Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެފުރޭތަ (ފަހުބައި)

shan Level 410 Stories100 Comments500 Comments100 Login
February 8, 2015 5 Mins Read
18 Comments

ލާރާދިޔުމާއެކު ޖީބުގައި އޮތް ފޯނުނަގައި ޝާއިލްއަށް ގުޅާލީމެވެ. ނަމަވެސް އޭނާ ފޯނެއްނުނެގިއެވެ. ފަތިސް ނަމާދުކުރަން ޝާޢިލް ތެދުވާނެކަން އަހަރެންނަށް ޔަޤީނެވެ. އެހެންކަމުން ފޯން ނެގުމަށް އެދި މެސެޖެއްކޮށްލުމަށްފަހު ގުޅާލީމެވެ. ދެތިން ރިންގ ވުމާއެކު ޝާޢިލް ފޯންނެގިއެވެ. އޭނާހުރީ ބިރުގެންފައެވެ. އޭނާއަށް ހީކުރެވިފައިވަނީ ހަމަ ހަޤީޤަތުގައިވެސް އަހަރެންނާ ފުރޭތައެއް އަވަލީކަމަށެވެ. ބިރުގެންފައި ހުރިވަރުން ހާސްވެގެން ވާހަކަ ނުދައްކާ ފޯން ބާއްވަންވެސް އުޅުނެވެ. ނަމަވެސް އަހަރެން ހުރިހާ ވާހަކަތަކެއް ކިޔާދިނުމުން އޭނާ ހަމަޔަކަށް އެޅުނެވެ. އަހަރެން ހޭނެތުން ވަގުތު އިބްރާހީމްބެގެ އަޑުއިވުމުން ބިރުން ފިލީކަމަށް ބުނެ ޝާއިލް މާފަށް އެދުނެވެ.

“..އިޓްސް އޯކޭ.. ހެލްޕް މީ..” އަހަރެންގެ ކޮއްކޮ ސަލާމަތްކުރުމުގައި އެހީތެރިވުމަށް އެދުނީމެވެ.

“..ބުނޭ ކޮންކަމެއްކޮއްދޭން ވީ..” ޝާއިލް ބުނެލިއެވެ. “..ލޫކު ބުނި ކަމެއްވިއްޔާ އަހަރެން ކޮއްދޭނަން..” އަހަރެން ކަންތައްކުރަންވީގޮތް ކިޔާދިނުމަށްފަހު ފޯން ބޭއްވިއިރު ހިތަށްވަނީ ބޮޑު ހަމަޖެހުމެއް ލިބިފައެވެ. ސިކުނޑިއަށް ލުއި ލިބިއްޖެއެވެ. ދެން އަހަރެންނަށް ހަމަޖެހިލައިގެން ނިދާލެވިދާނެއެވެ. އެނދުގެ ދެކޮޅުގައި އައްސާފައިވާ ވާގަނޑަށް ބަލާލުމަށްފަހު ދެ އަތަށް ވާގަނޑު އޮޅާލަމުން ލޯ މަރާލީމެވެ.

އަހަރެންނަށް ހޭލެވުނީ މެންދުރުވީފަހުން ބައްޕަ ގޮވުމުންނެވެ. އޭރު ކައިރީގައި ބައްޕަ ބަތްތައްޓެއް މޮޑެގެން އަހަރެންނަށް ކާންދިނުމަށް އައިސް އިނެވެ. އަހަރެން ހިނިތުންވެލަމުން ކުޑަކޮށް ތެދުވެލީމެވެ. ބައްޕައެއްވެސް ވާހަކައެއް ދެއްކުމެއްނެތި އަހަރެންނަށް ކާންދޭންފެށިއެވެ. ބައްޕަގެ މޫނުމަތިން ފެންނަމުންދަނީ ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ.

“..ބައްޕާ..”

“..އެއްވެސް ވާހަކައެއް ނުދައްކާތި..” ބައްޕަގެ އަޑުގައިވެސް ވަނީ ނުރުހުމެވެ. “..މައިން ބަފައިންގެ ބަސް ޤަބޫލްނުކޮށް ކިހިނެއް އުޅެންދިމާކޮށްގެން ތިއުޅެނީ.. ތީ އަދި ކުޑަ ކުއްޖެކޭ.. އެވަރަށް ކޮޓަރިތެރެ އެގަޑީގަ ނުބަލާށޭ ބުނީމަވެސް ބެލީ.. ބުނާބަސް ޤަބޫލްނުކޮށް އުޅުނީމަ ރަނގަޅެއްނުން ވީގޮތް.. އެއްދަރި އެކަމުން ސަލާމަތްނުވެގެން އުޅެނިކޮށް އަނެކަކަށްވެސް.. ލޫކު އެއްފަހަރުވެސް ވިސްނާލިންތަ މަންމައާއި ބައްޕަކުރާނެ ހިތާމައާމެދު..”

