Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަޝްފު (1)

zaisha Level 210 Stories
January 5, 2015 2 Mins Read
12 Comments

*މިވާހަކަ އަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ*

ވެހެމުންދިޔަ ވާރޭތިކިތަކުން ބިންމަތި ތެންމަމުން ދިޔައިރު ފަޒާގައި އެކުލެވިފައިވަނީ ފިނި ކަމެވެ. ގަސްތަކުގެ ފަތްތައް ޖެހެމުންދާ ފިނވައިރޯޅި ތަކަށް ތަބާވެ އެއްކޮޅަކަށް ހެލެމުންދާއިރު އިވެމުންދަނީ ހިތްގައިމު އަޑެކެވެ. ދުރުދުރަށް ދާންދެން މަގުމަތީގައި ފެންހެދިފައި ވާއިރު އެތަނުން ފެންގަނޑެއް ކައިރިން މަޑުހިނގުމެއްގައި ރަތްކުޑައެއް އަޅައިގެން ސްކޫލް ޔުނީފޯމެއްގައި ހުރި ކުއްޖަކުއާދެއެވެ. ދެއަތުން ކުޑަހިފަހައްޓައިގެން ކަނާތުގައި ބޫޓު އެލުވާލައިގެން ހުރިއިރު އެއަތުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. މޫނުމައްޗަށް އެލިފައިވާ ދެތިން އިސްތަށި ކޮޅުން ފައިބަމުންދިޔަ ފެންތިކިތަކުން އެދޮންމޫން ތެއްމަމުން ދިޔައިރު ފަހަތަށް އައްސާލެވިފައިވާ ކަޅުކަންގަދަ އެބުޅި އިސްތަށިގަނޑުގައިވެސް ތެތްކަމެއްހުއްޓެވެ. މުށިކުލަގަދަ އެބޮޑުދެލޮލުން ނުތަނަވަސްކަން ފެންނަމުންދާއިރު މޭކަޕެއްނެތް ލޭކުލަ އަރާފައިވާ ތުންފަތުގެ ތިރީގައި ދަތްއަޅާލާފައިވެއެވެ. މަޑުހިނގުމެއްގައި ގޮސް އޭނާ ކުރިމަތީގައި ހުރި ގެއަށް ވަދެގެން ދިޔައެވެ.

ގެއަކީ ފުދޭވަރަކަށް ބޮޑުގެއެކެވެ. ގޭގެ ދޮރާށިއެތެރޭގައި ދެފަރާތަށް ހައްދާފައިވާ އެކިކުލަކުލައިގެ މާގަސްތަކުގައި ފެންތިކިތައް ހަރުލާފައިހުރިއިރު އެހިސާބުގަނޑުގައި ލުއިމީރުވަހެއް ހިފާފައިވެއެވެ. ކަނާތްފަރާތުން ތަންކޮޅެއް ދުރުގައި ހުރި ގުލްޗަމްޕާ ގަހެއްގައި ތިންއުދޯލި އެލުވާފައި ހުރިއިރު އެތާކައިރީގައި ކުޑަވަރެއްގެ މަސްފެންގަނޑެއްވެސް އޮތެވެ.

“ދަރިފުޅާ ޝަޒިން، ކޮބާ ޕޭޕަރު ކިހިނެތް؟” ސިޓިންރޫމުގައި ހުރި ސޯފައިގައި ދެފައިދަމާލައިގެން ދުފާތަބައް ހިފައިގެން އަނގަ ރަތްކޮށްލައިގެން ދުފަން އިން ޒާހިދާ ގޭތެރެއަށްވަން ޝަޒިން ފެނުމުން އަހާލިއެވެ. ޝަޒިން އޭނާގެ އަތުގައި އޮތް ބޫޓު ކައިރީގައި ހުރި ހަރުގަނޑަށް ލުމަށްފަހު ތެދުވެ ހިންދެމިލިއެވެ. “އޯކޭ ދެން. އިކޮނޮމިކްސް ވީމަ ދެން ކުޑަކޮށް އުދަނގޫ ބަޓް ފާސްވާނެ ކަމަށް މިބަލަނީ” ޝަޒިން އިސްޖަހައިގެންހުރެ ބުނެލިއެވެ.  ޒާހިދާ ދުފާތަބަށް ކުރިމަތީގައިހުރި ކުޑަ ބިއްލޫރި މޭޒެއްމަތީގައި ބެހެއްޓުމަށްފަހު ޢިށީދެ ސޯފާއިންތިރިއަށް ދެފައިއެލުވާލިއެވެ. “އަދި މިއީ މިއަހަރުގެ ފުރަތަމަ އިމްތިހާނެއްނު. އަދި ރަނގަޅުވާނެ. އެހެންވީމަ ދެން އަންނަ ޓާރމަށް ޓިއުޝަން ޓީޗަރެއް ހޯދަން ދޮންބެ ކައިރިބުނޭ އިގޭ.” އޯގާތެރި ރާގެއްގައި ޒާހިދާ މިހެން ބުނެލުމަށްފަހު ޝަޒިން އާއި ދިމާލަށް ނަޒަރު ހުއްޓާލިއެވެ. އޭނާގެ ހުރި ހަމައެކަނި އަންހެންދަރިފުޅެ ބޮޑުވީއެވެ.  އިސްކޮޅުން ދެމިލާފައިހުރި އިރު އެބުޅި އިސްތަށިގަނޑުގެ ކަޅުކަން ގަދަވެ ރީތިވެއްޖެއެވެ. ޝަޒިން ކުޑައިރު އިސްތަށިގަނޑު ބުޅިވީމާ ދެރަވެ އެކަމާ ރޮއެހަދައެވެ. ނަމަވެސް މިހާރު އެ އިސްތަށިގަނޑަކީ އޭނާ އެންމެ ލޯބިވާއެއްޗެވެ. މިއަހަރު ގުރޭޑު އަށަކަށް ދިޔަ ޝަޒިން އަކީ ކިޔަވަން މޮޅު ކުއްޖެކެވެ. ޒާހިދާގެ އުއްމީދަކީ ޝަޒިން ކިޔަވައިގެން މޮޅުވެ އޭނާ ފަހުރުވެރިވާނެ ފަދަ ކުއްޖަކަށް ވުމެވެ. ޝަޒިން އޭނާގެ މަންމަ ބުނި އެއްޗަކަށް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލާފައި އެތެރެއަށް ދާން ހިނގައިގަތެވެ.

