Skip to content
އެސްފިޔަ

ހިތި ހަނދާން

އަހަރެން ހަނދާން ހުންނަން ފެށީއްސުރެންވެސް އަހަރެންނަކީ އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން އައި މީހަކީމެވެ. އާއިލާގައި ތިބި ހުރިހާ ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއަށް ވުމުން އަހަރެން ބޮޑުވަމުން އައީ މަންމަ އާއި ބައްޕަގެ އިތުރުން ދައްތަ މެންނާއި ބޭބެމެންގެ ވެސް ފުރިހަމަ ލޯތްބާއި ހިމާޔަތް ލިބިގެންނެވެ. މިހެންކަމުން އަހަރެންގެ ސްކޫލް ދައުރު ފެށިގެން ދިޔައީވެސް ކާމިޔާބުކަމާއި އެކުގައެވެ. ކޮންމެ އަހަރެއްވެސް ނިންމާލަނީ ކުލާހުން އެއްވަނަ ހޯދައިގެންނެވެ. ކިޔެވުމުގެ އިތުރުން އެހެން ކަންކަމުގައިވެސް އަހަރެން ދިޔައީ މަންމަމެން ފަޚުރުވެރި ވާފަދަ ވަނަތައް ހާޞިލްކުރަމުންނެވެ. ހިތާމައާއި އަނިޔާއާއި ވޭން އެއީ އޭރު އަހަރެން ދަންނަ އިހުސާސް ތަކެއްނޫނެވެ. އެހެނަސް ތަޤްދީރު ބަދަލުވެގެން ދިޔައީ އެއާ މުޅިން ޚިލާފަށެވެ.

މި މުޖްތަމައުގައި ޅައުމުރުގައި ޖިންސީ އަނިޔާ ތަހައްމަލް ކުރަންޖެހިފައިވަނީ ކިތައްކުދިންނަށް ހެއްޔެވެ؟ އެފަދަ ބަދުނަސީބު ކުއްޖަކަށް އަހަރެން ވެދާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިޔާލަށްވެސް ނުގެންނަމެވެ..

 އޭރު އަހަރެން އުޅުނީ ގްރޭޑް ހަތެއްގައެވެ. އާދައިގެ މަތިން އެރޭވެސް އަހަރެން ނިދަން އޮށޯތީ ފަތިހާ އަވަހަށް ހޭލުމުގެ ނިޔަތުގައެވެ. މަންމަ މެންނާއި ދައްތަމެން ވެސް ނިދަންވަންނާނީ ދަންކޮއްލާފައެވެ. އަހަރެންނަށް ހޭލެވުނީ އަހަރެންގެ ހަށިގަނޑުގައި މީހަކު ބީހޭކަމުގެ އިހުސާސް ކުރެވިގެންނެވެ. ބިރުން ހަޅެއްލަވައިގަންނަންވެސް ނޭނގުނެވެ. އަހަރެންގެ ހިއްސުތައް ގަނޑުވި ކަހަލައެވެ .އެރޭ އަހަރެންގެ ހަޔާތުގައި ހުޅު ރޯކުރީ ދުރުހިލޭ މީހެއްނޫނެވެ. ޚުދު އަހަރެން އެމީހަކަށް އެންމެ އިތުބާރު ކުރި އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އެ ޖަނަވާރުގެ އެދުން ފުދުމުން ނިކުމެގެން ދިޔައީ އަހަރެންގެ ހަޔާތް އެފުށް މިފުށަށް ޖަހަމުންނެވެ. އަހަރެން ކަރުނަ އަޅާ ރުއީމެވެ. އެހެނަސް އަޑު އަހާނެ އެއްވެސް މީހެއް ނެތެވެ. އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ އެކަންތައް ހިތުތެރޭގައި ފޮރުވުމެވެ. އެހެނަސް އޭގެ ފަހުން ބޭބެގެ ގޯނާތައް ދިޔައީ އިތުރުވަމުންނެވެ. އސްތިރި ކުރަން ހުއްޓާ ކައިރިވުމުން އިސްތިރި ޖައްސަންވެސް ހިތަށް އެރިއްއެވެ. އެހެނަސް އެ ހިތްވަރެއް ނުލިބުނެވެ. އަހަރެންނަށް ގަބޫލުކުރެވުނީ އަހަރެންގެ ވާހަކަތައް އެއްވެސް މީހަކު ގަބޫލު ނުކުރާނެކަމުގައެވެ. އަހަރެންގެ ހާލަތު މަންމަމެންނަށް އިހްސާސް ނުކުރެވުނީތީ ޝަކުވާ ކުރެވުނީ އަމިއްލަ ނަފްސާއެވެ. އަހަރެން އެކަނި ނިދަން ބޭއްވީ ކީއްވެ ހެއްޔެވެ.. ބޭބެގެ މަކަރުވެރިކަން މަންމަ މެންނަށް ނުފެނުނީ ކީއްވެ ހެއްޔެވެ.. ؟ އަމުދުން ބޭބެ އަހަރެންނާމެދު އެފަދަ ނަޒަރަކުން ދެކުނީ ކީއްވެ ހެއްޔެވެ؟ އޭނަގެ ހިތުގައި އެއްބަނޑު އެއްބަފާކަމުގެ ކުލުނެއް ނެތީކީއްވެ ހެއްޔެވެ..؟

