އެދިއެދި ހޯދީމޭ…(3 ވަނަ ބައި)
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ.ދެނީ ވަރަށް މިލަ ހަނދުވަރެކެވެ.ފަޒީލް އިނީ ބޭރުގައި އިން ޖޯލިފަތީގައެވެ.އޭނާ ގުޅީ އިމްނާއަށެވެ.”ކީއްކުރަނީ ލޯބީ…..؟”. އިމްނާ ފޯން ނެގުމުން ފަޒީލް އެހިއެވެ.”ކަމެއް ނުކުރަން….ފޫހިވެގެން ހަމަ އޮތީ..ފަޒީލް ކީއްކުރަނީ؟”. އިމްނާވެސް އަހާލިއެވެ.”މި އިނީ ސިނގިރޭޓެއް ބޯލަން….ކީއްވެ ފޫހިވަނީ…ދާންވީތަ ތި ތަނަށް؟”.ފަޒީލްގެ އަޑުގައި މަސްތީ ރާގު ކޮންމެވެސް ވަރަކަށް ވެއެވެ.”ހޫނ…އާދެބަލަ.އެކަމަކު މިއޮތީ ކޮޓަރީގަ..”.އިމްނާ ބުނެލިއެވެ.”ދާންވީ…ދިޔައްޔާ ކޮޓަރިއަށް ވައްދާނަންތަ؟”.ފަޒީލް އެހިއެވެ.”އަނެއްކާ ދޮގެއް…އަންނާނެކަމެއް ނެތް”.އިމްނާ ބުންޏެވެ.
“މާ އަވަހަށް ދާންޖެހޭތީ ވަރަށް ފޫހިވެފަ މިހުރީ…ހިތަށް އަރާ ވަޒީފާއިން ކެނޑެން ވިއްޔޭ…ޗުއްޓީވެސް އިތުރުކުރެވޭކަށް ނެތޭ…”.ފަޒީލް ބުންޏެވެ.”ކޮން ދުވަހަކުން ދަނީ…”.އިމްނާ އެހިއެވެ.”މާދަން ނޫން އަނެއް ދުވަހުން…”.ފަޒީލް ބުންޏެވެ.”ސުހާ ކައިރި ބުނިންތަ ރަށްޓެހިވެގެން އުޅޭ ވާހަކަ؟…މި ދެ ދުވަހު ނާދޭ މިގެއަކަށް.މަށަށް ހީވަނީ އަދިވެސް މަ ދެކެ ރުޅި އައިސްފަ ހުރީހެން”.އިމްނާ ބުނެލިއެވެ.”އަހަރެން ނުބުނަން…އެގޮއްޔަ ހަބަރެއް މަށަކަށްވެސް ނުވޭ..ދެން އިމް ގުޅާބަލަ ސުހާއަށް…ކޮންމެވެސް އެކަކު ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރީމައެއްނު ރަނގަޅުވާނީ…”.ފަޒީލް ބުންޏެވެ.”ހޫމް…ވަރަށް ނިދި އަތުވެއްޖެ….ދެން ނިދަން އިނގޭ މި އުޅެނީ….”.އިމްނާ ބުނެލިއެވެ.”އޯކޭ ދެން ނިދާ….ގުޑްނައިޓް…ލަވްޔޫ…”.ފަޒީލް ބުނެލިއެވެ.”ލަވްޔޫޓޫ….މާދަން ގުޅާތި…”.މިހެން ބުނުމުން ފަޒީލް ފޯން ބޭއްވިއެވެ.
