަހަރެން އާދޭސްކުރަން. އަހަރެންގެ ގައިގަ މިއަޅާވޭނަށް އަހަންނަށް ކެތްކުރެވިދާނެ. އެކަމަކު މީހުންގެ މަލާމާތުގެ ބަސްތަކައް އަހަންނަަކަށް ކެތްނުކުރެވޭނެ މަންމާ. އަހަރެން ދުނިޔެމަތިން ފޫހިވެއްޖެ. މީ އަނިޔާވެރި ތަނެއް. ރަހުމެތް ކުލުނެތްނެތް ބަޔަކު އުޅޭތަނެއް” މަލްކާ އަށް ރޮވެންފެށުނެވެ.

އަމިއްލަ ހާލާމެދު ވިސްނިވަރަކަށް ހިތައް ބަޔާންކުރަންދަތި ވޭނެއް އިހުސާސް ވަމުންދިޔައެވެ. “ދަރިފުޅާ ދުނިޔެއަކީ އެކިދުވަހު އެކި ކުލަތައް ދައްކާ ތަނެއް. ކޮންމެ އުފަލަކަށްފަހު ހިތާމަޔެއްވާނެ. ދެރަވެ ހިތްދަތިކަން އިހުސާސް ކުރަންޖެހުމުން ބަލިގަބޫލު ނުކޮށް ހިތްވަރުކުރަން ދަސްކުރޭ. ދަރިފުޅަށް ތިފަދަ ހިތްދަތިކަމެއް ދިން މީހާޔަށް ހައްގު އަދަބުދޭން ތިހާލުން ރަނގަޅުވޭ. ކަށިން ހިތްވަރުނެރެ ކަންކަމާއި ކުރިމަތިލާ.ﷲގެ ހެޔޮ ރަހުމަތުން ދަރިފުޅަށް އަނިޔާވެރިވި މީހާޔަށް ހައްގު އަދަބު ލިބޭނެ. އަމިއްލައަށް މަރުވުމަކީ އަހަރެމެންގެ ދީން ހުއްދަދޭ ކަމެއްނޫން. ދަރިފުޅު ހަނދާންކޮށް އަމިއްލަޔަށް މަރުވާ ވާހަކަ މީގެފަހުން ނުދައްކާތި. ތީމަންމަގެ ލޯބި ލޯބި މަލްކާ އެއްނު. ދަރިފުޅަށް ލިބޭ ކޮންމެ ހިތާމަޔެއްގައި އަދި ކޮންމެ އުފަލަކު މަންމައާއި ބައްޕަ ތިބޭނީ ދަރިފުޅާއެކު. ދަރިފުޅު ނޮރޮއި ހުއްޓާލާ.” މަންމަގެ ވާހަކަތައް އިވި މަލްކާއަށް ހިނދުކޮޅަކަށް ނަމަވެސް ހަމަޖެހުމުގެ އިހުސާސް ކުރެވިގެން ދިޔައެވެ.

މަލްކާއަށް ޖިންސީ ފުރައްސާރަކުރި ފަރާތް އަމިއްލައަށް ފުލުހުންނާއި ހަވާލުވެ އޭނާގެ ކުށަށް އިއުތިރާފްވިއެވެ. ފަނަރަ އަހަރުގެ ޖަލުހުކުމެއް ކޮށް އެމީހާ ޖަލަށް ލެވިގެންދިޔައެވެ. މަލްކާ އުފާވިއެވެ. މަލްކާގެ ދިރިއުޅުން ބަރުބާދު ކުރިމީހާޔަށް ހައްގު އަދަބު ލިބިގެން ދިޔައީތީއެވެ. އެހެނަސް މަލްކާގެ ހިތުން އެ ބިރުވެރި ރޭގެ ހަނދާންތައް ފިލައިގެން ދުވަހަކު ނުދާނެއެވެ. ގަދަކަމުން އޭނާގެ އިއްފަތްތެރިކަން ފޭރުނު އަނިޔާވެރިގޮތް ދުވަހެއްގެ ކޮޅުންވެސް މަލްކާގެ ހިތުން ފިލައިގެން ނުދާނެއެވެ.

މަލްކާއަކީ ކުރީގެ އުފާވެރިކޮށް ހީސަކަރާތްޖެހި މަލްކާއެށް ނޫނެވެ. ހިނިތުންވުމާއި އުފާދެކެ މަލްކާ ބިރުގަނެއެވެ. މަލްކާ ވަޒީފާއަށް ދިޔުންވެސް ދުވަސްކޮޅަކަށް ހުއްޓާލިއެވެ. ގޭތެރޭގައި އުޅޭއިރު މަލްކާ މީހަކާއި އަނގައިން ބުނެނުލައެވެ. ހިޔާލަކަށް ގެއްލިފައި އިންނަނީއެވެ. މަލްކާގެ މަންމަ ނަފުސާނީ ޑޮކްޓަރަކަށް މަލްކާ ދެއްކިއެވެ. ޑޮކުޓަރު ލަފާދިނީ ކޮންމެ ދުވަހަކު މަލްކާއަށް  ސެޝަންތަކެއް ނެގުމަށެވެ.

މަލްކާއަށް ދިމާވި ހިތާމަވެރި ހާދިސާ ހިނގިފަހުން މިހާރު ދެއަހަރު ނިމުނީއެވެ. އެހެނަސް އެބިރުވެރި ރޭގެ ކޮންމެ ވަގުތެއް ކޮންމެ ސިކުންތެއް ރިކޯޑް ކުރެވިފައިވާ މަންޒަރުތަކެއް ފަދައިން މަލްކާ ހަނދާނުގައި އެބަހުއްޓެވެ. ޑޮކުޓަރުގެ އެހީއާއިއެކު މަލްކާ މިހާރު ކޮންމެވެސް ވަރަކަށް ވާހަކަ ދައްކައި ސަކަރާތްޖަހައި އުޅެއެވެ. މަލްކާ ކެނޑިނޭޅ ހިތްވަރު ކުރަނީ  ގެއްލިފައިވާ އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު އަލުން އަނބުރާ ހޯދުމަށެވެ. ކުރިމަތިވެދާނެ ދެރަޔެއް އެކަކަށްވެސް ނޭނގޭނެއެވެ. އަހަރެމެންނަށް އޮތް ގޮތަކީ މަލްކާ ފަދައިން ހިތާމަތަކާއި ކުރިމަތިވިޔަސް އެކަމުން އަރައިގަނެ ދިރިއުޅުމާއިގެން ކުރިޔަށް ދެވޭތޯ ހިތްވަރާއެކު މަސައްކަތްކުރުމެވެ.

ނިމުނީ

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ފާހަގަ ކުރަންވީ ހަމައެކަނި ޖޫން މަހުގެ 5 ވަނަ ދުވަހެއް ނޫން!

Next

ނޭނގޭ ! (10)

Next
June 4, 2020

ނޭނގޭ ! (10)

Previews
June 4, 2020

ފާހަގަ ކުރަންވީ ހަމައެކަނި ޖޫން މަހުގެ 5 ވަނަ ދުވަހެއް ނޫން!

3 Comments!

  1. Raaya says:
    June 5, 2020 at 4:53 am

    wow… vrh reethi vaahaka eh 🙂

    1. Fathimath Athifa Hussain says:
      June 5, 2020 at 10:46 am

      ThanQ Raaya?

  2. Imkko says:
    June 8, 2020 at 9:42 pm

    Love all your short stories … i would really love to see a long story of yours ♥️

Comments are closed.



All Right Reserved!