Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަތުގައި ހިފާލާށޭ…

Aminath Shafga Level 1
February 20, 2020 3 Mins Read
2 Comments

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭގައި ތުރުކީން ދަތުރުކުރި ފުލައިޓު ޖެއްސުމާއިއެކު، ޝެލީގެ މޫނު މަތިން އުފާވެރިކަން ފާޅުވިއެވެ. ހީވަނީ 14 ވިލޭރޭގެ ހަނދެއް ހެންނެވެ. އަދި އޭނާގެ ޖަންބުކުލައިގެ ކޮލަށް އަޑިވިއެވެ. ޝެލީ އޭނާގެ ފޮށި ހިފައިގެން އެއަރޕޯޓު ތެރެއިން ނުކުތީ ދުވަމުން ކަހަލަ ގޮތަކަށެވެ.
ޓެކްސީއެއްގައި 15 މިނެޓު ހޭދަކުރުމަށްފަހު ޝެލީއަށް އޭނާ މާލޭން ހިފާފައި ހުރި ކޮޓަރިއަށް ދެވުނެވެ. ކޮޓަރިއަށް ވަދެވުމާއިއެކު، ފޮށި ހުޅުވާލިއެވެ. އަދި އެފޮށީގެ އެންމެ މަތީގައި އޮތް ފެހިކުލައިގެ ކޮތަޅު ހިފައިގެން ޝެލީ ކޮޓަރިން ނުކުމެ، ހިނގައިގަތީ މަޖީދީ މަގުގައި ހުރި ގެއަކަށް ދިއުމަށެވެ.
މަޖީދީމަގުގެ ކަނާއަތް ފަޅިން ޝެލީ ދިޔައީ ވަރަށް ބާރު ހިނގުމެއްގައެވެ. އޭނާގެ އެކުވެރި ނީނާގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ހިނގުން މަޑުކޮށްލިއެވެ. “ޝެލީ ހާދަ ބާާރަކަށް ކޮންތާކަަށްތަ؟ އާދެ ސައިކަލަށް އަރަން” ސައިކަލު ފަހަތަށް އެރުމަށް އިޝާރާތް ކޮށްލަމުން ނީނާ ބުންޏެވެ. ޝެލީ އުފަލުންހުރެ އަވަހަށް ގޮސް ސައިކަލަށް އެރިއެވެ. “ކިހިނެއްތަ ހާލު؟ ކޮންތާާކަށްތަ ގެންގޮސްދެންވީ!” ނީނާ ސައިކަލު ދުއްވާލަމުން ޝެލީގާތު އަހާލިއެވެ. “ރަނގަޅު. ކުރިންވެސް މާލެ އައިސް ދިޔައީމެއްނު ގެއަކަށް. އެގޭ ކައިރިއަށް ލާދީބަ ނިކަން އަވަހަށް.” ކެތްމަދުވެފައި ހުރި ޝެލީ ޖަވާބު ދިނެވެ. “އެގެއަށް ދާތީ ދޯ މާ ބާރަށް ތިޔަ ދަނީ!” ހިނިތުންވެލަމުން ނީނާ ބުންޏެވެ.
އެގެއާއި ހަމައަށް ނީނާ ސައިކަލު މަޑުކޮށްލިއެވެ. އެވަގުތު ޝެލީ ޝުކުރު އަދާކޮށްފައި ބާރުބާާރަށް އެގެއަށް ވަނުމަށް މިސްރާބުޖެހިއެވެ. “ޝެލީ ބެސްޓް އޮފް ލަކް” ނީނާގެ އަޑަށް ޝެލީ ބަލާލިއެވެ. އަދި ހިނިތުންވެލާފައި އެތެރެއަށް ވަދެގެން ދިޔައެވެ.
ލިފްޓަށް އެރުމަށްފަހު 7 ވަނަ ބުރިއަށް ދިއުމަށް 7 ކަށް އޮށްބާލިއެވެ. ލިފްޓު ދޮރު ހުޅުވުމާއިއެކު، އަވަހަށް އެތެރެއަށް ވަނުމަށް ބެލް ޖެހިއެވެ. ދޮރު ހުޅުވާލީ އަނިލްއެވެ. ވަގުތުން ޝެލީ އެތެރެއަށް ވަނެވެ.
