Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

މަޖުބޫރު ލޯބި

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
March 15, 2020 2 Mins Read
4 Comments

ދިގުލީ ވިއްސާރައަކަށްފަހު މޫސުން ރީތިވި ދުވަހެކެވެ. އޮފީހަށް ދިޔުމަށް ޓަކައި އަހަރެން ގެއިން ނުކުތީމެވެ. ޓައީގެ ގޮށް ރީތިކޮށްލާފައި އަހަރެން ސައިކަލަށް އަރައަރާ ހުއްޓައި ފޯނު ކޯލެއް އައެވެ. އަހަރެން ފޯނެއް ނުނަގަމެވެ. އޮފީހަށް ގަޑިޖެހިދާނެތީއެވެ. ފޯނު ކެނޑުމުން މެސެޖެއް އައި އަޑު އިވުނެވެ. ދީމާ އަހަންނަށް ފޮނުވި ފުރަތަމަ މެސެޖަކީ އެއީއެވެ. އަހަރެން ފޯނު ބެލީ އޮފީހަށް ގޮސް ހަމަޖެހިލައިގެން އިނެއެވެ.

މެސެޖް ކިޔައިލާފައި އަހަރެންގެ ދެލޮލުގައި ކަރުނަތައް ޖަމާވަމުން ދިޔައެވެ. އިސާހިތަކު ކަރުނަތައް ބަރުވަމުން ގޮސް އޭގެ މަގާމު ދޫކޮށް ފައިބަން ފެށީ އެއްވެސް މިސްރާބެއް ނެތިއެވެ. ކޮންމެ ކަރުނަ ތިއްކެއްވެސް ވެއްޓެނީ އަހަރެންގެ މި ނިކަމެތި މޫނުގައި ފިރުމާލާފައިއެވެ. ނަމަވެސް އަހަރެންނަށް މިނޫން ގޮތެއް ނެތެވެ. މިއަދު އަހަރެންނަށް މިވަނީ އިންތިހާ ދަރަޖައަށް ކެތްކުރަން ޖެހިފައިއެވެ.

ދީމާއަކީ އަހަރެންގެ އަލަތު ލޯބިވެރިޔާއެވެ. ފުރާނައަށްވުރެ ބޮޑަށް ލޯބިވީ ހަމައެކަނި މީހާއެވެ. ހަނދުވަރުގެ ނަލަ ރީތި ވަގުތުގައި އުޑުން ތަރި ބާލުވާ އަހުދުތަކާއި ވައުދުތައް އަހަރެމެން ދެމީޙުންވެސް ވީމެވެ. ކޮންމެފަދަ ވަގުތެއްގައިވެސް މިގޮތުގައި ދެމީހުންގެ ، ލޯތްބަށް ޓަކައި ފައިތިލަ ސާބިތުކުރަން އަޒުމު ކަނޑައަޅައި ވައުދުވީމެވެ. ނަމަވެސް މައިންބަފައިންގެ ނުފޫޒުގެ ސަބަބުން މިއަދު އަހަރެންނަށް މިވަނީ އެ ވައުދުތައް ކަފުންކޮށް ވަޅުލާން ޖެހިފައިއެވެ. އެއްފަރާތުގައި އެންމެ ލޯބިވާ އަހަރެން ބަލައި ބޮޑުކުރި މައިންބަފައިންނެވެ. އަނެއް ފަރާތުގައި އެމީހަކަށް ޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި އަހަރެންގެ އަލަތު ލޯބިވެރިޔާއެވެ. ތިލަފަތެއްހެން މިއަދު އަހަރެންނަށް މިވަނީ ދެކޮޅަށް ކިރެން ޖެހިފައިއެވެ. މިހާރުވެސް ދީމާ އަހަރެންނަށް މެސެޖްކޮށް ގުޅަނީ އަހަރެން ފޯނުނުނަގައިގެންނެވެ. އަހަރެމެން އަބަދުވެސް ވާހަަކަ ދައްކަނީ ފޯނުން ގުޅައިގެންނެވެ. އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނޭ ބުނާ ފަދައިން އަހަރެން ތައްޔާރުވަމުން މިދަނީ ވަގުތު ފާއިތުވުމުގެ ކުރިން ދީމާގެ ލޯބި ހަނދާން ނައްތާލެވޭތޯއެެވެ. ނަމަވެސް ހިތް މަތީގައި އަތް އަޅައިގެން ހުރެއެވެ.

