އަނެއް ފަރާތުގައި ހުރި ޒުވާނާގެ ނަޒަރު އަމާޒުވެފައިވަނީ ދިގުއެސްފިޔަތަކުން ވަށާލެވިފައިވާ އީޝަލްގެ ރީތިރީތި ދެލޮލަށެވެ. އެއްވެސް އިޚްތިޔާރަކާނުލާ އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އީޝަލް ހިނގަމުންދާވަރަކަށް އެބޯޑުގެ އަނެއް ފަރާތުގައި ހުރި ޒުވާނާވެސް އީޝަލްއާއި އެއްވަރަށް ހިނގަމުން ދެއެވެ. މިހެން ގޮސް ދެމީހުން އެކަކު އަނެކަކުގެ ކުރިމައްޗަށްއަރާ އެކަކު އަނެކަކުގެ ގައިގައި ޖެހުނެވެ. ދެމީހުންނަށް ސޮރީއޭ ބުނެވުނީ އެކުއެކީގައެވެ. އަދި މިއަށްފަހު އީޝަލް ބޯޑުގެ އަނެއް ފަރާތަށް ދާން ތަން ދެއްކިއެވެ. އީޝަލް އަނެއްކާވެސް ގަނޑުތަކަށް ނަޒަރު ހިންގަމުން ގޮސް އެތަނުން ގަނޑެއްގައި އަތްލެވުނީ އެޒުވާނާއާއި ދާދި އެއްކޮށެވެ. ” މަންޖެ މީތި ގެންދޭ” މިހެންކިޔާ އެޒުވާނާ އެގަނޑުކޮޅުން އަތް ދޫކޮށްލިއެވެ. “ޝުކުރިއްޔާ” ކުޑަކޮށް ހައިރާންވެ ހުރެ އީޝަލް ބުނެލިއެވެ.
“ފެނިއްޖެ ޖޮބެއް” އަތުގައި އޮތް ކަރުދާސް ކޮޅު ތަންކޮޅެއް ދުރުގައި ހުރި ނަތާއަށް ދައްކާލަމުން ބުންޏެވެ. “އޯ ފެނިއްޖެ ދޯ” ނަތާ އީޝަލްއާއި ދިމާއަށް ހިނިތުންވެލަމުން ބުންޏެވެ. އާއެކެވެ. އީޝަލްގެ އިންޓަވިއުހަމަޖެހިފައިވާ ގަޑި ކުޑަތަންވަމުންދާތީ އެދިމާއަށް ދިއުމަށް އަވަސްވެގަތެވެ. “އޯކޭ ބާއި” މިހެން ކިޔާ އީޝަލް އެތަނުން ދާން ހިނގައިގަތެވެ.
ދުރުގައި ހުރި ޒުވާނާގެ ނަޒަރު އޭރުވެސް ވަނީ އީޝަލްއަށް އަމާޒުވެފައިވެ. އީޝަލް އެތަނުން ދިޔުމުން އެ ޒުވާނާ ގޮސް ނަތާއާ ހަމަކޮށް އެކްސް ކިއުސް މީ އޭ ކިޔާ ގޮވާލިއެވެ.
“އަހަރެންނަށް ކިޔަނީ މާޒް. މިކޮލެޖުގަ ކިޔަވަނީ. ދެންމެ ކުއްޖަކާ ވާހަކަ ދައްކަން ހުރީމެއްނު، އެއީ ކޮންކުއްޖެއް؟” އަމިއްލައަށް ތަޢާރަފުވެލުމަށްފަހު ނަތާއާ މާޒް ސުވާލުކޮށްލިއެވެ. “އެއީ އީޝަލް” ނަތާ މާޒްގެ ސުވާލަށް ޖަވާބުދިނެވެ. “ހާދަ ރީތި ނަމަކޭދޯ؟ އީޝަލް އުޅެނީ ކޮންކުލާހެއްގަ؟” އަނެއްކާވެސް މާޒް ނަތާއާއި ސުވާލު ކޮށްލިއެވެ. ނަތާ އީޝަލް އުޅޭ ކްލާސް ބުނުމުން މާޒް ހުރީ އީޝަލް ދެވަނަ ފަހަރަށް ދެކިލާ ހިތުން ކެތްމަދުވެފައެވެ.
