Skip to content
އެސްފިޔަ

ނަފްރަތުން އުފެދުނު ލޯބި … 9 ވަނަ ބައި

ޒިދާން އައިސް ޔުޝްރާ ގާތުގަ އިށީނެވެ.      ” ޔުޝް މަކަރުު ހެދީމަ މިއަދު އެބަ ޖެހޭ ޔުޝް ތެންމާލަން ދޯ ވާން … ”  ޒިދާން އަލްވާން އަށް ދޯ ދެމުން ބުނެލުއެވެ. ޔުޝްރާ ފާޑަކަށް ތުން އަނބުރާލިއެވެ. ” ނޫން ތެންމާނުލާތި … ” ޔުޝްރާ އާދޭސް ކުރާ ކަހަލަ ރާގަކަށް ބުނެލިއެވެ.  ޒިދާން ދެ ފަރާތަށް ބޯ ހޫރުވަމުން އެ ކޮޓަރިން ދިޔައެވެ. ” އަދިވެސް ބޮޑެއް ނުވޭ      ދޮ ؟ ” އަލްވާން ޔުޝްރާގެ ނިތުގަ އިނގިލި ޖައްސާލަމުން ބުނެލިއެެެވެެ. ” އާނ … ނުވޭ ..”  ޔުޝްރާ އަލްވާން ދުރަށް ކޮށްޕާލިއެވެ. ” ތެންމާލަ ފާނެތީ ތިވަރު ވާން ޖެހޭ ތަ ؟” އަލްވާން އަހާލިއެވެ. ” ހޫނނނ … ޔުޝް ބޭނުމެއް ނޫނޭ ތެމޭކަށް … ” ޔުޝްރާ ތުންް އޫ ކޮށްލަމުން ބުނެލިއެވެ. އަލްވާން ޔުޝްރާގެެ އަތުގަ ހިފައިގެންް ދުއްވައިގަތެވެ. ” އޭ ކޮންތާކަށް ތި ގެންދަނީ ” ޔުޝްރާ ގަދަހަދަމުން ބުންޏެވެ. އަލްވާން އެއްވެސް އެއްޗެކޭ ނުބުނެ ހުރީއެވެ. އަލްވާންް ޔުޝްރާ ގޮވައިގެން ބަގީޗާ އަށް އައިސް ފެން ހޮޅި ދޫކޮށްލުމަށްފަހު ޔުޝްރާ ގަޔަށް ފެން ޖަހަން ފެށިއެވެ. ޔުޝްރާ އޭނަގެ މޫނުމަތީ އަތް އަޅައިގެން ހުރެ އަލްވާން އާ ދިމާލަށް ލޯ އަޅާލިއެވެ. އަލްވާން ލުއި ހީލުމެއް ހީލިއެވެ. ޔުޝްރާ އެއްކޮށް ތެމުމުން އަލްވާާން އިސްކުރު ބަންދު ކޮށްލިއެވެ. އަދި އެއް ބުމަަ ހިއްލާލިއެވެ. ” ހަހަހަ … އެހެންވާނީ ބޭބީ އެއް ހެން އުޅެންޏާ … ” އަލްވާންް ޔުޝްރާ  އާ ދާދި ގާތުގާ ހުއްޓިލަމުން ބުނެލިއެވެ. ” އެހެންތަ؟ ” ޔުޝްރާ މިހެން ބުނުމުން އޭނަ ކަމެއް ގޯސްކޮށް  ކުރަން އުޅޭކަން އަލްވާން އަށް އެނގުނެވެ. އަދި ބަލާކަށް ނުހުރެ ދުއްވައިގަތެވެެ. ޔުޝްރާ ވެސް އޭނަގެ ފަހަތުން ދުއްވައިގަތެވެ. އަލްވާން ދުވަމުން  ދުވަމުން ގޮސް  ބަގީޗާގަ ހުރި ޖަނބުރޯލު ގަހަށް އެރިއެވެ. ޔުޝްރާ ކުރާނެ ކަމެއް ނޭނގިގެން މެޔަށް ތަދެއް އަރާ ކަމަށް ހެދުނެވެ. އަލްވާން އަވަސް އަވަހަށް ގަހުން ފައިބައިގެން ޔުޝްރާ ގާތަށް އައެވެ. ހަމަ އޭނަ އައުމާ އެކު ޔުޝްރާ އޭނަ  ގައިގަ ބައްދާލިއެެވެެ. އަލަވާން ގައިގަ ފެން ތައް ހޭކުމުން ޔުޝްރާ ވަރަށް ބާރަށް ހީގަތެވެ.   ” ޔޫ … ” އަލްވާން ޔުޝްރާ ދުރަށް ޖައްސާލިއެވެ. އެއިރު ޔުޝްރާ އަލްވާން  އާާ ދިމާއަށް ވައްތަރު ޖައްސާލިއެވެ. ” އެހެންވާނީ ” ޔުޝްރާ އަލްވާން އާ ދިމާލަށް އެއް ލޯ މަރާލިއެވެ. ” އައްސަލާމްް ޢަލައިކުމް ..” މީހަކު ސަލާމް ގޮވާލުމުން ޔުޝްރާ އަަދިި އަލްވާން އެ ދިމާލަށް ބަލާލިއެވެ. ދޮރު މަތީ ހުރީ ޔުޝްރާގެ ދޮންތަ އާއި އޭނަގެ ފިރިމީހައެވެ. ” ދޮންތީީ … ” ޔުޝްރާ ދުވެފަ އެ މީހުން ގާތަށް ދިޔައެވެ. ޔައިރާ އަތު ތެރޭގަ އޮތް ކުޑަ ކުޑަ ޝަޔާ ފެނުމުންް ޔުޝްރާ ޝަޔާ އުރާލާ ހިތްވިއެވެ. ” ޝަޔާ ބޭބީ އުރާލާ ހިތް ވަނީ … އެކަމް ކިހިނެއް އުރާނީ މިހުރީ އެއްކޮށް ތެމިފަ … މި އަލްވާން ގަނޑު ކަންތަކޭ .. ” ޔުޝްރާ މިހެން ބުނުމުން އަލްވާން އަށް ވީގޮތުުންް ޔައިރާ ހޭންފެށިއެވެ. ” ސާބަސް … ރަނގަޅަށް ވާއިރު އަލްވާން ތެމިފަ އެހުރީ ޔުޝްކޮ އާ ހެދި…” ޔައިރާ މިހެން ބުނިތަނާ ޝަޔާ ވެސް ލޯބި ލޯބި އަޑަކުން ހޭންފެށިއެވެ. ” ކޮބަ ޝާ އަށް ވެސް ހެވުނީ އެ … ޔުޝްކޮ މޮޔަކަމުން … ” ރާހިލް ޔުޝްރާ ނިތުގަ ޖަހާލިއެވެ. ” ދޮންތިބެ ވެެސްް ދޯ … ” ޔުޝްރާ އޭނަގެ ނިއްކުރީގަ ފިރުމަމުން ގޭތެރެއަށް ދިޔައެވެ. އޭނަ ދިޔުމާ އެކު ޔައިރާ މެން ވަރަށް ބާރަށް ހޭންފެށިއެެވެ. ޔައިރާ މެން އެތެރެއަށް ދިޔުމުން އަލްވާން ދިޔައީ ގެއަށް ފެންވަރާށެވެ.   ޔައިރާމެން ފެނުމުން  ޒެރާޝާާ އަށް އުފަލުން ރޮވުނެވެ. 