ހެނދުނުގެ ސައިބޯލާގެން ފަޒީލް ނުކުތީ ބަނދަރި މައްޗަށެވެ.ޝިޔާޒްވެސް ޖޯއްޔެއްގައި އިނެވެ.”ސައިބޮއިގެންތަ ތި އިނީ…”ފަޒީލް ސުވާލު ކުރިއެވެ.”ދެންމެ ސައިބޮއިގެން މިއައީ…ކަލޭވެސް ނިދިން ހޭލަނީކީ ނޫންވިއްޔަ… އާނ…ދެން މިހާރު ނިދާނީވެސް ލަހުންތާ ދޯ….”.ޝިޔާޒް ދިމާކޮށްލިއެވެ.ފަޒީލްވެސް ހިނިއައިސްފައި ބޯ ކަހާލިއެވެ.”އާނ…އަދި ތިއެއް ނޫނޭ…ދެންމެ އެ ގުޅީ އޮފީހުގެ ބޮސް..ބޮސް ބުނީ އޮފީހުގަ މަސައްކަތް މާ ގިނަވީމަ،އަވަހަށް އަންނަންވީއްނޫންހޯ…ދެން މަ ބުނިން މާދަން ދާ ވާހަކަ..”.ޝިޔާޒް ބުންޏެވެ.”ދެން ކީކޯ ބުނީ… މަގޭ ވާހަކަ އެހިތަ؟”.ފަޒީލް އަހާލިއެވެ.”އާނ..އެހި ކަލޭ ވާހަކަވެސް….މަބުނިން ކަލޭވެސް މަށާ އެކީ އައި ވާހަކަ”.ޝިޔާޒް ބުނެލިއެވެ.
“އޭއް މަބުނީ ހިނގާ މިއަދު ދާން….އެބައޮތޭ ޓިކެޓް ލިބެން…”.ޝިޔާޒް ބުނެލިއެވެ.”އައްދޭ…ހަމަދާންވީތަ؟؟؟”.ފަޒީލް އަހާލިއެވެ.”ކިހިނެއްވީ؟ ދާހިތް ނުވަނީ ދޯ”.ފަޒީލް ބުނެލިއެވެ.”އޯކޭ…ޝިޔާޒްއަށް ރަނގަޅު ގޮތެއް…”.ފަޒީލް ބުނެލިއެވެ.”މާދަން ދިޔައްޔާ ދާ ގޮތަށް އޮފީހަށް ނުކުންނަން ޖެހޭނީ…މިއަދު ދިޔައްޔާ މިރޭ އަހަރެމެންނަށް ފްރީ ވާނެއްނު”.ޝިޔާޒް ބުނެލިއެވެ.
ފަޒީލް ދިޔައީ ފުރުމުގެ ކުރިން އިމްނާއަށް ބައްދަލު ކޮށްލާށެވެ.ދިޔައިރު އިމްނާ އޮތީ ގޭދޮށް ކުނިކަހާށެވެ.ފަޒީލް ފެނުމުން އިލޮށިފަތި ބާއްވާފައި ފަޒީލް ކައިރިއަށް އަތުވެއްޖެއެވެ.”މިގަޑީގަ ކީއްކުރަން؟…މަންމަވެސް ގޭގަ އެބައުޅޭ…”.ވަރަށް ހާސްވެފައި އިމްނާ ވާހަކަ ދެއްކިއެވެ.”ފުރުމުގެ ކުރިން ދެކިލަން…މެންދުރުފަހުން ފުރަން މި އުޅެނީ…”.ފަޒީލް ބުނެލިއެވެ.”ހާދަ އަވަހަކަށް…”އިމްނާއަށް ރޮވުނެވެ.އަދި ދުވެފައި އައިސް ފަޒީލްގެ މޭމަތީ ބޯ އަޅާލިއެވެ.”ކީއްކުރާނީ…ދޯ…ޓިކެޓް އޯކޭ ވީމަ ދާންޖެހުނީ…”.ފަޒީލް ކިޔައިދިނެވެ.”ފަޒީލް!!!އަހަންނަށް ގުޅާތި…އަހަންނަކަށް ދެން ފަޒީލްއާއި ނުލައެއް ނޫޅެވޭނެ… ތިއީ މިހާރު އަހަރެންގެ ހުރިހާވެސް މީހަކީ..އަހަރެން ފަޒީލް ދެކެ ވަރަށް ލޯބިވޭ…”.އިމްނާ ވާހަކަ ދެއްކީ ރޮމުންނެވެ.”ދެން ނުރޮއި…އަހަރެން އިމްނާއަކަށް ދެރަ ގޮތެއް ނަހަދާނަން…އަހަރެންވެސް އިމް ދެކެ ވަރަށް ލޯބިވޭ…”.އިމްނާގެ ބޮލުގައި ފިރުމާލުމަށްފަހު ފަޒީލް ބުނެލިއެވެ.
