Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސައިބަރބުލީންގް

athoo.. Level 1
January 30, 2015 2 Mins Read
5 Comments

ސައިބަރ ބުލީންގް ނުވަތަ އޮންލައިން ބުލީންގް އަކީ އަދުގެ މުޖުތަމައުގައި ވަރަށް އާންމުކޮށް އަޑުއިވެމުންދާ ބަހެކެވެ. މީގެ މާނައަކީ ކޮބައިތޯއެވެ؟
އިލެކްޓްރޯނިކް ޓެކްނޮލޮޖީގެ ތެރޭގައި ހިމެނޭ ފޯނު، ކޮމްޕިއުޓަރު ، ލެޕްޓޮޕް އަދި ޓެބްލެޓުތައް އަދި މިނޫންވެސް ތަކެތި ބޭނުންކޮށްގެން މެސެޖު،ޗެޓު،ފޮޓޯ،ވީޑިއޯ ފޮނުވުމުން ކުރާ ބުލީ ނުވަތަ ހަނގާއެވެ.
މިފަދަ ބުލީތަކުގެ މިސާލުތަކުގެ ތެރޭގައި އެފޮނުވޭ ފަރާތް ނުރުހޭފަދަ މެސެޖުތަކާއި ވީޑިއޯ،ފޮޓޯ ހިމެނެއެވެ. އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ނުހިނގާ ކަމެއްގެ އަޑުފެތުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
ސޯޝަލް މީޑިއާއަކީ އެތައް ކަމެއް ފަސޭހަކޮށްދީ އޭގެން އެތަކެއް ފައިދާތަކެއް އިންސާނުންނަށް ލިބޭ ވަސީލަތެކެވެ. އެހެނަސް އޭގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފައިފިނަމަ، މީހުންނަށް އުނދަގޫވެ ބުލީއާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި މިފަދަ ބުލީއަކީ އެކަކު އަނެކަކު ކުރިމަތީގައި ކުރެވޭ ބުލީއާ އެއްފަދަ ބުލީއެކޭވެސް ބުނެވިދާނެއެވެ.
ސައިބަރބުލީ ކުރެވޭ ކުޑަކުދިން، އަލްކަހޯލް، ޑްރަގް ފަދަ ތަކެތި ބޭނުންކުރުމާ ގާތެވެ. އަދި ސްކޫލަށް ދިއުން ހުއްޓާލުމާއި ސްކޫލަށް ދާން ދެކޮޅުހެދުމާއި ޓެސްޓުތަކުން ދަށް ނަތީޖާ ލިބުމާއި ސިއްހަތު ދަށްވުމާއި އަޚްލާޤީ ފެންވަރު ދަށްވުންފަދަ ކަންކަން ކުރިމަތިވެއެވެ.
2010 ވަނަ އަހަރާއި 2011 ވަނަ އަހަރާ ދެމެދު ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުން، ގްރޭޑް 6 އަކާއި 12 އާ ދެމެދުގެ ކުދީންގެ 9 އިންސައްތައަކީ ސައިބަރ ބުލީންގްއާ ކުރިމަތިވެފައިވާ ކުދީންނެވެ. އަދި 2013 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުގައި ގްރޭޑް 9 އަކާއި 12 އާ ދެމެދުގެ ކުދީންގެ 15 އިންސައްތައަކީ އެފަދަ ހަނގާއާ ކުރިމަތިވެފައިވާ ކުދީންނެވެ.
ސައިބަރބުލީ ކުރާ ބައެއް ޒުވާނުން އެފަރާތެއްގެ ހުއްދައާ ނުލާ އެފަރާތެއް ހިތްހަމަ ނުޖެހޭ ފޮޓޯއާއި ވީޑިއޯތައް އާންމުކުރެއެވެ. އަދި އެފަރާތެއް ހިތްދަތިވާކަހަލަ ހަޑި ހުތުރު ބަސް ބޭނުންކޮށް މެސެޖު ކުރެއެވެ.
އެކުދީންނަށް ސައިބަރބުލީ ކުރެވެނީ ކީއްވެތޯ އެހުމުން ފުރާވަރުގެ ކުދީންގެ81 އިންސައްތަ ބުނެފައިވަނީ އެއީ މަޖާ ކަމެއްކަމަށެވެ. އަނެއްބައި ކުދީން ބުނެފައިވަނީ “ސައިބަރބުލީ ކުރާ ޒުވާނުން ދެކޭގޮތުގައި އެއީ އެހާބޮޑު ކަމެއް ނޫނެވެ.”

