Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 16

darkangel Level 210 Stories
March 14, 2015 6 Mins Read
27 Comments

މަންމަމެންނަށް ސިއްރުން ކައިވެނިކުރުމަށްފަހު ސަލްމާގާތުގައި އެވާހަކަ ބުނިދުވަހު ސަލްމާ ރޮއިރޮއިފައި އޭނަދެކެ ލޯބިވާވާހަކަ ބުންޏެވެ. ޔާސިރުއަށް ސަލްމާ އޭނަދެކެ އިންތިހާއަށް ލޯބިވާކަން އެނގުނީ އެދުވަހުއެވެ. ޔާސިރު ނީލާއާއި ކައިވެނި ކުރިކަމުގައިވިނަމަވެސް ސަލްމާ ދޫކޮށްލަން ގަސްތު ނުކުރާވާހަކަ ބުންޏެވެ. އޭޏައަށް ނީލާ ދޫކޮށްލެވޭކަށްވެސް ނެތެވެ. އަދިއަމުދުން މިހާރު އޭނަގެ އަނބިމީހާއަށް ވުމުންނެވެ. ނީލާ އުޅެބޮޑުވީ ހިލޭބައެއްގެ ކައިރީގައި އުޅެމުންނެވެ. ސަލްމާވެސް އެންމެފަހުން އެހަގީގަތް ޔާސިރުގެ މައިންބަފައިންނަށް ސިއްރުކުރުމަށް އެއްބަސްވިއެވެ. ނީލާ އުޅެމުންދިޔައީ ޔާސިރު ވަކިން ހިފާފައިހުރި އެޕާރޓްމެންޓެއްގައެވެ. ޔާސިރުއަށް ސަލްމާ ގަބޫލުކުރަން ފަސޭހަ ކަމަކަށް ނުވިކަމުގައިވި ނަމަވެސް އޭނަ ސަލްމާ ގަބޫލުކުރިއެވެ. އަންބެއްގެ ހުރިހާ ހައްގެއްދިނެވެ. އޭނަގެ ވާޖިބު އަދާކުރިއެވެ. ސަލްމާއަށްވެސް ޔާސިރުގެހިތުން އިތުރަށް ޖާގައެއްނުލިބޭނެކަން އެނގުމުން އިތުރު ޝަކުވާއެއްނެތި ހަމަޖެހިގެން އުޅެވޭތޯ ބެލިއެވެ.

ކައިވެންޏަށް އަހަރެއްވީތަނާ ނީލާ ބަލިވެއިނެވެ. ޔާސިރު ސަލަމާއަށް އެއްވެސް ކަމެއް ސިއްރުކުރަންބޭނުން ނުވާތީ އަމިްއްލައަށް އެވާހަކަ އޭޏގާތުގައި ބުންޏެވެ. ނީލާއަށް އިތުރު އަޅާލުން ބޭނުންވާނެތީވެގެން ޔާސިރުއަށް ނީލާއަށް ދެވޭ ސަމާލުކަން އިތުރުވީ އޭނަ ބަލިވެއިންފެށި ހިސާބުންނެވެ. ނީލާގެ ބަނޑަށް ތިންމަސް ފުރެން ކައިރިވެފައިވަނިކޮށް ޔާސިރުއަށް ސަލްމާވެސް ބަލިވެއިންކަން އެނގުނެވެ އޭރުއޭނަގެ ބަނޑަށް ދެމަސް ފުރިއްޖެއެވެ. އެހާދުވަސްވަންދެން އޭނަކައިރީ އެވާހަކަ ނުބުނެ ސިއްރުކުރީ ކީއްވެގެންތޯ ޔާސިރު ސުވާލުކުރީ ހިތްހަމަނުޖެހިފައި ހުރެގެނެވެ. ނީލާވެސް ބަލިވެ އިންދާ އޭނައަށްވެސް އެހީބޭނުންވާނެ ކަމަށާއި، ޔާސިރު ނޫން އެހެންމީހެއް އޭނައަށް އަޅާލަން ނެތްކަމަށް ސަލްމާ ބުންޏެވެ. އޭނައަށް އަޅާލަން އެގޭގައި އެހެންމީހުން އެބަތިބިކަމަށާއި ޔާސިރު ހިތްހަމަނުޖެހިދާނެތީ އެވާހަކަ ބުނަން ނުކެރުނީކަމަށް ސަލްމާ ބުނުމުން ޔާސިރު ދެރަވިއެވެ. ދުވަހަކުވެސް އެހެން ހީނުކުރުމަށް އޭނަ ސަލްމާގާތުން އެދުނީ ނުހަނު ދެރަވެފައި ހުރެއެވެ. އަދި ނީލާއަށް ވަގުތުދޭފަދައިން އޭނަ ސަލްމާއަށްވެސް ވަގުތުދޭނެކަމަށް ބުންޏެވެ.

