Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އަންނަންދެން ހުންނާނަން ލޯބިން

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
March 27, 2020 2 Mins Read
6 Comments

އޭނާ ހަމަ ފެނުމާއެކު އަހަރެން ކުރި ދިގު އިންތިޒާރު ނިމުމަކަށްއައެވެ. ހިތް އުފަލުން ނަށާލިއިރު ހިތުގެ ހިނގުންވެސް ބާރުވެގެން ދިޔައެވެ. ނުހަނު ހަލުވި ފިޔަވަޅުތަކަކާއެކު ގޮސް އޭނާގެ ކުރިމައްޗަށް ހުއްޓިލީމެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ހިތް މާޔޫސްވެގެން ދިޔައީ އަަހަރެން ކައިރި ބަލައިވެސް ނުލައި އޭނާ އަހަރެން ފަހަނައަޅައި ދިޔުމުންނެވެ. އަނެއްކާވެސް އޭނާގެ ކުރިމައްޗަށް އެރީމެވެ. ނަމަވެސް ލިބުނީ ދިލައަކާއި ހޫނު އެކުލެވިގެންވާ ހަމަލާއެކެވެ. ކޯތާފަތުގައި އަތް އަޅާލަމުން ސުވާލުގެ ނަޒަރަކުން އޭނާއާ ދިމާލަށް ބަލައިލީމެވެ. ނަމަވެސް ހީވީ އޭނާގެ ދެލޮލުން އަހަރެން އަންދައި އަޅިއަށް ހަދައިލަދާނެ ހެންނެވެ.

”ހަނދާންކުރާތި! އަހަރެންގެ ކޮއްކޮ ޝަޒްލާއަށް ދޯކާ ދީފަކާ ކަލޭއަކަށް އުފަލަކު ނޫޅެވޭނެ..” އަހަރެން އޭނާ ދިޔަތަން ބަލަން ހުއްޓައި ކުރިމައްޗަށް އައިސް އެރީ އޭނާގެ ބޭބެ އާމިރެވެ. އަހަރެންގެ ހިތް އެވަގުތުކޮޅުގައިވެސް ދިޔައީ ސުވާލުތަކުން ފުރި ބާރުވަމުންނެވެ. އަހަރެންނަށް އޭނާއަށް ދެވުނު ދޯކާއެއް މަތިން ހަނދާނެއް ނުވޭވިއްޔާއެވެ. ކުޑަމިނުން އޭނާއަށް އެއްވެސް ކަމެއް އޮޅުވައެއް ނުލަމެވެ. މަކަރެއް ނުހަދަމެވެ. ދޮގެއް ނުހަދަމެވެ. ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދިޔައެވެ. ވެގެން އުޅޭ ގޮތެއް އެއްވެސް ވަރަކަށް އަހަރެންނަކަށް ނުވިސްނުނެވެ. އަނެއްކޮޅުން ހިތަށް ތަދުވަމުން ދިޔައީ އިންތިހާއަށެވެ.

ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމަށްޓަކައި އަހަރެން އޭނާއަށް މެސެޖް ކުރީމެވެ. އެންމެ މެސެޖެއް ނޫނެވެ. އެތައް މެސެޖެކެވެ. އޭނާ ބޮލަށް އުނދަގޫވާވަރަށެވެ. އެތައް އިރެއް ފަހުން އޭނާގެ ފަރާތުން ޖަވާބެއް ލިބުނެވެ. ހީވީ ހިތަށް މީހަކަު އަހަރައި ޗިސްޗިސް ކޮށްލިހެންނެވެ. ހުއްޓާ ނުލައި އަހަރެންނަށް އެމެސެޖް ކިޔެމުން ދިޔައެވެ. ”އަހަރެންނަށް ކުރިން ކަލޭގެ ގޮތް އޮޅުން ނުފިލި ކަމީ އަހަރެންގެ މޮޔަކަން.. މިއަދު ވިސްނިއްޖެ.. އެތައް އަންހެނަކަށް ކަލޭ ދޯކާ ދީފައި ހުންނާނެ.. އެތައް އަންހެނެއްގެ ދިރިއުޅުން ހަލާކުކޮށްފައި ހުންނާނެ.. އަހަރެންނަށް ދެން ރަނގަޅީ ކަލޭ މެސެޖް ނުކުރިއްޔާ.. އަހަރެންނަށް ނުގުޅިއްޔާ..” އަހަރެންނަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ.