“..ބައްޕާ.. އަޅުގަނޑު ރަނގަޅޭ..” އަހަރެން މަޑުމައިތިރި ކަމާއެކު ބުނެލީމެވެ.

“..ލޫކުއަށް ލޫކު ރަނގަޅު ހެން ހީވިޔަސް ރަނގަޅުނަމަ ތިގޮތަށް ބަނދެފަ ބާއްވަންޖެހޭނެތަ؟..” ބައްޕަގެ އަޑުގައިވަނީ ހަރުކަށި ކަމެވެ. “..އޭތި ލޫކުގެ ގައިތެރެއަށްވަދެ ކޮންޓްރޯލް ނައްޓުވާލާނީ ކޮން ވަގުތަކުކަމެއްވެސް ނޭގެ..”

“..އިބްރާހީމްބެ ހަދަނީ ހުސްދޮގު..” އަހަރެން ބައްޕައަށް ވިސްނާދެވޭތޯ މަސައްކަތްކުރީމެވެ. “..އެއްވެސް ފުރޭތައެއް އެތަނަކުން ނުފެނޭ.. ބައްޕައަށް އެތާ އެތެރޭ ހިނގާ ކަންތައް އެނގޭނަމަ ތިހެނެއް މަޑުންނެއް ނީންނާނެ.. ބައްޕާ އެތަނުގަ..”

“..ވަރިހަމަ ލޫކުއަށް ކޮންމެ އެއްޗެއް ފެނުނަސް..” ބައްޕަ އަހަރެންގެ ވާހަކަ މެދުކަނޑާލިއެވެ. “..އިބްރާހީމްބެ އޭ ކިޔާގެން އެއްވެސް ވާހަކަ އެއް ނުދައްކާތި.. މިހާރު ތިއޮތީ އެއްބޮނޑި ބޮއެފަ.. ދެންވެސް ތިކަމުން ސަލާމަތްވާނީ މަޑުމަޑުން ބަސްއަހައިގެން ބުނާގޮތްހެދީމަ..”

“..ބައްޕާ އަޅުގަނޑު ދައްކާ ވާހަކަ އަޑުއަހާބަލަ.. އަޅުގަނޑު ދޮގު ހަދައިގެން ވާހަކަތަކެއް ދައްކާކަށް ނޫޅެން..”

“..ލޫކު ތިކަމުން ސަލާމަތްވީ ދުވަހަކުން ވާހަކަދައްކަން މަޑުކޮށްލާ..” ބައްޕަ ހިތްހަމަނުޖެހިފައިހުރެ ނުކުމެގެންދިޔަ މަންޒަރު ބަލަން އަހަރެން އިނީ ފެންކަޅިވެފައެވެ. ބައްޕަ އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުންނުވީތީ ހިތާމަކުރީމެވެ. އަހަރެން ބޭނުންވިނަމަ އަޑުގަދަކޮށްފައި އެވާހަކަތައް ގޮވައިލެވުނީހެވެ. އިބްރާހިމްބެގެ ހަޤީޤަތް ބުނެދެވުނީހެވެ. ނަމަވެސް ބައްޕަ އެއްވެސް އެއްޗެއް ޤަބޫލްނުކުރާނެތީ ހިމޭނުންއިނީއެވެ. ބައްޕައަށް އިބްރާހިމްބެގެ މަކަރުވެރިކަން ޤަބޫލްކުރެވޭނީ އިބްރާހިމްބެގެ ހަޤީޤީ ސިފަ ފެނިގެންނެވެ.

އަހަރެން އިންތިޒާރު ކުރަމުންދިޔައީ އިރު އޮއްސޭވަގުތަށެވެ. ސިކުންތަކަށްފަހު ސިކުންތެއް މިނެޓަކަށްފަހު މިނެޓެއް ފާއިތުވަމުން ގޮސް އިރުވެސް އޮއްސިއްޖެއެވެ. އަހަރެން ޝާޢިލްގެ ޚަބަރެއް ބަލާލުމަށް އޭނާއަށް ގުޅާލީމެވެ.

