ކަޝްފު 12 (ފަހުބައި)
މޭޒުމަތީގައި އޮތް ވަޅިނެގުމަށްފަހު ޝަޒިންއެއަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު ޝަޒިން ވަޅިހިފައިގެން ހިނގައިގަތެވެ. އިސްޖަހައިގެން ހުރި ޝަޒިންގެ ނަޒަރު ހުއްޓިފައިވަނީ ތިރިއަށްށެވެ. އަތުގައި އޮތްވަޅިނަގައި އެއްވެސް ޖެހިލުމެއްނެތި ކުރިމަތީގައި އޮތް ޗޮކޮލެޓް ކޭކަށް ހަރާލިއެވެ. މަޑުމަޑުން ކޭކުފަޅަމުންދިޔަ ޝަޒިންގެ ތައްޔާރުވަމުން ދިޔައީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޒީނިޔާގެ ކައިވެނި ޕާޓީއަށްށެވެ. މޭޒުމަތީގައި އެކި ބާވަތްތަކުގެ ފޮނިކާތަކެތި އަތުރާލާފައިވެއެވެ. ދިމްނާއާއި ޒާހިދާވެގެން ޕާޓީއަށް ފޮނިކާއެއްޗެހި ތައްޔާރު ކުރަމުން ދިޔައިރު ޝަޒިން ދިޔައީ އެތަކެތި ބަންދުކުރަމުންނެވެ.
“ހެލޯ ލިޓިލް ސިސް” ކަންފަތުގެއި ޖެހުނުއަޑުން ޝަޒިން ސިއްސައިގެން ގޮސް އަތުގައި އޮތްވަޅި ބިއްމައްޗަށް ވެއްޓުނެވެ. ކުރިމަތީގައި ހުރި ދާނިޝް ތިރިވެ ވަޅިނަގައި މޭޒުމަތީގައި ބޭއްވިއެވެ. ރިސޯޓަށް ގޮސް އަވީގައި އުޅުމުގެ ސަބަބުން އިސްތަށިގަނޑަށް މަޑު ރަންކުލައެއް އަރާފައިވާއިރު މީހާ ވަނީ ކޮންމެވެސް ވަރަކަށް ކަޅުވެލާފައެވެ. “މިސްޑް މީ” ދާނިޝް ލާނެއްފާޑަކަށް އެއްފަރާތަށް ބޯއަރިކޮއްލަމުން މިހެން ބުނެލިއެރު ޝަޒިން ހުރިތަނުން ހިރިވެސް ނުލައި ހުއްޓެވެ. ދާނިޝްފެނުމުން ހިތަށް ބިރުވެރިކަމެއް ވަންނަމަވެސް މިއަދު މިކަމާއި ކުރިމަތިލާން ޖެހޭނެކަން ޝަޒިން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.
“ދަރިފުޅާ އައީތަ.. ދޭ އަވަހަށް ތާޒާވެލައިގެން އަންނަން. މަންމަ ސައި ހަދާނަން. އަދި ސައިބޮއެގެން ވާނެ މަންމައާއި އެކީ މިހިރަ އެއްޗެހިތަށް ޒީނިޔާމެންގެއަށް ލާންދާން. ބައްޕަ އާއި ދޮންބެވެސްވީ ކިޔަން ގޮވައިގެން އެގޭގަ” ސިންކުދޮށުގައި ތަށި ދޮންނަން ހުރި ޒާހިދާއަށް ދާނިޝްފެނި ބުނެލެއެވެ. ” ޔާ މޮމް.” ދާނިޝް މިހެން ބުނެފައިދަމުން ޝަޒިންއާއި ދިމާއަށް އެއްލޯމަރާލިއެވެ. ޝަޒިން ގާތަށް އައި ރުޅިން މޭޒުމަތީގައި އޮތްވަޅިނަގައި އެ ލޮލަށް ހަރާލަންވެސް ހިތަށް އެރިއެވެ. ނަމަވެސް އޭނާއަދި ކެއްކުރާނެއެވެ. ވަގުތުޖެހެން ދެންނެވެ.
މެންދުރުގެ ހޫނުކަން ފިލާ ހަވީރުގެ ފިނިވައިރޯޅިތަށް ޖެހެންފެށިވަގުތެވެ. ކާއެއްޗެހިތަށް ބަންދުކޮއްފައިވާ ތަކެތި ކޮތަޅުތަކަށް އެޅުމަށްފަހު އެއެއްޗެހި ހިފައިގެން ދާނިޝްއާއި ޒަހިދާ އަދި ދިމްނާ ގޭތެރެއިން ނިކުތެވެ. ކުއްލިއަކަށް ދާނިޝް ފަސްއެބަރި ބަލައިލީ ދޮރުކަނީގައި ލައްގަނެލައިގެން ހުރި ޝަޒިންއަށްށެވެ.
“ޝަޒޫ ނުދަންތަ؟” ދާނިޝް ސުވާލުކުރީ ޝަޒިންއާއެވެ. “އާން. ގޭގަވެސް ކޮންމެސް މީހަކު ހުންނަން ވާނެއެއްނުން.” ޒާހިދާ ދާނިޝް ސުވާލަށް ޖަވާބުދިނުމުން އޭނާ ނުރުހުނެވެ. ދާނިޝް ބޭނުންވީ ޝަޒިން އޭނައާއި ވާހަކަ ދައްކާށެވެ. އެންމެން ގޭގެ ބޮޑުދޮރުން ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ޝަޒިންގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.
އިރުއޮއްސުމުން އަނދިރިކަން ވެރިވެފައިވާ ގޭތެރެ ދިއްލާލަމުން އެތެރެ ވަން ދާނިޝް މިސްރާބުޖެހީ ޝަޒިންގެ ކޮޓަރިއާއި ދިމާއަށެވެ. މަޑުމަޑުން ތަޅުގައި ހިފައި އަނބުރާލުމާއި އެކީ ދޮރުހުޅުވުމުން ދާނިޝްހައިރާންވިއެވެ. އެހެން ނޫނިއްޔާ އަބަދު ތަޅުލައިފައި ހުންނަ ކޮޓަރި ހުޅުވާފައިހުރުމުންނެވެ. ދާނިޝް ބަލާކަށް ނުހުރެ އެތެރަށް ވަދެ ދޮރުލެއްޕުމަށްފަހު ތަޅުލިއެވެ.
