އެޕާޓްމެންޓްއަށް ފޮށި ހިފައިގެން ހިފައިގެން ދިޔައިރު ދެމީހުންގެ ނޭވާ ހުރީ ކުރުވާގޮތް ވެފައެވެ.ސިޑިން އެރުމަށް ފަހު އެޕާޓްމެންޓް ގެ ބެލް ޖަހާލުމާއި އެކު ދޮރު ހުޅުވާލީ އަންހެން ކުއްޖެކެވެ.”އޮހް މިއީ ދޯ މިއަދު އަންނާނޭ ބުނި ކުދިން.އާދޭ އެތެރެޔަށް. އަހަންނަކީ މާލް .”ހިތްހެޔޮ ހިނިތުން ވުމާއި އެކު މާލް ބުނެލިއެވެ.
ނަސީބަކުން ނައިނާ އާއި ދެމީހުންނަށް ލިބުނީ އެއް ކޮޓަރިއެކެވެ.ފޮށި ބެހެއްޓުމަށް ފަހު ބޭރަށް ނުކުތީ މާލް ގެ އެދުމުގެ މަތިންނެވެ.”މިގެޔަކު މާގިނަ ކުދިންނެއް ނޫޅޭނެ.އެއިން ކޮޓަރީގައި އުޅޭނީ ޝުއާ އާއި އަހަރެން.ކުރިމަތީ އިން ކޮޓަރީގައި އުޅޭނީ ހަޝްމާ.ދެން ތިދެމީހުން.”ގޭތެރޭގެ ކަންކަން އޮޅުންފިލުވައިދެމުން މާލް ދިޔައެވެ.
“މިގަޑިގައި ގޭގައި މިއުޅެނީ އަހަރެން އެކަނި .ހަޝްމާ އާއި ޝުއާ ވީ ކޮލެޖުގެ މަސައްކަތް ތަކަކަށް ގޮސް.އަދި އެއް ވާހަކަ . ކޮލެޖް ނިންމާފަ އަވަހަށް އާދެވޭ މީހަކު ބެލްކަނީގައި އިން ގުރާ ކޮށްޓަށް ކާން އަޅަންޖެހޭނެ.ދޭ ތާޒާ ވެގެން އަންނަން .ތިމީހުން އަންނަން ވާއިރަށް އަހަރެން ކޮފީ ހަދާލާނަން.”މާލް މިހެން ބުނުމަށް ފަހު ބަދިގެޔަށް މިސްރާބު ޖެހިއެވެ.
ފުރަތަމަ ފެންވަރަން ވަނީ ނައިނާ އެވެ.އެވަގުތު ސާރާ ޝާއިފްއަށް ގުޅާލިއެވެ.ނަމަވެސް ޝާއިފް ފޯން ބިޒީ ކަމަށް އެކޮޅުން ބުނުމުން އިތުރު ހިޔާލަކާއި ނުލާ ފޯން ޗާޖަށް ޖެހުމަށް ފަހު ފޮށީގައި ހުރި އެއްޗެހި އަތުރަން ފެށިއެވެ.
ދެމީހުން ތައްޔާރުވެގެން ބޭރަށް ނުކުތްއިރު ސޯފާގައި އިތުރު ދެ އަންހެންކުދިން ތިއްބެވެ.އެއީ ހަޝްމާ އާއި ޝުއާ ކަން ވަގުތުން ސާރާމެނަށް ދެނެގަނެވުނެވެ.މާލް އެކޭ އެއް ފަދައިން ޝުއާ ވެސް އައިސް ހިތްހެޔޮ ކަމާއިއެކު ވާހަކަ ދައްކާ ހެދިއެވެ.އެދެމީހުނާއި ޚިލާފަށް ހަޝްމާ އަގައިންވެސް ނުބުނެއެވެ. ހަޝްމާގެ މޫނުމަތިންވެސް ބޮޑާކަމާއި ފޮނިކަން އެނގޭހާ ވެއެވެ.
ކޮފީ ބުޔުމަށްފަހު އެންމެން ވާހަކަ ދައްކަން ތިއްބެވެ.އެކަކު އަނެކަކުގެ އާއިލާ އާއި ބެހޭގޮތުންނެވެ.ދިރިއުޅުމާއި ބެހޭ ގޮތުންނެވެ.ކިޔެވުމާއި ބެހޭ ގޮތުންނެވެ.ވާހަކަ ދައްކަން ތިބިއިރު މިއީ މިއަދު އަލަށް ދިމާވި ބަޔެއްހެނެއް ހިޔެއްނުވެއެވެ.އެހެން ނަމަވެސް އެއެންމެންނާއި އެކު ހަޝްމ ާބައިވެރި ނުވީތީ އެކަމާ ސާރާމެންގެ ހިތުގައި ސުވާލު އުފެދިފައި ވެއެވެ.
ކޮޓަރިއަށް ވަނީ ރޭގަނޑު އަށެއް ޖަހާ ބޮޑުވި ފަހުންނެވެ.ހަމަޖެހިލުމަށް ފަހު ޗާޖަށް ޖަހާފައި އޮތް ފޯނު ހިފައިގެން ސާރާ އެނދުގައި ހަމަޖެހިލިއެވެ.ފޯން ހުޅުވާލިއިރު ކަމަކު ދާކަށް ނެތެވެ.ޝާއިފް ގެ ފަސް މިސްކޯލާއި ދޮންތަ އާއި ޝިޔާރާ އަދި މަންހާގެ ކޯލުތައްވެސް ހުއްޓެވެ.މެސެޖުވެސް އައިސްފައިވާ ވަރުވެސް މަދެއްނޫނެވެ.