އެއީ ކޮންފަދަ ރީތި ކުއްޖެއް ހެއްޔެވެ؟ އެފަރި ހިނިތުންވުމުގައި ވަނީ ޒުވާނުންގެހިތްތައް ދަމައިގަންނަފަދަ ބާރެކެވެ. އެލޮލުގެ ޖާދޫގައި ޖެހި އެތައް ޒުވާނުންނެއް ދީވާނާވާނެކަން ޔަޤީނެވެ. މާޒްގެ ހަޔާތުގައި ދުވަހަކުވެސް މިފަދަ ހޫރެއް ދެކިފައިނުވާކަހަލައެވެ. މީގެކުރިން އަންހެން ކުއްޖަކު މިހާ ފުރިހަމަ ވެދާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. އެވަޤުތު މާޒުގެ ހިތަށް އާދަޔާޚިލާފު ފޮނި އަސަރުތަކެއް ވެރިވަމުންދިޔައެވެ. އާއެކެވެ. އީޝަލް އެހާމެ ފުރިހަމައެވެ. އެހާމެޗާލެވެ. ޒުވާނުންގެ ހިތްތައް ކަތިލާފަދަ ތޫނުކަމެއް އެލޮލުގައިވެއެވެ.
މާޒް އަވަހަށް ކޮލެޖަށް ވަދެ އީޝަލް ކިޔަވަމުންދާ ކުލާހަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއެވެ. މާޒް ހީކުރިގޮތަށްވުރެ ފަސޭހައިން މިކަން ވެގެންދެއެވެ. އީޝަލް ފެންނާނެކަން އެނގޭތީ މާޒްގެ މޫނަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ.
***
އީޝަލް ކޮންސްޓަރަކްޝަން މަސައްކަތް ކުރާތަނަށް ދިޔައީ އޭނާގެ ބައްޕަ ދެކިލުމަށެވެ. އޭރު އީޝަލްގެ ބައްޕަ ފާރިޝް އީޝަލްއާއި ދިމާއަށް އާދެއެވެ. ” ބައްޕާ! ބައްޕަ މިއަދު ތިހިރީ އަހަރެންގެލައިފް ސޭވް ކޮށްދީފަ.” ބައްޕަ ގައިގައި ބައްދާލަމުން އީޝަލް ބުނެލިއެވެ. “ކިހިނެއް؟” ހައިރާންކަމާއި އެކު ފާރިޝް ބުނެލިއެވެ. ” ޖީބުގައި އޮތް 50 ރުފިޔާ ނެތްނަމަ މިއަދު ކޮލެޖަށްވެސް އަދި އިންޓަވިއުއަށްވެސް ނުދެވުނީސް” ބައްޕަގެ އަތުގައި އަތްއަޅުވާލަމުން އީޝަލް ހިނިތުންވަމުން ބުނެލިއެވެ. “ކޮން އިންޓަވިއުއެއް؟” ފާރިޝްއެހިއެވެ. ” ޕާޓް ޓައިމް ޖޮބެއް ފިހާރައަކުން ލިބިއްޖެ. އޭރުން ރުފިޔާ އިތުރަށް ލިބޭނެއްނު.” ބައްޕައާއި ދިމާއަށް ބަލަމުން އީޝަލް ބުންޏެވެ.