އުމުރުން ބާވީސް އަހަރުވެގެން ދިޔައިރު އަހަރެން މީގެ ކުރިން އަންހެނަކަށް އޮޅުވާލާފައެއް ނޯންނާނެއެވެ. ކުޑަމިނުން އަންހެނަކާ ދިމާލަށް ބާރަށް އެއްޗެހި ބުނެ އަނިޔާއެއް ކޮށްފައެއް ނޯންނާނެއެވެ. ނޭނގި ނަމަވެސް މީހެއްގެ ހަޔާތަކަށް ނޫނީ އަންހެނެއްގެ ދިރިއުޅުން އަހަރެން ހަލާކެއް ނުކޮށްލަމެވެ. މިވީހާ ދުވަހުވެސް އަހަރެން މިހުންނަނީ އެންމެ މީހެއްގެ ހަނދާނުގައިއެވެ. އެންމެ މީހެއްގެ އިންތިޒާރުގައިއެވެ. އަހަރެންގެ ހިތުގައި އެންމެ މީހެއްގެ ނަން ލިޔެވިފައިވާއިރު އެހެން މީހަކާއެކު އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހިތުގެ ރާނީއަކީ އޭނާ ކަމުގައި ވާއިރު އެހެން މީހެއްގެ ފަހަތުން އުޅޭނީ ކިހިނެއް ހެއްޔެވެ؟

ހިތަށް ކުރަމުން ދިޔަ ފުން އަސަރުތަކެއްގެ ސަބަބުން އަހަރެންނަށް ހަމަ އެއްވެސް އެއްޗެއް ވިސްނޭ ވަރެއް ނުވިއެވެ. އެހެންކަމުން އަހަރެންގެ ކޮއްކޮއެއް ކަމަށްވާ މިޒްނާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމީމެވެ. މިޒްނާ ގޮވައިގެން އަހަރެން ރަސްރަންޏަށް ދިޔައީމެވެ. ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. އެރުނީ އޭނާގެ ކުރިމައްޗަށެވެ. އޭރު އަހަރެމެން ދެމީހުން ތިބީ އަތް ގުޅުވާލައިގެން ކަަމުން އޭނާ ދިޔައީ އަހަރެމެންގެ އަތަށް އަދި މޫނަށްވެސް ފުން ނަޒަރެއް ދީފައިއެވެ. އޭނާ ފެނުމާއިއެކު އަހަރެންގެ ހިތް އަނެއްކާވެސް މާޔޫސްވެގެން ދިޔައެވެ. މިޒްނާގެ ކުރިމަތީގައި ރޯން ނުފެށުނީ ހަމަ ކިރިޔާއެވެ. ނަމަވެސް އަމިއްލަ ނަފުސު ހަމައަކަށް އަޅުވަމުން ވެގެން އުޅޭ ގޮތް މިޒްނާއަށް ކިޔައިދިނީމެވެ. ވީ ހުރިހާ ކަމެއް ތަރުތީބުންނެވެ. މިޒްނާވެސް މިކަމާމެދު އެއްވެސް ބަހެއް ނުބުނުމުން އަހަރެންގެ ހިތަށް އަނެއްކާވެސް ތަދުވަމުން ދިޔައެވެ. ފުން ހިޔާލަކަށް ގެއްލިފަައި އިންދާ ސިއްސައިގެން ދިޔައީ ފޯނަށް މެސެޖެއް އައުމުންނެވެ. އެއީ އޭނާގެ މެސެޖެކެވެ. މެސެޖުގައި ވަނީ އޭނާއަށް މިއަދު އަހަރެންގެ ހަގީގީ ސިފަ ހަމަލޮލުން ފެނިއްޖެ ކަމުގައިއެވެ. އަހަރެން އަނެއްކާވެސް އޮޅުންބޮޅުންވާ ގޮތް ވިއެވެ. ސިކުނޑި ހީވީ ފިތި ބާރުވެފައި އިން ހެންނެވެ. ބޮލަށް ބަރުވަމުން ދިޔައީވެސް އިންތިހާއަށެވެ.