ކާގެ ހުރަސްކޮށް ކުރިމަތީގައި ހުރި ކޮޓަރި އާއި ދިމާއަށް ޝަޒިން މިސްރާބު ޖެހިއެވެ. ވިއްސާރަވުމުން ގޭތެރެއަށް ވެރިވެފައިވަނީ ފަނޑު އަނދިރިކަމެކެވެ. ކޮޓަރީގެ ދޮރާއި ހަމައަށް އެރިތަނާ ކުއްލިއަކަށް ފަހަތުން ބާރުގަދަ ދެއަތުން އޭނާގެ އުނަގަނޑުގައި ހިފާ މައްޗަށް އުފުލާލިއެވެ. މި ކުއްލި ހަމަލާއިން ޝަޒިން ސިއްސައިގެންގޮސް ރޯމަހެއް ތެޅޭހެން ތެޅިގަނެ އެއަތުގެ ތެރެއިން ސަލާމަތް ވުމަށް ދެއަތުން ލެވުނުހައި ބާރެއްލާފައި އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެންހުރި ދެއަތުގައި ތަޅަން ފެށިއެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

މިޙަޔާތާ ދުރުނުވޭ (4ވަނަބައި)

Next

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން….15

Next
January 5, 2015

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން….15

Previews
January 4, 2015

މިޙަޔާތާ ދުރުނުވޭ (4ވަނަބައި)

12 Comments!

  1. ummi says:
    January 5, 2015 at 2:04 am

    alhe haadha kurukoh ney thi genesdhini.. waiting for the next part. . plx avahah up kohdhehchey… heekuran dhn up kuraa iru mi ahvure dhigu kohlaane kamahh.. v reethi furathama baiii… 🙂 😉

  2. Maash says:
    January 5, 2015 at 8:30 am

    Story Vvvv nice vaanehen hyvany
    Please upload soon

  3. minte says:
    January 5, 2015 at 8:47 am

    Woww!! V reethi vaahaka eh! Sifakuruntha hama habu ! Happy to see a new writer in this site!

  4. zaisha says:
    January 5, 2015 at 12:25 pm

    thank u. insha allah i will upload this story on every monday and saturday. *zaisha*

  5. liusha says:
    January 5, 2015 at 12:59 pm

    Alhey haadha kurey bt vrh nice….thankolheh awahah up kohladheeba plxx Saturday v ma haadha lahey

  6. friend says:
    January 5, 2015 at 1:40 pm

    varah salhi ingey………. inthizaaru ge vaguthu thah gunemun mi dhany. 100,99,98,97,96,95,94,93,92………………………………..

  7. minte says:
    January 5, 2015 at 6:34 pm

    Hehe asluves hadha lahey dhuvas zai alhey such a long wait!!!

  8. zaisha says:
    January 5, 2015 at 7:24 pm

    so i will upload it on every tuesday and saturday. since i’m a student its kinda difficult to upload that soon. but i will try my best. glad u all like it. thankx.

  9. raakin says:
    January 5, 2015 at 9:56 pm

    Maikalaakoo haadha lahey
    Ekam v salhi sifakurunthah..vahaka hama 1st place ingey zai..dhn ekam maa lahy up vaaleh

  10. zaisha says:
    January 5, 2015 at 11:36 pm

    sorry but i can’t upload that soon. hope u all will wait and read. thnks

  11. Jay says:
    January 6, 2015 at 4:15 pm

    Starting is good. Hope it’ll continue this nicely. Eager to see what happens in this story. Waiting. .. .
    But dnt make us wait too long 😉
    Waiting for smthn so nice is kinda hard thing obviously

  12. haww says:
    January 16, 2015 at 1:40 pm

    Kuda alhaanee tha? Nagaanee tha?

Comments are closed.

Next Episodeކަޝްފު (2)←


All Right Reserved!