“..ލޫކު.. ހުރިހާ ކަމެއް ފައިނަލްކޮށްފިން..” ޝާޢިލް ފޯންނެގިގޮތަށް ބުނެލިއެވެ.

“..އޯކޭ ގުޑް.. އިބްރާހިމްބެ މިގެޔަށް އަންނާނީ މަޣްރިބް ނަމާދުކޮށްގެން.. ސޯ އޭގެކުރިން ނާންނައްޗޭ.. ނޫނީ ހުރިހާކަމެއް ފެއިލްވެގެންދާނީ.. އަހަރެންވެސް ބޭރަށް ނުނިކުމެ މަޑު މިކުރަނި އެމީހާ އަންނަންދެން.. އަދި ބުނަން.. ލަސްވެސް ވެގެން ނުވާނެ..” އަހަރެން ފޯން ބޭއްވުމަށްފަހު ދެފައިގައި އައްސާފައިވާ ވާތަށް މޮހާލީމެވެ.

********

“..ލޫކު..” އަހަރެން ކޮޓަރި ދޮރުން ބޯ ދިއްކޮށްލިތަން ފެނިގެން ބައްޕަ ގޮވާލީ ބާރަށެވެ. އަހަރެން ސިހޭގޮތްވި ނަމަވެސް ހަމަޖެހިލަމުން ބޭރަށް ނުކުތީމެވެ. މަންމަ އާއި ބައްޕައިނީ ސޯފާގައެވެ. މަންމަ އިނީ ދެލޯ ބޮޑުކޮށްލައިގެން ބިރުގެންފައެވެ. އަހަރެންގެ ހަށިގަނޑު ތެރެއަށް ފުރޭތަ ވަނިއްޔޭ މަންމައަށް ހީވަނީ ކަންނޭގެއެވެ. ނަމަވެސް ބައްޕަގެ ލޮލުން ފެންނަނީ ރުޅިވެރިކަމެވެ.

“..ހަމަ މިހާރު ވަދޭ އެތެރެއަށް..” ބައްޕަ ބާރު ހިނގުމުގައި އައިސް ހިފީ އަހަރެންގެ އަތުގައެވެ.

އެވަގުތު ކުރިމަތީގައި ހުރި ކޮޓަރި ތެރެއިން ކޮއްކޮ އަހަރެންނަށް ގޮވާލި އަޑުއިވުނެވެ. އަހަރެން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެލޯ ތަންމިނަށް ހުޅުވިގެންދިޔައެވެ. އަވަސް އަވަހަށް ފޯންނަގައި ގަޑިއަށް ބަލާލެވުނެވެ. އަދި ނަމާދުކޮށް ނިމޭހާ އިރެއްވެސް ނުވެއެވެ. އިބްރާހިމްބެ މިހާ އަވަހަށް ގެޔަށް އައީ ހެއްޔެވެ؟ އެވަގުތު އަނެއްކާވެސް ކޮއްކޮގެ ހަޅޭކުގެ އަޑުއިވުނެވެ. އަހަރެން ބައްޕަގެ އަތް ފޮޅުވާލަމުން ކޮއްކޮގެ ކޮޓަރިއާ ދިމާއަށް ދުއްވާ ގަތީމެވެ. ނަމަވެސް ބައްޕަ ހުރީ އެކަމަށް ސަމާލުވެގެންކަމުން އަހަރެންގެ އަތުގައި ހިފެހެއްޓުމަށްފަހު އަތުގައި އޮތް ފޯން ޖަހައިގަތެވެ.

“..ކޮޓަރީގަ މައިތިރިވެގެން އޮވޭ..” ބައްޕަ އަހަރެން ކޮޓަރި ތެރެއަށް ކޮއްޕާލިއެވެ.

“..ބައްޕާ ކޮއްކޮ ސަލާމަތްކުރޭ..” އަހަރެން ހާސްވިވަރުން ދެލޮލަށް ކަރުނަ ޖަމާވެގަތެވެ. “..އިބްރާހިމްބެ ކޮއްކޮއާ ބެހެނީއޭ..”

“..މޮޔަވެގެންތަ ތިއުޅެނީ..” ބައްޕަ ބާރަކަށް ދޮރު ލައްޕާލިއެވެ.