”ސާރާ .ސާރާ ފޯން ނުނެގީމަ ކަންނޭގެ .ޝާއިފް އެބައިން ތިން ފަހަރު ގުޅާފަ.ލޯބިވާ ކުދިން ދޯ”ނައިނާ ބުނެލިއެވެ.
“ހޫމް މަންޖެގެ ބިޓެއް ނެތީމަ އޭ ތިހެންތިކިޔަނީ . މަޑުކޮށްބަލަ މަންޖެއަށް ބިޓެއް ލިބޭ ދުވަސް އެއީ ސާރާގެ ދުވަސް.” ނައިނާއަށް ރައްދު ދިނުމަށް ފަހު ސާރާ ބެލްކަންޏަށް ފޯން ހިފައިގެން ނުކުމެ ދޮންތަމަނާއި ވާހަކަ ދައްކާލުމަށްފަހު ޝާއިފްއަށް ގުޅިއެވެ.ދެފަހަރަކު ރިންގު ވުމަށްފަހު ސާރާއަށް ހަލޯ އޭ ނުބުނެވެނީސް އެކޮޅުން ވާހަކަ ދައްކަން ފެށިއެވެ.
“އަޅެ ސާރާއަށް ޝާއިފް ގުޅައިފިން.ނައިނާއަށް ވެސް ގުޅިން .ދެމީހުންކުރެ އެކަކުވެސް ފޯނެއްނުނަގާ.އަދި ގޮއްސަ ސައްވީސް ގަޑިއިރު ނުވޭ.”ޝާއިފް ފައްޗަކަށް އަމުނާލިއެވެ.
“އެކަމު ސާރާވެސް ގުޅީމޭ ..ޝާއި އޭރު ބިޒީ ..ދެން ރޫމްގައި ފޯން ބާއްވާފައި ނުކުތީ ބޭރަށް ..މިތާ އުޅޭ ކުދިންނާއި ވާހަކަ ދައްކަން އިނީ.އޭރު ކަންނޭގެ ޝާއި ތިގުޅީ.”ސާރާ ބުނެލިއެވެ.
“ސާރާއަށް ސަޕްރައިޒްލިބުންތަ؟”ޝާއިފް ބުނެލިއެވެ.
“އަޅެ ކޮންސަޕްރައިޒް އެއްތަ؟”
“ހަމަ ތި އެޕާޓްމެންޓްގައި އުޅޭނެ ޝާއިފްގެ ކޮއްކޮ އެއް”އެބުނި ސަޕްރައިޒް އަކީ މީކަން ސާރާއަށް އެނގުނެވެ.
“މާލް ދޯ..ދިމާވި..ވަރަށް ހިތްހެޔޮ..”ސާރާއަށް ހީވީ އެއީ މާލް ކަމަށެވެ.”ނޫން މާލްއެއް ނޫން ކިޔާނީ …ހަޝްމާ ކިޔާނީ..ފެނުންތަ؟އެއީ ސަމީހައްތަގެ ދަރިފުޅު.”
ސަމީހާގެ ދަރިފުޅަކީ އޭނަ ފަދަ މީހެކޭ އެވަގުތު ސާރާގެ ހިތަށް އެރިއެވެ.
“ހޫމް . ދިމާވީ.ވަރަށް ނައިސް.” ސާރާ ހިތުގައި އޮތް އެތި ދުލާއި ހިސާބަށް ނުގެނައީ ކޮއްކޮއަކާއި ބޭބެއެއްގެ ދެމެދުގައި މައްސަލަ ތަކެއް ޖައްސަން ސާރާ ބޭނުން ނުވާތީއެވެ އެވެ.އިރުކޮޅަކު ވާހަކަ ދައެްކަން ތިބުމަށްފަހު ޝާއިފް ފޯން ބާއްވައިފިއެވެ.
****އަޅުގަނޑުގެ ވާހަކަ ލަސްވިކަމަށްޓަކައި އެންމެހައި
ި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.***
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Oooh I’ve been waiting for this story dear. No need to say sorry its ok. Vvvv salhi mi part es. Amazing. Fantastic. Marvellous. Superb. Excellent. Dhn mihen gos keedhaane kithanme echcheh es. Hama v salhi inge Maasha Allah. Keep it up darl. Waiting for the next part ????❤️❤️❤️❤️❤️❤️❤️❤️
alheyy thankyou so so so so <10000 much dhonthy..inshallah maadhama kiyaalan libeyne
Owwhh its ok…btw mi part vx hama varah varah reethi….speechless….???…masha allah…curiously waiting for the nxt part…lysm
thankyou for understanding dear..vvv ufaavejje kairaa dear ah mi part kamudhiyaeema..inshallah maadhma next part kiyaalan libeyne..lym
woooowww medamooo… vvv nice maasha allah… hama neh bunaane ehcheh vs.. whn nxt? curiously waiting for the nxt part… nd its ok nge mudharris…lysm
thankyou pijoo…maadhma next part kiyaalan libeyne inshallah..thankyou for understanding dharivaru..lym
Wow story varah Hama nice ingey. After a long time I have read the story. Oh I am so happy. When next?????❤❤❤❤??
alheyy thankyou..vv ufaavejje dear mi story kiyaakan enguneema..next part up kohlaafa innaanee
Seriously the and Jennie ❤️?????
thankyou.. you dont like tae and jennie?