ކޮޓަރިތެރެއަށް ވެރިވެފައިވަނީ ދިއްލާފައިވާ ރަތް ބޮކީގެ އަލިކަމެވެ. މަޑުފިޔަވަޅުތަކެއް އަޅަމުން ހިނގައިގެން ދާނިޝަ ކޮޓަރިތެރޭގައި ޝަޒިންފެންނަން ނެތުމުން ހުއްޓުނެވެ. ފާޚާނާތެރެއިން އިވެމުންދިޔަ ފެނުގެ އަޑުން ޝަޒިން ފާޚާނާގައި ފެންވަރަނީކަން ދާނިޝްއަށް އިނގުނެވެ. ދާނިޝް އަތުން ދަތްދޮޅީގައި އަތްހާކާލިއިރު ތުންފަތަށް ވެރިވި ހިނިތުންވުމުން ފާޅުވެގެން ދިޔައީ ދަހިވެތިކަމެވެ. ފާޚާނާއާއި ދިމާއަށް ދާން ހިތަށްއެރި ނަމަވެސް ޚިޔާލު ބަދަލުވެ ދާނިޝް އަޑެއްވެސް ލައްވާނުލާ އެނދުމަތީގައި އިށީދެލިއެވެ.
ފެންވަރައިނިމިގެން ގައިންފެން ހިއްކުމަށްފަހު ތުވާލިނަގައި ބޮލުގައި އޮޅާލަމުން ޝަޒިން ފާޚާނާއިން ނިކުތެވެ. އޭސީގެ ފިނިން ކޮޓަރިގައި ފިނިހިފާފައިވުމުން ޝަޒިން ހީކަރުވާއިގަތެވެ. ޝަޒިން މިސްރާބުޖެހީ ރީތިވާ މޭޒާއި ދިމާއަށްށެވެ. ޝަޒިން ލޯޝަން ފުޅިނެގުމަށް ފަހު ގައިގައި ލޯޝަން ލާންފެށިއެވެ. ރަތްކުލައިގެ އެ ފަނޑުއަލީގެ ތެރެއިން ޝަޒިންގެ ހާމައަށް އެހުރި ހަށިގަނޑަށް ދަހިވެތި ނަޒަރަކުން ބަލަހައްޓައިގެން އިން ދާނިޝް އެއް އަދިވެސް ޝަޒިންއަކަށް ނުފެނެއެވެ. ޝަޒިން ހުރީ ދާނިޝްއަށް ފުރަގަސްދީގެން ކަމުންނާއި ދިއްލާފައިވާ ފަނޑުއަލީގެ ތެރެއިން ޝަޒިންއަށް ދާނިޝްފާހަގަ ނުވީއެވެ. ބޮލުގައި އޮޅާފައިވާ ތުވާލި ނިއުޅުވާލުމައްޓަކައި އިސްޖެހުމަށްފަހު ތުވާލިނަގައި ތެދުވިތަނާ ކުރިމަތީގައި ހުރި ލޯގަނޑުން އެނދުމަތީގައި އިން ދާނިޝްފެނި ޝަޒިންއަށް އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނެވެ. ހަމައެހިނދު އަތުގައި އޮތް ތުވާލިން ޝަޒިން އަވަހަށް އެ ހަށިގަނޑު ފޮރުވިއެވެ.
ބާރު މިނެއްގައި އައި ދާނިޝް ޝަޒިންގެ އަނގަމަތީގައި އަތްއަޅާ ޝަޒިން ގެންގޮސް ފާރާގައި ޖައްސާ ފިއްތާލިއެވެ. “ކާކަށް ތުއި ދެއްކެން މާ ބާރަކަށް ތި ހަޅޭލަވަނީ! ބަލަ ގެއަކު ނެތޭ އެކަކުވެސް… ހާދަ ރީއްޗޭ ދޯ” ޝަޒިންގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތް ކޮއްލަމުން ދާނިޝް ބުނެލިއެވެ.
އޭރު ޝަޒިން ބިރުން މުޅިމީހާ ތުރުތުރު އަޅަނީއެވެ. ހީވެސް ނުކޮއްހުއްޓާ ކުއްލިއަކަށް ދާނިޝް އެތަނަށް އައުމުން ޝަޒިންގެ ހިތުގައި ފޮރުވައިގެން އުޅުނު ބިރުވެރިކަން އަނބުރާ އައީއެވެ. އެކަމަކު ދާނިޝް އެތަނަށްވަނީ ކިހިނެއްބާއޭ ޝަޒިން ހިތަށްއެރިއެވެ. އާއެކެވެ. ދާނިޝް ނެތުމުން ކޮޓަރި ތަލުނުލާ ބަހައްޓާތީ ހަދާންނެތިގެން މިރޭވެސް ކޮޓަރި ތަޅުނުލެވުނީކަން ޝަޒިންގެ ހަނދާނަށް އައެވެ.
ނޫނުކެވެ. މިފަހަރު މަޑުން މި މުޑުދާރުމީހާ ކުރާ ކަމެއް ކުރަންދެންނެއް ނުހުންނާނެމެވެ. ޝަޒިން މިހެން ހިތަށް އަރުވަލުމާއިއެކީ އޭނައަށް އާހިއްވަރެއް ލިބުނެވެ. ދާނިޝްގެ އަތްދަށުން ސަލާމަތްވުމަށް ތެޅިގަތެވެ. އެކަމަކު ދާނިޝް މާ ހުށިޔާރެވެ. ކުއްލިއަކަށް ޝަޒިން ނަގައިގަނެގެން ގެންގޮސް އެނދުމައްޗައް ވަޓާލުމަށްފަހު ޝަޒިންގެ ގައިމައްޗަށް ވެއްޓިގަތެވެ. ވީ ތަދުން ޝަޒިން ލޮލުން ކަރުނައައިސް ހިރިވެސް ނުލެވުނެވެ. އޭރުވެސް އެ ބާރުގަދަ އަތްވަނީ ޝަޒިންގެ އަނގަމަތީގައި އަޅާފިއްތާލާފައެވެ.