އަހަރެން ދުވެފައިގޮސް ތަޅުގައި ހިފިއިރު ބައްޕަހުރީ ބޭރުން ދޮރު ހިފަހައްޓައިގެންނެވެ. ދޮރުގައި ބާރަށް ދެއަތުން ތަޅަމުން ކޮއްކޮ ސަލާމަތްކުރުމަށް އާދޭސް ކުރިއިރުވެސް ބައްޕަ ދޮރެއް ނުހުޅުވިއެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ކޮއްކޮ ސަލާމަތްކުރާނީ ކިހިނަކުން ހެއްޔެވެ؟ ޝާޢިލް ގާތު އަވަހަށް އައުމަށް ބުނެވުންނަމަވެ. އަހަރެން ބޯ ހާސްވާންފެށިއެވެ. ކޮޓަރިތެރޭ ދެކޮޅަށް ދެކޮޅަށް ހިގަންފެށުނެވެ. އެވަގުތު ބޭރުން އިތުރު ބަޔެއްގެ އަޑުއިވުނެވެ. އެމީހުން އައީ ކަންނޭގެއެވެ. އަހަރެން ތެޅިތެޅި އޮތް ހިތަކާއެކު އަވަސް އަވަހަށް ގޮސް ތަޅުގައި ހިފާލީމެވެ. ދޮރުހުޅުވިގެންދިޔައެވެ. ބައްޕައަށް ޤަބޫލްނުކުރެވިގެން އަހަރެންނަށް ބަލާލުމަށްފަހު ދޮރުމަތީގައި ޕޮލިސް ޔުނީފޯމްގައި ތިބި ދެ ފުލުހުންނަށް ބަލާލިއެވެ. އެތަނުން އެކަކަކީ ޝާޢިލްގެ ބައްޕައެވެ. ބައްޕަގެ އަތުގައި އޮތް ކޯޓް އަމުރަށް ބަލަހައްޓައިގެން ހިމޭންވެފައި ހުއްޓައި އަހަރެން ގޮސް ކޮއްކޮ ސަލާމަތްކުރުމަށް އެދުނީމެވެ. މަންމަ އައިސް އަހަރެން އަތުގައި ހިފެހެއްޓިއެވެ. އެމޫނުމަތީގައި ވަނީ އެތަކެއް ސުވާލްމާކުތަކެއް ޖެހިފައެވެ. އެސުވާލްތަކުގެ ޖަވާބު ކުޑައިރުކޮޅެއްގެ ތެރޭގައި ލިބިގެންދާނެއެވެ. ޕޮލިސް ދެބޭފުޅުން ބާރު ހިނގުމުގައި ދިޔަގޮތަށްގޮސް ކޮޓަރި ދޮރުމަތީ ހުއްޓުނުއިރު އަހަރެންނާއި މަންމަ ހުރީ ފަހަތުގައެވެ. ބައްޕަ ދުރުގައި މަންޒަރު ބަލަން ހުއްޓެވެ. އަހަރެން ކަންތައްކުރިގޮތުން ހިތްހަމަނުޖެހިފައި ކަންނޭގެއެވެ.

މަންމަ ޝާޢިލްގެ ބައްޕައަތަށް ތަޅުދަނޑި ދިނުމުން ތަޅު ހުޅުވާލިއިރު އެތެރޭން ހުރީ ތަންޑު އަޅުވާފައެވެ. އެވަގުތު ކޮއްކޮ ހަޅޭލަވައިގަތް އަޑުއިވުމާއެކު ދޮރުގައި ފައިންޖެހިޖެހީނުން ދޮރު ހަލާކުކޮށްލިއެވެ. ކޮއްކޮގެ ގައިމަތިން ތެދުވެ އަވަހަށް މުންޑު ބޮލުން ވައްޓާލި “ބަރަހަނާ” ހާލުގައި ހުރި އިބުރާހީމްބެ އަހަރެންނަށް ފެނުނެވެ. އަހަރެންގެ ލޭތަށް ކެކިކަތެވެ. ޝާޢިލް ބައްޕައަށް ވުރެކުރިން ގޮސް ކޮޅުފައިން އެމީހާގެ ދައްބަނޑު ކޮޅުގައި ޖެހީމެވެ. ދެލޯ ބޮޑުކޮށްގެންހުރި އިބްރާހިމްބެގެ އަނގައިން ވޭނީ އާހެއްގެ އަޑު ނުކުމެގެންދިޔައިރު ފާރުބުޑަށް ގުޅަޔަކަށް ޖެހުނެވެ. އެވަރުންވެސް އަހަރެންގެ ރުޅި މަޑެއްނުވިއެވެ. ހިތްހަމައެއް ނުޖެހުނެވެ. ދެވަނަ ފަހަރަށް ޖަހަން މަޅާލިވަގުތުން ޕޮލިސްމީހާ އައިސް ހިފެހެއްޓިއެވެ. ޝާއިލް ބައްޕަގޮސް އިބްރާހިމްބެގެ އަތުގައި ހިފާކޮޅަށް ނެގިއިރު އެމީހާ ތުރުތުރު އަޅައެވެ. މަންމަ ދުވެފައިގޮސް ކޮއްކޮގެ ގައިމަތީ ބެޓްޝީޓް އަޅާލިއިރު މަންމަގެ ލޮލުން ކަރުނަ އޮހެމުންދިޔައިރު އެއަތުގައިވެސް ވަނީ ތުރުތުރުލުމެކެވެ. އަހަރެން ރުޅި މަޑުކުރުމަށް ދެދަތްޕިލަ ފިއްތާ ބާރުކޮށްލައިގެން ހުރީއެވެ.

