Skip to content
އެސްފިޔަ

ހިތް ކަލާއަށް އެދޭތީ 5…

“ޖުމައްޔާ” މުޅިދަތްޕިލަ އެއްކޮށްފެންނަވަރަށް

ހިނިތުންވެލާގެން ޖުމައްޔާ އަށް ގޮވައިލި އެވެ.

“އަހާންންން…އާރިފް ކޮންވަޑާމެއް؟” އާރިފް

ފެނުމާއިއެކު ގޮނޑިޔަށް އިށާރާތް ކުރަމުން

ޖުމައްޔާ ވާހަކަ ދެއްކި އެވެ.”މި ދެން ހަމަ ޖުމައްޔާގެ

ހާލު ބަލާލަން ޖައްސާލީ””ކޮބާ ވިޔަފާރި ކިހިނެތް؟”

ޖުމައްޔާ ފެއްޓީވިޔަފާރީގެ ވާހަކަ އެވެ.

އާރިފް ހިނިގަނޑެއްޖަހާލަމުން ވާހަކަ ދެއްކީ

ވިސްނުންތެރިކަމާއިއެކުއެވެ. “މި ކަހަލަ ވިޔަފާރިތަކަކީ

ދުވަހުން ދުވަހަށް ކުރިއަރަމުންދާވިޔަފާރި ތަކެއް…

މި ދަތުރުގައިވެސް އަހަރެން މި އައީ ދެ ބްރާންޗެއް

ބެންގަލޯރ ގައި ހުޅުވާފަ..” އާރިފް ހިނިތުންވެލާގެން

އިން ގޮތުން އޭނަ އިނީ ވަރަށްހަމަޖެހިލާގެންހެން

ހީވިއެވެ. ” ޖުމް… އަހަރެން ހިތަށް އެރީ މިހާރު ޖުމް

ވެސް ވައިވެފައޭ އޮންނާނީ މި ކަހަލަ ކަޓު

ވިޔަފާރީތަށް ކޮށްކޮށް ހެހެ.. ޖުމްގެ ޙިޔާލެއް

އިނގޭ ހަމަ ބޭނުންވަނީ އެއަށްފަހު މީ

ނުދައްކާ ވާހަކައެއް ކަމަށް ބަލަމާ… އަހަރެން

ހިތަށް އަރަނީ ކިހިނެތް ވާނެ ބާއޭ އަހަރެން

ކުރާކަހަލަ ވިޔަފާރީއެއް ޖުމް ވެސް ފަށައިފިއްޔާ..

ހަމަގައިމުވެސް އެއްކަމެއް އަހަރެން ޔަގީން ކޮށްދެން..

އެންމެ ބާރ އެއް ހުޅުވާގެންވެސް ޖުމް އަށް ވާރޭ

ވެހޭހެން ފައިސާ ލިބޭނެ… މި ވިޔަފާރި އަތުނުޖެހޭ

ހިސާބަށް ދާނެ..” އާރިފް އަނެއްކާވެސް ވާހަކަ ދެއްކީ

ޖުމައްޔާ ފަރުވާކުޑަ ގޮތަކަށް ކަޅިހިންގާލުމުންނެވެ.

“އާރިފްފް… އާރިފް ހީކުރަނީ އަހަރެންގެ މި ބޮލުތެރޭގައި

އޮންނަނީ މީދާ ކޭ އުނބެއް ކަމަށްތަ… ހެހެ މިހާރުވެސް

އަހަރެންގެ ކުލަބް އަކާ މަސާޖު ޕާލާ އެއް ފުރާންސް ގައި

އޮންނާނެ ހުޅުވާފައި… ދެދުވަސް ފަހުން އޮސްޓޮރޭލިއާ ގައި

ވެސް އޭގެ ބްރާންޗެއް ހުޅުވަން މި ދަނީ.. ވިޔަފާރީގައި

އަހަރެންނަށް ވުރެން ބޯ ބޮޑު މީހެއް މި ދިވެހި

ރާއްޖޭގައިވެސް ނުހުންނާނެ.. ސޯ ވިޝް މީ ލަކް ޑާރލިން…”

