Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ހައްގެކެވެ.

Shaz Level 110 Stories
March 1, 2015 3 Mins Read
9 Comments

(ނޯޓް: މިވާހަކައަކީ ކުރިން އޮންލައިންނޫހެއްގައި ޝާއިއު ކުރެވުނު ވާހަކައެކެވެ. ގިނަ ކިޔުންތެރިންގެ އެދުމާއެކު އެސްފިޔަ ޑޮޓްކޮމްގައި އަލުން ޝާއިއު ކުރަންފެށީއެވެ.)

އަހަންނަށް ހޭލެވުނީ އަހަރެންގެ ފޯނު ރިންގްވާން ފެށި އަޑަށެވެ. އަވަސް އަވަހަށް ފޯނުނަގާ ބަލާލީ ހަމަ ޔަގީނުންވެސް ގުޅަނީ ހޮސްޕިޓަލުންކަން އެނގިހުރެއެވެ. މަންމަގެ ހާލެއް އެނގޭނެތީ އުފަލުން ނެވެ.

“ކޮބާ މަންމަގެ ހާލެއް އެނގުނީތަ؟” އަވަސް އަވަހަށް އަހަރެން ބުނީމެވެ.
“ރެޑީވޭ. މިދަނީ ބަލާ” އެކޮޅުން ވާހަކަދެއްކީ ދޮންބެއެވެ.
“ކިހިނެއްވީ؟” އަހަރެން ގަޑި ބަލާލަމުން ސުވާލު ކުރީ އެގަޑީގެ ގޮތުން ކޮންމެސް ކަމެއް ގޯސްވެއްޖެ ކަން އެނގުނީމައެވެ. އާއެކެވެ ގަޑިން މެންދަމުން އަލިވެ ދެގަޑި ބައިވަނީއެވެ.
“މަންމަ ކައިރިއަށް ގެންނަން” ދޮންބެ ފޯނު ކަނޑާލި އެވެ.

ހަމަ ޔަގީނުންވެސް ކޮންމެވެސް ކަމެއް ގޯސް ވެއްޖެއެވެ. އެހެންނޫންނަމަ އަހަރެން ވާހަކަ ދައްކަދައްކާ ހުއްޓާ ދޮންބެ ދުވަހަކުވެސް ފޯނުކަނޑައެއް ނުލާނެއެވެ. އަވަސްއަވަހަށް ރެޑީވެލައިގެން އަހަރެން ދޮންބެއަށް ގުޅީ މަންމަގެ ހާލު ބަލަން ބޭނުން ވެފައި ހުރިލެއްބޮޑުކަމުން ނެވެ. މާގިނަ އިރުތަކެއް ނުވެ ދޮންބެ އައެވެ. އަހަރެން ހީކުރީ ދޮންބެ ހުންނާނީ ވަރަށް އުފަލުން ކަމަށެވެ ނަމަވެސް އެމޫނުމަތީގައި އެއްވެސް އުޖާލާ ކަމެއްނެތެވެ. އަހަރެން ސައިކަލަށް އެރުމުން ދޮންބެ ސައިކަލް ދުއްވާލީ ހޮސްޕިޓަލާ ދިމާ އިދިކޮޅަށެވެ.

“ކޮންތާކަށް މި ދަނީ. ހޮސްޕިޓަލް ހުންނަނީ އެކޮޅުގައެއްނު؟” އަހަރެން ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ގެންދިޔައީމެވެ. ނަމަވެސް ދޮންބެފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެއްމެފަހުން ސައިކަލް ހުއްޓުމަށް އަހަރެން ބުނީމެވެ. އޭރު އަހަރެމެންނަށް ތިބެވުނީ އާސަހަރާ ކުރިމަތީގައެވެ. އެވަގުތުވެސް ސަހަރާގައި ގިނަ އަދަދަކަށް މީހުން އުޅެއެވެ. އެހެންކަމުން އަހަންނަށް އެނގުނީ ކޮންމެވެސް މީހަކު ނިޔާވެއްޖެ ކަމެވެ.

