Skip to content
އެސްފިޔަ

ކުރީގާ ލޯބިވޭ ބުނެފާ މަށަށް އޮޅުވާލަނީ ނޫންހޭ …1

“މިވާހަކަ ގެނެސް ދެވޭނީ ކޮންމެ އަންގާރަ އަދި އާދީއްތައިގައެވެ. އެހެންކަމުން ކިޔުން ތެރިންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ. ތިހުރިހާ ކިއުންތެރިންގެ މަޤުބޫލުކަން މިވާހަކައަށް ލިބޭނެ ކަމަށް އުންމީދު ކުރާ ޙާލު، މިވާހަކައިގެ ފުރަތަމަ ބައި ގެނެސް ދެމެވެ……ޝުކުރިއްޔާ..” =މިސްޓްރީ=

“މަންމާ އަވަސް ކޮށްލަބަލަ…މިހާރު އަޒާން އަންނަން އުޅޭނެ….” ކޮޓަރިން ނިކުތް އައިޝް ތުންދިއްކޮށްލަމުން ބުނެލިއެވެ. “ދަރިފުޅު ހާސްނުވެބަލަ މަންމަމެން މިނިންމާލަނީ..” ބަދިގެތެރޭގައި ދެކޮޅަށް ދުވެދުވެ ތިބި މީހުންގެ ތެރެއިން ފާތުން ބޯދިއްކޮށްލަމުން ބުނެލިއެވެ. ވާދީވިލާ ގޭގެ މުޅި މާޙައުލުހެން ވަނީ ހިނިތުން ވެލާފައެވެ.  ހާއްސަކޮށް އައިޝްގެ މޫނުމަތިން ޙާއްސަ ހިނިތުން ވުމެއް ފެންނަމުން ދިޔައެވެ. ކޮރިޑޯމަތީ ދެކޮޅަށް ކުރުކާލި ކަނޑާލަ ކަނޑާލާ ހުރިއިރު ކުޑައިރުގެ ހަނދާންތަށް ހިތަށް އުފާވެރިކަން ގެނުވާފަދައެވެ. ބަދިގެއިން ނިކުތް ފާތުންއަށް އައިޝް ފެނުމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ދަރިފުޅާ ހާދަވަތަކަށް ހެވިލާފަ..” ކައިރިއަށް އައިސް އައިޝްގެ ކޮނޑުގައި އަތްބާއްވާލަމުން ފާތުން ބުނެލިއެވެ. ” އާ..މަންމާ..އުފާނުވާންވީ ސަބަބެތް ނެތެއްނު..އަޒާން ރާއްޖެ އެއައީ ހައަހަރު ފަހުން..މިރޭ ހިވަނީ އަހަރެންގެ ހުރިހާ ހުވަފެނެތް ހަގީގަތަކަށް ވާންއުޅޭހެން..ބުނެދޭން ނޭގޭފަދަ އުފާވެރިކަމެއް އިހުސާސު ވަނީ..” ސާދަވިލޭރޭގެ ހަނދާއެކު ޖަރީވެފާވާ އުދަރެހަށް ނަޒަރު ހިންގާލައިގެން ހުރެ އައިޝް ވާހަަ ދައްކަމުން ދިޔައެވެ. “މަންމަގެ އުންމީދަކީވެސް ދަރިފުޅުގެ ތިހުރިހާ ހުވަފެނެތް ހަގީގަތަކަށްވުން.. މަންމައާއި ބައްޕަގެ ހުރިހާ ދުޢާއެއްވެސް އަަބަދުވެސް ދަރިފުޅާއި އެކުގައި ވާނެ..” އައިޝްގެ ބޮލުގައި ފިރުމާލަމުން ފާތުންއެތެރެއަށް ވަނެވެ.