ކަންފަތް ކައިރީ އިން އިސްތަށިކޮޅުނަގައި އިނގިލީގައި

ކުޑަކޮށް އޮޅާލަމުން ޖުމައްޔާ ވާހަކަ ދެއްކީ ޗޮކެއް

ލަނޑާލަމުންނެވެ. އޭރު ކައިރީގައި އިން އާރިފް

އިނީ އަނގަ ސަކަރާތްވެފަ އެވެ. “ޔޫ ކޭން ލީވް

ނައު..” އިރުކޮޅެއްކުރިން އޭނަގެ އެސިސްޓެންޓް

ގެނެސްދިން ކޮފީ ތަށި ތުމުގައި ޖަހާލަމުން ދޮރާ

ދިމާލަށް ޖުމައްޔާ އިށާރާތް ކޮށްލިއެވެ. އާރިފް

މަޑު ހިނގުމެއްގައި ނިކުމެ ކެބިން ގެ ދޮރު

ޖަހާލުމާއިއެކު ޖުމައްޔާ ރުޅިވެރިގޮތަކަށް ކައިރީގައި

ހުރި ފައިލް ހޫރާލިއެވެ. ޖުމައްޔާ ކުރާކަންތައްތަކަށް

ފާޑު ކިޔާ އަނގަ ބާނާ މީހުން ދެކެ އޭނަ އަންނަނީ

އަމަށަކު ރުޅިއެއް ނޫނެވެ. އަމުދުން އޭނަ އަށް ވުރެން

ދަށްފެންވަރުގެ މީހުންނެވެ. މީހާ ކުޑަކޮށް ހަމަޖެހިލަމުން

ކައިރީގައި އޮތް ފޯން ނަގާ ނަންބަރަކަށް ޑައިލް ކޮށްލިއެވެ.

” ޒާއިޝް ކަމް ޓު މައި ކެބިން ނައު!..” އެކޮޅުން ފޯން

ނެގުމާއިއެކު ހަރުކަށި ގޮތަކަށް އޭނާ ބުނަން ބޭނުންވާ

އެއްޗެއް ބުނެލުމަށްފަހު ޖުމައްޔާ ފޯން ކަނޑާލީ

އެކޮޅުން ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދީއެވެ..

********************************

ހެންވޭރު ރާފަސް ގޭ ދޮރުމައްޗަށް ޓެކްސީ

ހުއްޓާލުމާއިއެކު އިވްރާ ފަރުވާތެރިކަމާއިއެކު

އެގެއަށް ބަލާލިއެވެ. ހަ ބުރިއަށް ނަގާފައިވާ އެ ބޮޑު

އިމާރާތް ފަރުމާކުރެވިފައިވަނީ ހުދާއި މަޑު ނޫ

ކުލައަކުންނެވެ. ޓެގް ކޮޅު ޖައްސައިލުމަށްފަހު ޔޫހާން ގޭގޭ

މައިދޮރު ހުޅުވައިލުމާއިއެކު އޭނަގެ ފަހަތުން އިވްރާ

ވެސް އެތެރެއަށް ހިނގައިގަތެވެ. ލިފްޓަށް އަރައި ތިން

ވަނަ ފަންގިފިލާ އާއި އަރާ ހަމަވިތަނާ ޔޫހާން ގޭގޭ

ބެލް ޖަހާލިއެވެ. އެއާއެކު ގޭގޭ ދޮރު ހުޅުވާލީ

ސާޅީހަކަށް އަހަރުގެ އަންހެނެކެވެ. ކަޅުކުލައިގެ

ހައުސް ކޯޓް އަކާއި ހަމަ އެ ކުލައިގެ ވަށް

ބުރުގަލެއް އަޅައިގެން ހުރި ހުދާ ގެ ދޮން

މޫނު މަތީގައި ވީ ފުން ހިނިތުންވުމެކެވެ.

އިވްރާ ފެނުމާއިއެކު އޭނާ އިވްރާ ގެ ގައިގާ

ކުޑަކޮއް ބައްދާލިއެވެ. އެއަށްފަހު ލޯބިން

ފުރިގެންވީ ގޮތަކަށް އިވްރާ ގެ ބޮލުގައި

ފިރުމާލިއިރު އޭނާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ.

ވާނީވެސް އެހެންތާއެވެ. އެތަކެއް އަހަރުތަކަކަށްފަހު

އިވްރާ އާއި ބައްދަލް ވީއިރު އޭނަގެ ލޯ ކުރިމަތިން

ސިފަވަމުން ދިޔައީ އަމިއްލަ ދައްތަގެ ހެދިހުރި ސޫރަ އެވެ.