“މަންމަ ނިޔާވެއްޖެ.” ދޮންބެއަށް ބުނެވުނީ އެވަރަށެވެ. ބަޑި ފަޅައިގެން ހިގައްޖެއެވެ. އަހަންނަށް ވީނުވީއެއްވެސް ނޭންގުނީއެވެ. ހޭވެރިކަމެއްވީ އިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ. ކައިރީގައި ތިބީ ދޮންބެ އާއި ދޮންބެގެ ބެސްޓްފްރެންޑް އީތަން އެވެ. ގިނައިރު ރުއިމުގެ ސަބަބުން ދޮންބެގެ ދެލޯވަނީ ރަތްވެފައެވެ. މޫނުމަތިވަނީ ދުޅަވެފައެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ބައްޕައަކާ ނުލާ ދެދަރިން ތަރުބިއްޔަތު ކުރި ލޯބިވާ މަންމަ މިދުނިޔެ ދޫކޮށް ދިޔައީ އެވެ. ބައްޕަވީ ތަނެއްވެސް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ.

އަހަރެންގެ އުމުރުން އެންމެ ދެމަހުގައި އަހަރެންގެ ބައްޕަވަނީ މަންމަ ވަރި ކޮށްފައެވެ. އެއަށްފަހު ބައްޕަ ވީ ކޮންތާކު ކަމެއް ކީއްކުރަން ހެއްޔެވެ. ދުނިޔޭގައި ހުރިކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭންގެއެވެ.

މަންމަ ނިޔާވިތާ މަހެއް ވަރު ވެގެން ދިޔައިރު ހުރިހާކަމެއްވެސް ހަމަޔަކަށް އެޅިއްޖެއެވެ. މަންމަ ނިޔާވުމުން އޮފީހުން ޗުއްޓީއެއް ނެގުމަށްފަހު އަހަރެންވެސް މިއަދު އޮފީހަށް ނިކުތީމެވެ. އޮފީހުގެ ހުސްވެފައިވާ މެނޭޖަރުގެ މަގާމަށް ދޮންބެގެ ބެސްޓްފްރެންޑް އީތަން އަށް ހަމަޖެހި އޭނާވެސް ނިކުންނަން ފެށީ ހަމަމިއަދުއެވެ. ދޮންބެގެ ބެސްޓީ އަށްވިޔަސް އަހަރެން އީތަން އާ ވާހަކަދައްކަން ފެށީ މިއަދު އޮފީހުންނެވެ.

“ނަޝާ. އަހަރެން ވަރަށް ބަނޑުހައި ހިނގާ ސައިބޯން” އީތަން އައިސް އަހަރެންގެ ކެބިން ކައިރީ ހުއްޓުނެވެ.
“ހިނގާބަލަ” މަޖާވެލާފައި އަހަރެން އެހެން ބުނީ އަހަރެންވެސް ހުރީ ބަނޑުހައި ވެފައިކަމަށް ވާތީއެވެ.
ދެމީހުން އެކުގައި ގޮސް އޮފީހުގެ ސައި ކޮޓަރިއަށް ވަނީ އެތާނގައި މީހުން ތިބޭނެ ކަމަށެވެ. ނަމަވެސް އެހެންނެއްނުވިއެވެ. ސައި ކޮޓަރީގައި އެކަކުވެސް ނެތެވެ. އަހަރެން ކުޑަކޮށް ޖެހިލުންވި ނަމަވެސް އެކަންނުދައްކަން އަހަރެން ގޮސް ސައި މޭޒުކައިރީ ސައިބޯން އިށީނީމެވެ. އީތަން އިށީނީ އަހަރެންނާ ސީދާ ކުރިމަތީގައި ހުރި ގޮނޑީގައެވެ. އަހަންނަށް ކުޑަކޮށް އުނދަގޫވި ނަމަވެސް އެކަންނުދައްކައި ސައިބޯންފެށީމެވެ.