ހިތްވަރުކޮށްފައި އަހަރެން މިޒްނާއަށް އެމެސެޖް ދައްކައިލީމެވެ. އިރުކޮޅެއްވަންދެން ވިސްނަން އިނުމަށްފަހު މިޒްނާ އޭނާގެ ވާހަކަ ފެށިއެވެ. މިޒްނާ ބުނަމުން ދިޔަ ކޮންމެ ޖުމުލައަކަށް އަހަރެންނަށް ބޯ ޖެހެމުން ދިޔައީ އެކަން ގަބޫލުކުރެވުމުންނެވެ. ތެދެކެވެ. އަހަރެމެން އެތައް ދުވަހަކު އެކުގައި ތިއްބާ އޭނާގެ ބޭބެއަށް ފެނެއެވެ. އެތައް ދުވަހަކު އަހަރެމެން ދެމީހުން ރެސްޓޯރެންޓް ތަކުން އޭނާގެ އެކުވެރިންނަށް ފެނުނެވެ. ނަމަވެސް އަހަރެންގެ ހިތަށް އެންމެ އަސަރުކުރީ އޭނާ އަހަރެންނަށް އިތުބާރު ނުކުރުމުންނެވެ. އަހަރެމެން ދެމީޙުންގެ މަޝްވަރާއަށްފަހު އޭނާއަށް މިޒްނާ ގުޅަން ނިންމީމެވެ. ހުރިހާ އެއްޗެއް އޮޅުން ފިލުވައިދޭށެވެ. މިޒްނާއަކީ އަހަރެންގެ ކޮއްކޮއެއްކަން އަންގައިދޭށެވެ. ހަމަގައިމުވެސް ހުރިހާ ކަމެއް އެނގުމުން އޭނާ އަހަރެން ކައިރިއަށް އަންނާނެއެވެ. މަޢާފަށް އެދޭނެއެވެ. އަހަރެންދެކެ ރުޅިއާ ދެވުމުން ދެރަވާނެއެވެ. ނަމަވެސް އަހަރެން މިހުރީ އޭނާއަށް މަޢާފުކޮށް އެކުގައި އުޅެން އަޒުމު ކަނޑައަޅައިގެންނެވެ. މުޅި އުމުރަށެވެ.

އަހަރެން ހީކުރި ގޮތަށް ހުރިހާ ކަމެއްވެސް ވަމުން ދިޔައެވެ. އޭނާ އަހަރެންނަށް ގުޅައި އެތައް އިރަކު ރުޔެވެ. މަޢާފަށް އެދުނެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރިއެވެ. އަހަރެން ބުނީމެވެ. ”މިވީ 5 އަހަރު ދުވަހު އަހަރެން މިހުރީ ކަލާ އަންނަންދެން އިންތިޒާރުގައިއެވެ. ކަލާގެ ލޯތްބަށް ޓަކައިއެވެ..”

~ ނިމުނީ ~

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހަހުރަޔާ – 03

Next

އިޙްނާ (3)

Next
March 27, 2020

އިޙްނާ (3)

Previews
March 27, 2020

ހަހުރަޔާ – 03

6 Comments!

  1. Sau says:
    March 27, 2020 at 8:44 am

    Omg… It’s really nice…. Sau ah vx libunu thi feshumah vaahaka eh kiyan… My one also was like this… I really got shocked… Are you from grade 10?

    1. ?Nafu✨ says:
      April 3, 2020 at 7:00 pm

      thanks sau. and ya

  2. Kairaa says:
    March 27, 2020 at 10:26 am

    Omg varah varah varah reethi
    Mi story vx….

    1. ?Nafu✨ says:
      April 3, 2020 at 7:00 pm

      thanks kairaa

  3. Friend? says:
    March 27, 2020 at 4:20 pm

    Masha allah ?varah reethi.. Mi vaahaka vs .. Dhenn nafu ge series vaahaka eh kiyaalan libeyny kn dhuvahakunn.. Once again it was awesome keep it up .. Lysm

    1. ?Nafu✨ says:
      April 3, 2020 at 7:01 pm

      thanks friend

Comments are closed.



All Right Reserved!