“ހާދަ ވަރެކޭ ތިއަރަނީ. މަ ނޫޅެން ކަމެއްކުރާކަށް. ބުނަން މަންމަމެން އަންނާނެ އިރުކޮޅަކުން.. އެންމެން ރެޑީވެގެން ދާން ނިކުތީމަ ކަލޭ ބުނޭ މަންމަ ކައިރި ކުޑަބެއާއި އެކީއޭދާނީ.. އަދި ރެޑީއެއް ނުވެވެއޭ.. އަޑުއިވިއްޖެ! މިބުނި ގޮތަށް ނަހަދާފިއްޔާ ދެން މިގޮތަށް އަތުޖެހޭފަހަރަކު ނޮޅާލާނަން. މިހާރުވެސް މަ ބޭނުމިއްޔާ ނޮޅާލެވިދާނެ. ބަޓް ނޮޓް އިނަފް ޓައިމް ބޭބީ. އެހެން ވީމަ ބުނިގޮތަށް ހަދަންޖެހޭނެ. ގެޓް ވެއްޖެ… ގެއްޓު ވެއްޖެ ހެއްޔޭ!” ދާނިޝް ހަޅޭލަވައިގަތުމުން ދާހިއްލާ ފޯވަމުންދިޔަ ޝަޒިން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖާހާލިއެވެ. ދާނިޝް އޭނާގެ އަތް ޝަޒިންގެ އަނގަމަތިން ނެގިއެވެ. “ގުޑް ގާރލް” ޝަޒިން ކޮލުގައި ކުޑަކޮން ޖަހާލަމުން މިހެން ބުނުމަށްފަހު ޒާހިދާމެން އައިސް ދާނެތީ އަވަހަށް ތެދުވެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
އެނދުމަތީގައި އޮތް ޝަޒިންއަށް ހުއްޓުމެއްނެތި ރޮވެމުން ދިޔައެވެ. ކުއްލިއަކަށް ޝަޒިން ތެދުވެ ދުވެފައިގޮސް ދޮރު ތަޅުލިއެވެ. ކަރުނަތަށް ފޮހެލުމަށްފަހު ޝަޒިން އެނދުމަތީގައި އޮތް ފޯނުނަގައި ޖުމައިލްއަށް ގުޅާލިއެވެ. ދިހަ ވަރަކަށް މިނެޓު ވާހަކަދެއްކުމަށްފަހު ޝަޒިން ފާޚާނާއަށް ވަދެ ދެތިން ފަހަރަށް މޫނަށް ފެންޖެހިއެވެ. ކުރިމަތީގައި ހުރި ލޯގަނޑުން ރަތްވެފައި އަމިއްލަ ދެލޮލަށް ބަލައިލަމުން ފުންނޭވާއެއް ދޫކޮއްލިއެވެ. ދާނިޝް އަމިއްލައަށް ދަލުގައި ޖެހެން އަންނަނީއެވެ.
ގަޑިން ހަތްގަޑި ބައިވިއިރު ސިޓިން ރޫމުގައި ތިބި މިޝަލް އާއި ދިމްނާ އަދި ދާނިޝް އިންތިޒާރު ކުރަމުން ދިޔައީ އެންމެން ނިކުންނަން ދެންނެވެ. އޭރު ކިޔަން އުޅެނީ މިޝަލްއާއި އޭނާ އެއްވައްތަރެއްގެ ގަމީހެއް ލާފައިހުރުމުން އެކަމާއި މަޖާވެގެންނެވެ. ކޮޓަރިން ނިކުމެގެންއައި ޒާހިދާއައި ސަލީމު ސިޓިންރޫމަށް ނިކުތެވެ.
“ކޮބާ ޝަޒިން؟” އެންމެން ތިބިއިރު ޝަޒިން ފެންނަން ނެތުމުން ޒާހިދާ ސުވާލުކުރިއެވެ. އެވަގުތު ކޮޓަރި ދޮރު ހުޅުވާލާފައި ނިކުން ޝަޒިން ޒާހިދާއަށް ގޮވާލިއެވެ. “މަންމާ.. އަޅުގަނޑު އަދި ނުނިމޭ.. މަންމަމެން ދޭ. އަޅުގަނޑުދާނަން ކުޑަބެއާއިއެކީ.” ޝަޒިން މިހެން ބުނުމުން ޒަހިދާ ޝަޒިންއާއި ދިމާއަށް ބަލައިލިއެވެ. ތެދެކެވެ. ޝަޒިން ހުރީ ބޯވެސް ނަހަދައެވެ. ޝަޒިން މިހެން ބުނުމުން ދާނިޝްގެ ތުންފަތައް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ. ދާނިޝްގެ ހިތުން މިހާރު ޝަޒިންއަކީ އޭނާ ކުޅޭ ކުޅޭއެއްޗެކެވެ. އޭނާ ބުނިގޮތަށް ޝަޒިން ކަންތައް ކުރުމުން ދާނިޝް ހީކުރީ މިހާރި ޝަޒިންއެހެރީ މުޅިން އޭނާގެ ބާރުގެ ދަށުގައި ކަމަށެވެ. އޭނާއަށް އެވަރަށް ޝަޒިންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުން ދެން އޭނާއަށް މީހެއްގެ ކައިރީ އެކައްޗެކޭވެސް ބުނަން ނުކެރޭނެކަމަށްށެވެ.