“..ހުންނަ ގޮތްކުޑަކަން..” މަންމަ ރޮމުން އިބްރާހިމްބެގެ މޫނުމަތީ އެތިފަހަރެއް އަޅާލިއެވެ. އެންމެ އެތިފަހަރެއްވެސް ނޫނެވެ. ދެތިން ހަތަރު އެތިފަހަރެވެ. އަހަރެން ގޮސް މަންމަ ހުއްޓުވީމެވެ. މަންމަ ރޮމުން އަހަރެންގެ ގައިގާ އޮޅުލައިގަތެވެ. ބައްޕަ އައިސް މަންމަގެ ބޮލުގައި ފިރުމާލިއެވެ. އަހަރެންނަށް ބައްޕަގެ މޫނަށް ބަލާލެވުނެވެ. ޕޮލިހުން އިބްރާހިމްބެ ބިޑި އަޅުވައިގެން ގެންދިޔައިރުވެސް އަހަރެންނަށް ހުރެވުނީ ބައްޕަގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާށެވެ. ބައްޕަ މަންމައާ ކުޑަކޮށް ވާހަކަދައްކާލުމަށްފަހު ލާރާ ކިބައިން މާފަށް އެދުނެވެ. އެންމެންގެ ލޮލުންވެސް ކަރުނަ އޮހެމުންދިޔައެވެ. ބައްޕަ ފިޔަވައެވެ. ބައްޕަގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުވެއްޓުނީ ކީއްވެގެން ހެއްޔެވެ؟ އެމޫނުމަތިން އެހެންމީހުންނަށް ނުފެންނަ އެއްޗެއް އަހަރެނަށް އެބަފެނެއެވެ.

“..ލޫކު ދަރިފުޅާ.. ބައްޕައަށް މާފުކުރޭ..” ބައްޕައަށް އަހަރެން ބަލާކަން އެނގިގެން އުނދަގޫ ގޮތަކަށް ބުނެލިއެވެ.

“..ހާދަ ހާސްވެފަ..” އަހަރެން ބައްޕަގެ ގާތަށް ޖެހިލުމަށްފަހު ބައްޕަގެ ނިތްކުރި މަތިން ފައިބަމުންދިޔަ ދާތިކިތައް ފޮހެލަދިނީމެވެ. އޭރު އަހަރެންގެ ސިކުނޑީގައި އެތަކެއް ސުވާލްތަކެއް ފުނިޖެހެމުން ދިޔައެވެ. ބައްޕަ މިހާބޮޑަށް ހާސްވެފައި މިހުންނަނީ ކީއްވެގެން ހެއްޔެވެ؟ އިބްރާހިމްބެގެ ހަޤީޤަތް އެނގުމުން ބައްޕަގެ ލޭތަށްކެކި އިބްރާހީމްބެއަށް ހަމަލާއެއް ދިނުމަށް ނޫޅުނީ ކީއްވެގެން ހެއްޔެވެ؟ ރުޅިވެރިކަމުގެ ބަހެއްވެސް ބުނެނުލީ ކީއްވެގެން ހެއްޔެވެ؟ ހުރިހާ މަންޒަރެއް ބެލުމަށް ދުރުގައި ހުރީއެވެ. އުފަންދަރިއަކަށް އެވަރުގެ ބޮޑުކަމެއް ވުމުންވެސް ބައްޕަ ކެތްކޮށްލައިގެން ހުރީ ހެއްޔެވެ؟

“..ދަރިފުޅާ..” ބައްޕަ އަވަސް އަވަހަށް މޫނުމަތި ފޮހެލަމުން ބުނެލިއެވެ. “..ދަރިފުޅުގެ ބަހަށް ބައްޕައަށް އިތުބާރު ނުކުރެވުނީ.. ބައްޕައަށް ކުރިން މިކަހަލަ ކަމެއް އެނގުންނަމަ އެއިބްރާހިމް މިގެޔަށްވެސް ނުވައްދާނަން.. ކޮއްކޮވެސް މިވާހަކަ ބުނިނަމަ މިހާދުވަހު..”