“ކީއްކުރަން ދަރިފުޅާ؟ ދަރިފުޅަށް ކިޔަވާ ދިނުމަށް ރުފިޔާ ނެތިއްޔާ ބައްޕަގެ އަންނައުނުކޮޅު ވިއްކާލައިގެންވެސް ދަރިފުޅުމެންނަށް ކިޔަވައި ދެވޭތޯ ބަލާނަން. އިރާދުކުރެއްވިއްޔާ ދަރިފުޅު ފެޝަން ޑިސައިނަރަކަށް ވާނެ.” ފާރިޝް ކޮންމެ ގޮތެއް ހަދާފަވެސް އީޝަލްއަށް ކިޔަވައިދޭނެކަން ނުހަނުވަރުގަދަ އަޒުމަކާއެކު ހާމަކުރިއެވެ. ” ބައްޕާ އަޅުގަނޑަށް ވަޒީފާ އަދާކުރަމުންވެސް ކިޔެވޭނެ. ބައްޕަ އަޅުގަނޑަށް އިތުބާރުކުރައްވާ! ބައްޕަ ހާސްނުވޭ.” އީޝަލް ބައްޕައާއި އެއްވަރަށް ހިނގަމުން ބުންޏެވެ.
****
މާލޭގެ އެންމެ ބޮޑުއެއް ކޮމްޕެނީ އަދި މާލެއަށް މަޝްހޫރު ފެޝަން ކޮމްޕެނީގެ ކުރިމައްޗަށް ހުދުކުލައިގެ ކާރެއް މަޑުކޮށްލިއެވެ. ޑްރައިވަރު ކާރުން ނިކުތުމަށްފަހު ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. ދޮރުފަތް ހުޅުވާލުމާއިއެކު ރަތްކުލައިގެ އަތްދިގު ޓޮޕްއަކާއި ޖިންސެއް ލައިގެން ނިކުތީ އިސްކޮޅުންދިގު ރީތި އަންހެންކުއްޖެކެވެ. އޭނާއާއި އެކު އިތުރު ފިރިހެނެއްވެސް ކާރުން ނިކުތެވެ. ދެމީހުންވެސް އެކުއެކީގައިހެން ކޮމްޕެނީ ވަދެގެންދިޔައެވެ. “ހަހާސް ލައިކްސް އެންމެ ގަޑިއިރެއް ތެރޭގަ ދޮންބޭ” އެއަންހެން ކުއްޖާ ގާތު ހުރި ފިރިހެން މީހާއާ މުޚާތަބުކޮށް ބުންޏެވެ. “މަލަކް ތިކަހަލަ ކަންކަންކަމާ ޓައިމްވޭސްޓް ނުކޮށްބަލަ!” ރިންގުވަމުންދާ ފޯނު ޖީބުން ނަގަމުން އަޔާން ބުނެލިއެވެ.
އަޔާން ފޯނު ނެގުމުން އެކޮޅުން އިވިގެންދިޔައީ އަންހެނެއްގެ އަޑެކެވެ. ” އަހަރެން މީ ހަނާ. އަސީލްގެ އަންހެނުން. ކަލޭ ކޮއްކޮ މަލަކްއާއި އަހަރެންގެ ފިރިމީހާ……. މިކަހަލަ ވާހަކަ މީހުން ގާތު ދައްކާއިރުވެސް އަހަރެންގެ ބޯގޮވާ” އެކޮޅުން ވާހަކަދެއްކި މީހާގެ އަޑުބާރުވެފައި ރުޅިވެރި ކަމެއް ހުއްޓެވެ.
” ތިބުނިއެއްޗެއް ނޭނގުނު.” އަޔާނަށް ވާގޮތް ނޭގިގެން އިތުރަށް އޮޅުންފިލުވައިދިނުމަށް އެދުނެވެ. “އަހަރެން މިބުނީ އަހަރެންގެ ފިރިމީހާ ކަލޭގެ ކޮއްކޮއާއި ދެމީހުން ބައްދަލުކޮށްފަ ހުރި ފޮޓޯ އެބަހުއްޓޭ! ކަލޭ ކޮއްކޮ ލައްވާ މިކަން ހުއްޓުވާ، ނޫނީ ޝޯސަލްމީޑިއާ ފޮޓޯތައް އާންމުކުރަން ޖެހިދާނެ. މަލަކް އަހަރެންގެ ފިރިމީހާ ދުރުގަ ބަހައްޓާ!” މިހެން ބުނުމަށްފަހު އަޔާނަށް ވާހަކަ ދައްކަންވެސް ފުރުސަތު ނުދީ އެއަންހެންމީހާ ފޯނު ކަނޑާލިއެވެ.