“އެވަރަށް ގަޑިއަށް ތައްޔާރުވާށޭ ބުނީމަވެސް. ހޫން ދެންވެސް އަވަސްކޮއްގެން އާދޭ” ޒާހިދާ ލަސްވާތީއެގޮތް ރަނގަޅުކަމަށްބުނެ އެންމެންނާއިއެކީ ބޭރަށް ނިކުތެވެ. “ދާނިޝް އާދެބަ ބައްޕަމެންނަށް ކާރެއް ހޯދަ ދޭން. އެހެންނޫނަސް މިރަށުގައި މާ ގިނަ ކާރެއް އޮންނަނީ ކީވެސް ނޫން. އާދަނަށް ގުޅާފަ ބުނޭ ކާރު ހިފައިގެން ނިކަން އާދެބަލާށޭ.” އަތުގައި ގަޑިއަޅަމުން ގޭތެރެއިން ނިކުންނަން ދިޔަ ސަލީމު މިހެން ބުނުމުން ދާނިޝް އެ އެންމެންނާއި އެކީ ބޭރަށް ނިކުތެވެ.
ޝަޒިން އަވަހަށް ވަގުތުބަލައި ކޮޓަރި ތެރެއަށްވަދެ ފޯނުނަގައި ޖުމައިލްއަށް ގުޅާލިއެވެ. “ހަލޯ.. އެންމެން ގޮއްސި. ކުޑަބެ ވެއްޖެ ކާރެއް ނަގައިދޭން ބޭރަށް ނިކުމެ. އަންނާނެ އިރުކޮޅަކުން.” ޝަޒިންއަށް ވާހަކަދެއްކުނީ ވަރަށް އަވަސްއަވަހަށެވެ.
“އޯކޭ. ޝަޒޫ ހަމަޖެހޭތި. ދާނިޝްއައުމުން އެހެން ނޫނަސް އުޅޭގޮތަށް ބިރުން އުޅެންވާނީ. ކިރިޔާހެންވެސް ޝައްކު ވިޔަދީގެން ނުވާނެ. އައި ވިލް ޑޫ ވަޓް އައި ހެވް ޓު ޑޫ. ސޯ ޑޯންޓް ވޮރީ. ފޯނު ކަނޑާނުލާތި އޭރުން ތިތާގައި ވާ ކަންތައް އިނގޭނީ. މިރޭ ތި ދާނިޝްގެ ކުޅިގަނޑު ނިންމާލާނަން.” ޖުމައިލް ވާހަކަދެއްކީ ޝަޒިންއަށް ހިތްވަރުދެމުންނެވެ. ފޯނު ކަނޑާނުލާ އެނދުމަތީގައި ފޯނު ބާއްވާލަމުން ޝަޒިން އެނދުގައި އިށީދެލިއެވެ. އިންތިޒާރު ކުރަމުން ދިޔައީ ދާނިޝް އައިސް ވަންނާނެ އިރަކަށްށެވެ. މިރޭ އޭނާއަށް ކުޅި ދައްކާލާނަމޭ ޝަޒިން ހިތަށްއެރިއެވެ.
ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޝަޒިން އެދިމާއަށް ނަޒަރު ހުއްޓާލިއެވެ. އޭރު ދާނިޝް ލައިގެން ހުރި ގަމީހުގެ ގޮއްތަށް ނައްޓާ ހަމަލާ ދިނުމަށް ތައްޔާރުވަމުން ދިޔައެވެ. ދާނިޝް ވަދެފައި ދޮރު ތަޅުލުމުން ޝަޒިން ކޮޅައްތެދުވިއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުންއައި ދާނިޝް ފެނުމުން ދުރަށް ދިއުމަށް ޝަޒިން ފަހަތައް ޖެހިމުންގޮސް ދާނީޝްކައިރިވާއިރަށް ކުއްލިއަކަށް ރެކިގެން ދޮރާއިދިމާއަށް ދުއްވައިގަތެވެ. ޝަޒިންގެ ބޭނުމަކަށްވީ ދޮރުގެ ތަޅުނެއްޓުމެވެ. ޝަޒިން ގޮސް ދޮރުގެ ތަޅުގައި ހިފައި އަނބުރާލުމާއިއެކީ އަޅުވާފައިވާ ތަޅުނެއްޓި ކުޑަކޮން ދޮރު ހުޅުވުނެވެ. ހަމައެސިކުންތުގައި ދާނިޝް ފަހަތުންއައިސް ޝަޒިންގެ އުނަގަނޑުގައި ހިފައި އުފުލާލުމަށްފަހު އެނދުމައްޗަށް އެއްލާލުމައިއެކީ ހެދުމުގެ ކަރުވަޅުގައި ހިފައި އިރާލިއެވެ.
ޖީބުގައި އޮތް ފޯނު ރިންގުވުމުން ކާރުގެ ކުރީސީޓުގައި ކިޔަން އުނގައްލައިގެން އިން ސަލީމު ފޯނުނެގިއެވެ. ފޯނުގެ ސްކްރީނަށް އަރައިފައިވަނީ އޭނާ ނުދަންނަ ނަމްބަރެކެވެ.
“ހަލޯ.” ސަލީމު ވާހަކަ ދެއްކިއެވެ.
“ހުރި ހަމައެކަނި އަންހެން ދަރިފުޅު ސަލާމަތް ކުރަން ބޭނުންނަމަ ހަމަ މިހާރު ތި ދާތާކަށް ނުގޮސް އަނބުރާލާފައި ގެއަށްދޭ. އޭނަ އެ ނަރަކައިން ސަލާމަތްކުރޭ” އެކޮޅުން ވާހަކަދެއްކި ޖުމައިލް ބުނިއެއްޗަކުން ސަލީމުގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. “ކީކޭކިޔާނަމޭ ހިތާ ތިއުޅެނީ؟ ކާކުތީ؟ ޝަޒިންއަށް ކިހިނެއް ހަދައިގެން ތިއުޅެނީ؟” ސަލީމަށް ފޯނުން ވާހަކަދެއްކީ ކާކުމެއް ނޭނގެއެވެ.
