Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 15

darkangel Level 210 Stories
March 12, 2015 4 Mins Read
11 Comments

“ލިސެން ޒާޔާ، އިޓްވޯސް ޖަސްއަ ލިލް މިސްޓޭކް، ފޮގެޓް އެބައުޓް މީ، އެން މޫވް އޮން ޔުއަރ ލައިފް، ޔޫއަރ ޔަންގ، އެން އިނޓެލިޖެންޓް، ޑޯންޓް ޓްރަސްޓް އެނީވަން ސޯމަޗް، އައިކޭން ނެވަރ ބީވިތް ޔޫ، އައި ކޭން ނެވަރ އެކްސެޕްޓް ޔޫ، އައި ކޭން ނެވަރ ވެލްކަމްޔޫ ޓްމައި ލައިފް، މިކަންތައް ބޮޑު ކަމަކަށް ނުހަދާ މޫވް އޮންކޮށްބަ، ޕްލީޒް….” އިށިއިނދެގެން އިންތަނުންތެދުވެ ޒާޔާގެ ފަހަތަށް އައިސް ހުއްޓިފައި ރާއިން ވާހަކަ ދެއްކިއެވެ. ޒާޔާގެ ހިތުން ދުވަހަކު ވޭން ނުފިލާވަރަށް ވޭންދެމުންނެވެ. މުޅިއުމުރަށް އެހިތް ރޮއްވާލަމުންނެވެ. މޫނުފޮހެލުމަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ ޒާޔާ އެތަނުން ދާން ހިނގައިގަތެވެ. ހިތާހިތުން އެތައް ކަމަކަށް ވައުދުވަމުންނެވެ. އިތުރަށް ދެން ބުނަން އޮތީވެސް ވަކި ކޮންއެއްޗެއްހެއްޔެވެ؟ ރާއިން ހުރިހާއެއްޗެއް ބުނެ އެނިންމާލީއެވެ. ރުއިމުގެ ބޭނުމެއް ސުވާލުކުރުމުގެ ބޭނުމެއް ނެތެވެ. އެމީހެއްގެ ކުރިމަތީގައި ތިމާއަކީ އެއްވެސް ގަދަރެއް ލިބިގެންނުވާ މީހެއްގެ ކައިރީގައި ޝަކުވާކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ؟ ތިމާގެ އަގު އިތުރަށް ދައްވުން ކަމުގައި ނޫނީ ނުވާނެއެވެ.

 ފަސްއެނބުރި އެންމެ ފަހަރަކުވެސް ނުބަލަން އޭނަހިތާހިތުން ވައުދުވިއެވެ. ދިގު އިންތިޒާރެއްގެ މޭވާފޮނި ވާނެ ކަމުގައި މީހުންބުނާތީ އޭނަވެސް އަޑުއަހައެވެ. ނަމަވެސް އެއީ އަބަދަކު ހަގީގަތެއް ނޫންކަން ރާއިން މިއަދު ސާބިތުކޮށްދީފިއެވެ. ހަމަގައިމުވެސް އެއިންތިޒާރުން ލިބުނުހިތިކަން އޭނަގެ އަރުބުޑުން ނުފިލާނެކަން ގައިމެވެ. ރާއިންބުނީ ތެދެކެވެ. މީހަކަށް އެހާބޮޑަށް އިތުބާރުނުކުރާށެވެ. ނަމަވެސް އޭނައަށް އިތުރު ފިލާވަޅެއްވެސް ދަސްވެއްޖެއެވެ. މީހަކުދެކެ އެހާބޮޑަށް ލޯބިވެސް ނުވުމަށެވެ.