1 އަހަރު ދުވަސް ވަންދެން ޔައިރާ މެން ދިރިއުޅުނީ މެލޭޝިޔާ ގައެވެ. މިވީހާ ދުވަހުު ޒެރާޝާ ވަނީ ޔައިރާ ދެކިލާހިތުން ކެތްމަދު ވެފައެވެ. ޔައިރާ ވިހޭކަން އެނގުނީއްސުރެ  ޒެރާޝާ ހުންނަނީ ޝަޔާ އުރާލާ ހިތްވެފައެވެ. އަދި ޔައިރާ ވިހެއުމުން އޭނާ ފަލަ ތޯ ވެސް ބަލާލާ ހިތްވެފައެވެ. އެހެންޔާ ހީވަނީ ދަނޑި ބުރި އެއް ހެންނެވެ. ” ދަރިފުޅު މިހާރު ކުޑަކޮށް ފަލަ ވެއްޖެ … ދެން ތި ވަރަށް ތި ރީތިި ހަށިގަނޑު ބެހެއްޓޭ ތޯ ބަލާތި އިނގޭ … މަންމަ ވަރަށް އުފާ ވެއްޖެ ރާހިލް ކަހަލަ ރަނގަޅު ފިރިއެއް ޔައިރާ އަށް ލިބުނީމަ … އެކަމް ވަރަށް ގޯސް ދެ ކުދިން ތީ … މަންމަ ގާތު ނުވެސް ބުނެ ތިި އައީ … ”  ޒެރާޝާ ޔައިރާގެ ކަންފަތުގައި ހިފާލިއެވެ. ” އައު… އައުޗް … ތަދެއްނުވޭ އިނގޭ … އަޅުގަނޑަށް ހީވޭ ވަރަށް އަވަހަށް ޔުޝްކޮ މެރީ ކުރާނެ ހެން … ” ޔައިރާ މިހެން ބުނުމުން  ޒެރާޝާ އަވަސް އަވަހަށް ޔައިރާގެ ކަންފަތުން ދޫކޮށްލިއެވެ. ” އެހެންތަ؟   ކާކަށްތަ ޔުޝް ރަށްޓެހިވެގެން އުޅެނީ .. ” ޒެރާޝާ ވަރަށް ގަޔާވެލާފަ އެހިއެވެ. އެއިރުު ޔުޝްރާ ފެންވަރައިގެން ބޮޑު ކޮޓަރިއަށް އައީއެވެ.  ” އަލްވާން އަށް ތޯއްޗެ .. ” ޔުޝްރާގެ ކަންފަތް ކައިރި ހީވީ ހިނިތަކެއް ކަށި ޖެހި ހެންނެވެ.    ” ވަޓް؟؟؟؟ …. މަންމާ … މި ދޮންތިި ދޮގު ހަދަނީ އެ … އަޅުގަނޑު އެއްވެސް މީހަކަށް ރަށްޓެއްސެއް ނުވަން … ” ޔުޝްރާ އެތަނަށް އައިއްސަ ހުރި ތަން ފެނުމުން  ޒެރާޝާ އަށް ކުޑަކޮށް ހެވުނެވެ. ” ދެން އެ ވާހަކަ ބާއްވާ … މިއަދު ހަވީރު މި އުޅެނީ ރެސްޓޯރެންޓް އަކަށް ދާން މަން އާ އަލްވާން ގާތު ބުނައްޗޭ … ”    ޒެރާޝާ ޝަޔާ އުރާލަމުން ބުންޏެވެ. ޔުޝްރާ     ޒެރާޝާ އަތުން ޝަޔާ އަތުލިއެވެ. އަދި ކޮޓަރިއަށް ދިޔައެވެ. ޔުޝްރާ ދިޔުމުން  ޒެރާޝާ މެން ވަރަށް ބާރަށް ހޭންފެށިއެވެ. ” ހަހަހަ … ޔުޝްކޮ ހާދަ މޮޔައޭ އަދިވެސް … ” ޔައިރާ ދެ ފަރާތަޑް ބޯ ހޫރާލަމުން ބުންޏެވެ. ” ހޫނ … ވަރުގަދަ ކުއްޖެއް އެއީ  …” ޒެރާޝާ ހެމުން ހެމުން ބުންޏެވެ. އަދި ޔައިރާ މެން ކޮޓަރި އަށް ގެންގޮސް ދިނެވެ.