“ފަހުން މީއީ ކާކުކަން އިނގޭނެ. އެކަމަކު މިހާރު އިތުރަށް ވާހަކަދެއްކުމުން ވަގުތު ފާއިތުވާނީ. ހެޔޮނުވާނެ. އަނބުރާލާފައި ގެއަށްގޮސް އޭނާ ސަލާމާތްކުރޭ” ޖުމައިލް އިތުރަށް ވާހަކަ ނުދައްކާ ފޯނު ކަނޑާލިއެވެ. ސަލީމު ނުތަނަވަސްވިއެވެ. އެއީ ކޮންމެ މީހަކަސް ހަމަ ހުރެބަހައްޓާފައި ގުޅާފަކައި އެކަހަލަ ވާހަކައެއް ނުދައްކާނެކަން ސަލީމަށްވެސް އިނގެއެވެ. ކޮންމެ ގޮތެއްވިޔަސް ޝަޒިންއަކީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނާއަށް ދެރަގޮތެއްވެއްޖެނަމަ ސަލީމު ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފެއް ނުކުރާނެއެވެ.
“ކާރު އަނބުރާލާ.. ހިނގާ ގެއަށް. ބާރަށް ދުއްވާ” ސަލީމު ބުނިއެއްޗަކުން އެންމެން ސިހުނެވެ. “ކިހިނެއްވީ ބައްޕާ؟؟ ކާކު އެ ގުޅީ؟” މިޝަލް ވާނުވާ އޮޅުންފިލުވުމަށްޓަކައި ސުވާލުކުރިއެވެ.
“ނޭނގެ ބުނީ ޝަޒިން ސަލާމަތްކުރާށޯ.. ނަސީބެއްނުން ގެއާއި އެހާ ދުރަށް އަދި ނުދެވޭކަން. ދެން ނޭގެ އޭނަ އެބުނީ ތެދެއްކަމެއް ދޮގެންކަމެއް. އެ ދާނިޝްއަށް ގުޅާބަލަ!” ހާސްވެފައި ސަލީމު ވާހަކަދެއްކިއެވެ.
ކުއްލިއަކަށް ފޯނުރިންގުވުމުން ދާނިޝް އަވަސްއަވަހަށް ފޯނުނަގައި ބަލާލަން އުޅުމުން ޝަޒިން ދާނިޝްގެ ގައިދަށުން ސަލާމަތްވަނީކަމަށް ހަދައި ފޯނުގައި އަތުން ޖެހައި ފޯނު ހޫރުވާލިއެވެ. ފޯނުގޮސް ބިންމަތީގައި ޖެހުމާއިއެކީ ފޯނުގައި އިންބެޓެރި ނެއްޓި ވިއްސައިގެން ދިޔައެވެ. “އޭ! މަގޭ އެއްޗެއްސައް ކޮން ވަރެއް އަރުވާކައްތަ” މިހެން ބުނެ ހަޅޭލަވައިގަންނަމުން ޝަޒިންގެ އަނގަމަތީގައި ޖެހި ޖެހީނުން އަނގަމަތި ފަޅައިގެންގޮސް ލޭ ފައިބައިގަތެވެ. ވީތަދުން ޝަޒިންއަށް ރޮވެން ފެށުނެވެ. “ރޮއޭ. ބާރަށް ރޮއެ. ހޭއަރުވާލާނަން މިރޭ. ކިހާ ދުވަހެއްވެއްޖެ ފިލައިގެން އުޅޭތާ.” ދާނިޝް މިހެން ބުނެލި އަޑު ދޮރު ހުޅަވައިފައި އެތެރެއަށް ވަން ސަލީމަށް ހަމަ ރަނގަޅަށްވެސް އަޑުއިވުނެވެ.
ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން ސަލީމު ލަދުން ހަލާކުވާވަރުވިއެވެ. ދާނިޝް ގަމީސް ނުލައި ޝަޒިންގެ ގައިމަތީގައި އޮތްއިރު އޭނާގެ ހެދުމުގެ އެއްބައި އިރާލެވިފައިވާއިރު އަގައިން ލޭފައިބަމުން ދިޔައެވެ. ޝަޒިން ސަލާމަތްވުމަށް ތެޅި ފޮޅެމުން ދިޔައެވެ. މި މުޑުދާރު މަންޒަރު ބަލާކަށް ސަލީމަކަށް ކެތެއްނުވުއެވެ. އެދިޔަ ގޮތައްގޮސް ދާނިޝްގެ ކޮނޑުގައި ހިފައި ބިންމައްޗަށް ހޫރުވާލިއެވެ. އޭރު ކޮޓަރިއާއި އަރާހަމަވި ޒާހިދާއާއި މިޝަލްއަށް މިމަންޒަރުފެނި އަވަހަށް އެތެރެއަށް ވަނެވެ.
“ހުންނަ ލަދު ހަޔާތްކުޑަކަން!” ސަލީމު ދާނިޝްގެ ކޯމަތީގައި ހޫނުއެތިފަހަރެއްޖެހިއެވެ. “ކަލޭ ލަދެއް ނުގަނޭތަ އަމިއްލަ ކޮއްކޮ ގަޔައް އަރާކަށް! އަދި ބުނެފިއެއްނުން ހޭއަރުވާލާނަމޭ.. ހުރޭ މަ ނިކަން ރަނގަޅަށް ކަލޭ ހޭއަރުވާލަދޭނަން!!” ސަލީމު ހުރީ ހަމައަކު ނޫނެވެ. ދާނިޝްގެ އެތަށް މިތަނުގައި ތަޅަމުން ދިޔައިރު އެއީ އަމިއްލަ ދަރިކަންވެސް ސަލީމު ހަނދާން ނައްތާލިއެވެ.