“ދޮންބޭ މިހާރު އިންސްޓާއަށް ލީ ދޮންބެގެ ފޮޓޯއަށް ބައިވަރު ކޮމްންޓްސްވެސް މީހުން ކޮށްފި.” ފޯނާ ދިމާއަށް ބަލަންއިން މަލަކް ބުންޏެވެ. އެވަގުތު އަޔާންގެ ފޯނަށް މެސެޖެއް އައެވެ. އަޔާން މެސެޖް ހުޅުވާ ބަލާލިއިރު އޭގާވަނީ މަލަކްއާއި އެހެން ފިރިހެނެއްގެ ފޮޓޯއެކެވެ. އަޔާންގެ މުޅި މޫނުގެ ކުލަ ބަދަލުވިއެވެ. އަދި މަލަކުގެ އަތުގައި ހިފާ އަޔާންގެ އޮފީހަށް ގެންދިޔައެވެ. އަޔާނަކީ އެކޮމްޕެނީގެ ބޮޑު މީހާކަމުން އޭނާއަށް ވަކިން އޮފީހެއް އިދެއެވެ. މަލަކް ހުރީ ވާނުވާގައެވެ.
“ކޮންކަމެއް ތިކުރަނީ މަލަކް؟” މަލަކްގެ އަތުން ދޫކޮށްލަމުން ރުޅިއައިސްފައި ހުރި ރާގަކަށް ބުނެލިއެވެ. “އަހަރެން ކޮންކަމެއް ކުރީތަ؟ އަދިވެސް ވާނުވާ ނޭގިފައި ހުރި މަލަކް އެހިއެވެ. ” މީކޮންކަމެއް މަލަކް؟ މީކޮންކަމެއް؟” ފޯނުނަގާ މަލަކްއާއި އެފިރިހެންމީހާގެ ފޮޓޯ މަލަކްއަށް ދައްކަމުން އަނެއްކާވެސް އަޔާން ސުވާލުކޮށްލިއެވެ. “އެފިރިންމީހާ އެއީ މީހަކާއި އިނދެގެން ހުރި މީހެއް މަލަކް! އެއީ މަލަކްއަށް ވުރެ މާބޮޑުވެސް މީހެއް!” މަލަކްއަށް ވާހަކަ ދައްކަން ފުރުސަތު ނުދީ އަޔާން ބުނެލިއެވެ.
“އެއީ އެންމެ ފަހަރަކު ހިންގިކަމެއް ދޮންބޭ!” މަލަކް ހާސްވެފައިހުރެ ޖަވާބު ދިނެވެ. “އެއްފަހަރާ ދިހަ ފަހަރާ އެބައޮތްތަ ތަފާތެއް!” ކުރިޔަށްވުރެ އަޑު ބާރުކޮށްލަމުން އަޔާން ބުންޏެވެ. “ދޮންބޭ މިބުނީނުން އެއްފަހަރޭ. ގަބޫލުކޮށްބަލަ.” މަލަކް އަނެއްކާވެސް ދޮންބެގެ ރުޅި މަޑުކުރެވޭތޯ ބެލިއެވެ. ” މީގެފަހުން ގޭން ބޭރަށް ނުނިކުންނާތި! އޭނާއާއި ބައްދަލުކޮށްފިއްޔާ ދެން ހަދަންވީގޮތް އެނގޭނީ ދޮންބެއަށް. ތި ފޯނު ވެސްގެނޭ!” މިހެންކިޔާ މަލަކް އަތުގައި އޮތޮ ފޯނު އަތުލަމުން އަޔާން ބުންޏެވެ. އަދި އަޔާން ޑްރައިވަރަށް ގުޅުމަށްފަހު މަލަކް ގެޔަށް ގެންދިޔުމަށް އެދުނެވެ.