ޢީދަށް ރަށަށް އަރައިތިބި ބީރަށްޓެހިންވެސް އެބައެއްގެ ރަށަށް ހިނގައްޖެއެވެ. ރަށުގެ ބޯޓުވެސް ފުރައިފިއެވެ. އެއާއެކު މުޅި ރަށަށް ވެރިވީ ފަޅުކަމެވެ.ހަވީރުގެ ފިނި ޖެހިލުމުން އިމްނާ ދިޔައީ ސުހާގެ ހަބަރެއް ނޫވާތިއާއި އެކު، އޭނާއާއި ބައްދަލު ކޮށްލާށެވެ.އަދި ދެމީހުންގެ މެދުގައި ޖެހިފައިވާ މައްސަލަ ހައްލުކުރަން ވާހަކަ ދައްކަންވެސް މެއެވެ.
އިމްނާ އެ ގެއަށް ދިޔައިރު ސުހާ އިނީ މަގުމަތީ ހުރި ޖޯލިފަތީގައެވެ. އިމްނާވެސް ގޮސް ޖޯލީގައި އިށީނެވެ. “އަހަރެންދެކެ ހިތްހަމަ ނުޖެހިފަދޯ….”.އިސްދަށަށް ޖަހައިގެން އިނދެ އިމްނާ ވާހަކަ ދެއްކިއެވެ.”ނޫން…ކީއްވެ ހިތްހަމަ ނުޖެހެންވީ…؟މި ދެ ދުވަހު އުޅުނީ ވަރަށް ބަލިކޮށޭ…”.ސުހާ ބުނެލިއެވެ.”މިއުޅެނީ ފަޒީލް ފުރީމަ ފޫހިވެގެން…”އިމްނާ ބުނެލިއެވެ.”ކީކޭ…ރަށްޓެހިވީތަ؟…ކޮންއިރަކު؟”.ސުހާ އަހާލިއެވެ.”އެއީ މީގެ ދުވަސް ކުރިން…އޮފީހުގަ މާ ގިނަ މަސައްކަތް ހުރީމަޔާ އެކު ޓިކެޓް ވެސް ލިބުނީމަ އަވަހަށް ދާން ޖެހުނީ…”އިމްނާ ކިޔައި ދިނެވެ.
އިރުކޮޅަކުން މީހަކު ފަހަތުން އިމްނާގެ އުނގަށް ވައްޓާލީ ފިނިފެންމަލެކެވެ.އަވަސް އަވަހަށް ފަހަތަށް ބަލާލިއެވެ.ފަހަތުގައި ހުރީ އުފެދުމުގައި ލޮލުގައި އަވަރުކަމެއް ހުންނަ އުމުރުން 45 އަހަރުގެ އިބްރާހީމެވެ.އޭނާ އަކީ ސިކުނޑި ހަމަ ނުޖެހޭ މީހެކެވެ. ރަށުގައި އޭނާ މަޝްހޫރުވެފައިވަނީ މޮޔަ އިބްރާހީމްގެ ނަމުންނެވެ.”އައްޗީ….ކަލޭތަ؟”.އިމްނާ ބުންޏެވެ.”އާނ..މަގޭ…މަށަށް ވިއްޔާ އިމްނާއަށް ފިނފެންމާ ނުދެވެނީތަ؟”.އިބްރާހީމް އަހާލިއެވެ. “ކަލެއަށް ކިހިނެއްވެގެންތަ ތިއުޅެނީ…މާ ކަންތައް ބޮޑުވަންޏާ ފުލުހުންނަށް އަންގަފާނަން…ވަރަށް ފޫހިވޭ…”.އިމްނާ ބުނެލިއެވެ.
