ރޭގަނޑުގެ އަނދިރިކަން ވަދާޢުގެ ސަލާމް ކުރުމަށްފަހު އާދުވަހަކަށް މަރުޙަބާކިޔައިފިއެވެ. ކޮންމެ ދުވަހަކީވެސް މަސައްކަތްތައް ފުނިޖެހިފައިވާ ދުވަހެއްކަމުން، ކޮންމެ މީހަކުވެސް އެމީހެއްގެ މަސްއޫލިއްޔަތާގެން އަވަސްވެގަތެވެ. އާއެކެވެ. ތޮއްޖެހިފައިވާ މާލެއަކީ އަބަދުވެސް ހަލަބޮލިމާހައުލެކެވެ. ކޮންމެމީހަކާވެސް އެމީހަކާހަވާލުވެފައިވާ ޒިންމާތަކެއްވެއެވެ. އާއެކެވެ. އީޝަލްއަކީވެސް މިފަދަ ޒުވާނެކެވެ. އަރައިންގެންއައި އިރުގެ ދޯދިތައް ފަރުދާ ކަހާލެވިފައިވާ ކުޑަދޮރުން ފޭދިގެން އައިސް އީޝަލްގެ މޫނަށް އެޅިފައިވެއެވެ. ދޮރު ހުޅުވާލައިފައި އާލިޔާ ކޮޓަރިއަށް ވަނުމަށްފަހު ދޮންތާއޭ ކިޔާ ދެތިން ފަހަރު ގޮވާލުމުންވެސް އީޝަލް ހަމަ އެއޮތްގޮތަށް އޮތީއެވެ.
“ދޮންތާ! އަވަހަށް ތެދުވޭ!” އީޝަލް ބައްދާލައިގެން އޮތް ބާލިސް ނަގަމުން އާލިޔާ ބުންޏެވެ. “ގަޑިން މިހާރު ކިހާވަރެއް؟” ކޮޓަރީގެ ހަތަރު ފަރާތަށް ނަޒަރު ހިންގަމުން އީޝަލްގެ ހޭވިފައިވާ އިސްތަށިގަނޑު ވޫލް ކޮޅަކުން އައްސާލަމުން ބުނެލިއެވެ. “މިހާރު 8:30 ވަނީ” ސުކޫލު ދަބަހަށް ފޮތްތައް އަޅަމުން އާލިޔާ ޖަވާބުދިނެވެ.
އީޝާލް ކޮލެޖަށް ދާން ރެޑީވުމަށްޓަކައި އަލަމާރިން ހެދުމެއް ނެގިއެވެ. “ވާއު މީތި ހާދަ ސަޅީއޭ” އާލިޔާގެ ނަޒަރު ކޮޓަރީގައި މޭޒުގައި އޮތްފޮތެއްގައި ކުރަހާފައިވާ ފެހިކުލައިގެ ހެދުން ފެނިފައިވާ އާލިޔާ ބުންޏެވެ.
“ދޮންތަ މުޅިރޭ އެއްކޮށް، ތިކުރެހުމަށް ހޭލާ އުޅުނީ” އެފޮތާ ދިމާއަށް ބަލަމުން ކުރެވުނު މަސައްކަތާއި މެދު ހިތްހަމަޖެހިފައިހުރި ގޮތަކަށް އީޝަލް ބުންޏެވެ. އަވަހަށް ހެދުން ލައިގެން ރެޑީވޭ! ހެނދުނުގެ ނާސްތާ އެހެރީ ރެޑީގަ! ސުކޫލު ދަބަސް ހިފައިގެން ކޮޓަރިން ނިކުންނަމުން އާލިޔާ ބުނެލިއެވެ.