 

ޔުޝްރާ ޝަޔާ އާ އެކު ކުޅެން އިންދަ މަންހާ އައެވެ. ” އަޅޭ … ދީބަ އުރާލަން … ” މަންހާ ތުއި ވެލަމުން ބުނެލިއެވެ. ޔުޝްރާ ހީލާފަ ޝަޔާ މަންހާގެ އަތަށް ދިނެވެ. ” ޝަޔާ ބޭބީގެ ދޮންބެ ދައްތަ އިނގޭ މީ ” ޔުޝްރާ މަންހާ އާ ދިމާއަށް އިނގިލި ދިއްކުރަމުން ބުންޏެވެ. މަންހާ ޔުޝްރާގެ އަތުގައިި ޖެހިއެވެ. ” ސާބަސް … ” މަންހާ ޝަޔާ ގަޔަށްލާ ބޮނޑި ކޮށްލަމުން ބުންޏެވެެ. ޝަޔާ ލޯބިކަމުން މަންހާ ހުރީ  ޒިދާން ގާތަށް ވެސް ދާ ހިތް ނުވެފައެވެ. ޔުޝްރާމެން ގެއަށް އޭނަ އައީ   ޒިދާން ބުނެގެންނެެެވެެ. ” މަން … ” މަންހާ ސިއްސައިގެން ދިޔައީ  ޒިދާންގެ އަޑު އިވުމުންނެވެ. ” ސޮރީ … ޝާ ފެނުނީމަ ދާ ހިތް ނުވީ ..” މަންހާ އިސްދަށަށް ޖަހާލިއެވެ.      ” އޯޯ … ސޯ މައި ސްވީޓީ ލަވްސް ޝާާ  މޯ ދޭޭން މީ ؟؟؟ ” މަންހާގެ ފަހަތުން މަންހާގެ ގައިގަ ބައްދާލަމުން ލާނެތް ގޮތަކަށް ޒިދާން ބުންޏެވެ. ” ދެން … ޒިދާން ވެސް ދޯ … ” މަންހާ ރަކި ގޮތަކަށް ހީލިއެވެ. ” އަހަމް ” ޔުޝްރާ ކަރުކެހިލިއެވެ. ނަމަވެސް  ޒިދާން މެން ހަމަ އެ ތިބި ގޮތަށް ތިބީ އެވެ. ” ނޫޅެން ލަދުން ދުރަށް ދާކަށް … ހެެހެެ”  ޒިދާން ދޫ ނެރެލިއެވެ. ޔުޝްރާ އަޅާނުލާ އަވަސް އަވަހަށް އެ ކޮޓަރިން ބޭރަށް ދިޔައެވެ. އޭނަ  ޒެރާޝާ ގާތު ޝަކުވާ ކުރާ ހިތުން  ޒެރާޝާގެ ކޮޓަރިއަށް ދިޔައެވެ. ” މަންމާ … ދޮންބެ އެންޑް މަން އުޅެނީ ރަށްޓެހި ވެގެން … މިހާރު އެ ދެ މީހުން އެބަހުރި ޔުޝް ކޮޓަރީގަ… ”  ޒެރާޝާ ފެނުމާއި އެކު ޔުޝްރާ ބުނަން ބޭނުންވާ ހުރިހައި ވާހަކައެއް އެއް ނޭވާ އިން ނިންމާލިއެވެ. ” ދަރިފުޅާ …. ތަންކޮޅެއް ލަސް ލަހުން ވެސް ވާހަކަ ދެއްކޭނެންނު … ދޮންބެ އާ މަން ކަން މަންމަ އަށް އެނގޭ … ދޮންބެ ބުނި މަންމަ ގާތު … ދޮންބެ އެކަމް ލިމިޓްސް ކްރޮސް ނުކުރާނެ ކަމުގެ ޔަގީން ކަން މަންމަ އަށް ދިނޭ …. ދަރިފުޅު ވެސް ދެން މީހަކާ ރަށްޓެހި ވޭ … އަލްވާން މަންމަ އަށް ވަރަށް ކަމުދޭ …. ”  ޒެރާޝާ ޔުޝްރާގެ ބޮލުގަ ފިރުމާލިއެވެ. ” ވަޓް ؟؟؟ … އަލްވާން ؟؟؟ ފޮގެޓް އިޓް … ހޫމް ތޭންކްސް … ” ޔުޝްރާ އުއްމީދު ކުރި ގޮތަށް ނުވުމުން މޫނު ކުނި ކޮށްލައިގެން ބެލްކަންޏަށް ދިޔައެވެ.   ޒެރާޝާ ލާނެތް ގޮތަކަށް ހީލާފަ އާބިދާ ގާތަށް ދިޔައެވެ.

 