ޒާޔާޓެރަސް އިން ފޭބުމުން ރާއިން ގޮނޑީގައި އިށިއިނދެލިއެވެ. މޫނުގައި ދެއަތްއަޅާ އިރުކޮޅަކު އިނުމަށްފަހު އޭނަގެ ދެއަތްތިލައަށް ބަލާލިއެވެ. އޭނަގެ އަތުން ޒާޔާ މިނިވަންކުރެވުނީއޭ ބުނާކަހަލަގޮތަކަށެވެ. އޭނަގެ އަތުން ޒާޔާގެއްލިއްޖެއެވެ. މުޅިއުމުރަށެވެ. ޒާޔާދެކެ ލޯބިނުވެއޭ ބުނަން އޭނައެއް ކުޅަދާނައެއްނޫނެވެ. އެންމެ ފަހަރަކުވެސް ޒާޔާދެކެ ލޯބިނުވެއޭ އޭނައަށް ނުބުނެވުނީ އެހެންވެގެނެވެ. ޒާޔާއަށް އެކަން ނަގައިގަނެވުނުނަމައެވެ. އޭނަ އެހާ މުޖުބޫރު ނުވިނަމައެވެ. މިހާބޮޑު ގުރުބާނީއެއްވާން ނުޖެހުނުނަމައެވެ. މިވަރުން އޭނައަށް ކެތްވާނެބާއޭވެސް ހިތަށްއަރަމުންދިޔައެވެ. ނަމަވެސް ކެތްކުރުން ނޫންގޮތެއް އޭނައަކަށް ނުވިސްނުނެވެ. އަތަށް ބަލަހައްޓައިގެން އިންއިރު ރާއިންގެ ހިތަށް އެތައް އެއްޗެއް އަރަމުންދިޔައެވެ. ކުރިމަތީގައި ހުރި ކޮފީމަގުގައި ޖަހާބިންމައްޗަށް ވައްޓާލެވުނީ ހިތާމައިގެ މައްޗަށް ރުޅިވެރިކަން ވެރިވީމައެވެ. ނަމަވެސް ލިބުނު ހަމަޖެހުމެއްނެތެވެ. ލޯމަރައި ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން އިރުކޮޅަކު އިނުމަށްފަހު ޓެރަސްއިން ފައިބަން ހިނގައިގަތެވެ.

ރޭގަގިނައިރު ނުނިދާ ވިސްނަން އޮތުމުގެ ސަބަބުން ރާއިންގެ ބޮލަށްހުރީ ބަރުވެފައެވެ. ހެނދުނު ހޭލާފަވެސް އަނެއްކާ އޮށުއޮތީއެވެ. ނަމަވެސް ނޫރާއައިސް ގޮވަންފެށުމުން ތެދުވަން މަޖުބޫރުވީއެވެ. މޫނުދޮވެގެން ތިރިއަށްފޭބިއިރު ކާމޭޒުދޮށުގައި އެންމެން ތިއްބެވެ. ދެކެވެމުން ދިޔައީ ޕިކްނިކް ދަތުރު ކެންސަލްވިވާހަކައެވެ. ޔަޝާރުމެން ކުއްލިގޮތަކަށް އަނބުރާ ދާންޖެހުމުންނެވެ. ހަވީރުފުރާގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ. އެދެމަފިރިންނާއި އެކު ނާޔާ ދާންނިންމިނަމަވެސް ނޫރާ ބޭނުންވީ އަދި މަޑުކުރުމަށެވެ. ކިޔެވުންވެސް އަދި ފެށެންނޫޅޭތީއާއެކުއެވެ. ބަލްގިސްވެސް ނޫރާ މަޑުކުރުމަށް އެއްބަސްވުމުން ޔަޝާރުއަށް ޖެހުނީ އެންމެފަހުން އާއެކޭ ބުނާށެވެ. އެންމެން ހީފައި ވާހަކަދެއްކިނަމަވެސް ޒާޔާބެލީ އެވާހާކައިގެ ތެރެއަށް ނުވަދެވޭތޯއެވެ. އެއްޗެކޭބުނަނީވެސް މަދުފަހަރަކުއެވެ. އެންމެ ފަހަރަކު ރާއިންއާއި ދިމާބަލާވެސް ނުލައެވެ. ރާއިންވެސް އިނީ އެގޮތުގައެވެ. ޒާޔާއާދިމާ ބަލާކަށް އޭނަބޭނުމެއްނޫނެވެ. ރާއިންއަށް އައިސްފައިވާ ބަދަލު ޔާނާއަށް ފާހަގަވިއެވެ. އެހެންވެ އޭނަބޭނުންވީ ރާއިންއާއި ވަކިން ވާހަކަދައްކާލާށެވެ.

