Skip to content
އެސްފިޔަ

ސިއްރު

(އެއްވަނަ ބައި)

ދެ ފިކުރެއްގައި ހުރެފައި ރިއާން ފާހަނާއަށް ވަނީ ޝިއަމް ގުޅާނެކަން އެނގިހުރެވެސް ފޯނު އެނދުމަތީ ބާއްވާފައެވެ. އަރާމު ނިންޖެއްގައި ޒާރާ ނިދާލާފައި އޮތްތަން ފެނުމުން ރިއާން ހިތުގައި ޖެހުނެވެ.  ޝިއަމް މަތިން ހަނދާން ނައްތާލަން ކިންތަންމެ މަސައްކަތެއް ކުރިއަށް ބޮޑަށް އޭނާއާ ކައިރިވުން ނޫން ކަމެއް ނުވެއެވެ. އަނެއްކޮޅުން ޒާރާއަކީ ރިއާން އެންމެ ލޯބިވީ އެކަކެވެ. ކައިވެނި ކުރީ އެހެން އަންހެނަކާ ދިމާލަށް ބަލައިވެސް ނުލާން ނިޔަތްގަނެގެންނެވެ. ޝިއަމްއާ ދިމާވި ފަހުން ހުރިހާ ކަމެއް ބަދަލުވީ ހީވެސް ނުކުރާގޮތަކަށެވެ. ޝިއަމްގެ ޖާދޫގައި ރިއާން ޖެހުނީ ރިއާން ބޭނުންވެގެންނެއްނޫނެވެ.

ރިއާން ފާހަނާއަށް ވަނުމާއެކު ޒާރާ ލޯ ހުޅުވާލިއެވެ. އެވަގުތު ރިއާންގެ ފޯނު ރިންގްވިއެވެ. ރިއާންގެ ފޯނު ހާވާ އެފޯނަށް އަންނަ ކޯލްތަކަށް ޖަވާބު ދިނުމަކީ ޒާރާ ކުރާކަމެއްނޫނެވެ. ރިއާން ފާހަނާއިން ނުކުތް އިރު ޒާރާ އޮތީ ލޯމަރާލައިގެންނެވެ އެހެންކަމުން ޒާރާ ނުނިދާ ކަމެއް ރިއާން އަކަށް ނޭނގެއެވެ. ފޯނަށް ޖަވާބު ނުދޭން ހިތައް އަރާފަވެސް ފޯނު ނަގަންދެން ޝިއަމް ގުޅާނެތީ ފޯނުނެގީ ޒާރާގެ މޫނަށް ބަލައިގެން ހުރެއެވެ.

“ޕޮޒިޓިވް.” ރިއާން އަށް އެއްޗެކޭ ނުބުނެވެނީސް ޝިއަމް ބާރުބާރަށް ބުންޏެވެ. ބާރުބާރަށް ޝިއަމް ބުނި އެއްޗަކުން ރިއާންއަށް ހީވީ ބޮލުގައި ބާރު އެތިފަހަރެއް ޖެހުނުހެންނެވެ. ބުނާނެ އެއްޗެއް ރިއާން އަކަށް ނޭނގުނެވެ. ޒާރާ ފަދަ ވަފާތެރި އަންހެނަކަށް ވެވުނު ބޭއިންސާފު ފުރަތަމަ ފަހަރަށް އިހުސާސް ކުރެވުނެވެ.

“ރިއާން.. އަހަރެން ބުނީމެއްނުވާނޭ. ރިއާން އުފަލެއް ނުވޭތަ؟ ދެން ހިނގާ އަހަރުމެން މެރީ ކުރަން.. އަހަރެން ބަދުނާމުވާކަށް ބޭނުމެއް ނޫން.. އެހެން ނޫނަސް މީ ރިއާން ވެސް ބޭނުން ވި ގޮތް. ނޫންތަ؟ ދެން އަހަންނަށް އެންމެ ހިނދުކޮޅަކަށްވެސް މަޑެއް ނުކުރެވޭނެ. ރިއާން ޖެހޭނީ މަށާ އިންނަން.ނޫނީ އައިމް ގޮއިންޓް ކިލް މައި ސެލްފް” ޝިއަމް އިންޒާރެއް ދިންފަދައެވެ.