“..ކޮއްކޮ ބުންޏެއްނުން..” އަހަރެންނަށް ބުނެވުނެވެ. ބައްޕަގެ ބަސްހުއްޓުނެވެ. އަދި މަންމަގެ ގައިގާ ބައްދާލައިގެން ރޮމުން ދިޔަ ކޮއްކޮއަށް ބަލާލިއެވެ.

“..ކޮން.. ކޮންއިރަކު.. ނުބުނޭ..” ބައްޕަ އަޅައަޅާ ގަންނަމުން ބުނެލިއެވެ. ސިނކުޑީގައި ފުނިޖެހުނު ހުރިހާ ސުވާލެއްގެ ޖަވާބު އަހަންނަށް ލިބުނީ އެވަގުތުއެވެ. އަހަރެން ތުރުތުރު އަޅައިގަތްވަގުތު އަތުގަ ހުރި ބާރަކަށް ބައްޕަގެ ކަންކަށިމަތީ އެތިފަހަރެއް ވިހެލީމެވެ. މަންމައަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. ދޮރުންވަދެގެން އައި ޝާއިލްވެސް ހުއްޓުން އެރީ ކުއްލިއަކަށެވެ.

“..މީ ހުރިހާ ނުބަޔެއް ހެދި މީހަކީ..” އަހަރެން ހަޅޭލަވައިގަތީމެވެ. “..މީ އިބްރާހީމްބެ އެބުނާ ހަޤީޤީ ފުރޭތަޔަކީ.. އިބްރާހިމްބެއާ މީނައާ ރާވައިގެން މިހުރިހާކަމެއް ކުރީވެސް..”

“..ދަރިފުޅާ..” މަންމަ ތެދުވަމުން ބާރަށް ބުންޏެވެ. ބައްޕަގެ މޫނުމަތިން ފާޅުވެގެންދިޔައީ ނުތަނަވަސްކަމެވެ. ހާސްކަމެވެ.

“..އާން މަންމާ.. މިހުރިހާވެސް ނުބަޔަކީ..” އަހަރެން ބައްޕަގެ ގަމީހުގެ ގިރުވާން ދެއަތަށް އޮޅާލަމުން ދުރަށް ކޮއްޕާލީމެވެ. “..ކޮއްކޮ އިބްރާހިމްބެގެ ހަޤީޤަތް ބައްޕައަށް ބުނެދިން.. އެވަރުންވެސް މިހުރިހާ ދުވަހު ހަމަހިމޭނުންހުރީ.. މިއަދު އިބްރާހިމްބެ ބޭޒާރުވުމުންވެސް ހާސްވެފަ ދުރުގަ ބަލަންހުރީ.. ކޮއްކޮއަށް ކަންތައްކުރިގޮތް އެނގުމުންވެސް އިބްރާހިމްބެއާ ދިމާލަށް ޗުއްޕުވެސް ނުބުނި..”

“..ލޫކު.. ތިކަހަލަ އެއްޗެހި ހިތަށްވެސް އަރުވަން ނުވާނެ..” މަންމަ ބައްޕަގެ ދިފާޢުގައި ވާހަކަ ދައްކަންފެށިއެވެ. “..ތީ އޮޅުމެއް.. އިބްރާހިމްބެ ކޮއްކޮ ދައްކާ މޮޔަވާހަކަތައް ޤަބޫލްނުކުރުމަށް ބުނެފަ އޮތީ.. މަންމަމެން ހީކުރީ ހަޤީޤަތުގަވެސް ކޮއްކޮއާ އެއްޗެއް އަވަލީކަމަށް..”