ސައިބޮއިނިމިގެން ނިކުންނަމުން ރާއިން ޔާނާގެ ކޮޓަރިއަށް އައީ ޔާނާވާހަކައެއް ދައްކާލަން ބޭނުންވާކަމަށް ބުނުމުންނެވެ. ރާއިންއެކޮޓަރިއަށް ދިޔައިރު ޔާނާއިނީ ލެޕް ހިފައިގެން ސޯފާގައެވެ. ރާއިންވެސް އައިސް ސޯފާގައި އިށިއިނދެލިއެވެ.

“ސޯ ދައްކަބަ ތިދައްކަންއުޅޭ ވާހަކައެއް، އެކަމް އޭގެ ކުރިން އަހަރެން އެއްޗެކޭ ބުނެފާނަން… ދެން އޯކޭ ޔާނާ އަނބުރާ މެލޭއަށް ދިޔަޔަސް” ސޯފާގައި އިށިއިންނަމުން ރާއިން ވާހަކަދެއްކިއެވެ.

“އަހަރެން ނާހަމެންނު ދާންހެއްޔެކޭ؟” ރާއިން ވާހަކަ ދެއްކިގޮތުން ޔާނާ ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ.

“ސޮރީ، ރޭގަ ރަނގަޅަށް ނުނިދޭތީ ބޮލުގަ ރިއްސަނީ…. އެހެންވެ ރޫޑް ކޮށް ބުނެވުނީ” ރާއިން ބޮލުގެ އިސްތަށިގަނޑަށް އަތްމަހާލަމުން ބުނެލިއެވެ.

“އެހެންނު އަހަންމިއުޅެނީ، ރޭގަ ނުނިދާ ކީއްތަ ކުރީ، ދެލޯވެސް ރަތްވެފަ، ބުނީމެންނު އެވަރަކަށް ނުވިސްނާނަމޭ” ރާއިންއާއި ޖެހިގެން އިންގޮނޑީގައި އިށިއިންނަމުން ޔާނާ ސުވާލުކުރިއެވެ.

“އައި ޓޯލްޑް ހާރ…..”

“ވަޓް، އާރޔޫ އައުޓް އޮފް ޔުއަރ މައިންޑް، ދެން އޭރުން ޒާޔާ ހާދަ ކަޑަވާނެއޭ، އެހެންވެތަ މިއަދު އޭނަ އެހާ މަޑުން އެއިނީ، ރާއިން ކުރިމައްޗަށް އަރަންވެސް ދެން އޭނަ ލަދުގަންނާނެ، އެހެންގޮތަކަށް ކިޔާދިންނަމަ…..” ރާއިން ބުނަން އުޅުނު އެއްޗަކުން ޔާނާއަށް ހީވީ ޝޮކެއްޖެހުނު ހެނެވެ. އޭނަ ބުނަން އުޅުނު އެއްޗެއް އެއްކޮން އަޑުވެސް ނާހާ އެހުރިހާ އެއްޗެއް ކިޔާލީ އެހެންވެގެނެވެ.