އަލްވާން ޔުޝްރާގެ ކޮޓަރި އަށް ވަނީ ޔުޝްރާ ދެކިލާ ހިތުންނެވެ. ނަމަވެސް ޔުޝްރާގެ ކޮޓަރީގަ ހުރި  ޒިދާން އާ މަންހާ ފެނުމުން ބޮޮޑު ކޮޓަރިއަށް ދިޔައެވެެ. އެއިރު ބޮޑު ކޮޓަރީގަ އެއްވެސް މީހަކު ނެތެވެ. ކަޅު ކުލަ ހޫޑީ އަކާ ޖިންސް އެެއްް ލާފަ ހުރި އަލްވާން ވަރަށް ވެސް ރީއްޗެވެ. އިސްތަށިތައް ރީތި ގޮތަކަށް ހިއްލާފަ ހުރުމުން އޭނަގެ ރީތިކަން އިތުރުކޮށްދެެެެެއެެވެެ. ” ޔުޝް ހޯދަނީ ތަ؟؟؟ ”  ޒެރާޝާ ލާނެތް ގޮތަކަށް ހީލިއެވެެ.   ” ނޫ … ންް  … ” އަލްވާން އަށް ބުނެވުނީ ވަރަށް ލަސްލަހުންނެވެ. ” ބެލްކަނީގަ ވީ ” މިހެން ބުނުމަށްފަހު  ޒެރާޝާ އެތަނުން ދިޔައެވެ. އަލަވާން ލަސް ނުކޮށް ބެލްކަންޏަށް ދިޔައެވެެ. ދުރު ބަލަަަން ހުރި ޔުޝްރާ އަށް މީހަކު އައި ކަމެއް ވެސް ނޭނގެއެވެ. އަލްވާން ގޮސް ޔުޝްރާ އަތުގަ ހިފާފަ އޭނަ އާ ދިމާއަށް އަނބުރާލިއެވެ.      ” ކީއްވެ އަބަދު ތި ގޮތަށް އުޅެނީ … ” ޔުޝްރާ ދެ ބުމަ ގޮށްޖަހައިލަމުން ބުންޏެވެ.    ” ކީއްވެހެން ހީވަނީ؟ … ” އަލްވާން ޔުޝްރާގެ ކޮލުގަ ހިފަާލިއެވެ. ” އޯ އިޓް މީންސް ޔޫ ލައިކް މީީ … ދޯ … ” ޔުޝްރާ މިހެން ބުނުމަށްފަހު ކުރިއަށް ހިނގަން ފެށިއެވެެ. ޔުޝްރާ ކުރިއަށް ހިނގި ވަރަކަށް އަލްވާން ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުންނެވެ. ” ދޯ … ” ޔުޝްރާ އަލްވާން ކޮލުގަ ހިފާލަމުން ލާނެތް ގޮތަށް ބުންޏެވެ. ކުއްލިއަކަށް އަލްވާން ޔުޝްރާ ގެންގޮސް ފާރުގަ ތަތްކޮށްލިއެވެ. އެ ވަގުތު ޔުޝްރާގެ ދެ ލޯ ބޮޑުވިއެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (29)

  1. ✨Shaanee

    masha allah v v reethi mi bai ves
    when next part
    waiting for the next part
    thankolheh dhigukohladhey chey next part…..
    I love this story more than other stories….

    1. Quiiin?
      ✨Shaanee

      Awwn … vrh vrh ufaa vehje … yes quiiin try kuraanan nxt part dhigukohlan … nxt part soon… hehee vrh ufaavey shaanee ah mi stry kamudhaathii…
      Thanku sooo much shaanee
      ?❤

  2. LAZY_QUEENY

    Vvvv reethi mi part vx… Whn is next part… Curiously waiting for next part ngey… ????

    1. Quiiin?
      LAZY_QUEENY

      Thanku sooo much queeny … so happy to knw that u liked it … nxt part soon … kn dhuvahakun kameh bunaakah neygey … eii quiin ah kureveyniii submit nd admins publish kuraaniii …
      Keep waiting …
      ❤?

  3. Kairaa

    Varah reethi mi part vx….whn nxt….waiting…..

    1. Quiiin?
      Kairaa

      Thanku soo much kai …
      Nxt part soon …
      Keep waiting dear…
      ❤❤❤

  4. Ekkala kujja

    Woooooowwww ma sha allah … vrh vx furihama … i think alvaan eulheniii propose kuran hn … hehehe so curiouse to knw … emme kiyaa hiy vi hisaabun e nimuniii …
    Waiting fr nxt
    Ly
    ?????❤?

    1. Quiiin?
      Ekkala kujja

      Hehehe thanku soo much ekkala kujja … sorry emme kiyaa hiy vi hisaabun nimmaalevuniiima ahaha? … lets see what happens nxt…
      Keep waiting …
      Ly2
      ?❤

  5. Ekkala kujja

    Adhi shaya bby vrh cute … shaya bby hyli vhk buni iru vrh rythi gothakah hevunu than vx sifakurevunu … ma sha allah … Quiiin ur the bst…
    ❤??