މީޝަލްއަށް މި މަންޒަރު ފެނި ދުވެފައިގޮސް ސަލީމު ފަހަތުން ހިފަހެއްޓިއެވެ. އޭރު އެނދުމަތީގައި ރޯންއިން ޝަޒިންގެ ގައިގައި ބެޑިޝީޓު އޮޅާލައިގެން އޭނާގެ ގައިގައި ބައްދާލައިގެން އިން ޒާހިދާ ރޮމުން ދިޔައެވެ. އަމިއްލަ ދަރިފުޅު މިފަދަ ހާލެއްގައި އިންތަންފެނި އެ މައި ލަނގޮޑިއަށް ކެތެއްނުވިއެވެ. ” ދިމްނާ ފުލުހުންނަށް ގުޅާ!” މިޝަލް ސަލީމު ހުއްޓުވަން މަސައްކަތް ކުރަމުން ފާޑަކަށް ހަޅޭލަވައިގަނެވުނެވެ. ދިމްނާއަވަހަށް ކިޔަން އެ ކޮޓަރިއަށް ނުވައްދާ ސިޓިންރޫމުގައި ބެއިންދުމަށްފަހު ފުލުހުންނަށް ގުޅިއެވެ. އޭރު ޖުމައިލްއައިސް އެގޭތެރެއަށް ވަންނަނީއެވެ.
ކޮޓަރިއަށް ވަން ޖުމައިލްފެނި ޝަޒިންގެ ބަޑި ފަޅައިގެން ދިޔައެވެ. ޝަޒިންގެ އަނގަމަތި ފެޅިފައިވާތަންފެނީ ޖުމައިލް ގޮސް ކާގޭގައި ހުރި އައިސް އަލަމާރިން ގަނޑުފެން ނެގިއެވެ. އަދި ކޮޓަރިއަށްވަދެ ދާނިޝްގެ ވެއްޓިފައިއޮތް ގަމީސްނަގާ އެޔައް ގަނޑުފެން އަޅައިލުމަށްފަހު އެ ގެންގޮސް ޒާހިދާ އަތަށްދިނެވެ. ޒާހިދާ ޝުކުރުންފުރިގެންވާ ނަޒަރަކުން ޖުމައިލްއާއި ދިމާއަށް ބަލައިލަމުން އެ ނަގާ ޝަޒިންގެ އަނގަމަތީގައި ޖެއްސިއެވެ. އޭރު ބިންމަތީގައި އިށީދެގެން އިން ސަލީމު ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިނދެ ރޮމުންދިޔައެވެ. މިޝަލްއަށްވެސް ހުއްޓުންއަރާފައި އެތާގައި ހުރެވުނީއެވެ. މި ކުޑަ ހިނދުކޮޅުތެރޭގައި އެމީހުންގެ މުޅި ދުނިޔެ އެފުއް މިފުށަށް ޖެހިގެން ދިޔައީއެވެ.
“ކީއްވެ.. ކީއްވެ ޝަޒޫއަށް އެހެން ހެދީ؟” ހަމަހިމޭންކަން ފިލުވައިދިނީ ޖުމައިލްގެ އަޑެވެ. އެންމެގެވެސް ހިތުގައި މިހާރުވާ ސުވާލަކީ އެއީއެވެ. ނަމަވެސް ދާނިޝްއަކަށް ޖަވާބެއް ނުދެވުނެވެ. އިސް ޖަހައިގެން އިން ދާނިޝްގެ ލޯކައިރި ވަނީ ދުޅަވެ ތުންފަތްވެސް ފަޅައިގެން ގޮއްސައެވެ. ދާނިޝް ކުއްވެރިއެއްހެން އެއްވެސް އެއްޗެކޭ ނުބުނެ އިނީއެވެ.
ކުއްލިއަކަށް އެތަނަށް ވަދެގެން އައި ދެތިން ފުލުހުންފެނި ސަލީމު ތެދުވެވިއެވެ. “ކިހިނެއްވެގެން މިއުޅެނީ؟” އެތަނުން އެއް ފުލުސް މީހާ ސުވާލުކުރީ ސަލީމުއާއެވެ. ސަލީމު އޭނާއަށް ފެނުނުމަންޒަރާއި ވީ ގޮތް ކިޔާދިނެވެ. އަދި ޖުމައިލްވެސް ސަލީމަށް ގުޅިއޭނާ ކަމަށް ބުންޏެވެ. އެންމެންގެ ސަމާލުކަންހުއްޓުނީ އެނދުމަތީގައި އިން ޝަޒިން ތެދުވުމުންނެވެ.
“އަޅުގަނޑު ބުނެފާނަން އަސްލުވެގެން މިއުޅޭގޮތް. މިހިރަ ފިރިހެނާ އަޅުގަނޑު ރޭޕްކުރީ! އެއީ އަޅުގަނޑުގެ ބޭބެ. ދެންމެވެސް ހަމަ އެކަންތައް ކުރަން އުޅުމުގެ ތެރޭގައި އަޅުގަނޑު މިކަންތައް މި ފަޅާއަރުވާލީ. މިހިރީ ފެނޭތަ. މިއީ އެހެރަ ފިރިހެނާ މީގެ ހަމަސް ކުރިން އަޅުގަނޑުގެ އިއްފަތްތެރިކަން ނަގާލިއިރު ބުރަކަށީގައި އެޅުވި ކަޓަރުގެ ނިޝާން.” ޝަޒިން ވާހަކަދައްކަމުން ގައިގައި އޮޅާލެވިފައިވާ ބެޑްޝީޓ ތިރިކޮއްލަމުން ބުރަކަށީގައި އެޅިފައިވާ ލަކުނުގެ ބައިން އެއްބައި އެންމެންނަށް ދައްކާލިއެވެ. މިތަން ފެން ޒާހިދާއަށް އިތުރަށް ރޮވެންފެށުނެވެ. އޭނަގެ ދަރިފުޅަށް މި ދާނިޝް ހާދަވަރެއް ކޮއްލައިފިއޭ ޒާހިދާ ހިތަށް އެރިއެވެ.
