Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކޫރު 4/4

Maseeh Level 110 Stories
April 8, 2020 2 Mins Read
2 Comments

އުންމީދުގެ ކުލަ ޖެހެމުންއައި ހަޔާތް އަނެއްކާވެސް ބަނަވެގެން ހިނގައްޖެއެވެ. ކުރެވުނު އުންމީދުތައް ވެއްޔާ މޮޑެވިއްޖެއެވެ. އަޒާންއަށް ވީގޮތެއްވެސް ނޭނގުނެވެ. އައިރާގެ ގޭކައިރިން އަޒާން ނުފެންނަން ފެށިއެވެ. އޭނާ ފުރައިގެން ދިޔަކަން އައިރާއަށް އެނގުނީ މިލްނާގެ ފަރާތުންނެވެ.

އަޒާން އެދިޔައީ އައިރާގެ ހިތާއި ހިތުގައިވާ ދިރުންވެސް ހިފައިގެންނެވެ. އައިރާއަށް އެ ހިތް ހޯދަން ދެވޭހިސާބަށްވުރެ މާދުރަށެވެ. އައިރާ ބޭނުންވެގެން އުޅޭ ފަދަ އިޝާރާތްތަކެއްކޮށް އައިރާ ސުވާލު މާކެއްގެ ތެރެއަށް ދޫކޮށްލާފައެވެ. އާނއެކެވެ. އައިރާއަށް ގަބޫލުކުރެވުނެވެ. ހިތް ހެދީ މަކަރެވެ. ހިތް ބުނީ އަޒާން އައިރާ ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް އަޒާން އައިރާ ބޭނުންވާނަމަ އޭނާ ފުރައިގެންދާނީ އެކަން އައިރާއަށް އަންގާފައެވެ.

އައިރާގެ ސުކޫލުގެ އިމްތިހާންތައް ނިމި ނަތީޖާވެސް ލިބިއްޖެއެވެ. އިތުރަށް ތައުލީމު ހާސިލްކުރަން މަންމައާއި ބައްޕަ ބޭނުންވީ އައިރާ މާލެ ފޮނުވާށެވެ. މާލެ ފުރުމުގެ ކުރިން އަޒާން އަދި އެއްފަހަރު އެރަށަށް އަންނާނެކަމަށް އައިރާ ވަރަށް އުންމީދު ކުރިއެވެ. އަދިވެސް އަޒާންގެ ލޯތްބަށް އައިރާއަށް އުންމީދު ކުރެވޭތީއެވެ.

ނަމަވެސް ހުވަފެނުންވެސް އަޒާންއެއް ނުފެނުނެވެ. އައިރާ ޖެހުނީ މާލެ ފުރައިގެން ދާށެވެ. އައިރާގެ ސުކޫލު ދައުރުގެ ބާކީއޮތް ބައިގެ ގިނަދުވަސްތައް އައިރާ ހޭދަކުރީ އަޒާންގެ އިންތިޒާރުގައެވެ. އެހެންނަމަވެސް މާލެކަހަލަ ބޮޑު ތަނަކުން އަޒާން ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ.

އައިރާއަށް އެކި ކުދިން ލޯބިހުށައަޅަން ފެށިއެވެ. އައިރާއަށް އެންމެ ގަޔާވެވުނު ކުއްޖާއާއި އައިރާ ލޯބީގެ ގޮތުން ގުޅުނެވެ. އަޒާންގެ ހަނދާނާ ލޯބި މާޒީގެ ތެރެއަށް ދޫކޮށްލާފައެވެ.

ސުފިޔާންއާއި އައިރާ ގުޅުނީ އެއްގޮތަކަށްވެސް ލޮތްބަކުން ނޫނެވެ. އޭނާގެ ގައިގައި އައިރާއަށް ކަމުދާ ސިފަތަކެއް ނެތީއެއް ނޫނެވެ. އޭނާ އައިރާދެކެ ވަރަށް ލޯބިވެއެވެ. އޭނާ އަބަދުވެސް މަސައްކަތް ކުރަނީ އައިރާ އުފަލުގައި ބަހައްޓާށެވެ. އެހެންކަމުން އަޒާންގެ ހަނދާންތަކާއި ދުރަށްގޮސް އުފަލުގައި ކިޔެވުމުގެ ދައުރު ނިންމާލަން އައިރާ މަސައްކަތް ކުރިއެވެ.

އުންމީދު ކުރިގޮތާއި އެއްގޮތަށް އައިރާ ގްރޭޑް ބާރަ ނިންމާލީ ވަރަށް އުފަލުން ހުރެއެވެ. އެއްވެސްކަހަލަ ފިކުރެއް އައިރާގެ ސިކުނޑިއަށް ވަނަނުނީ ހިފެހެއްޓުމަށް ސުފިޔާން ހަށިފާރަވެރިއެއްގެ ގޮތުގައި ހުރީމައިކަމުގައިވެސް ވެދާނެއެވެ. އެހެންނަމަވެސް އަދިވެސް އައިރާއަށް ސުފިޔާންދެކެ ލޮތްބެއް ނުވެވެއެވެ. އަދިވެސް އަޒާންގެ ހަނދާންތައް މަދުންނަމަވެސް އާދެއެވެ.