އެއްބައި ކުދީން ސައިބަރބުލީންގް ހުއްޓުވުމަށްއެކި ގޮތްގޮތުން މަސައްކަތް ކުރެއެވެ. މިގޮތުން، އެކުދިންނަށް އާންމުކޮށް ސައިބަރބުލީ ކުރާ މީހުން ފޮނުވާ މެސެޖުތައް ނުކިޔާ ޑިލީޓު ކުރެއެވެ. އަދި އެކަމާ ބެހޭގޮތުން ރައްޓެއްސަކާ ވާހަކަދައްކާލުމާއި ސައިބަރބުލީންގް ކުރިމަތިވާ ސައިޓުގެ މޮޑޮރޭޓަރއާ ވާހަކަދައްކައިގެން އެކަންތައް ހައްލުކުރެއެވެ.
ސައިބަރބުލީ ކުރެވޭ ބައެއް ޒުވާނުން ބަދަލުގައި ސައިބަރބުލީ ކުރެއެވެ. 43 އިންސައްތައާ ގާތްކުރާ އަދަދެއްގެ ކުދީންނަށް އޮންލައިން ބުލީންގްގެ މައްސަލަ ކުރިމަތިވެފައި އެބަހުއްޓެވެ. 70 އިންސައްތަ ކިޔަވާކުދީން އެކުދީންނަށް ސައިބަރބުލީ ކުރާ ކަމަށް ރިޕޯޓު ކޮށްފައި އެބަހުއްޓެވެ.
80 އިންސައްތައަށްވުރެ ގިނަ ކުދީން އެކުދީން ދާ ކޮންމެ ތަނަކަށް ފޯނުގެންދަނީ އެހެންމީހުންނަށް ސައިބަރބުލީ ކުރުމަށެވެ. ފޯނަކީ ސައިބަރބުލީ ކުރަން ބޭނުންކުރާ އެންމެ އާންމު ވަސީލަތެވެ.
ސައިބަރބުލީ ކުރެވޭ 10 ކުދީންގެ ތެރެއިން ބޮޑުމީހަކަށް އެކަން ރިޕޯޓުކުރަނީ އެންމެ ކުއްޖެކެވެ. 10 ކުދީންގެ ތެރެއިން ހަތަރު ކުދީންނަށް ނުވަތަ އެއަށްވުރެ ގިނަ ކުދިންނަށް ސައިބަރބުލީންގްއާ އެއްފަހަރަށްވުރެ ގިނަފަހަރަށް ކުރިމަތިވެފައިވާ ކަމަށް ދައްކައެވެ. އަދި މިމައްސަލައާ ހެދި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކުދީންގެ އަދަދު މަދެއް ނޫނެވެ.
75 އިންސައްތައަށްވުރެ ގިނަކުދީން އެހެން ކުދީންނަށް ސައިބަރބުލީ ކުރެވޭ ސައިޓުތަކަށް ވަދެފައިވާ ކަމަށް ބުނެއެވެ.
ސައިބަރބުލީންގް ނުވަތަ އޮންލައިން ބުލީންގް މިފަދަ ހާލަތެއްގައި އޮތްއިރު އެކަމަށް ހިތްވަރުދޭ މީހުން މަދުން ނަމަވެސް ފެންނަމުންދާ ކަން ފާހަގަ ކޮށްލަމެވެ. އަޅުގަނޑުމެން އެންމެން މިކަމަށް ހޭލުންތެރިވެ ސައިބަރބުލީ ކުރެވޭ ކުދީންނަށް ޚާއްސަކޮށް ސްކޫލުގައި އުޅޭ ކުދީންނަށް އެހީތެރިވެ އެކުދީންނަށް މިކަމާ ކުރިމަތިލާން ދަސްކޮށްދެމާތޯއެވެ؟

 

Share Article

Follow Me Written By

athoo..

Level 1

Other Articles

Previous

މިޙަޔާތާ ދުރުނުވޭ (13ވަނަބައި)

Next

މިޙަޔާތާ ދުރުނުވޭ (14ވަނަބައި)

Next
January 31, 2015

މިޙަޔާތާ ދުރުނުވޭ (14ވަނަބައި)

Previews
January 29, 2015

މިޙަޔާތާ ދުރުނުވޭ (13ވަނަބައި)

5 Comments!

  1. AAF says:
    February 7, 2015 at 8:16 pm

    its useful information….. keep it up…athoo…

  2. athoo.. says:
    February 9, 2015 at 3:23 pm

    thank u AAF

  3. Hoody says:
    February 22, 2015 at 10:50 am

    varah bodu msg eh thi dhinee!!! thnkx athoo!!!!! ur articles are so…. so….. usefull!!!! btw, dharifulhuge sity kiyaa vaahaka ah kudhin koffa huri cmmnts thah fenifa i feel realy sry for yu!!!!! 🙁 bt i recommend yu to ignore them!!!! love ur articles <3

  4. athoo.. says:
    February 22, 2015 at 1:23 pm

    hoody thank u 3 comments ehen araafa othyma athoo heekury anehkaaves kudhin kudhin ge comments kamah.
    ya kuri ah oi thaaga vex informative articles genes dhe veythoa balaanan.

  5. xala says:
    October 10, 2016 at 2:49 pm

    nice.

Comments are closed.



All Right Reserved!