ޝަޒިން ގައިގައި ބެޑްޝީޓު އޮޅާލަމުން މިހާރު ކޮޅަށް ތެދުވެ ހުރި ދާނިޝްގެ ކުރިމަތީގައި ހުއްޓެލިއެވެ. އަދި ރަނގަޅަށް އެ މޫނަށް ބަލައިލިއެވެ. “ބުނެބަލަދެން ނިކަން ކެރެންޏާ މިއީ ދޮގެކޭ. ހީނުކުރައްޗޭ މިރޭ އަހަރެން ގޭގައި މަޑުކުރީ ކަލޭ ބުނީމައޭ. ނޫން. އެއީ އެންމެންގެ ކުރިމަތީގައި ތި ހަޑިމުޑުދާރު އަމަލު ހާމަކުރަންވެގެން. ކަލޭ ހީކުރީތަ އަންހެނުންނަކީ ހެދިހާ ގޮތެއްހަދަންދެން ހުންނާނެބައޭކޭ. ފަހުން ހަމަ ލަދުގަންނަން ޖެހޭނީވެސް ހަމަ ތިކަހަލަ ފިރިހެނުން.” ޝަޒިން ވާހަދައްކަމުން ދިޔައިރު އެ އަޑުގައި ވަނީ ރުޅިވެރިކަމާއި ނަފްރަތެވެ.
“ސޮރީ” ދާނިޝްގެ ދުލުން ބޭރުވީ ހަމައެންމެބަހެކެވެ. އެއާއިއެކީ ޝަޒިން އަތް މަޅާލުމަށްހަފު ދާނިޝްގެ ކޯމަތީގައި އަތަށް ލެވުނުހާބާރެއް ލާފައި ޖެހިއެވެ. އަރައިގެން ދިޔަ ދިލައިގެ ސަބަބުން ދާނިޝްއަށް ބޭއިޚްތިޔާރުގައި ކޮލުގައި އަތްލެވުނެވެ. “ޖަވާބު ލިބިއްޖެ؟” ޝަޒިން މިހެން ބުނުމަށްފަހު އެނބުރި ޒާހިދާ ކައިރިއަށް ގޮސް އެ ކޮނޑުގައި ބޯއަޅައި ރޯންފެށިއެވެ.
ދެ ފުލުހުންއައިސް ދާނިޝްގެ އަތުގައި ބިޑި އެޅުވުމަށްފަހު އެތަނުން ނެރުމަށް ހިނގައިގަތެވެ. ދާނިޝްދަމުން ޒާހިދާއަށް މަންމާއޭ ކޔާފައި ގޮވާލިއެވެ. “ކޮން މަންމައެއް! ދާނިޝްގެ މަންމައެއް ނުހުންނާނެ. ނެރޭ މީނާ މިތަނުން.” ޒާހިދާ އައިސްފައި ހުރި ރުޅީގައި ދާނިޝްއާއި ދިމާއަށް ހަޅޭލަވައިގެތެވެ.
ޒާހިދާގެ ކޮނޑުގައި ބޯއަޅައިގެން ރޯންއޮތް ޝަޒިންއަށް ކަރުނުން ފުސްވެފައިވާ އެ ލޮލުން ދާނިޝް ގެންދާތަން ފެނުނެވެ. އޭނާގެ ދިރިއުޅުން ބަރުބާދު ކޮއްލި ކުއްވެރިޔާއަށް މިއަދު ހައްޤު އަދަބު ލިބިއްޖެއެވެ.
ޝަޒިންގެ ނަފްސަށް ހަމަޖެހުން މިލިބުނީ އަދިކިރިޔާއެވެ. ލޯމަތިން ގެއްލެމުންދިޔަ ދާނިޝްއަށް ބަލަންއޮތް ޝަޒިންގެ މޫނުމައްޗައް އަނދިރިވެ ދެލޯމެރުނެވެ.
************************************************************************************************************************************
ހެދިފައިވާ ދިގު ވިނަ ގަސްތަކުގެ ތެރޭގައި ދެމީހަކު ދުވެދުވެފައި އުޅެއެވެ. ކަންފަތާއިހަމައަށް ކޮށާލެވިފައިވާ ކަޅުކުލަދަ ބުޅި އިސްތަށިކޮޅު ޖެހޭވައިރޯޅިން ވިހުރިލައެވެ. ކުދި ފިޔަވަޅުތަކެއް އަޅަމުން އޭނާ ދުވަމުން ދިޔައިރު ފަޒާގައި ހިފާފައިވަނީ މަޑު ހުނުމެއްގެ އަޑެވެ.
“ކޮބާ މަންމި؟؟ ހިނގާ މަންމި ހޯދަން” ކުރިމަތީގައި ހުރި ކުޑަފިރިހެން ކުއްޖާ ގެނެސް ގަޔާއި ކައިރި ކޮއްލަމުން ޖުމައިލް ބުނެލިއެވެ. ރީތިގޮތަކަށް ހަދާލެވިފައިވާ ތުނބުޅި އެ ކުޑަކުއްޖާގެ ކޮލުގައި ހާކާލުމާއިއެކީ ހީލިއަރައިގެން އެކުއްޖާ މައުސޫމް ގޮތަކަށް ހޭންފެށިއެވެ. އަދި ދުވެފައި އެ ދިގު ވިނަތައް ތެރެއިން ނިކުމެގެންގޮސް ކުރިމަތީގައި ހުރި އަންހެންކުއްޖާގެ ފައިގައިއޮޅުލައިގަތެވެ.
“މަންމީ.. ބައްޕީ..ޕީ” ފަހަތުން ނިކުމެގެން އައި ޖުމައިލް ދައްކާލުމަން އެކުއްޖާ ވާހަކަދެއްކިއެވެ. ޝަޒިން ތިރިވެ އެކުއްޖާ އުރާލިއެވެ. މިއީ ރޮހާންއެވެ. ޖުމައިލްއާއި ޝަޒިންގެ ދެއަހަރު ފުރިފައިވާ ފިރިހެން ދަރިފުޅެވެ. ޝަޒިންގެ އޮންނަކަހަލަ ބުޅިއިސްތަށި ކޮޅެއް ރޮހާންއަށް ލިބިފައިވާއިރު އެ ދެކޯ ވަނީ އޭނާ ޗަބީކަމުން ފުފިއެވެ.