“އަހަރެން ނުބުނަމޭ އޭނަގާތަކު އަހަރެން މިއީ އޭނަގެ ބޭބެއެކޭ” ރާއިންއަށް އެހެންބުނެވުނީ ތަންކޮޅެއްބާރަށެވެ. ޔާނާއަށްވެސް އޭނައަށް އޯވާރިއެކްޓް ކުރެވުނުކަން އިހުސާސްވީ ދެނެވެ. ރާއިންގެ ހިތްހަމަ ނުޖެހިފައި ހުރި މޫނުފެނިފައި ސޮރީއޭ ބުނެލިއެވެ. ކުޑަދޮރުކައިރީ ހުއްޓިލައިގެން ރާއިން އިރުކޮޅަކު ހުރީ މީހާ ހަމައަކަށް އަޅުވާލުމަށެވެ. ޔާނާ ދެރަވެފައި އިންތަންފެނުމުން ޔާނާކައިރިއަށް އައިސް އިށިއިނދެލިއެވެ.

“އަހަރެން ޒާގާތަކު ނުބުނަން އަހަރެން މިއީ އޭނަގެ ބޭބެއެކޭ، އެން އެއީ ހަގީގަތެއްވެސް ނޫނެއްނު، ހަމައެކަނި މަމްގެ ނަޒަރުގައި އެކަން ހަގީގަތަކަށްވަނީ، އެކުގައި އުޅެވެން ނެތަސް ލޯބިވުމުގެ ހައްގު އަދިވެސް އަހަންނަށް އެބައޮތެންނު، ހަމަގައިމުވެސް މިހިތަކުން އެހެންމީހަކަށް ދޭނެ ޖާގައެއް ނެތް، ވީ ޓޯކްޑ ރޭގަ، އޭނަ އެހި ލޯބިނުވަނީހޯ ދުވަހަކުވެސް، އަހަންނަކަށް ނުބުނެވުނު ލޯބި ނުވެއެކޭ، އައި ޖަސް ކުޑުންޓް، އެކަމް އަހަރެން ބުނިން އޭނަގާތުގަ މޫވް އޮންކުރާށޭ، އައި ކާންޓް އެކްސެޕްޓް ހާރ އޭ، އޭނަ ވަރަށް ފޫހިވާނެކަންވެސް އެނގޭ މިހާރު، އެކަމް އަހަރެންދެކެ ފޫހިވެގެންނޫނީ އޭނައަށް މޫވްއޮންއެއް ނުކުރެވޭނެ، ވަރަށް ދެރަވި އެގޮތަށް އޭނަ ރޯތަން ފެނުނީމަ، އެއްވެސް އެއްޗެކޭވެސް ނުބުނެ އެންމެ ފަހަރަކު ބަލާވެސް ނުލާ އޭނަދިޔައީ، ޔާނާ އައިއެމް ހާރޓިންގ ހާރ ޓޫމަޗް، ޝީ ޑަޒަންޓް ޑިޒާވް އިޓްއޯލް، އެކަމް އަހަންނަކަށް ނޭގެ ދެން ކަންތައް ކުރަންވީވަކި ކިހިނެތްކަމެއް، އޭނައަށް ހަގީގަތް ކިޔާދެވޭކަށްވެސް ނެތް، ހަގީގަތް އެނގިއްޖެނަމަ އޭނަ ވެއިޓް ކޮށްފާނެ މުޅިއުމުރަށްވެސް، އެކަމަކު އަހަންނަކަށް ނޯންނާނެ އޭނަ ކައިރިއަށް ދެވޭކަށްވެސް، އެން މަންމައަށް ހަގީގަތް އެންގޭކަށްވެސް ނެތް، އެމް ސްޓަކް ވިތް ޓޫ ޕާރސަން އައިލަވް މޯސްޓް އިންދި ވޯލްޑް، އެއްކޮޅުން މަންމަ، އަނެއްކޮޅުން ޒާ، މަންމައަށްޓަކާ އަހަރެން ޒާ މިސެކްރިފައިޒް ކުރީ، ބަޓް އިޓް ހާރޓް ޓޫމަޗް” އިސްޖަހައިގެން އިނދެ ރާއިން ވާހަކަދައްކަމުން ދިޔައެވެ.