‘މާދަން މޯރނިންގަ އަހަރެއް ގުޅާނަން.” ރިއާންއަށް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ. ޒާރާގާތު ރިއާންގެ ދަރި އަކަށް އެހެން އަންހެނަކު ބަލިވެ އިން ވާހަކަ ބުނާނީވެސް ކިހިނެތް ހެއްޔެވެ؟ އޭނަގެ ހިތް ފަޅައިގެންދާނެއެވެ. އެކަމް ޝިއަމް އެހާލުގައި ދޫކޮށްލާނީވެސް ކިހިނެތް ހެއްޔެވެ؟ ކޮންމެ ގޮތެއްވިއަސް ޝިއަމްގެ ބަނޑުގައި އެވަނީ ރިއާންގެ އަލަތު ދަރިއެވެ. އެދަރިފުޅު ދޫކޮށްލާނީވެސް ކިހިނެތް ހެއްޔެވެ؟

އާދުވަހަކަށް އިރު އަރައިގެން އައިއިރު ފާއިތުވީ ރޭ ހަތަރުދަމު ރިއާން އޮތީ ނުނިދައެވެ. ދެން ހަދާނެ ގޮތެއް ނޭނގުނެވެ. ފޯނު ނަގާ ބަލާލިއިރު ވައިބަރ އިން މެސެޖެއް އައިސް އިނެވެ. ޝިއަމްގެ މެސެޖެއްކަން ޔަގީންވާތީ ބަލަން ނުބަލަން އޮވެފައި ބަލާލިއިރު  ޝިއަމްގެ އަތުގައި ވަޅިއަޅުވާފައި ލޭތަކާއެކު ނަގާފައިވާ ފޮޓޮއެކެވެ. ފުންމައިގެން ތެދުވުމާއެކު ރިއާން ޝިއަމްއަށް ގުޅިއެވެ. ތިން ފަހަރު ގުޅުމުންވެސް ފޯނެއް ނުނެގިއެވެ. އަވަސް އަވަހަށް އެއްޗެހި ބަދަލުކޮށްލައިގެން ޝިއަމްއަށް ރިއާން ހިފައިދީފައިވާ ކޮޓަރިއަށް ދާން ރިއާންއަށް ނުކުމެވުނީ ޒާރާގެ ކުރިމައްޗަށެވެ.

“އާން.. ކޮންތާކަށް ތިދަނީ..އިޓްސް ސަޓަރޑޭ.. ނޯއޮފީސް.. ދެން ވެއަރ..” ޒާރާ ހައިރާންކަމާއެކު ސުވާލު ފައްޗެއް އަމުނާލިއެވެ. ޒާރާ ފެނުމާއެކު ރިއާން ހުއްޓުން އެރިނަމަވެސް ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ ތެދައްބުނެ ޒާރާ ރޮއްވާލުމަށްވުރެ ދޮގެއް ހަދައިގެން ހެއްވާލުން މާރަނގަޅުވާނޭ ރިއާންގެ ހިތައް އެރިއެވެ. އެހެން ނަމަވެސް އެއްޗެކޭ ނުބުނެ ރިއާން ދިޔައީއެވެ.

މިހާރަކަށް އައިސް ރިއާން ޒާރާއާ ދުރުވާކަން ޒާރާއަށް ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް ޒާރާ އަކީ ޝަކުވާ ކުރާ މީހެއްނޫނެވެ. ރިއާން ޒާރާދެކެ އެންމެ ލޯބިވަނީ އެހެންވެއޭ ރިއާން ބުނާތީ ޒާރާ އަބަދުވެސް ޝަކުވާ ނުކޮށް ހުރެވޭތޯ ބަލައެވެ. އަނެއްކޮޅުން ދެން ރިއާން ޖެހޭނީވެސް ގިނައިރު ޒާރާގާތުގައި ހުންނަންކަން ޒާރާ ގަބޫލު ކުރެއެވެ. އެހެނީ ޒާރާ އެއައީ އިއްޔެ ބަނޑުބޮޑުތޯ ބަލަން ހެދި ޓެސްޓުގެ ނަތީޖާ ހިފައިގެންނެވެ. ޒާރާ އިނީ ބަލިވެއެވެ.