މަންޖޭ…ހާދަ މޮޅޭ ދޯ ނަށަން… އިމްނާ މަށާ އިންނަންވީނު”.އިބްރާހީމް އަހާލިއެވެ.ސުހާވެސް ހީލިއެވެ.”އޭ މޮޔައާ….މަ މިހާރު ބިޓެއް ހުރެޔޭ…މަގޭ އިންނާނެތަ ތިކަހަލަ ގަމާރަކާ….އަހަރެން ނޫޅެން ކަލެއާ އިންނާކަށް.”.މިހެން ބުނެފައި އިމްނާ ހިނގައިގަތީ ގެއަށް ދިޔުމަށެވެ.
މާލެ ގޮސް ފުރަތަމަވެސް ފަޒީލް ގުޅީ އިމްނާއަށެވެ.”ހަމަ ދެންމެ މިއައީ ގެއަށް..”.ފަޒީލް ބުންޏެވެ.”އެހެންތަ… ދެން ދޭ ފެންވަރަން….”.އިމްނާ ބުންޏެވެ.”ވަރެއް ނެތް…އަންނަންވީނު ފެން ވަރުވާދޭން…”.ކުޑަ ކުއްޖެއް ފަދައިން ފަޒީލް ބުނެލިއެވެ.”ބޭބީ ގަނޑާ….ދައްތަ އަތް ހުރީ ހަލާކު ވެފައޭ….ސައިބޯނި އެޅިއްޖެއްޔާ ވަރަށް ދިލަ ނަގާނެ…ދެން އަމިއްލައަށް ފެން ވަރާލާ އިނގޭ….”.އިމްނާ މަޖާ ކޮށްލިއެވެ.ފަޒީލް ފޯން ބޭއްވީ ފެންވަރަން ދާން ވެގެންނެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ.ފަޒީލް އާއި އިމްނާގެ ލޯބިވެސް ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ވަރުގަދަ ވަމުންނެވެ.ފަޒީލް އަބަދުވެސް އިމްނާއަށް ގުޅައެވެ.އިމްނާގެ ހާލު ބަލައެވެ.އަދި މިހާރަކަށް އައިސް އިމްނާއަށް ބޭނުން ބައެއް ތަކެތި ފަޒީލް ފޮނުވާވެސް ދެއެވެ.އިމްނާގެ މަންމަވެސް އިމްނާ ފަޒީލްއާއި ކައިވެނި ކުރަން ވަރަށް ޤަބޫލެވެ.
އާދައިގެމަތިން ފަޒީލް އޮފީހަށް ދިޔައެވެ.ޝިޔާޒްވެސް އޮފީހުގައި އުޅެއެވެ.އިރުކޮޅަކުން ޝިޔާޒްގެ ފޯނަށް ފޯނެއް އައެވެ.ފޯނުގެ ސްކްރީންގައި އިނީ ސުހާގެ ނަމެވެ.”ޝިޔާޒް…އެއްކަލަ ސުހާ އެބަ ގުޅާ…”ފަޒީލް މިހެން ބުނުމުން ޝިޔާޒް އައިސް ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.ފަޒީލްއަށް ކަމެއް ޝައްކު ކުރެވެން ފެށުނެވެ.”އޭއް ކަމެއްތަ؟….އަހަރެމެން ކައިރިވެސް ބުނެލައިގެން އުޅޭ…..”.ފޯން ބޭއްވުމުން ފަޒީލް ބުނެލިއެވެ. “އަދި މާ ގިނަ ދުވަހެއް ނުވޭ….އެހަކަށް ދުވަހު ރަށްޓެހިވީ….”.ޝިޔާޒް ބުނެލިއެވެ.”ހާދަ ވަގޭ ދޯ….”.ފަޒީލް ދިމާކޮށްލިއެވެ.ޝިޔާޒް ހީލިއެވެ.