“އައި ނޯވ، ބަޓް ކޮންމެވެސް ދުވަހަކުން ރާއިންވެސް ލައިފްގަ މޫވް އޮން ކުރަން ޖެހޭނެންނު، އަބަދަކު މިގޭމް އެއް ނުކުޅެވޭނެއްނު، އައި ނޯ ޓްރޫތް ވިލް ހާރޓް ކަން، އެން އައިނޯ މިއައިޑިޔާ ދުވަހަކުވެސް ރާއިން ގަބޫލެއް ނުކުރާނެކަން، ބަޓް ރާއިންގެ ޑޭޑް އަށް ހަގީގަތް ކިޔާދޭންވީނުން، ބުނަންވީނުން ރާއިން ޒާދެކެ ލޯބިވެޔޭ، އެމް ޝުއަރ ހީވިލް އަންޑަސްޓޭންޑް، އެން މަމްއަށްވެސް އަންޑަސްޓޭންޑް ކޮށްދޭނެކަން” ޔާނާ ވިސްނާލުމަށްފަހު އޭނަގެ ހިޔާލުހުށަހެޅިއެވެ.

“އެނގޭ ތިކަން، އެނގޭ ޑޭޑް އަންޑަސްޓޭންޑް ވާނެކަން، އެކަމް އަހަރެންގެ ނެތޭ އެހާހިތްވަރެއް މަންމަ ގާތުގައި އަހަރެން މިއީ މަންމަގެ ދަރިއެއްނޫނޭ ބުނާނެހާ، ބައްޕަ އެހެންމީހަކަށް ލިބިފައިހުރިދަރިއެކޭ ބުނާނީ ކިހިނެތްތަ އަހަރެން….. ބައްޕައަށްވެސް މަންމަގެ ކުރިމަތީގައި ހަގީގަތް ފާޅުކުރަން ނުކެރިގެން އެކުއްޖަކީ ޒާކަމުގައި ބުނީ، ދެން އަދި އަހަރެން ކިހިނެއްތަ ބުނާނީ، މަންމަ އެމީހެއްދެކެ މިހުރިހާދުވަހު ރުޅިއައި މީހަކީ ޒާޔާއެއްނޫނޭ އަހަރެންނޭ ބުނާނެހާ ހިތްވަރެއް އަހަރެންގެ ނެތޭ، އެހާބޮޑު ރިސްކެއްނަގާނެހާ ހިތްވަރެއްނެތޭ……….. މަންމަގެ ލޯބީގެ ކުރިމަތީގައި އަހަރެންގެ އަމިއްލަ އެދުން އިސްކުރާކަށް އަހަންނަކަށް ނުކެރޭނެ، ބައްޕައަށް ވީވައުދު އަހަރެން ކިހިނެތްތަ ހަނދާންނައްތާލާނީ، ޒާޔާއާއި ރައްޓެހިވުމުގެ ކުރިން ހަގީގަތް އެނގުނުނަމަ، ޒާމިގެއަށް ނައިނަމަ، ނޫނީ މަންމައަށް އެގޮތަށް އޮޅުވާލުމަށް ބައްޕައަށް މަޖުބޫރު ނުވިނަމަ، އޭރުން މިހުރިހާ މައްސަލައެއްނުޖެހުނިސް، އެކަމަކު މިގޮތަށް މިކަންވާންވެގެން ކަންނޭގެ އަހަރެންނަށް ޒާޔާދެކެ ލޯބިވެވުނީ، ރައްޓެހިވެވުނީ، އަހަރެންގެ ފަރާތުން އެންމެ ބަހެއްވެސް އަޑުނީވޭއިރު މިފަސްއަހަރު ވަންދެން އޭނަ އަހަރެންނަށް އެއިންތިޒާރު ކުރީ، އޭނަކުރިމައްޗަށް އަރާނެހާ ހިތްވަރުނެތިގެން މިހުރިހާދުވަހު މާލެ ނައިސްވެސް މިހުންނަނީ، އެކަމް……. އެކަމް….”

