އަބަދަށް އެކީގައި ވާނަމޭ…..(ހަތަރުވަނަ ބައި)
އެހެންއޮތްވާ އެއްޗެއް ހަދާންވެގެން ތެދުވިއެވެ. އަަވަސް ހިނގުމެއްގައި ގޮސް މޭޒުމަތީ އިން ލެޕްޓޮޕް ނަގައިގެން އައިސް އެނދުގަ ޖައްސާލިއެވެ. އެއަށްފަހު ގޫގަލް ހުޅުވާލާލިއެވެ. ދެފަހަރަކު އެއްޗެއް ލިޔެލާފަ ފުހެލިއެވެ. އަނެއްކާވެސް ވިސްނާލުމަތްފަހު ” ވޭސްޓް ވިން ދަ ހާރޓް” ޖަހާލުމަތްފަހު އެންޓާރ ކޮށްލިއެވެ. އެއާއެކު ސްކްރީން ފުރިގެން ދިޔައީ އެކަމާ ބެހޭ ލިޔުން ތަކުންނެވެ. ރަނގަޅު ލިޔުމެއްފެނޭތޯ ސްކްރޯލް ކޮށްލަ ކޮށްލަ އިނެވެ. އެވަގުތު ލޮލުގައި ވަރަށް ޝައުގުވެރިވާ ލިޔުމެއް އަޅައިގަތެވެ. އަވަސް އަވަހަށް ހުޅުވާލަފައި ކިޔަންފެށީއެވެ. ކިޔަމުން ދިޔަވަރަކަށް މޫނުމައްޗަށް އެތަކެއް ކުލަވަރުތަކެއް އަރާ ފައިބަމުންދިޔައެވެ. ކުޑަ އިރުކޮޅެއްތެރޭ އެއްކޮށް ކިޔާ ނިއްމާލުމަތްފަހު ލެޕްލައްޕާލިއެވެ. އޭރު މޫނުމަތިން ފާޅުވަމުން ދިޔައީ ވިހަ ހިނިތުންވުމެކެވެ.
އާދުވަހަކަށް އިރުއަރައިފިއެވެ. އަރޫން އަވަދިނެތި މަސަތްކަތް ކުރަމުން ދިޔައީ ހަވީރު މާލެދެވޭތޯއެވެ. މިއަދު ނުދެވިއްޖެނަމަ ދެން ދެވެނީ ދެދުވަސް ފަހުންނެވެ. އެހެން ވެއްޖެނަމަ ރަށަށް ދިޔުން އަނެއްކާވެސް ލަސްވާނެއެވެ. ދެމީހުންގެ އިންތިޒާރުގެ ދުވަސްތައް ގިނަވެގެން ދާނެއެވެ.
އަރޫން ރަށަށްދާކަން އާޝީޔާއަކަށް ނާންގައެވެ. އަރޫންގެ މަގުޞަދަކީ އާޝީޔާއަށް ސަޕްރައިޒެއްދޭށެވެ. އަރޫން އެހާ ކުއްލި ގޮތްތަކަށް ފެނުމުން އާޝިޔާއަށްވާނެ ގޮތް އަމިއްލަ ލޮލުން ދެކިލާށެވެ. އަރޫން ރަށަށް ފުރަން ހަމަ ޖެހިފަ އޮތީ ހަވީރު ލޯންޗުން މާލެ އައިސް ހަމަ އެރޭ އަށެއްޖަހާއިރު ފުރާ ބޯޓުންނެވެ. އެހެން ވެއްޖެނަމަ ފަތިހު އަރޫން ހުންނާނީ މާރަންދޫގައެވެ.