“އަހަ ސޮސެޖް ހަނާކޮށްފަތަ؟” ކާގެއަށް ވަންނަމުން އީޝަލް ބުނެލިއެވެ. “ކުރިން ހުރި އެކަމު މިހާރު ނެތް” ޖޯޑަށް ސައި އަޅަމުން އާލިޔާ ބުންޏެވެ. ދޮރުލައްޕާ އަޑު އިވުމުން އީޝާލް ކުޑަދޮރުން ބަލާލިއިރު އޭނާގެ މަންމާއި، ދޮންބެ ގެއިން ނިކުންނަނީއެވެ. އެދިމާއަށް ކުޑައިރުކޮޅަކު ނަޒަރު ހުއްޓާލުމަށްފަހު އާލިޔާއާއި ދިމާއަށް ބުންޏެވެ. “ސޮސެޖް ނުލާ ސޯސްކޮޅު އެކަނިވެސް މީރުވާނެ” މިހެންކިޔާ ބާކީ އިން އެންމެ ރޮށްޓެއް ނަގާ ދެފަޅިކޮށްލުމަށްފަހު އާލިޔާއަށް ރޮށީގެ އެއްފަޅު ދިނެވެ. ދެކުދިންވެސް ހެނދުނުގެ ނާސްތާއަށް އިންސާފުކޮށް ނިންމާލީ އަވަސް އަވަސްކޮށްލައިގެންނެވެ. އެއަށްފަހު ދެމީހުން އެކުއެކީގައި އަވަސްއަވަހަށް ގެއިން ބޭރަށް ނިކުތެވެ. “އާލިޔާ މަޑުކޮށްބަލަ” މިހެން ކިޔާ އީޝަލް އޭނާގެ ޕާރސް ނަގާ ހާވަން ފެށިއެވެ. “މިވަރުން ވާނެތަ؟” އީޝާލްގެ އަތުގައި އޮތް ހަމައެކަނި 30 ރުފިޔާ ނަގަމުން އީޝަލް ބުންޏެވެ. ” ދޮންތައެއް ބޭނުމެއް ނުވާނެތަ؟ އާލިޔާ އީޝަލްގެ މޫނަށް ބަލާލަމުން ސުވާލުކޮށްލިއެވެ. “ދޮންތައާއިމެދު ނުވިސްނާ މިހިފައިގެންދޭ.” އާލިޔާގެ އަތަށް އީޝަލް 30 ރުފިޔާ ލައިދެމުން ބުންޏެވެ. “އަވަހަށްދޭ! ބަސްއަހާގެން ކިޔަވާތި!” އާލިޔާގެ ގައިގައި ބައްދާލަމުން އީޝަލް ބުންލިއެވެ.
“މަންމާ! ކިހިނެތްތަ މިހިރީ ގަމިސް ދޮވެފަ؟ ކޮންމެވެސް ވަހެއް އެބަދުވާ.” އީޝަލްގެ ދޮންބެ ރިދްވާން ގަމީހުގައި ވަސް ގަންނަމުން ބުނެލިއެވެ.”އަސްލުވެސްތަ ދަރިފުޅާ؟ އެކަމު ވަރަށް ރީއްޗަށް ހުންނާނެ ދޮވެފަ!” ރިދްވާންގެ މަންމަ ހުމޭރާވެސް ރިދްވާނުގެ ގަމީހުގެ ވަސް ބަލާލުމަށްފަހު ބުނެލިއެވެ.
އީޝަލްގެ މަންމައާއި ދޮންބެ ރިދްވާން މަގުމަތީގައި ޓެކްސީއެއްގެ އިންތިޒާރުގައި ތިބިތަން ފެނިފާ އީޝަލް ބާރަށް ދުވެލާފައި އެމީހުންނާއި ދިމާއަށް ދިޔައެވެ. “މަންމާ! ދޮންބޭ!” އެދެމީހުންގެ ކުރިމަތީގައި ހުއްޓުމަށްފަހު އަވަސް އަވަހަށް ނޭވަލުމުން ވާހަކައިގައި ތިބި ރިދްވާނަށާޢި ހުމޭރާއަށް އީޝަލް ގޮވާލިއެވެ. “ކީކޭ؟” ބީރެއްޓެއްސަކާއި ދިމާއަށް ބަލާލާފަދަ ގޮތަކަށް އީޝަލްއާއި ދިމާއަށް ބަލާލުމާށްފަހު ހުމޭރާ ބުންޏެވެ. “މަންމާ އަހަރެންގެ އަތުގަ އެއްވެސް ރުފިޔާއެއް މިވަގުތު ނެތް!” ކުޑަކޮށް ހާސް ކަމެއްގައި ހުރި އީޝަލް ބުނެލިއެވެ. “ތިއޮތް އައީ ޓެކްސީ” މިހެން ކިޔާ އީޝަލް ބުނި ވާހަކައަށް ބީރުކަންފަތެއް ދިނުމަށްފަހު ހުމޭރާ ޓެކްސީއަށް އެރިއެވެ.
