ސާރާ އެތެރެޔަށް ވަދެ ގެނައި އެއްޗެހި އެތުރުމުގެ މަސައްކަތުގައި ނައިނާ އާއި އެކު ބައިވެރިވިއެވެ.ސާރާ ނިދުމަށް ޓަކައި ތައްޔާރުވުމަށް ފަހު ނިކުތީ ކޮޓަރީގައި ފެންފުޅިއެއް ނެތުމުންނެވެ.ފެންފުޅި ހިފައިގެން ކޮޓަރިޔަށް ހިގައިގަތް ވަގުތު ހަޝްމާ ކޮޓަރިން ނިކުންނަނީއެވެ.ސާރާ ވަގުތުން ހިނިތުންވެލިނަމަވެސް ހަޝްމާ ކަމެއްވާކަމަށް ވެސް ހަދާނުލާ ފައިވާން ހަރުގަނޑުން ބޫޓެއްނަގައ ބޭރަށް މިސްރާބުޖެހިއެވެ.
ސާރާ އެވަރުކަމަކަށް ހަދާނުލައި ކޮޓަރިޔަށް ވަތްއިރު ނައިނާ އޮތީ ސީރީޒް އެއްބަލަންށެވެ.ސާރާވެސް އެހާ އަވަހަށް ނިދުމުގެ ހިޔާލެއް ނެތުމާއިއެކު ނައިނާ ކައިރީ ގޮސް ބާލީހެއް ހިފައިގެން ހަމަޖެހިލިއެވެ.” ކޯއްޗެއް ތިބަލަނީ؟” ސާރާ ނައިނާ ކުރެން ސުވާލު ކޮށްލިއެވެ.” ތާޓީން ރީޒަންސް ވައި. ސާރާ ބަލާ އެއްޗެއް ނޫން ދޯ!”ނައިނާ ސީރީޒް ތެރެޔަށް ގެއްލިއޮވެ ބުނެލިއެވެ.”ނޫނޭ.ސާރާ ބަލަން ތީތި.ތިކަހަލަ އެއްޗިއްސަކީ ހޭލުންތެރިކަން އިުރު ކުރުވާ އެއްޗިއްސޭ.ތިއީ ސާރާ ބަލާފަ އިން ސީޒަން އެއް.އެހެންވެ.ނާން ބަލާލާ.ސާރާ މިދަނީ ނިދަން. ގުޑް ނައިޓް.”ސާރާ ޖަވާބުދިނެވެ. ސާރާ އެނދަށް އަރާ ހަމަޖެހިލުމަށް ފަހު މާދަމާއަށް ފޯން އެލާމް ކޮށްލުމަށް ފަހު ސާރާ ދެލޯ މަރާ ނިދޭތޯ މަސައްކަތް ކުރިއެވެ.ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވާ އިސާހިތަކު ސާރައަށް ނިދިއްޖެއެވެ.
ސާރާއަށް ހޭލެވުނީ އެލާމް ވާ އަޑަށެވެ.އޭރު ނައިނާ ފާޚާނައިގައި އުޅޭ އަޑު އިވެއެވެ.ސާރާ މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެ ނައިނާ ފާހާނައިން ނުކުތުމުން ފެންވަރާ ތައްޔާރު ވިއެވެ.ސާރާ ލައިގެން ހުރީ ކަޅު ޖީންސް އަކާއި ރީތި ފެހިކުލައެއްގެ ސްވެޓާއެކެވެ.ވަށް ސާދާ މޫނު މޭކަޕަކާއި ނުލާވެސް ނުލާހިކު ރީއްޗެވެ. ރިތި ވަރަކަށް ދިގުވެފައިވާ ފަން އިސްތަށިގަނޑު ހާމަޔަށް ދޫކޮށްލިއެވެ.ނައިނާ ލައިގެން ހުރި މަޑު ނޫ ކުލައިގެ ޖީންސެކެވެ.އެއާއިއެކު ކަޅު މަތިކޮޅަކާއިއެކު މަތިން ކަކުލާ ހިސާބަށް އަރާވަރުގެ މުށި ކުލައިގެ ކޯޓެއް ލައިފައެވެ.އިސްތަށިގަނޑުގައި ހުޅިއެއްޖަހާލުމަށް ފަހު ތުންފަތުގައި މަޑު މަޑު ރަތް ކުލައެއް ޖައްސާލުމަށް ފަހު ނައިނާ އަށް ވަންދެން މަޑުކޮށްގެން ހުރި ސާރާ އާއި ދިމާލަަށް ދަބަސް ހިފައިގެން ހިގައިގަތެވެ.