ސަލްމާ ބަލިވެއިނުމުންވެސް ޔާސިރުގޭގައި މާގިނަ ވަގުތުހޭދަނުކުރާތީ ބަލްގިސް އެކަމާ ވިސްނަމުން ދިޔައެވެ. އޮފީހުގައި ކަންހިނގާ ނުހިނގާގޮތް އަބްދުﷲގެ ފަރާތުން އޭނައަށް އެނގެއެވެ. އިތުރުވަގުތުގައި އޭޏަދަނީ ކޮންތަނަކާދޭތެރޭ ވިސްނަން މަޖުބޫރުވީ ދެނެވެ. އެހެން ހުއްޓާ އޭނަގެ އެކުވެރިއެއްގެ ފަރާތުން ލިބުނު ހަބަރަކުން އޭނަ ރުޅިއައީ އިންތިހާއަށެވެ. އޭނަގެ ފަހަތުގައި އޭނަގެ ދަރިފުޅު ކުޅޭ ކުޅިވަރުއެނގިފައި ދެރަވިއެވެ. އައިޖީއެމް އެޗް އިން ޔާސިރު ނީލާގޮވައިގެން ޑޮކްޓަރަށް ދައްކަން ގޮސް އުޅެނިކޮށް ބަލަގިސްގެ ރައްޓެއްސަކަށް ފެނިގެން އެވާހަކަ ދެއްކީއެވެ. މިހުރިހާދުވަސްވީއިރު ސަލްމާއަށްވެސް އެހަގީގަތް އެނގޭނެކަމަށް އޭޏަގެ ހިތްބުނަމުން ދިޔައެވެ. އެހުރިހާކަމަކާއި ދޭތެރޭވިސްނާ އޭނަގެ ބަލި އިތުރަށް ބޮޑުވިއެވެ.

އެންމެ ފުރަތަމަ އެކަމާއިބެހޭ ގޮތުން ބަލްގިސް ސުވާލުކުރީ ސަލްމާއާއިއެވެ. ނަމަވެސް ސަލްމާގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބުނެވެ. އެކަމުންވެސް އޭނއަށް ހަގީގަތް އެނގޭކަން ބަލްގިސްއަށްއެނގުނެވެ. ނީލާވަރިކުރުމަށް ބަލްގިސް ޔާސިރުގާތުގައި ބުނޏެވެ. އެގެއަށް ޔާސިރުގެ އަންބެއްގެ ގޮތުގައި އެހެންއަންހެނަކަށް ނާދެވޭނެ ކަމުގައި ބުންޏެވެ. އޭނަ ނުރުހޭކަމެއް އަދިއެވެސް އޭންއަށް ސިއްރުން ކުރުމުން އެކަމަށް ދުވަހަކުވެސް މައާފް ނުކުރާނެކަމްށް ތަކުރާރުކޮށް ބުނަމުންދިޔައެވެ. ބައްޕައަށް އެންގުމުގެ ކުރިން އެކުޅިވަރު ހުއްޓުމަށް ބުންޏެވެ. ނަމަވެސް މިފަހަރު ޔާސިރުވެސް ހުރީ އެހާފަސޭހައިން ބަލިގަބޫލުކުރާގޮތަކަށް ނޫނެވެ. އެގެއަށް ދުވަހަކުވެސް ނީލާ ނުގެންނަކަމުގައި ޔާސިރުބުނެލިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ނީލާއެއްވެސް އަދި އޭނައަށާއި ނީލާއަށް ލިބޭދަރިއެއްވެސް އެގެއަށް ނުވައްދާނެކަމުގައި ބުންޏެވެ. ވަރިކުރާށޭ ބުނިއިރު ނީލާއިނީ ކޮންހާލެއްގަިތޯވެސް މަންމަ ބަލާލަން ބޭނުން ނުވަނީތޯ ޔާސިރު ސުވާލުކުރިއެވެ. ނީލާ ވަރިކުރަނީކަމުގައި ވަނީނަމަ އެއާއިއެކު ސަލްމާވެސް ވަރިކުރާނެކަމުގައި ބުންޏެވެ. އެއީ އޭނަގެ އެންމެފަހުގެ ނިންމުންކަމުގައި ބުނުމަށްފަހު ބަލްގިސްބޭނުންވަނީ ކޮންގޮތެއްތޯ ސުވާލުކުރިއެވެ. ބަލްގިސްއަށްވެސް ދެން އިތުރަށް އޭނަގެ ދަރިފުޅަށް މަޖުބޫރުނުކުރެވޭނެކަން އެނގި އެވާހަކަ ހުއްޓާލިއެވެ. އަދި އެއިންއެއްވެސް ކަމެއް ޔާސިރުގެ ބައްޕައަށް އަދި އިތުރއެއްވެސް މީހަކަށް އެނގިގެން ނުވާނެކަމުގައި ބުންޏެވެ.

