މަލްދާ
“މިސް މަލްދާ މިހާރު މަލްދާ ގެ ފިރިމީހާގެ ހުރިހާ މުދަލެއްގެ ވެރިޔަކީ މަލްދާ….. މީ އެލިޔެކިޔުންތައް” މަލްދާ ގެ ލޯޔަރު އެހއން ބުނެ އޭނަ ކުރިމަތީ ވި ގަނޑުތައް މަލްދާގެ އަތަށް ދިނެވެ.
މަލްދާ އެ ގަނޑުތަކަށް ބަލާލަމުން ހިނިތުންވިއެވެ. “ޝުކުރިއްޔާ ދެން ދިޔަޔަސް އެންމެ ރަނގަޅު” މަލްދާ އެހެން ބުނުމުން އޭނަ ކުރިމަތީ އިން މެދު އުމުރުގެ ފިރިހެން މީހާ ދިޔައެވެ.
“އިފާ ޝިނާންއަށް ގުޅާފަ ބުނޭ މާދަން މާލެ ދާން ޓިކެޓް ނަގާށޭ” މަލްދާ ގަނޑުތަކަށް ބަލަމުން ސޯފާގައި ހަމަޖެހިގެން އިން އިފާ ގާތު ބުނެލިއެވެ.
“ކީކޭ އަޑުމިއިވުނީ ރަނގަޅައްތަ؟” އިފާ އެހެން ބުނެ އައިސް މަލްދާގެ ކުރިމަތީގައި އިށީނެވެ.
މަލްދާ އިފާއަށް ބަލާލަމުން ބޯހޫރާލިއެވެ. “ތޭރަ އަހަރު ފަހުން މާލެ ދާންށޭ މިއުޅެނީ….. ޝިނާން އަށް ހަމަ މިވަގުތު ގުޅާފަ މިބުނަނީ” އިފާ އެހެން ބުނެ ޝިނާންއަށް ގުޅާލިއެވެ.
“ޔޫނާ…..ޔޫނާ” ގެއަށް ވައިން މަލްދާ އޭނަގެ ދަރިފުޅަށް ގޮވަމުން ދިޔައެވެ.
“ކިހިނެއްވީ މަންމާ” ޔޫނާ އޭނަގެ ކޮޓަރިން ޖަވާބު ދިނެވެ.
“މާދަން މިއުޅެނީ މާލެދާން…. އަވަހަށް ނިދާ” މަލްދާ އެހެން ބުނެ ޔޫނާގެ ނިތުގައި ބޮސްދިނުމަށް ފަހު ދިޔައެވެ.
އޭގެ އަނެއް ދުވަހެވެ. ހަވީރު ގަޑީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލްއިން ނިކުންނަމުން އައި އަންހެން ކުއްޖާއަށް އެތަށް ބައެއްގެ ލޯ ހުއްޓެމުން ދިޔައެވެ.
ލޫޅާފަތި ހަށިގަނޑާ ހެޔޮވަރު އިސްކޮޅެވެ. އަލިހަންގަނޑަކާ ކަޅުކަންގަދަ ފަން އިސްތަށިގަނޑެކެވެ.
އެފުރިހަމަ އަންހެން ކުއްޖާގެ އެއްފަރާތުގައި ފުރާވަރުގެ އަންހެން ކުއްޖެއް ހުރިއިރު އަމެއް ފަރާތުގަ ދިގު ފިރިހެނެއް ހުއްޓެވެ.
މަލްދާއަށް ގެއަށް ވަދެވުމާއެކު އޭނަ ވަނީ ކޮޓަރިއަށެވެ. އަދި ދަބަސް ތެރެއިން ފޮޓޯގަނޑެއް ނަގާ ހިނިތުންވެލިއެވެ.
“މަންމާ ބައްޕާ އަހަރެން މިހިރީ މާލެ އައިސް…. އަހަރެން އުފަންވި ބިމަށް …. ހުރިހާ އުފަލަކާ ހުރިހާ ހިތާމައެއް ލިބުނު ބިން…. ހާސްނުވޭ އަހަރެން އިންސާފު ހޯދަދޭނަން” މަލްދާ އެހެން ބުނެ އެ ފޮޓޯ ގަނގު ދަބަހަށް ލިއެވެ. އަދި އެހެން ފޮޓޯއެއް ނެގިއެވެ.
“ފަރުހާން އެމީހުން މިދުނިޔޭގައި ވަރަށް އުފަލުގައި އެބައުޅޭ… އެކަމަކު ދެން މާގިނަ ދުވަހެއް އެ މީހުންނަކަށް ނެތް އަހަރެން ފަރުހާންއަށް އިންސާފު ހޯދަދޭނަން” މަލްދާ ބުނެލިއެވެ.
ހަމަ އެވަގުތުގައެވެ.
“ދޮންބޭ ހާދަ ހަނދާން ވެޔޭ” ފާރިޝް އޭނަގެ ދޮންބެގެ ފޮޓޯ ގަނޑަށް ބަލަމުން ބުނެލިއެވެ.
ނުނިމޭ
3 Comments!
Comments are closed.



Me first dhw ❤️❤️❤️❤️
Mi vhk vvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi ???
Nd waiting for nxt part ???
Kurin liyun story thakuga batha kobatha
Masha Allah Varah reethi mi part ves… Curiously waiting for the nxt part ❤️❤️LYM