“ޓެކްސީއަށް ވާވަރަށް ރުފިޔާއެއްދިނަސް ރަނގަޅުވާނެ ދޮންބޭ!!” ފެންކަޅިވެފައިވާ އީޝަލް ރިދްވާނަށް ބަލާލަމުން އާދޭސް ކުރާފަދަ ގޮތަކަށް ބުނެލިއެވެ. ” ރޭގަ ގައިމު ވަރަށް އަނގައެއް އޮތެއްނު! އަހަރެން ބޭރަށް ނިކުތް ވާހަކަ ބައްޕަ ގާތު ނުބުނާށޭ ބުނީމަވެސް ބުނީނު! މީހާރު ކިހިނެއްވީ؟ ތި ކޮލެޖެ ދޫކޮށްލާފަ ޖޮބެއް ހޯދަބަލަ އީޝަލް. އަހަރެމެންގެ ގެއަށް ބޭނުންވަނީ ޑިޕްލޮމާއެއް ނޫން ކާއެއްޗެހި! ރިދްވާން އެއްފައްޗަކަށް ވާހަކަތައް އަމުނާލިއެވެ. “ޝުކުރިއްޔާ ދޮންބޭ” ހަމައެކަނި މިހެން ބުނުމަށްފަހު އީޝަލް އެތަނުންދިޔައެވެ. “ކުރިން ބުނީ ކިޔަވާނީ އަހަރެން މަސައްކަތްކުރަމުންނޭ! ކިހެނެއްވީ މިހާރު! މިހާރު މިއީ އެވަގުތަކީ.” އީޝަލްއަށް އަޑު އިވޭވަރަށް ބާރަށް ރިދްވާން ބުނެލިއެވެ. އީޝަލް ފަސްއެނބުރި ބެލުމެއްނެތި އަޑުނީވޭކަމަށް ހަދާ ހިނގުން އަވަސް ކޮށްލިއެވެ.
އީޝަލްގެ އުމުރުން ހަނދާން ހުންނަ ހިސާބުން ފެށިގެންވެސް އޭނާގެ މަންމަ އޭނާއާއި އާލިޔާއަށް ވުރެ ބޮޑަށް ލޯބިވާނީ އަދި އަޅާލާނީ އީޝަލްއަށްވުރެ 2 އަހަރުން ދޮށީ ރިދްވާނަށެވެ. ރިދްވާނަކީ އޭނާގެ މަންމައަށް ލިބިފައިވާ ހުރި ރަންކޮޅެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އީޝަލްގެ އުމުރުން މިހާރު 22 އަހަރުވީއެވެ. ނަމަވެސް އޭނާގެ ގައިގައި އޭނާގެ މަންމަ އެންމެފަހުން ލޯބިން ދަރިފުޅާއޭ ކިޔާ ބައްދާލި ދުވަހެއް ހަނދާނެއް ނެތެވެ. އެއާއިޚިލާފަށް އީޝަލްގެ ބައްޕަ ފާރިޝް އޭނާގެ ތިން ދަރިން ދެކެވެސް އެއްވަރަކަށް ލޯބިވާނެއެވެ. އީޝަލްގެ ބައްޕަ ގޭގައި އުޅޭނީ ވަރަށް މަދު ފަހަރަކުއެވެ. ގިނައިން އުޅޭނީ ކޮންސްޓަރަކްޝަން މަސައްކަތުގައި ގެއިން ބޭރުގައެވެ. މަންމަގެ މަސައްކަތަކީ ގޭގެއަށް ގޮސް ގޭގެގެ ސާފުކުރުމެވެ. މިކަމުން އެހާ ބޮޑު އާމްދަނީއެއް ނުލިބުނަސް ފާރިޝްގެ މަސައްކަތުން ގެޔަށް ކާއެތިކޮޅެއް ލިބޭވަރަށް ކިރިޔާ ފުއްދާލެވެއެވެ.
ރިދްވާންއަކީ އެއްވެސް މަސައްކަތެއް ނެތި އަބަދު ބޭރުގައި ދުވާ މީހެކެވެ. އީޝަލްގެ އާއިލާއަކީ މެދު ފަންތީގެ ކުޑަ ކުޑަ އާއިލާއެކެވެ. 17 އަހަރުގެ އާލިޔާ ކޮއްކޮގެ ގިނަ ކަންތައްތައް އަމިއްލަ ދަރިއެއް ފަދައިން ބަލަނީ އީޝަލްއެވެ. އީޝަލްއަކީ އެއްވެސް ގޮތެއްގައި އުއްމީދު ކަނޑާލާ ކުއްޖެއްނޫނެވެ. ނުހަނު ހިތްވަރާއެކުމަސައްކަތްކުރާ، ނުގުޑާފަދައަޒުމެއްގެވެރި އަންހެންކުއްޖެކެވެ.