އެހާވެސް އިވްރާ އޭނަގެ މަންމަ އާއި ވައްތަރެވެ.

“ދޮންތާ..” އިވްރާ އެ އަންހެން މީހާއަށް ގޮވާލީ ލުއި

ހިނިތިންވުމަކާއި އެކީއެވެ.

“ސާބަސް މަންމާ މިތާ ހުރެގެން ދެން ހަަމަ ތި

އިމޯޝަނަލް ސީން ކުޅެނީތަ… އެހެންނޭވާނީ މިހާރު

ހިންދީ ޑުރާމާ ބަލާ ބަލާ މަންމަ މިހާރު އެމީހުންނަށްވުރެން

މޮޅަށް އެކްޓު ކުރެއޭ… އަޅެ ކާކުތަ އެއީ.. އާން ކޯކިލާ…

ކޯކިލާ ގޮތަށް..” މާހައުލުގައިވީ ސީރިއަސްކަން ނައްތާލަމުން

ޔޫހާން ޗޮކެއް ކަނޑާލިއެވެ. އެއާއެކު އިވްރާ ޔޫހާން ގެ

އަތުގައި ބާރަކަށް ވިކާލިއެވެ. “މަންމާ ބަލާ..”

ކުޑަކުއްޖެއްހެން ބޮޑާ ހާކާލަމުން ޔޫހާން އޭނަގެ

މަންމަ ގެ ކޮނޑުގައި އެލިގަތެވެ. ހުދާ ވެސް

ޔޫހާން ގެ ކަންފަތުގައި ހިފާ އަނބުރާލީ ތަދު

ނުވާނެހާ މަޑުންނެވެ. އަދި އިވްރާ ގެ އަތުގައި

ހިފާގެން އެތެރެއަށް ވަދެގެން ދިޔައެވެ. ޔޫހާން

ވެސް އެމީހުންގެ ފަހަތުން ހިނގައިގަތީ އިވްރާ ގެ

ފޮށި ހިފާގެންނެވެ. “އިވީ އާދޭ ކާން” ކާގެއަށް

ވަތްއިރު ހުދާ ގެ ފިރިމީހާ ޙާލިދު ބުނެލިއެވެ.

އިވްރާ ހިނިތުންވެލަމުން ގޮނޑީގައި އިށީންއިރު

ޖެހިގެން އިން ގޮނޑީގައި ޔޫހާން ވެސް އިށީނެވެ.

“ދޮންތާ ކޮބާ ޔަނާ؟” އިވްރާ އަހައިލިއެވެ. “ކޮލެޖް ގަ

ވީ… މިހާރު އަންނާނެ.. ދޮންތަ ނުބުނަން އިވީ އަންނަ

ވާހަކަ އެއް.. ބުނެފިއްޔާ މިއަދު ކޮލެޖަކަށް ވެސް

ނުދާނެ ވިއްޔަ..” ޔޫހާން އަށް ރޮށި ފުނޑުވައިދެމުން

ހުދާ ކިޔައިދިނެވެ. ” ހަހަހަ.. ހުވާތަ ޔޫނުސަށް

ނޭނގޭނެތަ ޔަގީން އަޅުގަނޑުގެ ބޯ ހަލާކު ވާ ވަރަށް

އޭނަ އަޅުގަނޑުގެ ބޯ ކާލާނެކަން..” ފެން ތަށީގައި

ތުން ޖަހަމުން ޔޫހާން އެހެން  ބުނެލުމުން ކައިރީގައި

އިންް ޙާލިދް އޭނާ އާ ދިމާލަށް ބަލާލިއެވެ. އެއާއެކު

ޔޫހާން ކޮށި އެރީ ވިސްނާނުލާ ޔަނާ އާ ދިމާލަށް

ޔޫނުސް ގެ ނަމުން މުޙާތަބު ކުރެވުމުންނެވެ. އޭރު

އިވްރާ ހިނިގަނޑު ހިފަހައްޓާލައިގެން އިން އިރު

ހުދާ ގެ ހާލަކީވެސް އެއީއެވެ. އެވަގުތު ގޭގެ ބެލް

ޖެހި އަޑަށް ހުދާ ދޮރު ހުޅުވަން ދިޔައެވެ.