ވަގުތުތައް ސިކުންތައް ވަމުން، ސިކުންތުތައް މިނެޓަށް ވަމުން އަދި މިނެޓުތައް ގަޑީރަށް ބަދަލަވަމުން ގޮސް ރޭގަނޑުގެ އަށެއް ޖަހާފިއެވެ. އަރޫން އިނީ ރަށަށްދާން ހަމަ ޖެހިފައިވާ ބޯޓުގައެވެ. ފޯނު އޮތީ ނިންވާލަފައެވެ. އެހެންކަމުން އާޝިޔާ ހުރީ އަރޫންނާ ނުގުޅިގެން ކަންތައް ބޮޑުވެފައެެވެ. އިރުކޮޅަ ކޮޅާ އަރޫންނާ ގުޅާލައެވެ. ނަމަވެސް ނިކުންނަނީ އެއް ނަތީޖާއެކެވެ. އެންމެ ފަހުން ފޫހިވެގެންނާއި އަދި ހިތްހަމަ ނުޖެހިގެން ނުކުތީ ބޭރަށްދާށެވެ. އެވަގުތު އާޝިޔާ ހުއްޓުނީ ޒުބޭދާގެ އަޑަށްށެެވެ. ” ދަރިފުޅު ހާދަ އަވަސް އަރުވާލާފަ ކޮންތާކަށް؟” އިރުކޮޅެއްވަންދެން އެއްޗެއް ނުބުނެ ހުރެފެ ޖަވާބު ދިނެވެ.” މިދަނީ ކަންމަތީ އިންފިހާރައަށް…. ވަަރަށް އަވަހަށް އަންނާނަން….” އެންމެ ރަނގަޅު އަވަހަށް އަންނާތި” ހީލަމުން ޒުބޭދާ ޖަވާބު ދިނެވެ. އާޝިޔާ އަަވަސް ފިޔަވަޅުގަ ނިކުމެގެން ހިނގައިގަތެވެ.
ދޯނި އޭގެ އެންމެ ހަލުވި ސްޕީޑުގައި މަންޒިލާ ހަމައަށް ދިޔުމަށް ދަތުރުކުރަމުން ދިޔައިރު އަރޫން ވިސްނަމުން ދިޔައީ އާޝިޔާ ދޭތެރޭއެވެ. މިހާރު ނުގުޅިގެން އޭނާ ރުޅިއައިސްފަ ހުންނާނެ މިންވަރެވެ. ނަމަވެސް އަރޫން ފެނުމުން ހުރިހާ ކަމެއް ރަނގަޅުވެގެންދާނެއެވެ. މިހާތަނަަށް ދެމީހުން ދުރުވާން އެޅިފަައި ހުރި ހުރިހާ އޮޅިތަކެއް ގިރާކުރެވިގެން ދިޔައީ ވަރަށް އަމާން އޮމާންކޮށްށެވެ. ހާއްސަކޮށް އާދިލްގެ ކަންތަކެވެ. އާދިލްއަށް އެހާ ވިސްނުނުކަމީ އެކަމަށް އަރޫން އަބަދުވެސް އާދިލަށް ޝުކުރުވެރިވާ ކަމެކެވެ. ނަމަވެސް ދެރައީ އާދލިްގެ ހަގީގަތް އެއްވެސް މީހަކަށް ނޭންގޭތީއެވެ.
ގަޑިން ރޭގަނޑުގެ ދިހައެއް ޖަހަނީއެވެ. ކަންމަތީ ފިހާރައަށް ދިޔަ އާޝީޔާގެ އަދިވެސް ގެއަށް ނާދެއެވެ. ޒުބޭދާ ހުރީ ހިަތްހަމަ ނުޖެހިފައެވެ. އެހާ ލަސްވީ އިރުވެސް އާޝިޔާ ގެއަށް ނައީމައެވެ. އަލިފުޅަށް މިތަންފެނިފަ ހިމޭނަކުން ނީންދެވުނެވެ. ” ޒުބޭދާ! ބަލަ ތިހާ ކަންތަން ބޮޑުވަންޏާ ދޭބަަލަ އެމަންޖެ ކޮބައިތޯ ބަލަން…” އެއްވެސް އެއްޗެއް ނުބުނެ ޒުބޭދާ އަލިފުޅާ ދިމާލަށް ލޯ އަޅާލުމަތްފަހު އާޝިޔާ ހޯދަން ހިނގައިގަތެވެ.