“ނަޝާ ބިޓެއްހުރޭތަ؟” ސައިބުއިމުގެ ތެރެއިން އީތަން އަހާލިއެވެ.
“އުހު. ކިހިނެތްވީ އަނެއްކާ؟” އަހަރެން ގަޔާވެލާފައި ސުވާލު ކުރީމެވެ.
“ކަމެއްނުވޭ. ހަމައަހާލީ.” އީތަން ސީދާ އަހަރެންގެ ދެލޮލަށް ބަލާލިއެވެ.

ހަތަރުކަޅި ހަމަވި ވަގުތު އަހަންނަށް ގޮތްތަކެއް ވިއެވެ. ނަމަވެސް އަވަސް އަވަހަށް އެތަނުން ނުކުމެގެން އައީ އީތަން އަހަންނާ ދިމާލަށް ކަޅިޖަހާނުލައި ބަލަންފެށުމުން އުނދަގޫވެގެންނެވެ.

އަހަންނާ އީތަން ގެ ގުޅުން ބަދަހިވަމުން އައީ ހީވެސް ނުކުރާހާ އަވަހަށެވެ. ކިތަންމެ ކުޑަކަމެއް ކުރަންވިޔަސް އީތަން އަހަރެންގެ ހުއްދަ ހޯދައެވެ. އަހަރެން މިގުޅުމަށް ދިން ނަމަކީ ލޯތްބެވެ. ސަބަބަކީ ފަހަކަށް އައިސް އީތަން ގެ ވާހަކަދެއްކުންތައް ހުންނަ ގޮތުންނާއި އޭނަ އަހަންނަށް ކެއާ ކުރާގޮތެވެ. އާއެކެވެ. އީތަން އަހަރެންދެކެ ލޯބިވެއެވެ. އަހަރެންވެސް އީތަން ދެކެ ލޯބިވެއެވެ. ނަމަވެސް ބުނާކަށް ނުކެރެއެވެ. އަހަރެން ދެކޭގޮތުގައި އީތަން ވެސް ބުނަންނުކެރިގެން ހުންނަނީއެވެ.

ދުވަހަކީ ހުކުރު ދުވަސް ކަމުން އަހަރެން އޮތީ ކަންނެތްވެފައެވެ. ނިދާހޭލިނަމަވެސް ތެދުވާހިތްނުވެފައެވެ. އިރުކޮޅަކުން ކޮޓަރި ދޮރުހުޅުވާލައިފައި ދޮންބެ އައިސް އަހަރެންކައިރި އިށީނެވެ.
“މިއަދު ނުވެސް ތެދުވާދުވަހަކީތަ؟” ދޮންބެ ވާހަކަދެއްކީ ލޯބިންނެވެ.
” އީތަން މިއަދު ނާންނަނީތަ؟” އަހަރެން ފުރަތަމަވެސް އަހާލީމެވެ.
“ނުބުނޭތަ؟ އޭނަ ރޭގަ ވަރުގަދަކަމެއްކޮށްލައިފި؟” ދޮންބެ އިނީ ހެވިފައެވެ.
“އަނެއްކާ ކީއްކުރީ” އަހަރެން ތެދުވެ ދެފައި ވައް ކޮށްލައިގެން އިށީނީމެވެ.
“އިންނަން އުޅޭ ކުއްޖާލައްވާ ރަން ކިޔުއްވީނު. ދޮންބެ ހީކުރީ ކޮއްކޮ ކައިރީ ކަމަށް އެންމެ ފުރަތަމަ ބުނާނީ” ދޮންބެގެ ޖުމްލަތައް ތޫނުތީރުތަކެއް ފަދައިން އަހަރެންގެ ހިތް ތޮރުފާލައިފިއެވެ.
“ކީކޭ. ރަންކިޔުއްވިއްޔޭ.” އަހަންނަށް ބުނެލެވުނެވެ. އެވަގުތު ދޮންބެ ފޯނަށް ފޯނެއް އައެވެ. ފޯނު ނަގައިގެން ދޮންބެ ހިނގައިގަތީ ކޮޓަރިން ބޭރަށެވެ. އަހަންނަށް ރޮވުނީއެވެ. ހަދާނެ ގޮތްހުސްވީއެވެ. އީތަން މެރީ ކުރަނީއެވެ. އެހެންމީހަކާއެވެ. ނޫނެކެވެ. އީތަން އެއީ އަހަރެންގެ މީހެކެވެ. ހަމައެކަނި އަހަރެންގެ މީހެކެވެ.