ދުވަސްތައްމާޒީއާއި އެކުވަމުންދިޔައެވެ. އެންމެ ފަހުން ނީލާގެ ބަނޑަށް ދުވަސްފުރި ވިހަންކައިރިވެއްޖެއެވެ. ޔާސިރުގެ ފުރަތަމަ ދަރިފުޅުއުފަންވީ ފެބުރުއަރީ 4 ވީދުވަހު ފަތިސްގަޑީގައެވެ. ދުނިޔެއިން ލިބޭނެ އެންމެ އުފާވެރިވަގުތުކޮޅަކީ އެއީކަމުގައި ވުމަށް އޭނައެދުނުނަމަވެސް އެހެން އެކަންތައްނުވިއެވެ. ނީލާމަރުވީ ވިހެއުމުގެތެރޭގައި ލޭމަނާނުވެގެނެވެ. އޭނަގެ ދަރިފުޅުއެންމެފަހަރަކު އެދެލޮލުން ދެކިވެސް ނުލައެވެ. ޔާސިރުއަށް ގޮތްހުސްވިއެވެ. އޭނަގެ ދަރިފުޅަށް އޭނަގެ އަމިއްލަ މައިންބަފައިންގެ ހިޔާވަހިކަމުގެތެރޭގައި ޖާގައެއްނެވެ. އެދަރިފުޅަށް ހުރިހާވަގުތެއް ހުސްކުރެވޭކަށްވެސް އޭނައަކަށްނެތެވެ. އޭނަގެ ދަރިފުޅުބެލުމަށް އާޔާއަކު ހޯދައި ނީލާއުޅުނުގޭގައި ހިލޭމީހަކާއި އޭނަގެ ދަރިފުޅު ހަވާލުކުރަން މަޖުބޫރު ވިއެވެ. އެލޯބިލޯބި ކުޑަދަރިފުޅަށް އޭނަ ރާއިންގެ ނަމުން ނަންދިނެވެ. އެއީ ނީލާ ހިޔާރުކޮށްފައިވާ ނަމަކަށްވާތީއެވެ. ދުވާލުދެގަޑިގައި އޭނަގެ ދަރިފުޅުފެނިލުން ފިޔަވައި އިތުރ ކަމެއް އޭނައަކަށް ނުކުރެވުނެވެ. އެދަރިފުޅު ނިކަމެތިވިވަރު އިހުސާސް ކުރެވުނެވެ. ނަމަވެސް އޭނަގެ މަންމަ އެދަރިފުޅު ގަބޫލުނުކުރާނެކަން އޭނައަށް އެނގެއެވެ.

ސަލްމާގެ ބަނޑަށް އޭރު އަށްމަހެވެ. ނީލާ މަރުވިވާހަކަ ޔާސިރު ސަލްމާގާތުގައިވެސް ނުބުނެއެވެ. ނީލާ ވިހައިފިތޯ ސަލްމާއަށްވެސް ސުވާލުކުރާކަށް ނުކެރުނެވެ. އޭނަގެ ހިތާމައިގައި އެއްވެސް މީހަކު ބައިވެރިކުރަން އޭނަ ބޭނުން ނުވާކަހަލައެވެ. އެއްދުވަހު އޮފީހުގައި އިންދާ ސަލްމާ އެކްސިޑެންޓް ވެގެން ބަލްގިސް ފޯނުކުރިއެވެ. ޔާސިރުއަށް ހޮސްޕިޓަލާއިހަމައަށް ދެވުނުއިރު ސަލްމާ އޮތީ އެމެޖެންސީގައެވެ. އޮޕެރޭޝަނަށް ރެޑީކުރަނީއެވެ. ދަރިފުޅުގެ އެއްވެސް ހަރަކާތެއް އަދި ވިންދެއް ނެތްކަމުގައި ޑޮންޓަރުން ބުންޏެވެ. އަވަހަށް އޮޕެރޭޝަން ނުކޮށްފިނަމަ އިތުރަށް ފުރާނައަށް ގެއްލުން ވެދާނެކަމުގައި ބުންޏެވެ.  ސަލްމާގެވެސް އެއްވެސް ހެޔެއްނެތެވެ. ބޮލުންވެސް ހުރީ ބޮޑުތަންގަނޑެއް ފަޅައިގެންގޮސްފައެވެ. ސިކުޑިއަށް ލޭނޭޅޭކަމެއްވެސް ނޭގޭކަމުގައި ޑޮކްޓަރުންބުންޏެވެ. ސަލްމާގެ ބައްޕައަށް ހާރޓް އެޓޭކެއްޖެހުނީ އޭނަގެ ދަރިފުޅު އޮތްހާލުފެނިފައެވެ. އޭނަގެ ފުރާނަ ސަލާމަތްނުވެ މިވަގުތީ ދުނިޔެއިން އަލްވަދާއުކިޔީއެވެ.

********************************************************

ޔާސިރުގެ ދަރިފުޅުގެ ފުރާނަނެތް މަސްގަނޑު އޭނަގެ  އަތުތެރޭގައި އޮތެވެ. ހީވަނީ ލޯބިކޮށް ނިދާލާފައި އޮތްހެނެވެ.  އޭނާއަށް ގޮތް ހުސްވަމުންދިޔައެވެ. އެއްކަމަކަށްފަހު އަނެއްކަމެކެވެ. ސަލްމާއަށް އިތުރުދަރިއަކު ނުލިބޭނެކަމުގައި ޑޮކްޓަރުން ބުނުމުން ހީވީ ރިހޭފައިމައްޗަށް ފޮއިވެއްޓުނުހެނެވެ. ސަލްމާގެ ބައްޕަމަރުވީއެވެ. ދަރިފުޅު މިދުނިޔެއަށް ނޭވާވެސް ނުލަނީސް މަރުވީއެވެ. އަދި އިތުރަށް ދަރިއަކު ނުލިބޭނެވާހަކަބުނުމުން އެފަކީރަށް ވާނެގޮތަކާއިދޭތެރޭ ވިސްނެނީއެވެ. އާއިލާގެ އެއްވެސް މީހަކަށް ސަލްމާގެ ދަރިފުޅުމަރިވިވާހަކަ ނުބުނުމަށް ބަލްގިސް ޔާސިރު އަދި އަބްދުﷲގެ ކިބައިން އެދުނެވެ. އަހައަހާވެސް އެކަމުގެ ސަބަބެއް އޭނަ އަބްދުﷲ ގާތުގައި ނުބުންޏެވެ. ކޮންމެފަހަރަކުވެސް ވަގުތުޖެހުނީމައި ބުނާނެކަމަށް އޭނަބުންޏެވެ. ޔާސިރު ހުރީއެވަގުތު އެއްޗެއްވިސްނޭވަރަށްވުރެ ހާލުބޮޑުކޮށެވެ.