ދިޔަތާ މާގިނައިރު ތަކެއްނުވެ ޒުބޭދާ ގެއަށް އައިސްވަނެވެ. މުޅިމީހާ ވަނީ ދާހިތްފޯވެފައެވެ. ހާސްވެ ތުރު ތުރު އަޅާވަރުން ރަނގަޅަށް އެއްޗެއް ނުބުނެވެއެެވެ. ޒުބޭދާއަށްވެފަ ހުރި ވަރު ފެނުމުން އަލިފުޅުވެސް ހާސްވާގޮތްވިއެވެ. ވަގުތުން އެއްފަހަރާ ސުވާލުތައް ފުނި ޖަހާލިއެވެ. ” ޒުބޭދާ ކިހިނެތްވެފާ ތިހުރީ؟.. އެމަންޖެއަށް ކަމެއްވީތާ؟” ޒުބޭދާއަށް ހަމަ އެއްވެސް އެއްޗެއް ނުބުނެވުނެވެ. އަލިފުޅު ޒުބޭދާ ގައިގަ ހިފާ ތަޅުވާލިއެވެ. އެއާއެކު ޒުބޭދާ ރޯންފެށިއެވެ. އަނެތްކާވެސް އަލިފުޅުވީ ކީއްތޯ ސުވާލުކުރިއެވެ. މިފަހަރު ލޮލޮން ފައިބަމުން ދިޔަ ކަރުނަތައް އަތުން ފުހެމުން ޒުބޭދާ ވާހަކަ ދެއްކިއެވެ. ” އެމަންޖެ ވީތަނެށް ނޭންގި ގެއްލިއްޖޭ…” ” އޭން.. ގެއްލުނީއޭ!… ޒުބޭދާ ކަލޭ ތިހުރީ ހަމަ ހޭގަތަ؟ މީހާ ހަމަ ޖެހިފަ ތިވެގެން އުޅޭ ގޮތް ކިޔާދީބަލަ…؟” މިހެން ބުނުމަތްފަހު ޒުބޭދާ ގޮވައިގެން އަލިފުޅުވަނީ އެތެރެއަށްށެވެ. އެއަށްފަހު ޒުބޭދާ ހަމައަކަށް އެޅުމަށް މަސައްކަތްފެށިއެވެ. އެތައް މަސައްކަތްތުން ޒުބޭދާ ހަމަ އަކަށް އެޅި ވާހަކަ ދެއްކޭވަރުވިއެވެ. އެއާއެކު ވެގެން އުޅޭގޮތް ސާފުކޮށް ކިޔާދިނެވެ. ” އަލިފުޅާ އެމަންޖެ ގެއިން ނިކުތީ މިހިރަ ކަންމަތީ ފިހާރައަށްދާން ނަމަވެސް އެމަންޖެ ނުފެނިގެން ހޯދަން ދިޔައީމަ ފިހާރައިގަ އިން ހުދާ ބުނީ އެންމަންޖެ ފިހާރައަކަށް ނާދެޔޯ…. ދެން އަހަރެން ދިޔައީ އެންމަންޖެގެ ރައްޓެހިގެންގެ ގާތަށް ނަމަވެސް އެއިން އެއްވެސް ކުއްޖަކަށް އެމަންޖެ ވީތަނެއް ނޭންގެ….. އަލިފުޅާ އަނެއްކާ މީހަކަ އެމަންޖެއަށް ކަމެއް ކުރީބާ..” މިހެން ބުނުމަތްފަހު އަނެތްކާވެސް ޒުބޭދާ ރޯންފެށިއެވެ. ” ޒުބޭދާ! އަދި ތިވަރަށް ރޯކަށް ނުވެއެށްނު….؟ މިތާ ކައިރީ އެމަންޖެ ވާނެ …. ފޯނަށް ގުޅިންތަ؟ ފާހަރެއްގަ ވެދާނެ ވާފިރުމެންގޭގަ… ތިވަރަށް ކަންތައް ބޮޑުނުވެ ހަމަ ޖެހިބަ… އަހަރެން އަންނާނަން އެމަންޖެ ގޮވައިގެން…” ގޮޮނޑިީގައި އިން ޒުބޭދާގެ ބުރަކަށީގައި ފިރުމާލަމުން އަލިފުޅު ބުނެލިއެވެ. އަދި އަވސް އަވަހަށް އާޝިޔާ ހޯދަން ނިކުތެވެ.
