Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަތުގައި ހިފާލާށޭ… -2-

Aminath Shafga Level 1
February 23, 2020 2 Mins Read
1 Comment

އެނދުމަތީ އޮތް ބާލީހުގައި ބޯއަޅައިލައިގެން އޮތް ޝެލީ އޮތީ ފުން ހިޔާލަކަށް ގެއްލިފައެވެ. އޭނާގެ ބޮލުގައި އެބުރެމުން ދިޔައީ އޭނަގެ މަންމައާއި ދެމެދު ދެކެވުނު ވާހަކައެވެ. ޝެލީ ކިތަންމެ ދާހިތް ނުވިނަމަވެސް، އެންމެ ފަހުން އޭނާގެ ސިކުޑިން އެޙިޔާލުތައް ނެރިލެވުނީ ތުރުކީއަށް އެނބުރި ދާން ނިންމާފައެވެ. ޝެލީ ދެން ބެލީ އަވަހަށް ނިދޭތޯއެވެ. ކޮޓަރީގެ ކޮޑަދޮރުން މަޑުމަދު ފިނި ވައިރޯޅި ވަންނަމުން ދިޔައެވެ. ޝެލީ އޮތީ ކުޑަދޮރުން ބޭރު ފެންނާތީ ބޭރަށް ބަލާށެވެ. މަޑުމަޑުން ޝެލީގެ ލޮލަށް ނިދި އަންނަންފެށިއެވެ.

އިރުއެރުމާއިއެކު، ކުޑަދޮރުން އިރުގެ ދޯދިތައް ގޭތެރޭގައި ހުރި އަނބު ގަހު ފަތްތަކުގެ ތެރެއިން ފުރޭނެމުން އައިސް ޝެލީގެ ޖަންބު ކުލައިގެ މޫނަށް އެޅެން ފެށިއެވެ. މޫނަށް ހޫނުވާން ފެށުމާއިއެކު ޝެލީއަށް ހޭލެވުނެވެ. ޝެލީ އަވަސްވެގަތީ އޭނަގެ މަންމައާއިއެކު ރަށުތެރެ ބަލާލައި އަދި އާއިލާ ގެތަކަށް ޒިޔާރަތް ކޮށްލަން ދިޔުމަށެވެ. އިރުއޮއްސެން ފެށުމާއިއެކު، އިރުގެ ދޯދިތައް ޖައްވުގެ ތެރެއިން ގެއްލެން ފެށިއެވެ. ޝެލީ ވަރަށް ބޮޑަށް ހިތް ނުތަނަވަސްވާން ފެށިއެވެ.

އިރުއޮއްސުމާއިއެކު، ސައިބޮއިގެން ޝެލީ އަވަސްވެގަތީ ތުރުކީއަށް ފުރުމަށް ފޮއްޓަށް އެއްޗެހި އަޅާށެވެ. ފޮއްޓަށް އެއްޗެހި އަޅަން ހުރި ޝެލީ ހުރީ އިސްދަށަށް ޖަހައިގެންނެވެ. ޝެލީ ފޮއްޓަށް އެއްޗެހި އެޅިއިރު ޝެލީގެ މަންމަ ހުރީ ދޮރުކައިރިއެވެ. ޝެލީއަށް އޭނަގެ މަންމަ ފެނުމާއިއެކު، އޭނައަށް ރޮވެން ފެށުނެވެ. އަދި ބާރުބާރަށް ދުވެފައި ކަހަލަ ގޮތަކަށް އޭނަ މަންމަ ކައިރިއަށް ހުއްޓި ވަރަށް ބާރަށް ބައްދާލިއެވެ. ޝެލީގެ މަންމައަށްވެސް ކެއްނުވެގެން ރޮވުނެވެ. އަދި ކަރުނަތަށް ޝެލީއަށް ފެނިދާނެތީ ލައިގެން ހުރި ގަދަ ނޫކުލައިގެ ލިބާހުގެ އަތުން އަވަހަށް ފޮހެލިއެވެ. “ދަރިފުޅާ! ނުރޮއި ހުއްޓާލައި. ހިތްވަރު ކުރަންވާނެ. ޑޮކްޓަރުންނަކީ ވަރަށް ހިތްވަރުގަދަ ބައެއްނު. އެހެންވީމާ، ދަރިފުޅުވެސް ހިތްވަރު އެލުވާ ނުލާތި. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާއި ހަމައަށް އާދެވޭނީ ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލައި އެތައް ހަރުފަތެއް ގިރާކުރުމަށްފަހުއެ” ޝެލީގެ މަންމަ ޝެލީއަށް ހިތްވަރު ލައިދެން ފެށިއެވެ. ޝެލީ އޭނަގެ މަންމަގެ ބަސްތައް އަޑު އިވިފައި ހިތްވަރު ކުރެވެތޯ މަސައްކަތް ކުރިއެވެ. އަދި ކޯތާފަތް މައްޗަށް އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.