އޮޕަރޭޝަން ކުރިތާ 12 ގަޑިއިރުވީއިރުވެސް ސަލްމާ ހެޔެއްނާރައެވެ. ޑޮކްޓަރުން އިރުޝާދުދިނީ ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ފުރުމަށެވެ. އަބްދުﷲ މާލޭގައި ހުރުމަށްފަހު ޔާސިރުއާއި ބަލްގިސް ސަލްމާގޮވައިގެން އިންޑިއާއަށް ފުރިއެވެ. އިތުރު އޮޕަރޭޝަނެއް ސަލްމާގެ ކުރެވުނެވެ. ނަމވެސް އަދިވެސް އޭނަ ހެޔެއްނާރައެވެ. ތިނަދުވަހެއްހާދުވަސްފަހުން އަބްދުﷲ މާލެއައުމުން ބަލްގިސް އޭނަ ބޭނުންވާގޮތް ހާމަކުރިއެވެ. ދުވަހަކުވެސް އޭނައަށް ނާންގަން ހުރި ސިއްރުހާމަކުރަން މަޖުބޫރުވީއެވެ. ޔާސިރު ދެއަންބަށް ކައިވެނިކުރިކަން އެނގުމުން އޭނަ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ނަމަވެސް ބަލްގިސް ރުޅިއިސްނުކޮށް ސިކުނޑީގެ ބޭނުންކުރުމަށް އަބްދުﷲގާތު އެދުނެވެ. ކޮންމެ މީހަކު އުފަންކުރިކަމުގައިވިޔަސް އެއީ އެމީހުންގެ ފުރަތަމަ މާމަ ދަރިފުޅެވެ. އެމީހުންގެ ލެޔެވެ. ޔާސިރުގެ ދަރިއެކެވެ. ސަލްމާއަށް އެހުރިހާ ހިތާމައެއް އެއްފަހަރާ ދޭނީ ކިހިނެތްހެއްޔެވެ؟ އެދަރިފުޅު ސަލްމާގެ ދަރިއަކަށް ހަދައިގެން ނުގެނެސްފިނަމަ މުޅިއުމުރަށް އެމީހުން އުޅެންޖެހޭނީ ދަރިއަކު ނުލިބިއެވެ. އެކުޑަކުއްޖާފުޅަށްވެސް ރަނގަޅުވާނީ އެގޮތްކަމަށް އޭނަ ބުންޏެވެ. ޔާސިރުގާތުގައި އެކަމަށް އެއްބަސްކުރުވުމަށް ބަލްގިސް އަބްދުﷲ ގާތުގައި އެދުނެވެ.

ސަލްމާއަށް ދަރިއަކު ނުލިބޭވާހަކަ ބުނެގެން އޭނަގެ މުޅިދިރިއުޅުން ހަލާކުކޮށްލާކަށް ބަލްގިސް ބޭނުމެއްނޫނެވެ. މިހާރުވެސް ވާހައި ހިތާމަ އޭނގެ ދަރިފުޅު އޭނައަށް ދީފިއެވެ. ޔާސިރުއާއި ނީލާއަށް ލިބުނުދަރިއަކީ އެކަމުގެ އަގުކަމުގައިވަނީނަމަ އެކަންވެސް އޭނައެހުރީކުރާށެވެ. ޔާސިރުގާތުގައި އެވާހަކަ ދެއްކުމުން އޭނަ ހުރީ ގަބޫލުވެސް ކުރަންދަތިވެފައެވެ. ނީލާދެކެ އެއްއިރެއްގައި އެހާ ރުޅިއައިމީހަކު، ނީލާގެ ދަރިއަކު އެގެއަށް ގެނައުމަށް ބުނުމުން ގަބޫލުކުރެވޭނީ ކިހިނެތްހެއްޔެވެ. އޭނަގެ މަންމަ ބޭނުންވަނީ އެދަރިފުޅުގެ މަންމައަށް ވުމުގެ ހައްގުވެސް ނީލާއަށް ނުދޭންހެއްޔެވެ. މިހުރިހާ ކަމެއްގައި ގުރުބާން ވާންވީ އެކުޑަ ކުއްޖާހެއްޔެވެ. އެންމެ ފަހުން އަބްދުﷲ އެއީ އޭނަ އެދޭކަމެއް ނޫންކަމުގައި، ނަމަވެސް އަމުރެއް ކަމުގައި ބުނެލިއެވެ. އަދި އޭނަ ކުރިކަންތައްތަކަށް މައާފު ބޭނުން ވާކަމުގައިވަނީނަމަ އެކަން އެގޮތަށް ކުރާނެކަމުގައި ބުންޏެވެ. ބަލްގިސް ޔާސިރުއަށް މަޑުމައިތިރިކަމާއިއެކު ވިސްނަދިނެވެ. އެކުޑަކުއްޖާއަށް މަންމައެއްގެ ލޯބިބޭނުންވާނެ ކަމުގައި ބުންޏެވެ. އަދި އެކަމުން އެއްވެސް ގެއްލުމެއް ނެތެވެ. އޭރުން އޭނަގެ ދަރިފުޅު އަބަދުވެސް ހުންނާނީ އޭނަގެ ކައިރީގައި ކަމަށް ބުންޏެވެ.