”ދަރިފުޅާ.. މީނީ މަންމަ ދަރިފުޅުގެ ހަޔާތުގެ ބައިވެރިއަށް ވުމަށް ހޯދި ކުއްޖާ.. ޝެހެނާޒް.” އޮފީސް ނިންމާލާފައި ގޮސް ގެޔަށް ވަނުމާއެކު އަހަރެންގެ ކަންފަތުގައި ހީވީ ހޮނު ގުގުރިއެއް ޖަހައިލިހެންނެވެ. އިވުނު ޖުމުލައަކުންނެވެ. ނުރޯން މަސައްކަތް ކުރީމެވެ. ހިނިތުންވާން މަސައްކަތް ކުރީމެވެ. ނަމަވެސް ހުރިހާ ކަމެއް ދިޔައީ ފެނަށެވެ. ޝެހެނާޒްއާ ދިމާ ބަލައިލާ ކޮންމެ ފަހަރަކު ސިފަވެގެން ދަނީ ދީމާގެ ދޮން މޫނެވެ. ރީތި ހުދު ބޮޑު ދެލޮލެވެ. މަޑު ފިޔާތޮށި ކުލައިގެ ފިނިފެންމަލެއް ފަދަ ތުންފަތެވެ. ނަމަވެސް ޝެހެނާޒް އާ ދިމާ ބަލައިލި ފުރަތަމަ ނަޒަރުންވެސް އެއީ ދީމާގެ އިދިކޮޅުކަން އަހަރެންނަށް ޔަގީންވިއެވެ. ވަގުތުން މަންމައަށް ދީމާގެ ވާހަކަ ކިޔައިދޭން ބޭނުންވިއެވެ. މަންމަގެ ހޮވުމަށް ދެކޮޅުހަދަން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ ދުލުގައި ވަނީ ތަޅުއެޅުވިފައިއެވެ. އެންމެ ބަހެއްވެސް ނުބުނެ އަހަރެން ގޮސް ކޮޓަރިއަށް ވަނީ ހިތަށް އިންތިހާއަށް ތަދުވާން ފެށުމުންނެވެ.

ޝެހެނާޒް ގެއިން ދިޔުމާއެކު މަންމައަށް ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. ނަމަވެސް މަންމަގެ މޫނުމަތިން ކުށްވެރިއެއްގެ މޫނުން ފެންނަން ޖެހޭ އެއްވެސް ކުލައެއް ނުފެނެއެވެ. މަންމަ ބުނިހާވެސް އެއްޗަކީ ”ދަރިފުޅާއެވެ. މަންމަ މިކަން މިކުރަނީ ތި ހުރިހާ ކަމެއް ދެނެހުރެއެވެ. ދަރިފުޅާ ދީމާގެ ގުޅުން ނޭނގޭތީއެއް ނޫނެވެ. ނަމަވެސް މަންމަ ދީމާއަށް ގަބޫލުނޫންވީމައެވެ. މަންމަ ބޭނުމީ ދަރިފުޅު މުއްސަންޖަކާ ކައިވެނި ކުރާށެވެ. ނަމަވެސް ދީމާއަކީ އެފަދަ މަންމަ އެދޭ ކަހަލަ ކުއްޖެއް ނޫން ކަމުން މަންމައަށް މިކަން ކުރަން މަޖުބޫރުވީއެވެ.”

އަހަރެންގެ ހިތްފަޅައިގެން ދިޔަކަހަލައެވެ. ދެ ކަންފަތް އެވަގުތަށް ބީރުވި ނަމައޭ ހިތަށް އެރިއެވެ. މީ ހުވަފެނަކަށް ވާނެ ނަމައޭ ހިތަށް އެރިއެވެ. މަންމަ އެންމެ ފަހަރަކުވެސް އަހަރެންނާމެދު ވިސްނާނުލައިކަން އަހަރެންނަށް މޭރުންވިއެވެ. މަންމަގެ ހުރިހާވެސް އެއްޗަކީ މުދަލާއި ފައިސާކަން އެނގުމުން ހިތަށް ވަރަށް ތަދުވިއެވެ. ހިތްވަރުކޮށްފައި އަހަރެން ދީމާއަށް ހުރިހާ ވާހަކައެއް ކިޔާދިނީ ވާނެ ގޮތް ރަނގަޅަށް ދެނެ ހުރެއެވެ. އަހަރެންގެ ކުރިމަތީގައި ދީމާ އެތައް އިރަކު ރުޔެވެ. ނަމަވެސް އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ އެތަން ބަލަން ހުރުމެވެ. އެނޫން އެހެން ކަމެއް އަހަރެންނަށް ކުރެވޭނެ ހެއްޔެވެ؟ އޭގެ އަނެއް ދުވަހު އަހަރެންގެ ބަލިކަށި، އެއްވެސް އިހްތިޔާރެއް ނެތް ހިތާ ދެކޮޅަށް ޝެހެނާޒްއާ ކައިވެނި ކުރީމެވެ. ނަމަވެސް އައު އުންމީދަކާ އަޒުމަކާއިއެކު އުފަލުގައި އުޅޭށެވެ. އަހަރެންގެ ލޯބި މަޖުބޫރުން ގުރުބާން ކޮށްފައިއެވެ. ނަމަވެސް މަޖުބޫރުން އެހެން މީހެއް ދެކެ ލޯބިވާށެވެ.

~ ނިމުނީ ~

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހުރީމެ އިންތިޒާރުގަ (15)

Next

ނުދާށެ އާދެ ލޯބިވާ 1

Next
March 15, 2020

ނުދާށެ އާދެ ލޯބިވާ 1

Previews
March 15, 2020

ހުރީމެ އިންތިޒާރުގަ (15)

4 Comments!

  1. Kairaa says:
    March 15, 2020 at 8:31 am

    Alhey varah varah reethi mi story vx….varah furihama…masha allah….

    1. ?Nafu✨ says:
      May 19, 2020 at 1:18 pm

      thank u soo much kairaa

  2. Friend? says:
    March 16, 2020 at 3:37 pm

    After a long time finally…nafuge story eh kiyaalan libihjje… masha Allah varah reethi … hope i will get a chance to read a story in a short period of time…

    1. ?Nafu✨ says:
      May 19, 2020 at 1:18 pm

      thank u so much friend

Comments are closed.



All Right Reserved!