“..މަންމައަށް ނޭގުނަސް ބައްޕައަށް އިނގޭ އެއްޗެއް އަވަލައިގެން ނޫޅޭކަން.. ޕޮލިހުން އައިސް ކޯޓުއަމުރު ދިނުމުން ބައްޕަގެ މޫނަށް ވެރިވި ހާސްކަމާ.. އަހަރެން ބަނދެފައޮއްވާ މަންމަ ކޮޓަރިއަށް ވަނުމުން ބައްޕަގެ މޫނަށްވެރިވި ނުތަނަވަސްކަމުގެ ސިއްރަކީ ކޮބާ؟..” އަހަރެން ބައްޕަގެ ގާތަށް ޖެހިލަމުން ސުވާލްކޮށްލީމެވެ. “..ކޮއްކޮ ހުރިހާ ވާހަކަތަކެއް ކިޔާދީފައި އޮއްވައި އަހަރެންގާތު ކޮއްކޮ އެއްވެސް ވާހަކައެއް ނުބުނާކަމަށް ބުނަންވީ ކީއްވެގެން؟..”

“..ހުއްޓާލާ ލޫކު.. މީ ބައްޕައޭ.. ލަދެއްނުގަނޭތަ ތިކަހަލަ ވާހަކަ ދައްކާކަށް..” ބައްޕަ ރުޅިއައިސްފައި ބުންޏެވެ. ހަޤީޤަތުގައި ބައްޕަ ރުޅިއެއް ނާދެއެވެ. މަންމަގެ ލޮލުގައި އަނދުން އަޅުވަން ބައްޕަ ރުޅިއަންނަކަމަށް ހެދުނީއެވެ. އަހަރެންނަށް އެމޫނުމަތިން އެކަން ވަރަށް ރީއްޗަށް ހާމަވިއެވެ.

“..ތިމީހަކަށް އިބްރާހިމްބެގެ ހަޤީޤަތް އެނގޭކަން މަށަށް ޔަޤީން..” އަހަރެން ބައްޕަގެ ގާތަށް ޖެހިލިވަގުތު ޝާއިލް އައިސް އަހަރެންގެ އަތުގައި ހިފައި ބޭރަށް ނެރުނެވެ.

“..ލޫކު.. ރުޅިމަޑުކުރޭ.. ތި ދައްކާ ވާހަކަ އަހަރެން ޤަބޫލްކުރަން.. އެކަމް މަންމައަށް މިގަޑީގަ ތިވާހަކަތައް ކިޔާދޭން ނުހަދާ.. މަންމައަށް އިތުރު ހިތްދަތިކަމެއްލިބޭނީ.. މަންމައަށް އަދި ވިސްނޭނެ.. ހަޤީޤަތަކީ ކޮބައިކަން އެނގޭނެ..” ޝާއިލް އަހަރެންނަށް ވިސްނައިދިނެވެ.

މަންމައަށް ބައްޕަގެ ހަޤީޤަތް ޤަބޫލްކުރެވުނީ ޖެހިގެން އައި ދުވަހު ބައްޕަ ހައްޔަރުކުރުމަށް ފުލުހުން އައުމުންނެވެ. ބައްޕަ ލާރީގެ ދަހިވެތިކަމުގައި އިބްރާހިމްބެއަށް ލާރާ ވިއްކާލިވާހަކަ ބުނުމުން މަންމައަށް ލިބުނު ޝޮކުގައި އަނބުރައިގަނެގެން ވެއްޓުނެވެ. ކޮއްކޮއަށް އެހަޤީޤަތް ޤަބޫލްކުރަން އުނދަގޫވެގެން މޫނުމަތީ ދެއަތް އަޅާލައިގެން ހުރެ ސޯފާއަށް ތިރިވިގޮތަށް ހުއްޓުން އަރާފައި އެތައްއިރަކު އިނެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ބައްޕަގެ ދެއަތުގައި ބިޑި އަޅުވައިގެން ގެންދިޔަ މަންޒަރު ބަލަން އަހަރެންހުރީ ރޮވިފައެވެ.