މަލަކް ގާތަށް އައީ ރުޅިއެވެ. ރުޅިއައިސްފައި އޮފީސްތެރޭގައި ހުރި މޭޒުމަތީހުރިއެއްޗެހިތައް ބުރުއްސާލިއެވެ. “ދޮންބެއާއި ބައްޕައާ ހަމަ އެއްގޮތެއް” މިހެން ބުނުމަށްފަހު މަލަކް އަޔާންގެ އޮފީހުން ނިކުމެގެންދިޔައެވެ.
އެވަގުތު މާޒު އެކޮމްޕެނީގެ ކައުންޓަރުން ފައިލެއް ނަގާގެން ނިކުތް ވަގުތުވެ. މާޒްގެ ލޮލުގައި އަޅައިގަތީ ޓްރެފިކަށް ބެލުމެއްނެތި ބާރު ހިނގުމެއްގައިދާ އަންހެން ކުއްޖެކެވެ. އޭރު އެކުއްޖާއާއި ދިމާއަށް ކާރެއް އާދެއެވެ. މާޒް ބާރަށް ދުވެފައިގޮސް އެކުއްޖާ ހިފަހައްޓާ ކާރާއި ދުރަށް ގެންދިޔައެވެ. އަދި ގެއްލުމެއްވީތޯ ސުވާލުކުރިއެވެ. އެތަނަށް އެވަގުތު މީހުން އެއްވެ ތިއްބެވެ. “މަލަކް.. މަލަކް” އަޔާން ތޮއްޖެހިފައިވާ މީހުންތަކު ތެރެއިން ވަދެގެންއައެވެ. “ތަނަކަށް ތަދުވިތަ؟” އަޔާން މަލަކްއަށް ބަލަމުން ހާސްވެފައި ހުރެ ސުވާލުކޮށްލިއެވެ. މަލަކްގެ ނަޒަރު އެވަގުތު ހުއްޓިފައިވަނީ،އިސްކޮލުދިގު މަޑުނޫކުލައިގެ ގޮޅިޖެހި ގަމީހެއްލައިގެން ހުރި މާޒަށެވެ. “ނޫން ކަމެއް ނުވޭ. މީނަ އަހަރެން ސަލާމަތް ކޮށްދިނީ ދޮންބޭ” މަލަކް މާޒްއާޢި ދިމާ ބަލަމުން ބުންޏެވެ.
މަލަކް ގޮވާގެން އަޔާން ކޮމްޕެނީ އެތެރެއަށް ވަނެވެ. މާޒްވެސް އެމީހުންނާއި އެކުދިޔައެވެ. “ކޮން ނަމެއް ކިޔަނީ؟” އަޔާން މާޒްއާ ސުވާލުކޮށްލިއެވެ. “މާޒް ކިޔަނީ” މާޒް ޖަވާބުގައި ބުންޏެވެ. “އަހަރެން މިއީ އަޔާން. ދެން މިހިރީ އަހަރެންގެ ކޮއްކޮ މަލަކް. ޝުކުރިއްޔާ އަޔާން ތިކޮށްދިން ކަންތަކަކަށް” އަޔާން މާޒަށް ޝުކުރުއަދާ ކުރިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.



Reethi vaahaka eh
Thankyou
Nice
Thanks
Woww…??
Curiously waiting for the next part. Love this story.
Ly sis
Thanks❤️
Waiting for next part.
next part will be soon inshallah
Varah reethi? hiyvaraa eku masaiykaiy kuraanama kaamiyaabu vaane♥️
Thankyou?❤️
Varah varah rythi. Waiting for next!!!
Thankyou♥️
Varah loabi vaahaka eh
Thanks?
Maasha allah … v reethi mi baives … curiously waiting for the next ep
Thankyou? next part will be there soon inshallah.