އޮފީހުގެ ބުރަ މަސައްކަތުން އަވަދި ވެލުމަށްފަހު ފަޒީލް ދިޔައީ ކޮފީއަކަށެވެ.އިމްނާގެ ލޯބި އަޑު އަހާލަން އޭނާ ބޭނުންވިއެވެ.މަސައްކަތުގައި އުޅޭ ވަގުތު ތަކުގައި އިމްނާއަށް ގުޅާލާ ވާހަކަ ދައްކާލަން ވަގުތު ލިބެނީ ވަރަށް މަދުންނެވެ.
“ހަލޯ…ކައިފިންތަ ލޯބީ؟”.ފަޒީލް އަހާލިއެވެ.”އަދި ނުކަން…ފަޒީލް ކައިފިންތަ؟”.އިމްނާވެސް އަހާލިއެވެ.”ދޫނި ނުކައި ހުރިކަން އެނގޭތީ އަހަރެންވެސް އަދި ނުކަން…”.ފަޒީލް ސަމާސާ ކޮށްލިއެވެ.”އިމްއަށް އެނގޭތަ އެއްކަލަ ޝިޔާޒް، ސުހާއާއި ރަށްޓެހިވެގެން އުޅޭކަން….”.ފަޒީލް އަހާލިއެވެ.”ކީކޭ…ކޮންއިރަކު އޭނަ ރަށްޓެހިވީ….އެކަމަކު މަށަށް ހީވަނީ ސުހާގެ ބިޓެއް ހުންނަހެން..”.އިމްނާ ބުނެލިއެވެ.”ނޫނެކޭ…ޝިޔާޒްވެސް އެއްބަސްވެއްޖެ…ބުނި ވަރަށް އަވަހަށް މެރީ ކުރާ ވާހަކަވެސް..”.ފަޒީލް ބުންޏެވެ.”އެހެންތަ؟..ދެން ރަނގަޅުތާދޯ…ފަޒީލް މެރީ ކުރާކަށް ނުވިސްނަންތަ؟”.އިމްނާ އަހާލިއެވެ.”ނުވިސްނަނީކީ ނޫން…އަދި އެކަމަކު ދުވަސްކޮޅަކުން…”.ފަޒީލް ބުނެލިއެވެ. “ތި ދުވަހެއް އަންނާނެބާ…. އަހަރެން ބޭނުމީ އަވަހަށް މޭރީ ކުރަން”.އިމްނާ ބުނެލިއެވެ.”އަހަރެންވެސް ބޭނުމޭ އަވަހަށް މެރީ ކުރަން…މެރީ ކޮށްގެން ދަރިޔަކު ހޯދަން އަހަރެންވެސް ވަރަށް ބޭނުމޭ…”.ފަޒީލް ބުންޏެވެ.”އަޅެ ދެން އުޅެބަލަ އަވަހަށް މެރީ ކުރަން…”.އަނެއްކާވެސް އިމްނާ ބުނެލިއެވެ.”ކޮފީއަކަށް އައިސް މި ގުޅާލީ…. އަނެއްކާވެސް މިދަނީ އޮފީހަށް ދާން…ޑިއުޓީ ނިންމާފަ ދެން ގުޅާލެވޭނީ…ލަވްޔޫ..”.މިހެން ބުނެފައި ފަޒީލް ފޯން ބޭއްވިއެވެ.
“އައްސަލާމަލައިކުމް”.ސުހާމެންގެ ގޭގެ ދޮރުމައްޗަށް އެރުމަށްފަހު އިމްނާ ގޮވާލިއެވެ.