ޕޮލިހުން އެމައްސަލަ ތަހްޤީޤުކުރުމުން ކުރިންނޭގޭ އިތުރު ހަޤީޤަތްތައްވެސް ހާމަވެގެންދިޔައެވެ. އިބްރާހިމްބެއާއެކު ކިޔަވަންގެނައި ކުދިންކޮޅަކީވެސް ލާރިއަށް ބައްޕަބުނެގެން އިބްރާހިމްބެ ގެނައިކުދިންނެވެ. އެކުދިންވެސް ދިޔައީ އިބްރާހިމްބެ ފަދައިން ކޮއްކޮ ބޭނުންކުރަމުންނެވެ. ފުރަތަމަ ދުވަސްކޮޅު ކޮއްކޮގެ ގާތުގައި މީހަކު އުޅޭހެންހީވުމާއި، ކޮއްކޮގެ މިޒާޖަށްއައި ބަދަލްތަކާއި، ފަހުން ކަޅުކެހެރިގަނޑެއް ކަހަލަ އެއްޗެއް ފެނުނު ސަބަބުވެސް އެނގުނެވެ. އެއީ ބައްޕަ ކޮއްކޮގެ ވިޔަފާރި ފެށުމަށް އިބްރާހިމްބެ ލައްވާ ހެދި ސިހުރެކެވެ. ބައްޕަ ބޭނުންވާ ގޮތަށް ފަންޑިތަހެދުމަށް އިބްރާހިމްބެ ގެޔަށް ގެނެވުމުން އެސިހުރު ބާޠިލް ކުރީއެވެ. އަހަރެންނަށް އެހުރިހާ ހަޤީޤަތެއް އެނގުމުން ވީދެރައާ އެއްވަރަށް އުފާވެސްވިއެވެ. އިންސާނުންގެ ސިފައިގައި ތިބި “އެފުރޭތަ” ތަކުގެ ކިބައިން ކޮއްކޮ ސަލާމަތްކޮށް ދެވުނީތީއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

އިންތިޒާރު 5

Next

ޚިޔާނާތް

Next
February 9, 2015

ޚިޔާނާތް

Previews
February 7, 2015

އިންތިޒާރު 5

18 Comments!

  1. mode mode says:
    February 8, 2015 at 6:43 am

    tikahala bafain maranvee hama, varah reetivaahaka aigotaa nimunugohves, tankoleh kuree, avas muhdateh terygai miahvuredigu biruveri vaahakaeh kiyaalan libynekamah heekuran:-

  2. athoo. says:
    February 8, 2015 at 1:38 pm

    nishan it’s wonderful, mi kahala haadhisaa thah hama aslah vex higaa. mi vaahakain varah bodu ibratheh libey. mi zamaanah varah ekasheyna haadhisaa eh . thanks adhi vanhana avas musthagbalehga kiyan libeyne kamah ummeedh kuran.

  3. Charuttey says:
    February 8, 2015 at 2:21 pm

    Vaahaka Varah Salhii… Madhun nama ves mi kankah mi mujuthamain dhanee fehnamuh.. keep it up…

  4. suha says:
    February 8, 2015 at 2:55 pm

    Wow nice

  5. yash says:
    February 8, 2015 at 2:57 pm

    Mivshaka v v v v v salhi umidhukuraa adhi biruveri vahaka eh kiyaala libenekama v v avaaha

  6. yash says:
    February 8, 2015 at 2:58 pm

    Mivahaka varah salhi

  7. faai says:
    February 8, 2015 at 7:17 pm

    Wow,, v v salhi… Aslu mi wy faai vx hynukuraa gotheh… V goas bappa eh dhw… Nishan ge ehen story akah inthizaaru kuran… Alhe wanhana story awaskohdhyba nishan…plx 🙂

  8. nishan says:
    February 8, 2015 at 8:00 pm

    Thank yu mode, athoo , charuttey, suha , yash, faai and all readers.. 🙂
    Vanhanaa story genes dheyn varah masahkaiy eba kuran.. Badhal thakaa eku e story avahah fenigen dhaane in shaa Allah..

  9. yash says:
    February 8, 2015 at 8:52 pm

    Aslu ves I am so happy inthixarukuranaa

  10. lonly grl says:
    February 8, 2015 at 10:38 pm

    story v nice…hagigee biruveri vaahakaeh kiyaalan libeyne dhuvahakah inthixaar kuran

  11. nishan says:
    February 8, 2015 at 11:21 pm

    Thanks lonly grl 🙂

  12. Naail says:
    February 9, 2015 at 7:14 pm

    varah salhi……………………. i really like this story………………………..:) 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂

  13. nishan says:
    February 10, 2015 at 7:59 am

    Thanks naail 🙂

  14. zuhu says:
    May 26, 2015 at 3:15 pm

    v reethi v reethi v reethi husha alhaidheefa vaa goi ves nimun ves wonderful .. ithuru vaahaka ae kiyan libeyne kamah ummeedhu kuran

  15. naii says:
    October 22, 2015 at 12:43 pm

    Reethii.. I really love this story..

  16. maan says:
    February 20, 2016 at 12:40 am

    v rethi vaahaka eh..

  17. Rozy says:
    September 21, 2016 at 7:52 am

    Mi vahaka vara reethi kiyalafa birun nuves nide…

  18. birbie says:
    December 5, 2017 at 12:37 pm

    hoa….wow wow

Comments are closed.



All Right Reserved!