ސަލްމާ ހޭއެރީ އޮޕަރޭޝަން ކުރިތާ މަހެއްހާއިދުވަސް ފަހުންނެވެ. ރަނގަޅަށް ހޭއަރައި ވާހަކަ ދެއްކޭވަރުވުމުން އެންމެ ފުރަތަމަވެސް ސުވާލުކުރީ ދަރިފުޅާއި ބެހޭގޮތުންނެވެ. ޔާސިރު އޭނައަށް ކުޑަކުޑަ ރާއިން ދައްކާލިއެވެ. ސަލްމާގެ ހިތް އުފަލުން ފުރުނެވެ. އޭނަގެ ދިރިއުޅުމަށް އުފާވެރިކަން އައިކަން އިހުސާސްކުރެވުނެވެ. އެދަރިފުޅަށް ކިޔީ ރާއިންކަމުގައި ބުނުމުން ވަރަށް ލޯބިނަމެއްކަމުގައި ސަލްމާ ބުނެލިއެވެ. ސަލްމާ އެދަރިފުޅަށް މަންމައެއްގެ ލޯބި އެންމެ ފުރިހަމަގޮތުގައި ދޭނެކަން ޔާސިރުއަށް ޔަގީންވިއެވެ. އަދި ކަންތައް މިކުރެވެނީ ރަނގަޅަށް ކަމުގައި ހިތާއިހިތުން ބުނެލިއެވެ. ރާއިންގެ ނަން ބަދަލުކުރަން ބަލްގިސް އެދުނުކަމުގައިވިނަމަވެސް ޔާސިރުއެކަމަށް ގަބޫލެއް ނުވިއެވެ. ބާރތް ސެޓިފިކެޓް ގައާއި އެހެން ހުރިހާ އެއްޗެއްގައި ރާއިން  އެއީ ސަލްމާގެ ދަރިއެއްކަން ޖެހުމުން އެވަރުވެސް މަދީކަމުގައި ޔާސިރުއަށް އެހުނީ ހިތްހަމަނުޖެހިފައިހުރެއެވެ. އިތުރަށް އެކަމުގައި ބަލްގިސް ބަހުސްކުރަން ބޭންމެއް ނުވިއެވެ. އެއްވެސް މީހަކު ރާއިންއަކީ ނީލާގެ ދަރިއެއްކަމުގައި ބަލައެއް ނުގަނެއެވެ. ސަލްމާގެ ބައްޕަ މަރުވެފައިވާކަން އަދި އިތުރުކުއްޖެއް ނުލިބޭނެވާހަކަ އޭނގާތުގައި ޔާސިރު ބުނީ މާލެއައިސްފައެވެ. ސަލްމާ ކިތަންމެ ދެރަވިކަމުގައިވިނަމަވެސް މިންވަރަށް ޝުކުރު ކުރާނެކަމުގައި ބުނީ ހިތްވަރާއި އެކުގައެވެ. މާލެބަދަލުވިފަހުން ޔާސިރުގެ ހުރިހާ ވަގުތެއް އެދެމައިންނަށް ހުސްކޮށްލިއެވެ. އޮފީހަށްނުގޮސް ސަލްމާގާތުގައި މަޑުކުރީ ސަލްމާއަށް އެހިތާމަތަކުން އަރައިގަންނަން އެހެންމީހެއްގެ އެހީ ބޭނުންވާނެކަން އެނގޭތީއެވެ. ސަލްމާއަށްވެސް ޔާސިރުގެ ހުރިހާވަގުތެއް އޭނައަށް ހުސްކުރެވިފައިވާކަން އެނގެއެވެ. ނީލާއަށާއި އޭނަގެ ދަރިފުޅަށްވެސް ވަގުތު ދޭންވާނެކަމުގައި ޔާސިރުގާތު ބުންޏެވެ. ނަމަވެސް ނީލާގެ ދަރިފުޅު ވިހޭއިރު މަރުވެފައިއޮތް ވާހަކަ ބުނުމުން އިތުރަށް އެވާޙަކަ ދައްކާކަށެއް ނުކެރުނެވެ. ނީލާ ކޮބައިތޯވެސް ސުވާލެއްނުކުރެވުނެވެ.