“ސޮރީ މަންމާ.. ފުރެންޑުންކޮޅަކަށް ވާހަކަ ދައްކަން

ހުރެވުނީމައި ލަސްވީ.. ބައްޕަ އޮފީހަށް ދުރުވީތޯ”

އިވިގެން ދިޔައީ ޅަ އަންހެން ކުއްޖެއްގެ އަޑެވެ.

އެ އަޑު ޖެހުމާއިއެކު އިވްރާ އަވަސްއަވަހަށް

ދޮރާ ފުރަގަސް ދެމުން ސިންކު ކައިރިއަށް

ޖެހިލިއެވެ. “އެއީ ކާކު؟” އިވްރާ އާ ދިމާލަށް

އިށާރާތް ކުރުމަށްފަހު ޔަނާ އެހެން ބުނެލުމާއިއެކު،

އިވްރާ އެނބުރިލިއެވެ. އެއާއެކު ޔަނާ ހަޅޭލަވައިގަތީ

ކަންފަތް ބަންވާހާ ތޫލި އަޑަކުންނެވެ. ބަލާކަށް ނުހުރެ

ޔޫހާން ގެ އިތުގައި އޮތް އާފަލު ފޮތި ޔަނާ ގެ އަނގަޔަށް

ކޮށްޕާލިތަނާ އެންމެންގެ ހިނިގަނޑު ފަޅާގެން ދިޔައެވެ.

ޔޫހާން އާ ދިމާލަށް ލޯ އަޅާލަމުން ޔަނާ އަނގައިގައި

އޮތް އާފަލު ފޮތި ކާލިއެވެ. އެއަށް ފަހު ވައިސޫރައެއްހާ

ބާރު މިނުގައި ގޮސް އިވްރާ ގެ ގައިގާ ބައްދާލަމުން

ފުމެންފެށިއެވެ. “ކުޑާ ކުޑާ އައި އެމް ސޯ ހެޕީ..”

އިވްރާ ގެ އަތްތިލާގައި ހިފަހައްޓައިގެން ހުރެ ޔަނާ

އެހެން ބުނެލިއިރު އޭނަ ހުރީ ބައްތިރީސް ދަތް

ފެންނަވަރަށް ހީލައިގެންނެވެ. “މަންމާ ކީއްވެ ނުބުނީ

ކުޑާ އަންނަ ވާހަކަ އެހެންނޫންނަމަ މިއަދު ކޮލެޖަކަށް

ނުދިޔައިމުސް..” ޔަނާ ޝަކުވާ ކޮށްލަމުން ގޮނޑީ ގައި

އިށީނެވެ. “އެހެންވެގެންނޭ ނުބުނީ ޕްރިންސެސް…

ސަޕްރައިޒެއް ދޭން ވެގެން” ޔަނާ އަންނަންދެން

އޮފީހަށް ނުގޮސް އިން ޙާލިދް ޔަނާގެ ބޮލުގައި

ފިރުމައިލަމުން ބުނެލިއެވެ. އެއަށްފަހު ތެދުވެލަމުން

ޔޫހާން އަށް ގޮވާލުމަށްފަހު ދެބަފައިން އެއްކޮށް

އޮފީހަށް ދާން ނިކުތެވެ.

(ނުނިމޭ….)

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (7)

  1. Raa

    Wowowowowo varah salhi ingeyy keep it up sisters…. dhenn oiy bai adhi miah vureh dhigu kohlahcheyy..❤❤❤ next part knirakun up khdheynee???

  2. Cherrychoppers

    Salaam dear readers… here is the 5th episode of the storyy… unmeedhu kuran mi baivx kamudhaane kamah…. next part varah avahah up kohladheynan insha allah… do read and feel free to comment… be safe everyone ???

  3. Reesham

    Wow maa shaa allah varah reethi mi part ?

  4. Anonymous

    Maashaa Allah ☺️ mi part vx vrh rythii ? curiously waitin for nxt part ❤️

  5. Fainaaa

    Awww maasha Allah!!!! I laaav thisss story!! N mi part varah reethi!! When next part!!☺️♥️

  6. Fainaa

    Mi part varah reethi!!!♥️ When next part???

  7. Hamna

    Maa shaa allah

Comments are closed.