އަލިފުޅުގެ ފުރަތަމަ މަންޒިލަކަށްވީ ވާފިރުމެންގެއެވެ. އަލިފުޅަށް ދެވުނުއިރު ދެމަފިރިން ތައްޔާރުވަމުން ދިޔައީ ނިދަންވެގެންނެވެ. އަލިފުޅުވެގެން އުޅޭގޮތް ކިޔާދިނެވެ. ނަމަވެސް އާޝިޔާ އެގެއަކު ނެތެވެ. އާދިލްވެސްވީ ރައްޓެހިންނާއެކު މަހަށްގޮހެވެ. ވާފިރު ނިދުމުގެ ކަންތައް ހުއްޓާލުމަތްފަހު އާޝިޔާ ހޯދަން ނިކުތެވެ. އާޝިޔާ ދާނެހެން ހީވާ ހުރިހާ ތަނެއް ބެލުނެވެ. ނަމަވެސް އާޝިޔާގެ އެއްވެސް ހިލަމެެތްނެތެވެ. އަލިފުޅާއި ވާފިރުވެސް ކަންތައްބޮޑު ވެއްޖެއެވެ. ކުއްލިގޮތްތަކަށް އާޝިޔާވީނުވީ ތަނެށް ނޭންގުނީމައެވެ. ދެރަހުމަތްތެރިން ވާހަކަ ދެއްކުމަތްފަހު ދެމީހުން ދެން މިސްރާބު ޖެހީ ރަށު ކައުންސިލް އިދާރާއަށްށެވެ.
މާގިނަ އިރުތަކެއްނުވެ މުޅިރަށަށް މިހަބަރު ފެތުރިގެން ހިނގައްޖެއެވެ. އެބަޔަކު ކުރަން ހުރި ކަމެއްވިއްޔާ ހުއްޓާލުމަތްފަހު އެންމެން އެއްކޮށް ނިކުތީ އާޝިޔާ ހޯދާށެވެ. އެއްބަޔަކު ވަލުތެރެ ހޯދަމުން ދިޔައިރު އަނެތްބަޔަކު ދިޔައީ ރަށުތެރެ ފުނާއަޅަމުންނެވެ. ނަމަވެސް އާޝީޔާގެ އެއްވެސް ހަބަރެއް ނުވިއެވެ. އަނެތްކޮޅުން ގޭގައި އިން ޒުބޭދާގެ ހާލު ދިޔައީ ގޯސްވަމުންނެވެ. ޒުބޭދާ ކައިރީ ހުރި ފާތުމަފުޅު ދިޔައީ ޒުބޭދާއަށް ހިތްވަރު ދެމުންނެވެ. ނަމަވެސް އެކަމުން މާ ބޮޑު ފައިދާ އެއް ޒުބޭދާ އަކަށް ނުކުރެއެވެ.
ރަށަށް ދިޔުމަށްޓަކާ ދަތުރު ކުރަމުންދިޔަ އަރޫންނަށް މިއިން އެއްވެސް ކަމެއް ނޭންގެއެވެ. އަރޫން ފޮނި ހުވަފެންތައް ދެކުމުން ދިޔައީ ހަމަ އެންމެ ކަމަކަށްށެވެ. އާޝީޔާ އާ ބައްދަލުވާނެ އިރަކަށްށެވެ. އާޝިޔާ އަށްޓަކާ އަރޫންވަނީ އެތަކެއް ހަދިޔާތަކެއްގަނެފައެވެ. އަދި ހަމަ އެެހެންމެ އާޝީޔާގެ މައިންބަފައިންނާ ވާހަކަ ދައްކާނެ ގޮތްތައްވެސްވަނީ އެތައްއިރަކު ލޯގަނޑު ކުރިމަތީ ހުރެގެންނާއި އަމިއްލައަށް ހިތާހިތުން ސުވާލުކޮށްގެން ވަނީ ފަރިތަކޮށްފައެވެ.
މެންދަމު 12 ޖަހާފިއެވެ. އާޝިޔާގެ އެއްވެސް ހަބަރެއް ނުވެއެވެ. އޭރު ޒުބޭދާގެ ހާލު ދެރަވެގެން ވަނީ ހޮސްޕިޓަލްގަ އެޑުމިޓްކޮށްފައެވެ. އަލިފުޅާ އަދި އެހެން ހުރިހާ ރައްޔިތުންދަނީ ވަރުބަލިކެއްނެތި އާޝިޔާ ހޯދަމުންނެވެ. ރަށުގެ އެއްކޮޅުން އަނެތްކޮޅަށް މިހާރު ވަނީ ހޯދާފައެވެ. ހާއްސަކޮށް އަތިރިމައްޗާ ވަލުތެރެއެވެ. ނަމަވެސް އާޝިޔާގެ އެއްވެސް ހަބަރެއް ނުވެއެވެ. އެންމެފަހުން އެރެއަށް ހޯދުން ހުއްޓާލުމަށްފަހު އެމީހަކު އެމީހެއްގެ ގެއަށް ދިޔައެވެ. އަނެތްކާވެސް ހެނދުނު މަސައްކަތް ފަށަން ނިންމާފައެވެ. އަލިފުޅު ގެއަށް ދިޔުމުގެ ބަދަލުގައި ދިޔައީ ޒުބޭދާ ކައިރިއަށް ހޮސްޕިޓަލަށްށެވެ.