    1. Quiiin?
      Ekkala kujja

      Vrh ufaa vehje shaya bby ge vhk aii ma … eiii quiiin balaalan beynun vi readers ah shaya bby aii ma mi vhk kamudhey thw … hehehe thanku soooo much ekkala kujja…
      ❤❤❤Lysm
      ?❤

  6. Quiiin?

    Be safe everyone … dnt go outside …
    ❤❤❤

  7. Yan♥️

    Varah reethi Masha Allah ? waiting for the next part ? curious

    1. Quiiin?
      Yan♥️

      Vrh ufaavey yan ge comments vrh ginain fennaathii … jazakallah khairan yan…
      Keep waiting yan ….
      Thanku soo much yan …
      ?❤

  8. unknown?

    Shaya bby ge bai gina kohlahche.vrh loabi shaya bby.name vx ehaame rythi.by the way mi part hessa rythi waiting the next part.

    1. Quiiin?
      unknown?

      Hehehe in sha allah shaya bby ge bai gina kohlaanan… i also like that name… keep waiting dear…. in sha allah nxt part soon…
      Jazakallah khairan …
      Thanku soo much unknown….
      ?❤

  9. Kokkx

    Whoaaaa finally … yush mn avahah rattehi vebalaaaaa…. hehhe shaya bby haadha cute ey ma sha allah … shaya bby is my fav …
    Waiting fr nxt…

    1. Quiiin?
      Kokkx

      Hehe kokkx ge fav ah shaya bby v ma vrh ufaavehje …
      ?? yush mn rattehi vaanebaa
      Keep waiting kokkx
      Jazakallah khairan …
      ?❤

  10. Lizy

    ??????????????
    Ma sha allah … no words to describe how beautiful this stry is … hehe quiiin be safe inge … dnt go outside … be at home…
    Ly
    ❤❤❤?????

    1. Quiiin?
      Lizy

      So happy… yeah be safe u too … in sha allah i’ll try to be safe… hehe tc lizy …
      Ly2
      ?❤

  11. Quiiin ge fan

    Ma sha allah … quiiin u rocks … nd vrh happy vehje hafthaa ge maqbool strys ah mi stry dhiya e ma … shaya bby … lots of luv frm me …. hehhee
    Bye bye tc
    ❤❤❤❤

    1. Quiiin?
      Quiiin ge fan

      Awww … vrh vrh ufaavehje thi comment liyefa in kujjaage name fenuniima vx?… shaya bby dheke loabivaa readers huriiima vrh ufaa vehje … hehe tc u2 … lots of luv frm me too …
      Jazakallah khairan…
      Thanku sooo much quiiin ge fan … ??
      ?❤

  12. ♡Maiii♡

    Hey quiiin…. varah reethi mi bai vx ???… maasha allah♥❣… quiiin ge sifa kurun haadhahaa furihama ey ❤❣… when next part?… Waiting for it ?.. luv u ❤

    1. Quiiin?
      ♡Maiii♡

      !!! Hey maiii
      Vrh ufaavehje maii ge cmmnt eh fenuniiima? … hehe … nxt part soon…
      Keep waiting..
      ?Jazakallah khairan maiii …
      Ly2
      ?❤

  13. Shina

    Love it vvvvv reethi conirakuntha next part upkuraani waiting love you ???

    1. Quiiin?
      Shina

      Happy cause u liked it … hehe … nxt part soon … in sha allah … keep waiting dear …
      Jazakallah khairan shina…
      Ly2
      ?❤

  14. IIII ishu

    Hi quinnnnnnnnn
    Vvvvvvv reethi mi prt ves
    Waiting for next prt that will be so beautiful
    ??Hehe ly

    1. Quiiin?
      IIII ishu

      !!!Hei ishu
      Sorry fr late reply…
      So happy u liked this part too
      Jazakallah khairan ishu
      Ly2
      ?❤

  15. Dhera

    !!!Wait what
    Kurin mi part balaali iru in 99 likes ekm refresh kohlithanaa badhaluvehje 5 likes ah… whats going on…. admin please check

    1. Quiiin?
      Dhera

      It’s okay dear … it does’nt matter how much likes this stry gets …
      Jazakallah khairan.
      ?❤

Comments are closed.