މާފުށިން މާލެއަށް ފުރުމަށް ހަމަޖެހިފައިވާ ވަގުުތު ކުޑަތަން ވުމުން ޝެލީ އޭނަގެ މަންމައާއިއެކު، ބަދަރަށް ދިޔައެވެ. “މަންމާ! އަހަރެން ވަރަށް ހަނދާންވާނެ މަންމަ މަތިން. އަހަރެން ދުރުގައި ހުއްޓަސް ކޮންމެ ދުވަހަކު ހަކުރު ބޭސް ކާތި އަދި ކޮންމެ ދުވަހެއްގެވެސް ތިން ކޮއްތު ވައްޓާުނުލާ ކާތި” ލޯންޗަށް މީހުން އަރަން ފެށުމުން ޝެލީ އޭނަގެ މަންމަ އަތުގައި ހިފަހައްޓައިލައިގެން ހުރެ ވާހަކަ ދެއްކިއެވެ. “ދަރިފުޅުވެސް ރަނގަޅަށް ކާތި އަދި ގޯސް ގޮތަކަށް ނޫޅި މޮޅަށް ކިޔަވާތި” ޝެލީގެ މަންމަ ޝެލީގެ މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް ރީތި ކޮށްލަމުން ނަސޭހަތް ލައިދިނެވެ. އެވަގުތު އެ ފުރުހަމަ ނަސޭހަތް ކޮޅު އަޑު އިވިފައި ޝެލީ އިސްއުފުލާލައި އޭނަގެ މަންމަ ގައިގައި ބައްދާލިއެވެ. “ދަރިފުޅާ ޝެލީ އެސޮރު ގާތަށް ނުގޮސްލާތަ ތުރުކީއަށް ފުރަނީ” ޝެލީގެ މަންމަ ޝެލީއާއި ސުވާލެއް ކޮށްލިއެވެ. އެހާ ގިނައިން ދިއުން ރަނގަޅެއް ނުވާނެއްނުހޭ ބުނެ ޝެލީ ލޯންޗަށް ބަލާލިއެވެ. ވާމަހާލާ މަންޒަރު ފެނުމާއިއެކު، ޝެލީ އޭނަގެ ދަތުރު ފެށުލަށް ލޯންޗަށް އަރަން ދާން މިސްރާބު ޖެހިއެވެ.

ރެއަކީ ވިއްސާރަ ރެއެކެވެ. ކަނޑުވެސް އެހާމެ ގަދައެވެ. އެހެންނަމަވެސް، ޝެލީއަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓަށް ގަޑި ޖެހުމުގެ ކުރިން ދެވުނެވެ. ޝެލީ ހުރީ އެއަރޕޯޓުގައި ހުރި ބިއްލޫރި ގަނޑަކުން ބޭރަށް ބަލާށެވެ. ބޭރު ބަލަން ހުރި ޝެލީ ސިހުނީ ތުރުކީއަށް ދަތުރުކުރަން ހަމަޖެހިފައިވާ ފުލައިޓު މޫސުން ގޯސްވުމުގެ ސަބަބުން 1 ގަޑި އިރަށް ލަސްވި ވާހަކަ އޭނާގެ ކަންފަތުގައި އަޑު ޖެހުމުންނެވެ. އެހެންނަމަވެސް، ޝެލީ ފޫހި ވެގެން އެއަރޕޯޓު ތެރޭގައި އުޅޭކަށް ނުޖެހުނެވެ. އެއަރޕޯޓުގެ އެހިތްގައިމު މާހައުލު ތެރޭގައި ޝެލީ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އަދި ތަފާތު އެކިއެކި މިޒާޖުގެ މީހުންނާއި ބައްދަލުވެ އެމީހުންނާއިއެކު، ޝެލީ ހޭދަކުރި ވަގުތު ކޮޅަކީ ޝެލީގެ ހިތަށް ހިތްހަމަ ޖެހުން ގެނުވައިދިން އުފާވެރި ވަގުތު ކޮޅެކެވެ.

ދިގު ދަތުރަކަށް ފަހު، ތުރުކީގެ ހިތްގައިމު ރަންވޭއަށް ބޯޓު ޖެއްސުމާއިއެކު ނިދިފައި އޮތް ޝެލީއަށް ހޭލެވުނެވ. އަދި ދަތުރުވެރިން ބޯޓުން ބައިލަން ބޯޓުގެ ދޮރު ހިޅިވާލުމާއިއެކު، ޝެލީވެސް އަވަސްވެގަތީ ބޯޓުން ފޭބުމަށެވެ. އަދި ޝެލީގެ ފޮށި ލިބުމުން، އޭނާ ހިނގައިގަތީ އެއަރޕޯޓުން ނުކުތުމަށެވެ. އެއަރޕޯޓުން ބޭރަށް  ނުކުތުމާއިއެކު، ޝެލީގެ ލޮލުގައި އަޅާގަތީ ޒަރީންނެވެ. އެވަގުތު ސިހިގެން ފަހަތަށް ދެފިޔަވަޅު ޝެލީއަށް އަޅާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aminath Shafga

Level 1

Other Articles

Previous

އަހަރެން 3 ވަނަބައި

Next

ވާނަމޭ އުމުރަށް އެކީ ޖާނާ (4)

Next
February 23, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ (4)

Previews
February 23, 2020

އަހަރެން 3 ވަނަބައި

One Comment

  1. Yanaa says:
    February 23, 2020 at 12:26 pm

    Nice❤❤❤❤
    maa sha Allah ???????
    waiting?????

Comments are closed.

Next Episodeލޯބިން އަތުގައި ހިފާލާށޭ…←


All Right Reserved!