ހެނދުނުގެ ހާގޮވާލިއިރު ބޯޓުއައިސް ރަށުފަޅުން ވަންނަނަނީއެވެ. ދޯނި ކުރީ ކޮޅުގައި އަރޫން ހުރީ ފަަޅަށް ވަންނަ މަންޒަރުބަލާށެވެ. މާލެޔާ ހިލާފަށް ރަަށަށް ވަންނައިރު ފެންނަމުން ދިޔައީ ހެދި ފައި ހުރި ދިގު ރުއްތަކާ ގަސްތަކެވެ. ހުދުކުލައިގެ ސާފު ރީތި ދޮންވެލިގަނޑެވެ. އިންޖީނުގެ އަޑު ފިޔަވާ އިތިރު އެއްވެސް އަޑެއް ނީއްވެއެވެ. ބޯޓު އައިސް ފާލަމާ ކައިރި ކޮށްލުމާއެކު ކެތްތެރިކަމެއް ނެތި ބޯޓުން ފުއްމާލިއެވެ. އަދި އަވެސްވެ ގަތީ އާޝިޔާއާ ބައްދަލު ކުރަން ދިޔުމަށްށެވެ. ނަމަަވެސް ގަޑި ބަލާލައިފަ ކުރިއަތްއެޅި ފިޔަވާޅު މަޑު ޖައްސާލިއެވެ. އަދި އަރޫންގެ ގެއާވީ ކޮޅަށް މިސްރާބުޖެހިއެވެ.
ރަށަށް އަރައިގެން ގެއާވީ ކޮޅަށް ހިނގަމުން ދިޔައިރު ރަށު ތެރެއަށް ފެތުރިފައިވާނީ އާދަޔާ ހިލާފު ހަމަ ހިމޭންކެމެވެ. މީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާ ނުތަނަވަސްކަމެވެ. ވެގެން އުޅެނީ ކީއްތޯ ސުވާލުކޮށްލަން އެއްތަށް ފަހަރަކު ހިތްތައްއެރިއެވެ. ނަމަވެސް އެގަޑިގެ ގޮތުން އެހިޔާލު ދޫކޮށްލައްފަ އަވެސްވެގަތީ ގެއަށްދިޔުމަށްށެވެ. ގެއަށް ދެވުނު އިރު އަރޫންގެ ދައްތަ އަރޫންނަށް މަރުހަބާ ކިޔަން ހެވިލާފަ ހުއްޓެވެ.
އަޝިޔާ އާއި އަރޫން ރައްޓެހިވެގެން އުޅޭކަމެއް އެއްވެސް ވަރަކަށް އަރޫންގެ ދައްތައަކަށް ނޭންގެއެވެ. އަދި އަރޫން ރަށަށް އައީ ކައިވެނި ކުރަން ކަމެއްވެސް ނާންގައެވެ. އަދި އާޝިޔާގެ ފަރާތުންވެސް މިގުޅުމުގެ ވާހަކަ ވާފިރުމެން އާއިލާ ފިޔަވާ އެހެން އެއްވެސް ފަރާތަކާ ހިއްސާކޮށްފައެއްނުވެއެވެ. އަލިފުޅު މިކަން އަންގަން ބޭނުންވަނީ އަރޫންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަށްފަހުއެވެ. ހަމަ އެފަދައިން އަރޫންވެސް މިގުޅުން އޭނާގެ އާއިލާ މީހުންނާ ހިއްސާކުރަން ބޭނުންވަނީ އާޝީޔާގެ އާއިލާގެ ފަރާތުން އާބަސް ލިބުނީމައެވެ.