“ވައަލައިކުމުއްސަލާމް…”.ގޭތެރޭގައި ހުރެފައި ސުހާ ވަރަށް ބާރަށް ބުނެލިއެވެ.”އަނހާ….އިމްނާ ކީއްކުރަން؟”. ސުހާ އަހާލިއެވެ.”ކަމެއްކުރާކަށް ނޫން…އާދެބަލަ މިތާ ބޭރު ޖޯލިފައްޗަށް ވާހަކަ ދައްކާލަން”.އިމްނާ ބުނެލިއެވެ. “ވާހަކައެއް އަޑު އަހާފީމޭ….”.ޖޯއްޔެއްގައި އިށީންނަމުން އިމްނާ ބުނެލިއެވެ.”ކޮން ވާހަކައެއްބާ؟؟”. ހިނިއައިސްފައި ސުހާ ބުނެލިއެވެ.”ސުހާ މީހަކާ ރަށްޓެހިވެގެން އުޅޭ ވާހަކަ….މީނަ މަގޭ ކައިރި ބުނެވެސް ނުލައޭ….”.އިމްނާ ބުނެލިއެވެ.”ފަޒީލްދޯ ބުނީ…ޝިޔާޒްބުންޏޭ ފަޒީލްއަށް އެނގުން ވާހަކަ…އަދި މާ ގިނަ ދުވަހެއް ނުވެޔޭ ރަށްޓެހިވި ފަހުންނެއް”. ސުހާ ބުނެލިއެވެ.”ފަޒީލް ބުނި،ޝިޔާޒް ބުންޏޯ ވަރަށް އަވަހަށް މެރީ ކުރާނަމޭ…އެއީ ތެދެއްތަ؟”. އިމްނާ އަހާލިއެވެ.”އާނ..އޭނަ ބޭނުމީ އަވަހަށް މެރީ ކުރާށޯ….އެކަމު އަދި އެހާ ކައިވެނި ކުރާ ހިތެއް މަށެއް ނުވޭ…އިމްނާމެން ކައިވެނި ކުރަނީ ކޮންދުހުކުންތަ؟”.ސުހާ އަހާލިއެވެ.”އަހަރެމެންވެސް ދެން ވަރަށް އަވަހަށް..”.އިމްނާ ބުނެލިއެވެ.
އިރުއޮއްސެން އުޅުމާއެކު އިމްނާ ހިނގައިގަތީ ގެއަށް ދިޔުމަށެވެ.ގޯޅިއެއްގެ ތެރޭން ނުކުތީ އެއްކަލަ މޮޔަ އިބްރާހީމެވެ.”އިމްނާ…މަންޖޭ..”.އިބްރާހީމް ގޮވާލިއެވެ.އިމްނާ އަނގައިންވެސް ނުބުނެ ހިނގަމުން ދިޔައީއެވެ. އިމްނާގެ ފަހަތުން އިބްރާހީމްވެސް ހިނގައިގަތެވެ.”މަންޖޭ…ދެން މަށާ އިންނަން ވީނު”. އިބްރާހީމް ބުނެލިއެވެ. “މިހެރަ މޮޔައާ!!!މީދެން ކިހާ ބޮޑުކަމެއް.. މަ އިންނާނެތަ ބޮޑު މުސްކުޅިއަކާ….އަދި އެވެސް ތަނަކުހުރި ގަމާރެއް…އަހަރެން ނޫޅެން މޮޔަވެގެންނެއް..އަހަރެން މިއުޅެނީ ވަރަށް އަވަހަށް މީހަކާ އިންނަން..”.އިމްނާ ވަރަށް ބާރަށް ބުނެލިއެވެ.
