Skip to content
އެސްފިޔަ

ސިހުރު 1

މައްޝޫރު ވާހަކަލިޔުންތެރިއެއް ކަ މައްވާ ނަހުލާގެ ‘ މަންޖެ’ ވާހަކަ ކިޔަން ގެއްލިފާ އިން އަަހަރެން ގަޔަށް ހޭވެރިކަ މެއް އެރީ ޖަހާލި ބޮޑު ގުގުރި އަކުންނެވެ. ވާރޭ ވެހެ މުން ދާކަންވެސް އިހުސާސްވީ ހަ މަ އެވަގުތު އެވެ. އެއަށް ވުރެ ބޮޑަށް އަހަރެން އިނީ ވާހަކަައިގެ ތެރެއަށް ގެއްލިހުސްވެފައެވެ. ކޮޓަރީގެ އަލި ކުޑަދޮރުން ބޭރަށްއެޅިފާ ހުރު މުން ވާރޭ ތިކިތައް ގަހުގެ ފަތް ތަކުގަައި ބީހެ މުން ދާތަން ފެނެެއެވެ. އެ ހިއްގައި މު މަންޒަރު ބަލަން އަހަންނަށް ހުރެވުނީ ކިހާ އިރެއްވަން ދެކަށްވެސް އަހަންނަށް ނޭނގުނެވެ.ބަންގީގެ އަޑު އިވު މާ އެކު ހަނދާން ވީ އަހަރެން ހާރު ނުކައި ހުއްޓާ ފަތިސް ނަ މާދު ބަންގިގޮވިކަ މެވެ. މާގިނައިރުތަކެއް ނުނަގައި ފާހާނަ އަށް ވަދެ ވުޟޫކޮށް އަވަދިވެގެން އަހަރެން އަވަސް ވެގަތީ ނަ މާދު ކުރު މަށެވެ. ނަ މާދަށް ރަނގަޅަށް ނޭރިގެންއުޅެނިކޮށް ދޮރުގައި  މީހަކުޓަކި ޖަހާ އަޑު އިވު މުން އަހަރެން ގޮސް ދޮރު ހުޅުވާލިއިރު ކުރި މަތާގައި ހުރީ މަން މަ އެވެ. ” ދަރިފުޅަށް ހާރުކާން ގޮވަން  މަން މައެވަރަށް  ދޮރުގަ ޓަކި ތެޅީ މަ ދަރިފުޅު ނުހުޅުވީކީއްވެ?? ދަރިފުޅަށް އޮތީ ނިދިފަތަ??” ހާސްވެފާ ކަހަލަ ގޮތަކަށް މަން މަ އަހާލިއެވެ. ”ސޮރީ މަން މާ! އަޅުގަނޑު ވާހަކައިގެ ތެރެއަށް ގެއްލިފާ ހުރިވަރުން ނޭނގުނީ.” މަން މަ ގައި ބައްދާލަ މުން އަހަރެން ބުނީ މެވެ. އެއީ އެހާ ވަރުގެ ކަ މެއް ނޫން ކަ މަށް ބުނެ އަހަރެން ކައީރިގައި ނަ މާދަށް އެރު މަށް ބުންޏެވެ. މަން މަ ދިޔު މުން އަހަރެން ނަ މާދަށް އެރީ މެވެ. އެއަރުވެސް  މެދު ކެނޑު މެތް ނެތި ވާރޭގެ އަޑު އިވެ މުން ދޭއެވެ. ނަ މާދު ކޮށް ނި މީ ގެން؛ ވަރުބަލިވެފަ ހުރި ވަރުން އެނދު މަތީ ގައި ޖައްސާލީ މެވެ. ހަ މަ އެހިނދު އަހަރެން ގެނބުނީ ފުން ނިންޖެކެތެރެއަށެެވެ. ނިދުނުތާ އިރުކޮޅެއް ނުވަނީސް ހޭލެވުނީ ފޯނު އެލާރ މް ވާ އަޑަށެވެ. ގަޑިން 6:30 ވެއްޖެއެވެ. އަހަރެން އަވަސް ވެގަތީ ސްކޫލް އަށް ދިއު މަށެވެ. އަހަންނަކީ 16 އަހަރުގެ ކުއްޖަކަށް ވު މާއެކު އަހަރެން ތައުލީ މު ޚާސިލް ކުރަނީ 11 ވަނަ ކިލާހުގައެވެ. މިއަދަކީ ރަ މަޟޯން  މަހުގެ ފަހުދުވަސް ކަ މުން ރޯދަ ވިއްލުން ހަ މަ ޖެހިފާވަނީ ސްކޫލުގައެވެ.

Comments (2)

  1. Zuha

    Reecheyyy reechey keep it up sis?❤

  2. R.a.u.f.a

    reethi vrh.. can’t wait for the next part.. proud of you dhoonyaa ❤️❤️

Comments are closed.