ވަރަށް އަވަސް އަރުވާލާފަ އަރޫން ސައިބޮމުން ގެންދިޔައެވެ. އެވަގުތު ދައްތަވެސް އަރޫންނާ ބައިވެރިވެލިއެވެ. ” މިފަހަރު ރަށަށް ތިޔައީ ކީއްކުރަން؟ އެހާވެސް ކުއްލި ގޮތްތަކަށް؟” ރޮށިކޮޅެއް ކާލަމުން ދައްތަ އަހާލިއެވެ. ” މިފަހަރު މިއައީ ވަރަށް ބޮޑު ކަމަކު! އެކަމަކު ދައްތަ ކައިރީ ބުނާނަން ފަހުން” ސައިތަށި ބޯލަމުން އަރޫން ބުނެލިއެވެ. ” ކޮއްކޮއަށް އެނގޭތަ މިރަށުގަ ވަރަށް ބޮޑު ކަމެއް ހިގައިގެން އުޅޭކަން” ” އަނެތްކާ ކޮންކަމެއް އަރޫން ނިތްއަރުވާލަމުން ބުނެލިއެވެ. ” މިރަށު އަލިފުޅުގެ ދަރިފުޅު އާޝިޔާ ރޭންސުރެ ގެއްލިގެން އެބަ ހޯދާ އަދިވެސް އޭނާގެ އެއްވެސް ހަބަރެއް ނުވޭ!” ދައްތަގެ މިޖުމުލަ އަޑު އިވުމާއެކު އަރޫން އެއްކޮށް ގަނޑުވި ކަހަލެއެެވެ. އެއްވެސް ހަރަކާތްތެއްނެތި ދައްތަޔާ ދިމާލަށް ބަލަ ހައްޓައިގެން އިނެވެ. ދައްތަ އަރޫންނަށް ދެތިން ފަހަރު ގޮވާލި ނަމަވެސް އެެއްވެސް ޖަވާބެއް ނުދިނެވެ. އިރުކޮޅަކުން ފެނުނީ އަރޫން ދޮރުހުޅުވާފަ ބޭރަތް ދުއްވައިގަންތެނެެވެ.
ދުވަމުން ދުވަމުން އާޝީޔާމެން ގެއާ ހަމައަށް ދެވުނު އިރު މުޅިމީހާ ވަނީ ވަރުބަލިވެ ދާހިތްލާ ފޯވެފައެވެ. ދޮރުގައި ހިފާލިއިރު، ދޮރު ހުރީ ތަޅުލާފައެވެ. މީހަކު ފެނޭތޯ ވަށާ ހޯދާލިއެވެ. ނަމަވެސް އެހިސާބުގަ އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެހެންކަމުން އަނެތްކާވެސް އަނބުރާ އައި ކޮޅަށް ދުއްވައިގަތެވެ. އެވަގުތު މުސްކުޅި ފުރާގެ މީހަކާ ދިމާވިއެވެ. ” ބޭބޭ! މަޑުކޮށްލަބަ!” ” ކިހިނެތްވީ ކޮއިފުޅާ” އެމީހާ މަޑުކޮށްލަމުން ބުނެލިއެވެ. ” އެހަރަގޭ އަލިފުޅު ވީތަނެތް އެނގޭތަ؟” އެގެއާ ދިމާލައް އިޝާރާތް ކުރަމަުން އަރޫން އަހާލިއެވެ. “އާން! އަލިފުޅުވީ ހޮސްޕިޓަލުގަ އޭނާގެ އަންހެނުން އޮތީ އެތާ. ނުވިތާކަށް އޭނާގެ ދަރިފުޅުވެސް ގެއްލިގެން ހޯދަމުން ދަނީ.” އެހެން ބުނެފަ އެމީހާ އެތަނުން ހިގައިގަތެވެ. އަރޫން ވަގުތުން މިސްރާބުޖެހީ ހޮސްޕިޓަލާ ދިމާލަށްށެވެ.
ހޮސްޕިޓަލަށް ވަދެވުމާއެކު ދެފަޔަށް ލެވުނުހާ ބާރެއްލާފަ ހިނގައިގަތީ ދެ ނަންބަރު ރޫމާދިމާލަށްށެވެ. ލިބިފައިހުރި ހާސްކަމެއްގެ ސަބަބުން ދޮރުގައި ޓަކިޖަހާލަންވެސް ހަދާނެތްނުވިއެވެ. ވަގުތުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އަލިފުޅު ކަޅިޖަހާނުލާ ބަލަހައްޓައިގެން އިންއިރު ޒުބޭދާއަށް އޮތީ ނިދިފައެވެ. ” ތީ ކާކޫ؟” އަލިފުޅު ވަގުތުން އަހާލިއެވެ. ” އަޅު… އަޅުގަނޑުމީ އަރޫން” އަނެތްކާވެސް އަލިފުޅަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ބުނާނެ އެއްޗެއް ނޭންގިފަ އިނެވެ. އޭރު މުސްކުޅިވެފައިވާ އެދޮލުލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. މިތަން ފެނިފަ އަރޫން އިތުރަށް ދެރަވިއެވެ. އެހާ އުއްމީދުކޮށްގެ ލޯބިވެރިޔާ އާ ބައްދަލުކުރަން އައިރު ލޯބިވެރިޔާ ވަނީ ވީނުވީ ތަނެތްނޭންގި ގެއްލިފައެވެ.