ފޯނު ނަގާ އީތަން އަށް ގުޅީމެވެ. އޭނަގެ ދުލުން ހަގީގަތް ހޯދަން ބޭނުން ވާތީއެވެ. ދެފަހަރަކު ރިންގް ވެލާއިރަށް އީތަން ފޯނުނަގައިފިއެވެ.
“ޔެސް ލޯބީ” އީތަން ގެ އާއްމު އުސޫލުން ފެއްޓިއެވެ.
” އީތަން މެރީ ކުރަނީތަ؟” އަހަރެން ހިތްވަރުކުރަމުން ވާހަކަދެއްކީމެވެ.
” ހީހީ.. ދެން ދޫނި ދައްކާ ވާހަކަ މަވެސް މެރީ ކުރަން ވާނެ ދޯ؟” އީތަން ހުރީ މަޖާވެފައެވެ.
” ދެޓްމީންސް ޔޫއާރ ގޮއިންގް ޓް ގެޓް މޭރީ ނެކްސްޓް ވީކްއޭތަ” އަހަރެންގެ ހިތްވަރު އެލުނެވެ.
“ޔަޕް. ޑޯންޓވޮރީ ޑާލިން އައި ވިލް އިންވައިޓް ޔޫ ފަސްޓް” އީތަން ގެ ވާހަކަތައް އަހަރެންގެ ހިތް ތޮރުފަމުން ދިޔައެވެ.
“ހައު ކުޑް ޔޫ ޑޫ ދިސް ޓް މީ” އަހަންނަށް ބުނެވުނެވެ. ނަމަވެސް އީތަން އަށް އަޑެއްނީވުނެވެ.
“ސޯ ކޮންގްރާ. ވިޝް ޔޫ ހެޕިނެސް” އަހަރެން އަވަސް އަވަހަށް ފޯނު ކަނޑާލީ ހަމަ ކެތްނުވެގެންނެވެ.

ފޯނު ކަނޑާލުމާއެކު އަހަންނަށް ފެށުނީ ބާރުބާރަށް ރޯށެވެ.” އީތަން ހައު ކުޑް ޔޫ ޑޫ ދިސް ޓް މީ. ހައު” އަހަރެން ރޮމުން ރޮމުން ވާހަކަ ދެއްކީމެވެ. ނަމަވެސް އަޑުއަހާނީ ކާކު ހެއްޔެވެ؟
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

ސިއްރު

Next

ކަޝްފު 12 (ފަހުބައި)

Next
March 1, 2015

ކަޝްފު 12 (ފަހުބައި)

Previews
February 28, 2015

ސިއްރު

9 Comments!

  1. hudha says:
    March 1, 2015 at 4:15 pm

    Nice aneh bayah inthixaar kuran

  2. Azu says:
    March 1, 2015 at 4:23 pm

    Salhi.waiting………

  3. Nash says:
    March 1, 2015 at 4:40 pm

    reethi

  4. sikey says:
    March 1, 2015 at 5:30 pm

    salivaane kahnenge varah kiyaahiyy veyy…….

  5. athy says:
    March 1, 2015 at 5:39 pm

    V reethi vaahaka ey hen heevey…. waiting to next part

  6. Shazu says:
    March 1, 2015 at 7:51 pm

    Thnk u all

  7. xee says:
    March 1, 2015 at 9:47 pm

    Vaahaka genesdheynee kon dhuvas thakegga

  8. Naal says:
    March 1, 2015 at 10:07 pm

    Kurin mi vaahaka genes dhiny kn site akuntha?

  9. shahu says:
    March 2, 2015 at 10:11 am

    Reethi… Waitin 4 the next part… 🙂

Comments are closed.

Next Episodeއަހަރެންގެ ހައްގެކެވެ (ދެވަނަ ބައި)←


All Right Reserved!