އިރުއޮއްސި 6 ޖެހުމާއިއެކު ޝެލީ އެ އެޕާާޓުމެންޓުން ނުކުމެ، އޭނާ ހިފާފައި ހުރި ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ކޮޓަރިއަށް ދެވުމާއިއެކު، ފެންވަރާލައިގެން ނިދާާލުމަށް އެދުމަތީގައި އޮތް ބާލީހުގައި ބޯއަޅާލާާލިއެވެ. ޝެލީގެ ސިކުޑީގައި އެބުރެމުން ދިޔައީ އޭނާއަށް މިއަދު ހޭދަކުރެވުނު އެކުޑަ ކުޑަ އަފާވެރި ވަގުތު ކޮޅުމަތިންނެވެ. އެ ހިޔާލުތަކުން އޭނާއަށް ނިކުމެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. “މަންމާ އަޅެ މިރެއަށް ޓިކެޓެއް ނެތްތަ؟ އަހަރެން މަންމަ މަތިން ވަރަށް ހަނދާންވޭ..” ޝެލީ ފޯނު ނަގާފަ މަންމަ ގާތު އާދޭސް ކުރާ ރާގަކަށް އަހާލިއެވެ. މިރެއަށް ޓިކެޓު ލިބުނުކަން މަންމަ ހިނިއަންނަމުން ބުންޏެވެ. އަދި މަންމަވެސް ހަނދާންވާ ވާާހަކަ ބުނެފައި އަވަހަށް ލޯންޗު ދޮށަށް ދިޔުމަށް ބުންޏެވެ. ޝެލީ ފޯނު ކަޑާލުމަށްފަހު އަވަސްވެގަތީ ލޯންޗު ދޮށަށް ދާށެވެ.
1 ގަަޑިއިރުގެ ދަތުރަކަށް ފަހު ޝެލީ ދަތުރު ކުރަމުން ދިޔަ ލޯންޗު އޭނާގެ އުފަން ރަށް ކ.މާފުށިއަަށް ބަދަރުކުރުއެވެ. ޝެލީ އޭނާގެ ލޮލުގެ ތޫނު ނަޒަރު ބަދަރު މައްޗަށް ހިންގާލިއެވެ. އެވަގުތު ޝެލީއަށް އޭނަގެ މަންމަ އޭނަގެ އިސްތިގުބާލުގައި އައިސް ހުރިތަން ފެނުނެވެ. އަދި އަވަސް އަވަހަށް ލޯންޗުން ފައިބައިގެން ގޮސް މަންމަގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އެވަގުތު، ޝެލީގެ މަންމަ ޝެލީގެ ބޮލުގައި އުފަލުން ހުރެ ފިރުމާލިއެވެ. “ދަރިފުޅާ! މާލެއަށް ގޮސް އެސޮރު ގާތަށް ގޮސްލިންތަ؟ އެސޮރުގެ ހާލު ކިހިނެއްތަ؟ ” ޝެލީގެ މަންމަ ޝެލީއާއި ހަތަރު ކަޅި ހަމަކޮށްލުމަށް ފަހު ހިނިތުންވެ ހުރެ ޝެލީއާއި ސުވާލު ކުރިއެވެ. “އާނ! އެންމެ ފުރަތަމަވެސް ކޮޓަރިއަށް ވަދެ ފޮށި ލައިފައި ދިޔައީ އެގެއަށް… އަލްހަމްދުލިއްލާހި. އެސޮރު ހާލު ވަރަށް ރަނގަޅު” ޝެލީ އޭނަގެ މަންމަ އަތުގައި ހިފަހައްޓާލައިގެން ހުރެ އިސްޖަހާލަމުން ޖަވާބު ދިނެވެ. ބަދަރުގެ ތޮށި މައްޗަށް ފޮށި ބޭލުމުން ފޮށި ހިފައިގެން ގެއަށް ދިއުމަށް މަސްރާބު ޖެހިއެވެ.