އަރޫންނަށް އިތުރު އެއްވެސް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. ވަގުތުން ހޮސްޕިޓަލުން ނިކުމެގެން މިސްރާބުޖެހީ ކައުންސިލު އިދާރާއާ ދިމާލަށްށެވެ. އޭރު ރަށުގެ ގިނަ އަދަދެއްގެ މީހުން ހާއްސަކޮށް ފިރިހެނުން އާޝީޔާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔައެެވެ. އަރޫން ކައުުންސިލް އިދާރެ ރައީސްއާ ބައްދަލުކޮށް ކަންތައްވީގޮތް އަހާ އޮޅުން ފިލުވިއެވެ. އަދި މިހާރު ހޯދުމުގެ ކަންތައް ގޮސްފަ އޮތް ހިސާބުވެސް ސާފުކުރުމަށްފަހު އަރޫންވެސް އާޝިޔާ ހޯދުމުގެ މަސައްކަތްފެށިއެވެ. ރަށުގެ ހުރިހާ ހިސާބެއް ބަލާ ހޯދުނުއިރުވެސް އާޝީޔާގެ އެއްވެސް ހިލަމެއްބުވިއެެވެ. އެންމެ ފަހުން ހުރިހާ އެންމެން އެއްބަސްވީ ކާރި ފަޅުރަށްތަކާ މޫދު ބަލާ ފާސްކުރުމަށްށެވެ.
އަރޫންނާއި އަދި ރަށޫގެ އެހެން ބައެއްމީހުން މިސްރާބުޖެހީ ފަޅުރަށްތައް ބަލާ ފާސްކުރުމަަށްށެވެ. އަދި ރަށުގަ ތިބި މީހުން ފަޅުތެރެ ހޯދާ ބަލަންފެށިއެވެ. ފާހަރަކު ރަށެއް ބަލާ ފާސްކުރަމުން ދިޔައިރު އަރޫން ދުއާ ކުރަމުން ދިޔައީ އޭނާގެ ލޯބިވާ އާޝިޔާ ހެޔޮހާލުގައި އޭނާއަށް ފެނުމަށްށެވެ.
ނުނިމޭ……………………………
13 Comments!
Comments are closed.

Nice
Cheedi v hadi.
haadha haasaru gina vaahaka ekey…v hadi
hadi bt not bad
hadi…bt not bad
V nice…. BT kihineh e vy aashiya ah….. Next part varah awahah upload khba….. Keep it up
Same bunihn mi vaahaka v v v habeys and nice… Dhn avahaha next part up khdhybalan… Nyndhey veny ey kiyaa hithn….. Keep up the GUD work… Thi gothugai dhemi hunnanthi…. V v nice….<3 <3<3.
އެވާނީ އާދިލް އާޝިޔާ ކިޑްނެޕް ކުރީކަމަށް
އެވާނީ އާދިލް އާޝިޔާ ކިޑްނެޕް ކުރީކަމަށް އާދިލްގެ ކަމަކަށްވާނީ
This Comment has been removed due to inappropiate content.
Ey thimeehn naka neyge dhw hadi aai reethi vaahaka vx kiyan… Dhn hadiyyamu nukiyàany nu ehchehi nikiya .Dhn tho thankolheh body varu dhw vahaka kiyaa myhun naa dhimaalah vx ehchehi kiyany… Pis pis pis pis…… Minvaahaka v v v habeys… Wow wow..
ehvanaige vaahakaeh…v obi..
hahahaaa. haadha haadha hadi vaahaka eh thi. dhen vaahaka nuliyuniyya rangalhuvaani. foohives vejje kiyuneethee.