*********************
5 މަސް ފަސް…
ކައިވެނި ކޮށްގެން ކޯޓުން ނުކުތުމާއެކު ފުރަތަމަވެސް އިމްނާއަށާއި ފަޒީލްއަށް މަރުހަބާކީ ސުހާއާއި އިމްނާގެ މަންމައެވެ.އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަ ޖެހުމާއި އުފާވެރިކަމެވެ.ވަރަށް އުފަލުން އިމްނާ އައިސް އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ.”އަހަރެން އެންމެ ދެރަވަނީ މިކަހަލަ އުފާވެރި ދުވަހެއްގަ އަހަރެންގެ ބައްޕަ ދުނިޔޭގަ ނެތީމަ”.މަންމަގެ މޭ މަތީ ބޯ އަޅާލައިގެން އޮވެ އިމްނާ ބުނެލިއެވެ”ދަރިފުޅާ…ދެން މިކަހަލަ ވަގުތެއްގަ ތިވާހަކަ ނުދައްކާ”.އިމްނާގެ މަންމައަށް ރޮވުނެވެ.
ދުވަހުގެ ހަވީރުގެ ވަގުތެވެ. ސުހާ ދިޔައީ އިމްނާ ކައިރިއަށެވެ.”ދައްތާ ކޮބާ އިމްނާ..؟”.ސުހާ އަހާލިއެވެ.”އެބަ އުޅޭ ކޮޓަރީގަ…ސުހާ!..އާދޭ ބަތްކާން…”.އިމްނާގެ މަންމަ ބުނެލިއެވެ.”ނޫން…ދެންމެ ކައިގެން މިއައީ…”.މިހެން ބުނެފައި ސުހާ ގޮސް އިމްނާގެ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ.”ކާކު…މަޑުކުރޭ މިހުޅުވަނީ…”.އެތެރޭން އިމްނާ ވާހަކަ ދެއްކިއެވެ.”މާށޭ…ސުހާއޭ….”.ސުހާ ބުނެލިއެވެ.”ކީއްކުރަން…ކަމަކުތަ؟”. ދޮރުހުޅުވާލުމަށްފަހު އިމްނާ އަހާލިއެވެ.”ކަމަކު ނޫން…ހަމަ އައިސްލީ..”.ސުހާ ބުނެލިއެވެ.”ވަދޭ އެތެރެއަށް..”.ސުހާ ވަނުމުން އިމްނާ ދޮރު ލެއްޕިއެވެ.”ސުހާ ވަރަށް ކަޑަ ވަގުތެއްގަ ތި އައީ…”.އެނދުގައި އޮށޯވެގެން އޮތް ފަޒީލް ބުނެލިއެވެ.”ދެން ތިބީ ސުހާމެން…ތި މީހުން ކޮންދުހުކުންތަ މެރީ ކުރަނީ…”.އިމްނާ އަހާލިއެވެ.”ވަރަށް އަވަހަށް މެރީ ކުރާނަން..”.ސުހާ ބުނެލިއެވެ. “ޝިޔާޒް އުޅުން ވަރަށް އަންނަ ހިތުން….ޗުއްޓީ ނުލިބުނީ…”.ފަޒީލް ބުންޏެވެ.”އާނ…ވަރަށް އަންނަ ހިތުން އުޅުނީ….”.ސުހާ ބުނެލިއެވެ.”އަހަރެމެން މި އުޅެނީ މާލެ ބަދަލުވާން….”.އިމްނާ ބުނެލިއެވެ.”ކީކޭ…މަންމަ ބަހައްޓާފަތަ؟”.ސުހާ އަހާލިއެވެ.”އާނ… މަންމަ އޯކޭ ވާނެ..”.އިމްނާ ބުނެލިއެވެ.
4 Comments!
Comments are closed.

Salhi ingey. Waiting.. ……… …
foohi
V v v reethi.. Waiting for next part.. Avaha up kureyy……
alhe dho dhn my koacheh tha? v kiyaa hithun kiyany but vvvvv foohi mi vaahaka. please thankolheh rythi kohlaba mi vaahaka yaqyn eyrun v rythi vaane kan. wish gud luck.. 🙂