ޝިއަމްގެ ކޮޓަރިއަށް ރިއާންއަށް ވަދެވުނުއިރު ޝިއަމް އޮތީ ޓައިލްސް މައްޗައް ވެއްޓިފައެވެ. އަތުގައި ވަޅިއަޅުވާފައި ހުރިތަނުން ކޮންމެވެސް ވަރަކަށް ލޭއާދެއެވެ. އަވަސް އަވަހަށް ޝިއަމް ހޮސްޕިޓަލަށް ގެންދެވުނެވެ. އިމަޖެންސީގައި ޝިއަމްއަށް ފަރުވާ ދެމުން ދިޔައެވެ. ހާސްވެފައި ހުރިވަރުން ރިއާންއަށް މަޑުން ނުހުރެވެއެވެ. ޝިއަމް އެހެން ހަދަން ޖެހުނު ސަބަބެއް ނުވިސްނުނެވެ.

“ޑޮކްޓަރ” އިމަޖެންސީން ޑޮކްޓަރު ނުކުތުމާއެކު ރިއާންއަށް ވީގޮތްވެސް ނޭނގުނެވެ

“މާބޮޑަށް ހިތުގައި ޖެހުނީ. މިހާރު މީޓްކޮށްލެވޭނެ. ދެން ހަނދާންކޮށް އޭނަ ހިތުގަ ޖެހޭ ކަމެއް ނުކުރާތި. ޑިޕްރެސްވަނީ އަސްލު.” ޑޮކްޓަރު ހިނގައިގަތުމުން ރިއާން ޝިއަމްގާތަށްވަނެވެ.

“ރިއާން.. ހިނގާ މެރީ ކުރަން.. އަހަރެން މޮޔަވެދާނެ. މަ ބޭނުމެއްނޫން ޒާރާ ގާތަށް ފޮނުވާކަށް. ރޭވެސް މަށަށް ހާދަ އުނދަގޫވިއޭ.. ޕްލީސް.. ރިއާން.. އެހެން ނޫނީ އަހަރެން މަރުވާނީ..” ޝިއަމް ރޯން ފެށިއެވެ.

“އަހަރެން ޒާރާއާ ވާހަކަ ދައްކާނަން.” ރިއާންގެ ބޮލުގައި ރިއްސަންފެށިއެވެ.

“ނޫން އޭނަ ވަރިކުރޭ.. ހެޔޮ ރިއާން ޖެހޭނީ އޭނަ ވަރިކުރަން. ނޫނީ އަހަރެން މަރުވާނަން… ހަމަ ހުވާ މިބުނީ..” ޝިއަމް އަތައް ގުޅާފައި އިން އައިވީ ނައްޓާލީއެވެ.

ޝިއަމްގެ ކުއްލި ހަރަކާތާއެކު ރިއާންއަށް ހަދާނެގޮތް ހުސްވިއެވެ.

“އެންމެ ރަނގަޅު.. އަހަރެން ޒާރާ ވަރިކޮށްފަ ވީއެންމެ އަވަހަކަށް ޝިއަމްއާ އިންނާނަން.” އެންމެފަހުން ރިއާންއަށް ބުނެވުނެވެ.

(ނުނިމޭ)

Comments (13)

  1. nadhoo

    haadha kurey sis :/
    next time dhigukohlahchey

  2. same

    V nice….. 2 wana part ah inthixaarugaaaa…. Keep it up…

  3. same

    V nice….. 2 wana part ah inthixaarugaaaa…. Keep it up…

  4. kiyaan

    V sali. Kiyaa hithun nuves hurevey. Alhe thankolheh avahah aneh part up kohdhehchey….

  5. ximm

    V salhi. Ekm xaara dheranukurachey!

  6. Lilx

    HURYYYYY UP… VVVVV NICE

  7. Anonymous

    Woooow finally reethi story eh. Waiting waiting

  8. hudh

    V nyc aneh part avahah genas deyne kamah unmydhu kuran

  9. lol

    Omg Vvv reethi story eh. Avahah genas dhehchey igey

  10. Azu

    Reethi. Avaha update kohdheeba aneh part

  11. Shazu

    Thnkx alll. In sha allah v emme avahakah update kuraanan…

  12. lullu

    waahaka varah rythi…ekam thankolheh kury

  13. shai

    kobaaaaaaaa…. part 3 alhe avahah genasdhechey plz plz ingey. me varah salhi story e..

Comments are closed.