ރާއިންއަށް ވާހަކަ ދައްކަން އުނދަގޫވެގެން އެންމެފަހުން ރުޅިބޭލުނީ ފާރަށެވެ. ގޮށްމުށުން ފާރުގައި ދެތިންފަހަރު ޖެހުނުއިރުވެސް އޭނަގެ ރުޅިމައިތިރިވާގޮތެއް ނުވިއެވެ. ޔާނާއެންމެފަހުން އައިސް ރާއިންގެ އަތުގައި ހިފެހެއްޓިއެވެ. ރާއިންގެ މަޖުބޫރީ ވިސްނިފައި އޭނަވެސް ދެރަވިއެވެ. ފާރުގައި ބޯޖައްސާލައިގެން އިސްޖަހައިގެން ރާއިން ހުއްޓެވެ. މީގެ ފަސްއަހަރުކުރިން ޔާސިރު އޭނަގާތުގައި ދެއްކިވާހަކަ އަދިވެސް އޭނައަށް އަޑުއިވޭކަހަލައެވެ.

އެއީ ރާއިން ޒާޔާއާއި ރައްޓެހިވުމަށްފަހު ކިޔަވަން ބޭރަށްފުރިއިރެވެ. އެފަހަރު އެދަތުރުގައި ޔާސިރުވެސް ބައިވެރިވިއެވެ. ޔާސިރުގެ އެދަތުރުގައި ބައިވެރިވީ ހަމައެކަނި ބިޒްނަސް ކޮނެފެރެންސެއްގައި ބައިވެރިވުމަކަށް ނޫނެވެ. އެމެރިކާއަށް ދިއުމަށްފަހު އޭނަގެ އެންމެ މުހިންމު އެއްމަގުސަދަކަށްވީ ރާއިންއަށް އެހަގީގަތް ފާޅުކުރުމެވެ. އެހެންމީހުންނާއި ވަކިންދުރުގައި ހުންނައިރު އޭނައަށް ކިޔައިދޭންވެސް ފަސޭހަވާނެތީއާއިއެކުއެވެ. އެއީ ރާއިންއަށް ކޮންމެހެންވެސް އެނގެންޖެހޭ ހަގީގަތަކަށްވީމައެވެ. ނަމަވެސް އޭނައަށްނުވިސްނުނީ އޭނައަށް އެއެދެވެނީ ރާއިންގެ ހުރިހާއުފަލެއް ގުރުބާންކުރުމަށްކަމުގައި ކަމެވެ.

ޔާސިރުއާއި ސަލްމާގެ ކައިވެނިކުރެވުނީ ދެފަރާތުގެ އާއިލާގެ އެދުމަކަށެވެ. ސަލްމާގެ މައިންބަފައިންނާއި އަބްދުﷲމެން އަކީ ފެށުނީއްސުރެ ދެއެކުވެރިންނެވެ. ސަލްމާއަކީވެސް އެދެމަފިރިންގެ ހުރިހަމައެކަނި ދަރިފުޅެވެ. އެދެމީހުންގެ ކައިވެނިކޮށް ޒަމާންވީ އެކުވެރިކަން އާއިލީގުޅުމަށް ބަދަލުކުރަން ނިންމީ ސަލްމާވެސް ޔާސިރުދެކެ ލޯބިވާކަން އެނގޭތީއާއިވެސް އެކުގައެވެ. ސަލްމާއާއި ކައިވެނިކުރުމަށް ޔާސިރުއަށް މަޖުބޫރުކުރީ އަބްދުﷲއެވެ. އޭރުގައިވެސް ޔާސިރުގެ ހަޔާތަށް އެހެންއަންހެން ކުއްޖަކު ގެނެސްފައިވާކަން އެދެމަފިރިންނަށް އެނގެއެވެ. އެއީ ނީލާއެވެ. ނަމަވެސް ސަލްމާގެ މަގާމަށް އެހެންއަންހެން ކުއްޖަކަށް ނާދެވޭނެކަމުގައި އެމީހުން ބުނަމުންދިއެވެ. އެންމެފަހުން ޔާސިރުއަށް މަޖުބޫރުވީ ސަލްމާއާއި ކައިވެނި ކުރުމަށެވެ. ނަމަވެސް ޔާސިރުއަށް ނީލާއާއި އޮތްގުޅުން ބަދަލެއްނުކުރެވުނެވެ. އެހެންމީހަކަށް އެހިތުން ޖާގައެއްވެސް ނުދެވުނެވެ. ޔާސިރުބޭނުންވީ ނީލާއާއި ދެއަންބަށް ކައިވެނިކުރާށެވެ. އަދި ސަލްމާގާތުގައިވެސް އެވާހަކަ ބުނާށެވެ.