ބޭރަށް ނުކުތައިރު މާލް ދެމީހުންގެ އިންތިޒާތުގައި ތައްޔާރުވެގެން ހުއްޓެވެ.”ހިނގާ ކެފެޓީރިއާއަށް ދާން.މިގޭގަ ހެނދުނު ސައި އެއް ނުބޯނެ.ކެފެޓީރިއާއަށް ދާނީ.މަޑުކޮށްލާ އިނގޭ.ހަޝްމާ އާއި ޝުއާ އާއި އެއްކޮށް ދާން.”
ޝުއާ އާއި ހަޝްމާ ނުކުތުމާއި އެކު އެންމެން ހިނގައި ގަތީ ކެފެޓީރިއާ އަށެވެ. އެންމެންވެސް އޯޑާރ ދިނުމަށް ފަހު ބެންޗެއްގައި ހަމަޖެހިލިއެވެ.ފުރަތަމަ ދުވަސް ނަމަވެސް ސާރާ އަކަށް ވެސް އަދި ނައިނާ އަކަށް ވެސް މާލް އާއި ޝުއާގެ ސަބަބުން ބީރަށްޓެހި ކަން އިހުސާސްކުރާކަށް ނުޖެހުނެވެ.އެދެމީހުނާއި ޚިލާފަށް ހަޝްމާ ތަފާތެވެ.ހަޝްމާގެ އޯޑާރ ހަމަވުމާއި އެކު ހިނގައި ގަތީ ދުރުގައި ހުރި ބެންޗުގައި ތިބި ކުދިންތަކެއްގެ ކައިރިޔަށެވެ.
ނާސްތާ ނިމުމާއި އެކު ސާރާ އާއި ނައިނާ ހިނގައިގަތީ ކުލާހާއި ދިމާލަށެވެ.ސާރާ އާއި ނައިނާއަށް ކުލާސް ބުނެދިނުމަށްފަހު ޝުއާ އާއި މާލް އެމީހުންގެ ކުލާހާއި ދިމާލަށް މިސްރާބުޖެހިއެވެ.ކުލާހާސް ވަނުމާއިއެކު ހުސް މޭޒެއް ހޯދުމަށް ފަހު އެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.ސާރާ އާއި ނައިނާއަށް އިށިންނަން ޖެހުނީ ވަކިންނެވެ.ނައިނާ އިށީދެ ހަމަޖެހިލުމަށް ފަހު ކައިރީގައި އިން ކުއްޖާއާއި ދިމާލަށް ބަލައިލިއެވެ.ދެވަނަ ސިކުންތުގައި ނައިނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
“ކަލޭ؟!” ހައިރާން ވެފައިވާ ރާގަކަށް ނައިނާ ބުނެލިއެވެ.ހައިރާން ނުވާން ވީ ކީއްވެހެއްޔެވެ.ނައިނާ އިއްޔެ އެމީހަކާއި ޒުވާބު ކުރިމީހާ މިއިނީ ނައިނާ ކައިރީގައެވެ.’ސީޓް މޭޓަކަށް’ ވެފައެވެ.”އާނ.އަހަރެން.” ރީތި ހިނިތުން ވުމަކާއި އެކު ޔުނާން ބުނެލިއެވެ.”ކަލޭ ތި ދަތްޕިލަ ދައްކާ ކޮންމެވެސް އެހެން އަންހެން ކުއްޖަކަށް މަށަށް ދައްކާނެކަމެއްނެތް.”ދަތް ކުނޑި ވިކާލަމުން ނައިނާ ބުނެލިއެވެ.ނައިނާ ވަށާ ހޯދާލީ އިތުރު ހުސް މޭޒެއް އިން ތޯއެވެ.ނަމަވެސް އިތުރު މޭޒެއް ނެތުމުން ނައިނާ އަށް ޖެހުނީ އެތަނުގައި އިންނާށެވެ. އެވަގުތު ކޮޅުތެރޭ ނައިނާއަށް ފާހަގަ ވި ކަމަކީ އެތައް އަންހެން ކުދިންތަކެއް ޔުނާން އާއި ދިމާލަށް ބަލަމުން ދިޔަ ކަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Woww…mi part vx varah reethi….waiting for the nxt part….
thankyou so much dear..
Hessa salhi ey Medam mi part vs… Hoon e yunaan knthaneh tha dhw Reethi e dhaihpila ehn miihakah dhahkabala dhw❤️????lysm sis
ahaha..fahun igidhaanetha vaa gotheh dhw..lym darla..thankyou girl