ދުވަސްތައް އެގޮތުގައި ހޭދަވަމުންދިޔައެވެ. އެސިއްރު ސިއްރެއްގޮތުގައި އޮވެގެން ރާއިންވެސް ބޮޑުވަމުން އައެވެ. ޒާޔާ އެގެއަށް އައިފަހުން ސަލްމާއަށް ހީވީ އޭނައަށް އަންހެންކުއްޖަކު ލިބުނުހެނެވެ. ޒާޔާދެކެ މައެއްވާ ފަދައިން އޭނަ ލޯބިވިއެވެ. ނަމަވެސް އެމީހުންނަށް ހަމަޖެހިލައިގެން އުޅެވުނީ އެހާހަމައަށެވެ. ޔާސިރު އޭނަގެ ދަރިފުޅަށް ހަގީގަތް ކިޔާދޭން ބޭނުންވާކަމުގައި ބަލްގިސްކައިރީގައި ދެއްކިއެވެ. އެކުއްޖާއަށްވެސް އޭނަގެ އަސްލު މައިންބަފައިން އެނގުމުގެ ހައްގު ވާކަން ޔާސިރުބުނެލިއެވެ. ނަމަވެސް އެވާހަކަތަށް އެކޮޓަރިއަށް ވަންނަންއައި ސަލްމާގެ ކަންފަތަށް އަޑުއިވުނީ އެހަގީގަތް ފާޅުވާން ކަންނޭގެއެވެ. ދެންވެސް ބަލްގިސް ހަގީގަތް ހާމަކުރާކަށް ބޭނުމެއް ނުވިއެވެ. އެދައްކަނީ ކާކުގެ ވާހަކައެއްތޯ ތަކުރާރުކޮށް ސަލްމާ ޔާސިރުގާތުގައި އެހިއެވެ. ޔާސިރުބޭނުންވީ ހަގީގަތް ހާމަ ކުރުމަށެވެ. ނަމަވެސް ސަލްމާ އެތަނުން ގެންދަމުން ހުރިހާ ހަގީގަތެއް ކިޔާދޭނެކަމުގައި ބަލްގިސް ބުނެލިއެވެ. ފަހުން ޔާސިރުއަށް އޭނަގެ މަންމަ ހަގީގަތް ހާމަނުކޮށް ދޮގުހެދިކަން އެނގުނީ ސަލްމާ ދެއްކިވާހަކަތަކުންނެވެ. ޔާސިރުގެ ދަރިފުޅު އެހެން މީހެއްގެ ދަރިއަކަށް ހަދައިގެން ނުގެނެސް، އެންމެ ފަހަރަކުވެސް ރީތިކޮށް ބަލާދޭށޭ ބުނިކަމުގައިވިނަމަވެސް ބަލާދޭނެ ކަމުގައި ސަލްމާ ބުނުމުން ވިސްނާލެވުނެވެ. ބަލްގިސް އާއި ޔާސިރުވާހަކަދެއްކުމުން ރާއިން އަކީ ނީލާގެ ދަރިއަކަށް ދުވަހަކުވެސް ނުވާނެކަމުގައި ބުނެލިއެވެ. ޔާސިރުއާއި ނީލާގެ ދަރިއަކީ ޒާޔާ ކަމުގައި ބުނިވާހަކަ ބުނުމުން ޔާސިރު ދެރަވިއެވެ.  ދުވަހަކުވެސް ސަލްމާއަށް ހަގީގަތް އެނގިގެން ނުވާނެ ކަމުގައި ބަލްގިސް ބުންޏެވެ.

ސަލްމާ ޒާޔާއާއި ދޭތެރޭ ކަންތައް ކުރަމުން އައި ގާތްކަން ބަދަލުވީ އެހިސާބުންނެވެ. އެކަން ޔާސިރުއަށްވެސް އެނގެއެވެ. ނަމަވެސް ސަލްމާ އެއްވެސް ޝަކުވާއެއްނެތި ޒާޔާ ބަލަމުން ގެންދާތަން ފެނިފައި އެއްޗެކޭ ނުބުނެ ހުރީއެވެ. އެކަމުގެ ހަގީގަތް އިތުރަށް ބަލަން އޭނަ ނޫޅުނީވެސް ނީލާ މިހާރު ދުނީޔޭގައި ނެތުމުންނެވެ. އަދި ޒާޔާ އެގޭގައި ހުރިކަމުގައިވިނަމަވެސް އޭނގެ ދިރިއުޅުމަށް އެއިން އެއްވެސް ބުރުލެއް ނާރާނެކަމުގައި އޭނަގެ ހިތް ބުންޏެވެ. ދުނިޔެއަށް ޒާޔާއަކީ އެހެންމީހެއްގެ ދަރިއެކެވެ. ބަދަލުގައި އޭނަ އެދުނީ އެންމެ ކަމެކެވެ. ރާއިންއަށް އަދި ޒާޔާއަށް ދުވަހަކުވެސް ހަގީގަތް ނޭންގުމަށެވެ.

ޔާސިރު ހުރިހާވާހަކައެއް ރާއިންއަށް ކިޔާދިނުމުން އޭނައިނީ ހަދާނެގޮތް ނޭގިފައެވެ. ހިތުގައި އެތަށް ޝަކުވާއެއް އެއްފަހަރާ ޖަމާވިއެވެ. ބައްޕަކުރިން އެވާހަކަ ބުނިނަމަނޫންހެއްޔެވެ. މާމަ ދޮގުހެދީ ކީއްވެގެންތޯ ރާއިން އަށް ސުވާލުކުރެވުނީ އެއްވެސް އިހުތިޔާރަކާއި ނުލައެވެ. އޭނަ އެއައީ ޒާޔާގާތުގައި އޭނައަށް އިންތިޒާރުކުރުމަށް ބުނެފައިކަން ޔާސިރުގާތުގައި ބުނާކަށް ނުކެރުނެވެ. އަނެއްކާވެސް ގުރުބާންވާން މިޖެހުނީ އޭނައަށެވެ.