އިމްތިހާންތަކުގެ ނަތީޖާވެސް ވަރަށް ރަނގަޅެވެ. މަންމައާއި ބައްޕަ އެދުނުކަހަލަ މޮޅު ކުއްޖަކަށް އައިރާއަށް ވެވުނެވެ. އިތުރަށް ތައުލީމު ހާސިލްކުރަން އައިރާ ބޭނުންވީ އިސްލާމީ ޝަރީއާގެ ރޮނގުންނެވެ. ސުފިޔާންއާއި އައިރާ ދުރުވާން ޖެހުނު ހިސާބަކީ އެއީއެވެ. ސުފިޔާން ބޭނުންވީ ޕައިލޮޓަކަށް ވާށެވެ. އޭނާގެ އާއިލާއިން ހުރީ ރާއްޖެއިން ބޭރަށް އޭނާ ފޮނުވައިގެން ކުރަންހުރި ހުރިހާ ހަރަދެއް ކޮށްގެންވިއަސް އޭނާ ޕައިލޮޓަކަށް ހަދަން ތައްޔާރަށެވެ. އެހެންކަމުން އޭނާ އެތައް ހިތާމައެއް ކުރުމަށްފަހުވެސް އައިރާއާއި ވަކިން މެލޭޝިއާއަށް ފުރިއެވެ.

އައިރާވެސް އެމްއެންޔޫއާއި ގުޅުނީ ވަރަށް ފޮނި އުންމީދުތަކަކާއި އެކުގައެވެ. ކިޔަވައިގެން ވަރަށް މޮޅު މީހަކަށްވުމުގެ ފޮނި އުންމީދުގައެވެ. އެހެންނަމަވެސް އެ އުންމީދު ފުނޑުފުނޑުވެގެން ދިޔައީ އައިރާ އެންމެ ފުރަތަމަ ކްލާހަށް ދިޔަދުވަހު ކްލާހުގައި އަޒާން އިންތަން ފެނުމުންނެވެ. އަނެއްކާވެސް އައިރާ މާޔޫސްވިއެވެ. ސުފިޔާންގެ އެހީއަށް އިންތިހާއަށް ބޭނުންވާން ފެށުނެވެ.

އަޒާން ވަރަށް ހިތްހެވެ. އޭނާ އައިރާއާއި ބާއްވަނީ ވަރަށް ގާތް ގުޅުމެކެވެ. ކުރިއެކޭވެސް އެއްފަދައެވެ. އައިރާއަށް އޭނާގެ ހިތް އަނެއްކާވެސް އަޒާންއަށް ދެވެން ފެށުނެވެ.

ސުފިޔާންގެ އުޅުމަށްވެސް މެލޭޝިއާއަށް ދިޔަފަހުން ވަރަށް ތަފާތު ބަދަލުތަކެއް އައެވެ. މެލޭޝިއާއިން މުއްސަނދި އަންހެން ކުއްޖަކާ ގުޅެވުނީމައި އޭނާ އައިރާ މަތިން ފޫހިވީއެވެ. އެކަން އޭނާ އައިރާއަށް އެންގިއެވެ.

ދެން ޖެހިގެންއައި ދުވަސްތަކުގައި ކަންތައް ވެގެން ދިޔައީ އައިރާ އެންމެ ހީނުކުރާ ގޮތަށެވެ. އަޒާން އައިރާއަށް ލޯބި ހުށައެޅިއެވެ. ހަޤީގަތުގައިވެސް އަޒާން އައިރާދެކެ އެއިރު ލޯބިވިއެވެ. އެހެންނަމަވެސް އެއިރު އަޒާންއަށް ލޯބި ހުށައަޅަން ނުކެރުނީއެވެ.

އައިރާ ލަހެއް ނުކުރިއެވެ. އައިރާގެ ޖަވާބު ވަރަށްވެސް ސާފެވެ. އައިރާ ވަގުތުން އަޒާންގެ ލޯބި ގަބޫލުކުރިއެވެ. އަޒާންގެ ލޯތްބަށް އައިރާކުރި ދިގު އިންތިޒާރު ނިމި އައިރާގެ ހަޔާތް އަލިގަދަ ކުލަތަކުން އުޖާލާވެގެން ދިޔައެވެ.

 

 

+ވާހަކަ ނިމުނީ+

Share Article

Follow Me Written By

Maseeh

Level 110 Stories

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ (ޓްރެއިލަރ)

Next

ލޯ ފޮހެލާދޭށެ މަގޭ 3

Next
April 8, 2020

ލޯ ފޮހެލާދޭށެ މަގޭ 3

Previews
April 8, 2020

މިހިތުގެ ލޯތްބޭ ތީ (ޓްރެއިލަރ)

2 Comments!

  1. Yan♥️ says:
    April 8, 2020 at 5:29 am

    Varah reethi Masha Allah ?

  2. Rainstorm says:
    April 8, 2020 at 7:41 pm

    woah ❤❤❤❤ such a perfect story ??

Comments are closed.



All Right Reserved!