ގަރުދިޔައާއި ބަތް ކާންއިން ޝެލީ ބަތް ސުވާއެއް ކާލުމަށްފަހު މުށި ކުލައިގަ ހުރި ތަށިން ތެލުލި މަސް ކޮޅެއް ކާންއިން ބަތް ތަށި ތެރެއަށް ލިއެވެ. ޝެލީގެ މަންމަ ކައްކާހައި މީރުކޮށް ކާ އެއްޗިހި ކައްކާ ދެވޭނެ އިތުރު މީހަކު މި ދުނިޔެމަތީގައި ނެތް ކަމަށް ބުނެ ޝެލީ އެ ކާއެއްޗެހީގެ މީރު ވާހަކަ ދެއްކިއެވެ. ޝެލީ އަނެއްކާވެސް ބަތް ސުވާއެއް އަނގައަށްލައި މަންމާ ހާދަ މީރޭ ބުންޏެވެ. “ދަރިފުޅުގެ ބައްޕަވެސް ދުނިޔޭގައި ހުރިއިރު މަންމަ ކައްކާ އެއްޗިހިއަށް އަބަދުވެސް ވަރަށް ތައުރީފު ކުރާނެ! އަދި ދަރިފުޅުގެ ބައްޕަ މަންމަ ކައްކާފައި ހުންނަ އެއްޗެއް ހުސްނުކޮށް ނުވެސް ތެދުވާނެ..” ޝެލީގެ މަންމަ ޝެލީއާއި އޮލަ ވާހަކައިގައި ޖެހުނެވެ. “މަންމާ އަހަރެން ވަރަށް ދެރަވޭ މާދަމާ ރޭ އަނެއްކާ ތުރުކީއަށް ދާން ފުރަން ޖެހޭތީ… މަންމާ މިފަހަރު އަހަރެން ދާނީ ދުވަސް ކޮޅެއް ކޮށްލާފަ! ހަފްތާއެއް ކޮލެޖަށް ނުދިޔައަސް ރަނގަޅު ވާނެ…” ޝެލީ އަތް ދޮންނަން އިސްކޫރު އަނބުރާާލަމުން ބުންޏެވެ. “އެއީ ކީއްވެ؟ އެ ގޮތެއް ރަނގަޅެއް ނޫން މަންމައަކަށް. ދެން އޮތީވެސް ބާކީ 1 އަހަރެއްނު. 1 އަހަރު ކޮށްފަ އައިސް އައްލާހު އިރާދަކުރެއްވިއްޔާ ދަރިފުޅު އުޅޭނީ މިކޮޅުގަ. ދަރިފުޅު ޑޮކްޓަރަކަށް ވުމަކީ، ދަރިފުޅުގެ ބައްޕަވެސް ވަރަށް ބޮޑު ހުވަފެނެއް. އެހެންވީމަ އެއްގޮތަކަށްވެސް ދެރަވާނެ ކަމެއް ނެތް!” ޝެލީގެ މަންމަ ޝެލީއަށް ހިތްވަރު ލައިދިނެވެ. އެހެންނަމަވެސް، ޝެލީ މިފަަހަރު އެއްގޮތަކަށްވެސް ދާހިތް ނުވާކަން ޝެލީގެ މޫނު މަތިން ފާޅުވެއެވެ. ޝެލީ ހުރީ މޫނު ކުނިކޮށްލައިގެން އިސްދަށަށް ޖަހައިގެންނެވެ.
-ނުނިމޭ-

Share Article

Follow Me Written By

Aminath Shafga

Level 1

Other Articles

Previous

ލޯބިން އަތުގައި ހިފާލާށޭ…

Next

ކަޅު ހިޔަނި

Next
February 20, 2020

ކަޅު ހިޔަނި

Previews
February 20, 2020

ލޯބިން އަތުގައި ހިފާލާށޭ…

2 Comments!

  1. Look says:
    February 20, 2020 at 8:53 am

    Vrh vrh rythi mi vhk ma sha allah❤??

  2. Anonymous says:
    February 21, 2020 at 10:42 pm

    Mihaaru kiyany velana International Airport eh noon thr..

Comments are closed.


All Right Reserved!