އެ ހިއްދަތި ދުވަސްތަކަށް ނިމުމެއް އައީ ބޭބެ މާލެބަދަލުވުމުންނެވެ. އެހެނަސް އެ އިންސާނާ ފުރައިގެން ދިޔައީ އަހަރެން ދެކެމުން އައި ހުވަފެންތަކުގައި ކޮޅުފައިން ޖަހަމުންނެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަން ހިނގިނަމަވެސް އަހަރެން ސްކޫލް ދައުރުނިންމާލީ ރަންވަނަތަކާއެކުގައެވެ. މިހާރު އޭގެފަހުން ނުވަ އަހަރު ވީއެވެ. އެހެނަސް އެ ހަނދާންތައް އިއްޔެ ވީކަމެއްހެން އަހަރެންގެ ހިތުގައި އަދިވެސް ހަރުލާފައި އެބަހުއްޓެވެ. އަހަރެން ބޭބެ އަށް ނަފްރަތު ކުރަމެވެ. އަހަރެން ފަދައިން މިފަދަ އަނިޔާތައް ތަހައްމަލް ކޮށްފައިވަނީ ކިތައް ކުދިން ކަމެއްނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެ މައްސަލަ ޖައްސައިގެން އިންސާފު ލިބޭނެ ގޮތެއް މި ރާއްޖޭގައި ނެތްކަމެވެ. ކަށްވަޅަށް ދާންދެންވެސް މި ސިއްރު އާއިލާއަށް ވަންހަނާކުރުން ނޫންގޮތެއް އަހަރެންނަކަށް ނެތެވެ..

Comments (13)

  1. naash

    is this a real story?

  2. me

    mi dhen koncheh? ehves ohttareh nethehnun.

  3. yus

    Varah reethi mi part varah kiyaahi thun mi huree so next part avahah up kohlahchey

  4. faai

    Yus,, story nimuny kanneynge… :-/ hywany hagygy ehcheh hen….

  5. hjj

    Haadha hadi ey vaahakaehvex hen hynuvey.. Ekm kalo adhivex Athoo ah ehchehi kiyeythw balaathi

  6. yus

    Faai thi bunigoiy nuvehjehyaa kithahme haa vs rangalhu

  7. destiny

    Its my life in short.. couldnt find better words to express it. Thankyou all for the good n bad comments. Appreciate them. 🙂

  8. minte

    Aslu emme rangalhu bees man neyge mamma men aa hhare Kohler ma eyrun emeehunah libenjehey haggu adhabu libeyne!destiny thi hedhi gothun neyge e beybe gadu kithah kudhin he life barbaadu koh laifi kameh dhoa

  9. yaal

    seriously destiny :-(.. destiny alhe report kuran v nu.. mnite ebunaahen kithah meehunge life eyna ehn vehyaa modelaane.. eynayah adhabu liben jeheynehnu.. anehkaavex rashah aisfa neynge ehnu kohlaane varuves 🙁

  10. no name

    Report kohgen ahen kuhjaa ah hama hurihaa malaamaatheh libeny.. Alhugandakyvx hama thikahala kanthah thakeh kurimathi laan jehifa vy kuhjeh. Mihaaru report kurithaa 3 years vehje ekam emyhaa gandah akah ehvx adhabeh nulibey.. emyhaa mirashu kithanme myhakaa egothah kanthah kuri ekam hama polihun emyhaa aa tok kuryma hama heelaafa ee dhogoa. Kihaahehvaa..

  11. Anonymous

    I agree with you no name… ithurah badhunaam vun nun kameh nuvey.. insaaf libeyne dhuvaheh ves eboiy…

  12. t

    vara best

  13. aimi

    destiny can i reach u on facebook or anything?

Comments are closed.