“ބައްޕަ ދަރިފުޅަށް މިހަގީގަތް ކިޔާދިނީ ދަރިފުޅު ދެރަކުރާކަށް ނޫން، ނަމަވެސް ދަރިފުޅަށް އެނގުން ހައްގުކަމަކަށް ވާތީ، ބައްޕަ ބޭނުންވަނީ މިހަގީގަތް މިގޮތުގައި ސިއްރެއްގޮތުގައި އަބަދުބޭއްވުން، މަންމަ ގާތުގައި ނުބުނުން، އެއީ މާތް އަންހެނެއް، މިހަގީގަތް އެނގުމުން ދަރިފުޅު މަންމައާއި ދޭތެރޭ ދެކޭގޮތް ބަދަލުވާކަށް ބައްޕަ ބޭނުމެއް ނޫން، ބައްޕައަށް މައާފް ކޮށްދީ ރާއިން” ޔާސިރު ރާއިންގާތުގައި ބުނެލިއެވެ. އޭނައަށް ނޭގުނީ އެއެދެވެނީ އޭނަގެ ދަރިފުޅުގެ ހުރިހާ އުފަލެއްކަމުގައިކަމެވެ. ރާއިންއަށް ބުނާނެ އިތުރުއެއްޗެއް ނޭގުނެވެ.

*******************************************************

“ޔާނާ އަހަރެން ކިހިނެއްތަ ޒާޔާއަކީ އަހަރެންގެ ކޮއްކޮއެއްކަމުގައި މުޅިއުމުރަށް ދެކޭނީ، އެއީކީ އަހަރެންގެ ކޮއްކޮއެއް ނޫނޭ، ކީއްވެގެންތަ ކޮންމެ ފަހަރަކު އަހަރެން މިގުރުބާން ވާންޖެހެނީ، އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ، ހަމަ އެވަރަށް އަހަރެން ޒާޔާދެކެވެސް ލޯބިވެޔޭ، އޭނަގެ އެއްވެސް ކުށެއްނެތި އަހަރެން އޭނައަށް މިހާ ހާރޓް މިކުރަނީ، އައި ޖަސް ވޯންޓް ގޯބެކް، ކޮންމެ ދުވަހަކު އެސޫރަ ފެނިފައި، ދުވަހަކުވެސް އެއީ އަހަރެންގެ މީހަކަށް ނުވާނެއޭ އަހަރެންގެ ހިތްބުނޭ، އަހަންނަކަށް މިތާ އިތުރަށް ކެތެއްނުވާނެ، އެކަމް އަނެއްކާ އޭރުން މަމް ސުވާލު ކުރާނެ” ރާއިން ފާރުގައި ލެނގިލައިގެން ހުރެ ވާހަކަ ދެއްކިއެވެ.

“ރެން ޕްލީޒް އަމިއްލަ ނަފްސައްތިހާ އަނިޔާވެރި ނުވެދާނަންތަ، ސަމްޑޭ އެވްރީތިންގ ވިލް ބީ އޯލްރައިޓް، މިގޮތަށް މިކަންވާނެކަން އެނގިހުރެއެންނު މިކަންކުރަން ނިންމީވެސް، ރެންތިއީ އާންޓްގެ ދަރިއަކަށް ނުވުން އެއީ ރެންގެ މައްސަލައެއް ނޫނެއްނު، އަދި ރެންގެ ބައްޕަ ކުށެއްނޫނެއްނު ކުރީ ރެންގެ މަންމައާއި ކައިވެނިކޮށްގެން ރެން ލިބުމަކީ، އާންޓް އަށް ހާރޓް ވާނެވަރުވިސްނާފަނުން މާމަވެސް އެގޮތަށް ނިންމީ، އިޓްއިޒް ޖަސް ޑެސްޓިނީ، ޕްލީޒް ސްޓޮޕް އިޓް” ޔާނާ ރާއިންގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ވާހަކަދެއްކިއެވެ.

 އެމީހުންނަށް ނޭނގުނީ އެވާހަކަތަށް އިތުރުމީހަކަށް އިވުނުކަމެވެ. ރާއިން ކުރި ހުރިހާ ޝަކުވާއެއް އެހެން މީހަކަށް އަޑުއިވުނުކަމެވެ. އެގޭތެރޭގައި ފޮރުވިފައިވާ ސިއްރު އެހެންމީހަކަށް ބޭޒާރުވެއްޖެކަމެވެ.

“ނުނިމޭ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

އިންތިޒާރު 15

Next

އަހަރެންގެ ހައްގެކެވެ. (6ވަނަ ބައި)

Next
March 14, 2015

އަހަރެންގެ ހައްގެކެވެ. (6ވަނަ ބައި)

Previews
March 12, 2015

އިންތިޒާރު 15

27 Comments!

  1. girl says:
    March 14, 2015 at 11:46 am

    Perfect story… just lurrvvv it : )

  2. shahidha says:
    March 14, 2015 at 11:52 am

    Vvvv nice next part avaha up koh dhynekama umeedhu kuran

  3. darkangle says:
    March 14, 2015 at 12:07 pm

    next part faharegga thankolheh lasvedhaane, bt i ll try my best to bring up to u as soon as possible. tuesday o wednesday ga insha allah i ll up next part. thank you for ur comment, girl and shahidha. one of my friend said i dnt reply to any comment, well i ll try to reply frm nw onwards. n hope mifaharu kuruvegen n lasvegen shakuva nukuraanekamah my dear friend. 🙂