މަންމަމެންނަށް ސިއްރުން ކައިވެނިކުރުމަށްފަހު ސަލްމާގާތުގައި އެވާހަކަ ބުނިދުވަހު ސަލްމާ ރޮއިރޮއިފައި އޭނަދެކެ ލޯބިވާވާހަކަ ބުންޏެވެ. ޔާސިރުއަށް ސަލްމާ އޭނަދެކެ އިންތިހާއަށް ލޯބިވާކަން އެނގުނީ އެދުވަހުއެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

އަބަދަށް އެކީގައި ވާނަމޭ…..(ހަތަރުވަނަ ބައި)

Next

އިންތިޒާރު 16

Next
March 14, 2015

އިންތިޒާރު 16

Previews
March 9, 2015

އަބަދަށް އެކީގައި ވާނަމޭ…..(ހަތަރުވަނަ ބައި)

11 Comments!

  1. shahida says:
    March 12, 2015 at 11:24 pm

    Haadga inthizaareh kuruvaafayee thi up koh dhiny vvvv nice mipart vs thanks thi haa busy koh ulhemunves up koh dhinyma

  2. nisha says:
    March 12, 2015 at 11:41 pm

    Inthizaaru mi vaahaka kiyan haadha inthizaareh kuran jeheyey dhw! Miha reethi vaahakaeh eha lahun up kuryma kamaku nudhey

  3. Shai says:
    March 13, 2015 at 9:29 am

    Mi vaahaka kiyan varah patience aa eku mi wait kurany..nice… Too short can you make it a bit longer

  4. dhaanish says:
    March 13, 2015 at 10:24 am

    Nice.. But kiyaa hiyy kendijje maa lahun genesdheythy foohivejje

  5. nish says:
    March 13, 2015 at 6:23 pm

    mihaa lahun up kuri iruves haadha kureyy….bt nice ingey…
    nxt part avahah upkuracheyyyy…..!!!!!

  6. black says:
    March 13, 2015 at 7:15 pm

    Vahaka reethi…. ekam inthixar viyya vahaka ah kiyany ehen vyma mi vahaka ah inthxar kuran jeheyne thaaa massaraku eh faharu o aharaku eh faharu up viyas….

  7. same says:
    March 13, 2015 at 9:37 pm

    Aslu vx….. v kuru… hadha inthixarekey mikurewuny…. ekm v kuru.. . Nxt prt v awahah upload khlachey ngey…. bt vvvvv nice ngey..

  8. cherx says:
    March 13, 2015 at 9:58 pm

    V reethi.. Ekm adhives kudakoh dhigukoh up kohladheeba

  9. hamxaa says:
    March 14, 2015 at 8:06 am

    Cute

  10. luv luvy. says:
    March 14, 2015 at 10:14 am

    Wow v v nice…..

  11. Lampi says:
    June 7, 2015 at 1:23 pm

    Kada eyna ge beybe akah vyma
    ..Ehen nooni Vvvvv Salhi vis

Comments are closed.

Next Episodeއިންތިޒާރު 16←


All Right Reserved!