“ކިހިނެއްވީ.. ބައްޕި ހީލިކެރުވިދޯ.. ގޯސް ބައްޕިއެއް.” ޝަޒިން އޭނާގެ ދަރިފުޅުގެ ކޮލުގައި ހިފައިލަމުން ބުނެލިއެވެ. އޭރު އެތަނަށް ދުވެފައި އައި ކިޔަން ފެނި ރޮހާން ތިރިއަށް ފައިބަން ދެމިގަތެވެ. ކިޔަންއަށް މިހާރު ބާރައަހަރު ފުރިފައިވާއިރު އޭނާ ވައްތަރީހަމަ މިޝަލްއާއެވެ. ކިޔަންގެ އަތުގައި އޮތް ޗިޕްސް ޕެކެޓުން ޗިޕްސްކޮޅެއްނަގައި ރޮހާންއަށް ދިއްކޮއްލުމުން އުފަލުންހުރެ އޭތި ނަގައި އަނގައަށް ލައިގެން ބޯންފެށިއެވެ. “ޕިޕްސް” ރޮހާން ލޯބިގޮތަކަށް މިހެން ބުނެލުމަށް ފަހު ކިޔަންގެ އަތުގައި ހިފައިގެން ހިނގައިތެވެ.
“ދުރަށް ނުދައްޗޭ” ޝަޒިން މިހެން ބުނުމުން އައެކޭ ބުނުމުގެ ގޮތުން ކިޔަން ބޯޖަހާލިއެވެ. “ހެޕީ؟” ޖުމައިލް އައިސް ޝަޒިންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “ޔެސް ވެރީ ހެޕީ. ރޮހާން މާ މަޖާވެފަ އެހުންނަނީ އަބަދު ވެއްޔާކުޅެން ލިބޭތީ. މާލެގައި އެހެންނެއް ނުވާނެއެއްނުން. ތޭންކްސް ޗުއްޓީއަށް ރަށަށްއަނަން އޯކޭވީތީ” ޝަޒިން ހުރީ މިފަހަރު ޗުއްޓީއަށް މަންމަމެން ކައިރިއަށް ރަށައް އާދެވުނީތީ އުފަލުންނެވެ.
އެހާދިސާ ހިނގާދިޔަތާ މިހާރު އަށް އަހަރުވަނީއެވެ. ދާނިޝްވީ އޭނާކުރި ކުށައް އަމިއްލައަށް އިޢުތިރާފްވުމުން ޖަލުގައެވެ. އަދި ޝަޒިންވެސް ޖުމައިލްއާއި ކައިވެނި ކޮއްގެން މާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު އާ ފެށުމެއްފެށީއެވެ. ނަމަވެސް ޝަޒިންގެ ބުރަކަށިގައި އަދިވެސް އެ ދެ ލަކުނު ވެއެވެ. އެ ލަކުނުން އެރޭ ހިނގާދިޔަ ހާދިސާ ހަނދުމަ ކޮއްދިނެއްކަމަކު މިހާރު ޝަޒިން މާޒީއަކަސް ނުބަލައެވެ.
ކުއްލިއަކަށް ރޮހާންގެ ރުއިމުގެ އަޑު އިވުމާއިއެކީ ޖުމައިލް ދުވެފައި އެދިމާއަށް ދިޔައެވެ. އޭރު ޝަޒިންވެސް ފަހަތުން އާދެއެވެ.
ރޮހާން ގެންނުޅުނު ޗިޕްސްކޮޅު ބިންމައްޗަށް ވެއްޓުމުން އެކަމާއި ދެރަވެގެން ރޮނީއެވެ. ކިޔަން އަތުގައިވެސް ދެން އިތުރު ޗިޕްސް ކޮޅެއް ނެތުމުން ރޮހާންއަށް ދޭވޭގޮތް ނުވީއެވެ.
“އިޓްސް އޯކޭ.. އަވަހަށް ހުއްޓާލަ. ބަލާ މިހިރީއެއްނުން ރޯގެ އިނގިލީގަ ޗިޕްސް ހޭކިފަ.” ޝަޒިން ރޮހާން މަސަލަސް ކުރުމައްޓަކައި ރޮހާންގެ އިނގިލި އަނގައަށް ލައިދެމުން ބުނެލިއެވެ. އިނގިލީގައި ޗިޕްސްރަހަ ލުމުން ރޮހާން އުފަލުން ފުމެންފެށިއެވެ. “ޕިޕްސް،ޕިޕްސް.. ޑެޑީ ޕިޕްސް” ރޮހާން އުފަލުން އޭނާގެ އަތް ކައިރީގައި ހުރި ޖުމައިލްއަށް ދިއްކޮއްލިއެވެ. ޖުމައިލް ތިރިވެ އެ ކުދި އިނގިލިތައް އޭނާގެ ތުންފަތުގައި ޖައްސާލިއެވެ. “ޔެސް. ޕިޕްސް.” މިހެން ބުނެލުމަށްފަހު ރޮހާން އުރާލައިގެން އެތަނުން ދިޔުމަށް ހިގައިގަތެވެ. އޮއްސެމުންދިޔައިރަށް އަލްވަދާޢުކިޔަމުން ޝަޒިންއާއި ޖުމައިލް ދިޔައީއެވެ. ދިމާވި ހިތްދަތި ހާދިސާ މާޒީގައި ފޮރުވާލަމުން އާ ފެށުމަކުން ދިރިއުޅުންފެށީއެވެ.
-ނިމުނީ-
*މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީވާހަކައެކެވެ*
10 Comments!
Comments are closed.


hope you all enjoyed the story and thanks for ur support. 🙂
Nice
vrh salhi vahaka….
woww
V v salhi… 🙂
very nice 🙂
Dhen athoo akah get eh nuve aslu dhaanish e kuhjaa ah ehen hedhy keehve? BTW adorable story!! waiting for another story of yours. 🙂
V nyc
Zaisha ge huriha vaahaka eh mi site in kiyaafin v salhi huriha vaahaka eh ves n this one too.. hope to see a new one soon.. zaisha v salhi manzaru sifa kuraa goh adhi meehun ge sifa kiyaa dheyn..
Dhemihunge dharifulhuge namakah rohan e othima ma furathama hikury rolaakaanshey othykamah??anyways vaahaka is just simply awesome ??..