  4. hudha says:
    March 14, 2015 at 12:39 pm

    Aslu adhi ehaa saafeh nunvey v gotheh.
    Xaayaa ei neelaage kid kamah salma kairy bunyma ,salma raain n xaya ge deytereyge ufahdhaany sis n beybe egge lv dw kuda iruh sure feshigen…n raain ah kiyaa deyneevx xaaya ei dhahrhage gothuga ennu.
    Ehn v iru xaa n raain lv relatn akh dhiyae kihinehtha .i cant understand

  5. cherx says:
    March 14, 2015 at 1:00 pm

    Yaahooo…. Thanks dhigukoh genes dhinyma… Varah reethi

  6. neel says:
    March 14, 2015 at 1:26 pm

    Varah salhi! Next part ah bodukoh inthixaaru ga

  7. sam says:
    March 14, 2015 at 2:57 pm

    raain ge bappa bynumyy raain xayaa kokko ehge gothuga balan.. so raain ge truth will nt be revealed infront of salma….
    salma kairyga balgis bunyy xaaya eii yasir nd neelaa ge dhariyeii
    so ehenve salma distance herself frm xaayaa right

  8. someone says:
    March 14, 2015 at 3:24 pm

    kaakahbaaa enguneee??? -curious_

  9. sikey says:
    March 14, 2015 at 4:25 pm

    VARAH SALHI …… THANKOLEH AVAHAH UP KOHLAHCHEY…

  10. same says:
    March 14, 2015 at 7:30 pm

    Wow nice stry.. .. mi kahala v eh adi same eh nukiyah…. sooo grt… warah awahah upload khlachey ngey.. adi vx kiyaa hiywany…… keep it up….

  11. luv luvy. says:
    March 15, 2015 at 8:02 am

    Hadha nice story ekey dhw mi iiii

  12. tink says:
    March 15, 2015 at 2:45 pm

    yasir told salma ehnu neelage dhari maru v ay??? then kulliyakah zaya miae konthaakun? haadha confusing ay 🙁

  13. sana says:
    March 15, 2015 at 5:26 pm

    Kudakoh confuse vejje… salma vihey dhari mareh nuntha vy… dhn neela dhariaky raain ehnu… dhn xaayaa eii kn thakun ay kaaku ge dharieh…

  14. aana says:
    March 16, 2015 at 6:35 pm

    yaasir n neelaage dhariaky neela right , n salmaa ge kid maruvy,
    n fahun salma ah balgis n yaasiru dhekki vaahaka adu ivuny, e kujja avves eynage aslu mainbafain engen jeheyne ey buna thankolhu salma ah iveny dhen eyna ahany emeehun kairy, dhen balgis e vaahaka sirru kuran bunany yasir n neelaage dhariaky zaaya kamuga which is a lie, n xaya aky asluves yasiruge frnd eh ge dharieh right.

  15. aana says:
    March 16, 2015 at 6:36 pm

    neela n yaasir ge kid aky raain

  16. dark princess says:
    March 16, 2015 at 8:48 pm

    kaakahbaa adu ivuny???? kiyaa hithun kehtherikan kudavejje…

  17. Lol says:
    March 17, 2015 at 2:12 pm

    This is the best storybi read on esfiya. V interesting. Eagerly waiting for the next part. 🙂 🙂

  18. neha says:
    March 17, 2015 at 8:37 pm

    Haadha lahey up kuraaleh, mahaku 1 faharu aharaku 2 faharu

  19. RINX says:
    March 18, 2015 at 8:22 am

    SERIOUSLY BEST STORY IV EVER READ…..WAITING FOR THE NEXT PART

  20. leen says:
    March 18, 2015 at 6:14 pm

    Alhe mivaahaka liyaa kuhjaa magey life ah vex vaahaka eh liyedheeba… inthizaaruga hunnathaa mihaaru 5yrs vany

  21. true says:
    March 19, 2015 at 12:07 pm

    meehaku hama bxy ves vedhaane dhw, u should understand guys, mahaku 1 faharu aharaku 2 faharuey bunaairu mi stry feshyves feb ga, nw its 16th part so thankolheh kehkollabala, bt stry liya kujja plx avahah up kohdhyba pleeeeeez

  22. Zo says:
    March 19, 2015 at 3:35 pm

    Waiting for the next part. Hope you’ll upload it soon..

  23. cherx says:
    March 20, 2015 at 2:01 pm

    alhey adhives up nudhkohdheeyyyy 🙁 heyo Nuwaane. Thihrn hadhaan inthixaaru kohkoh varubali vejje.. plx. fb ah vanna varah vureh vaahaka up kohlithoa belunwaru bunan ves neynge plxxx awahah upp kohdheebaaaaaaa…

  24. luv luvy. says:
    March 20, 2015 at 8:27 pm

    Kba thr vaahaka hadhaha dhigu inthizaareh khfeemey adhey thw. Ekm naiyma neendhe vign anehkavx comment jury…

  25. same says:
    March 20, 2015 at 8:31 pm

    Aslu vx dhw???? Luvly bunihen ma vx hadha inthixaareh kurymey…. Adi vx kuran mi….. A was khba… Hadha kiyaa hiyy weyey….

  26. zeesh says:
    March 21, 2015 at 4:50 pm

    v v niceeee….

  27. testing carried says:
    April 29, 2015 at 9:06 pm

    Anehkaa kaakutha? Zaayaa tha?

Comments are closed.

Next Episodeއިންތިޒާރު 17←


All Right Reserved!