އައިނާ (2) ޓްރެއިލާ
މިވާހަކަ އަކީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ސިލްސިލާ އައިނާ ގެ ދެވަނަ ސީޒަން އެވެ.
މިވާހަކައިގެ ސީޒަން އެކެއްގެ ކުޑަ ތަޢާރަފެއް:
އައިނާ އަކީ ސްކޫލުގައި ކުދިންގެ މަލާމާތް ރައްދުވާ ކުއްޖެކެވެ. އެކަމަކު އެންމެ ގާތް އެކުވެރިޔާ އަޝްހާ އައިނާ އާއި އެކު އުޅެއެވެ. ފަހުން މަލާމާތް ކުރުން ހުއްޓާލަނީ ރީމާގެ ސަބަބުންނެވެ. ރީމާ އާއި އައިނާ އާއި އަޝްހާ އަކީ ފަހުން އެންމެ ގާތް ތިން އެކުވެރިންނެވެ. އައިނާގެ ބައްޕަ އަކީ ކާކުކަމެއް އައިނާ އަކައް ނޭނގެއެވެ. ދެން އަޝްހާ މެންގެ ގެޔައް އަންނަނީ އަޝްހާގެ ބައްޕަ އިޔަޒުގެ ބޭބެ އެވެ. ފަހުން އިނގެނީ އެއީ އައިނާގެ ބައްޕަ ކަމަށެވެ. އަނީލް އާއި އިޔާޒުގެ މަންމަ ޚަދީޖާ މިކަމާ ވަރަށް އުފާކުރެއެވެ. ޚަދީޖާ އިސްރާގާތު އޭނަގެ އާއިލާ ވާހަކަ ކިޔައިދޭށޭ ބުނުމުން އެނގެނީ އިސްރާ އަކީ ޚަދީޖާގެ އެއްބަނޑު އެއްބަފާ ދައްތަގެ ކުއްޖެއް ކަމެވެ. ދެން ބާއަވަނީ އިސްރާ އާއި އަނީލްގެ ވެޑިން އެނިވާސަރީ ފާހަގަ ކުރުމަށް ބާއްޕާ ޕާރޓީއެވެ. ޕާރޓީ އޮންނަން ހަމަ ޖެހުނު ދުވަހު ޚަދީޖާގެ ކޮއްކޮ ހުމައިދު އެމީހުންނަށް ސަޕްރައިޒަކަށް އަންނަނީ އަންހެނުންނާއި ދެކުދިން ގޮވައިގެން ރަށަށެވެ. މަރިއަމް އަކީ ހުމައިދުގެ އަންހެނުންނެވެ. އެދެމީހުންގެ ކުދިންނަކީ ސާދަ އަހަރުގެ ހާނިމް އާއި ނަވާރަ އަހަރުގެ ހައިފާ އެވެ.
ނޯޓް: އައިނާ ވާހަކަ ސީޒަން ދޭއްގައި ހާނިމްގެ ނަން ވާނީ ހިޝާން ގެ ނަމަށް ބަދުލުކެރެވިގެން ގެނެސް ދީފައެވެ.
One Comment
Comments are closed.




vaahakaige trailer kamudhaane kamah ummydhu kuran.. liyamun gendhaa vaahaka ninmaalumah fahu vaahakaige bai thah up kuran fashaanan inshaa allah