މަގުމަތީގައި ހިނގަމުން ދިޔަ އީޝަލްގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުންދެވެ. އެރީތި ދެލޯވަނީ ރަތްވެފައެވެ. އީޝަލްގެ އެއްއަތުން ފޮތްތައް ހިފައިގެން ހުރެ އަދި އަނެއް އަތުގެ ނުފުށުންކަރުނަތައް ފޮހެމުންދެއެވެ. އީޝަލް ލައިގެން ހުރި މަޑު ނޫކުލައިގެ ޖެކެޓުގެ ޖީބުން ރުމާލެއް ނެގިއެވެ. ރުމާ ނެގިއިރު ރުމާލާއިއެކު 50 ރުފިޔާވެސް ޖީބުން ނެގުނެވެ. އީޝަލްއަށް ޖީބުގައި 50 ރުފިޔާއިން ކަމެއް ނޭނގެއެވެ. ބައްޕަގެ ކަމެއްކަން އެނގި އެރީތި ދޮން މޫނަށް އުޖާލާކަން ވެރިވެގެންދިޔައެވެ. ރުފިޔާ އަތަށްލާ ބާރުކޮށްލުމަށްފަހު ﷲ އަށް ހިތާހިތުން ޝުކުރުކުރިއެވެ. އަދި ގަޑި ޖެހޭތީ އަވަހަށް ޓެކްސީއެއް ހޯދުމަށްފަހު ކޮލެޖަށް ދާން އަވަސްވެގަތެވެ.
އެވަރުންވެސް އީޝަލްއަށް ކުލާހަށް ދެވުނީ ކުދިންތައް ކުލާހުން ނިކުންނަނިކޮށެވެ. ޓީޗަރު ގާތުން މަޢާފަށް އެދުމަށްފަހު އީޝަލް ކުރެހި ހެދުމުގެ ޑިސައިން ޓީޗާރާ ހަވާލުކުރުމަށްފަހު ކުލާހުން ނިކުމެގެންދިޔައެވެ. “ސަރ އެއްޗެކޭ ބުނިތަ؟” ހޯލްތެރޭގައި އީޝަލްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރި ނަތާ ސުވާލުކޮށްލިއެވެ. އެކުރެހުން ހަވާލު ކުރާށޭ ބުނީ.. ދެން އިތުރު އެއްޗެކޭ ނުބުނެ.” ކޮޑުގައި އަޅުވާފައިވާ ދަބަސް ރީތިކޮށްލަމުން އީޝަލް ބުންޏެވެ.
“ތިހެންވީރު ރަނގަޅު. 2 ގަޑިއިރުގެ ބުރޭކެއްނުމީ. ހިނގާ ރަސްފަންނަށް ގޮސްލަމާ!” ނަތާ ބުނެލިއެވެ. “ނުދެވޭނެ. އަހަރެން އެބަ ޖެހޭ ޕާޓް ޓައިމް ޖޮބެއް ލިބޭތޯ ބަލަން” އީޝަލް ކިތަންމެ ދާން ބޭނަމަސް ޖޮބެއް ލިބޭތޯ ބަލަން އެބަޖެހެއެވެ. ” ކޮލެޖް ބޭރުގަހުރި ބޯޑްގައި ޕާޓް ޓައިމް ޖޮބްތައް ބަލައިންފިންތަ؟” ނަތާ އީޝަލް ޖޮބެއް ހޯދަން އުޅޭކަން އެގުމުން އަވަހަށް ބުނެލިއެވެ. އީޝަލް ބޯހުރާލީ ނުބަލަމޭ ބުނުމުގެ ގޮތުންނެވެ. ނަތާ އެތަން ބަލާލަން ދާން ހިނގާށޭ ބުނުމުން އީޝަލްވެސް ނަތާ އެކު ޖޮބެއް ލިބޭނެކަމުގެ އުއްމީދުގައި ދިޔައެވެ.
ނަތާ އެތާ ދުރުގައި މަޑުކޮށްފައި އީޝަލް އެތާހުރި ދެފަރާތްފެންނަ ގޮތަށް ހުރި ބިއްލޫރި ބޯޑުގައި ތަތްކޮށްފައި އެއްޖެހިތައް ކިޔަންދިޔައެވެ. އީޝަލް ފަހަރަކު ގަޑަކަށް ނަޒަރު ހިންގަމުން ދިޔައެވެ. މިހެންގޮސް އޭނާގެ ނަޒަރު ހުއްޓުނީ ބިއްލޫރު ބޯޑުގެ އަނެއް ފަރާތުގައި ހުރި ޒުވާން ފިރިހެނަކަށެވެ. އެބޯޑުގައި ގަނޑުތައް ތައްކޮށްފައި ހުރުމުން އީޝަލްއަށް ފެންނަނީގެ އެނާގެ މޫނުގެ އެއްބައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.



Dhevana bayah inthizaaru kuran…varah furihama vaahaka ♥️
Thankyou ❤️
Varah salhi. When next part up kurany?
Thanks ❤️
Soon ?
Thanks❤️
Soon?
V riythi mi vaahaka. Whn is next. Week ge kon days thakehga tha up vaaniy any schedule…
Waiting for the next
Thanks❤️
Next part tonight inshallah
Nice story
MEE TURKISH SERIES ZEMHERI DHO