މާގަނަ އިރެއްނުވެ ގޭގެ ދޮރާށީ ހުޅުވުނެވެ. އެރެތެއަށް ވަދެގެންއައި ކާރަށް މަރުޙާބާ ކިޔަމުންނެވެ. ކާރުއޭގެ ހަލުވި ދުވެލީގައި އައިސް ޕޯޓިކޯ ތެރެއަށް މަޑުކޮއްލިއެވެ. ކާރުން އެންމެ ފުރަތަމަވެސް ފޭބީ ޝާޔަން އާއި އާޒިފް އެވެ. އެމީހުންނަށް މަރުހަބާ ކިޔުމަށް ހުއްޓި ހުރި ފާތުން ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ޝާޔަންގެ ގައިގައި ބައްދާލިއެވެ. ގިނަ ޒަމާންތަކެށް ވަންދެންނުފެނި ހުރި އެންމެ ގާތްއެކުވެރިޔާ ފެނުމުން ފާތުންހުރީ ވަރަށް އުފަލުންެވެ. ޒާހިދުއެތެރެއިން ނިކުތީ އެވަގުތުއެވެ. “އަހާ އެބަ އުޅެންދޯ…” އާޒިފް އައި ޒާހިދުވެސް އެކަކު އަނެކަކައި ސަލާމް ކޮއްލިއެވެ. “ދރިފުޅާ..އައިޝް ހާދަ ދުރެއްގަ…އާދެބަލަ ދައްތައާއި ބޭބެއާއި ބައްދަލު ކޮއްލަން..” ކާރާ ދިމާލަށް ނަޒަރު ހުއްޓާލައިގެން ހާސްކަންމަތީ ހުރި އައިޝް ސިއްސައިގެން ދިޔައީ ޒާހިދުގެ އަޑުންނެވެ.

“ދަރިފުޅު ތިހޯދަނީ އަޒާންދޯ…” ޝާޔަން ،އައިޝް ގެ ދަތްދޮޅީގައި ހިފާ ލަމުން ލޯބިން އަހާލިއެވެ. “އާ..ދެން އަހަރެމެން ދެމީހުން ފަދައިން އެއީވެސް ކުޑައިރުއްސުރެން ދެރަޙުމަތްތެރިން އެހެން ވީމަ ހޯދާނެތާ…” ފާތުން ހީލަމުން ބުނެލިއެވެ. “އެހެންވިއްޔާ އަދި ކުޑަކޮށް އިންތިޒާރު ކޮއްލާ..އަޒާން އަންނާނީ ކުޑައިރު ކޮޅަކުން …ކުޑަ މަސައްކަތެއް ނިންމާލާފަ ސީދާ މިގެއަށް އަންނާނަމޭ ބުނީ…” ކިރިޔާވެސް އައިޝްގެ ހިތަށް ހަމަޖެހުމެއް ލިބޭވަރުވީ ދެނެވެ.

އެންމެ ފުރިހަމައަށް ޒީނަތް ކުރެވިފައިވާ ބޮޑު ކޮޓަރިތެރޭ އެންމެންވެސް އިށީދެ ލައިގެން ތިއްބެވެ. ކުރީގެ ހަނދާންތަށް ތާޒާކުރަމުން ހެމުން މަޖާކުރަމުން ދިޔައެވެ. އެހުރިހާ ކަމަކާވެސް ވަކިން ދުރިގައި އައިޝް ހުއްޓިލައިގެން ހުއްޓެވެ. ޕޯޓީކޯގެ ތެރެއަށް އިރުއިރުކޮޅާ ނަޒަރު ހިންގާލެވެއެވެ. އިރުކޮޅެއް ކުރިން ބަބުޅަމުން ދިޔަ ސާދަވިލޭރޭގެ ހަނދުގެ މައްޗަށް ކަޅުވިލާތަށް ވެރިވާން ފެށިއވެ. ވާރޭވެހެން އުޅޭކަމުގެ އިންޒާރުދެމުން ބާރަށް ޖެހެމުން ދިޔަ ވައިރޯޅިތަކުން ސަލާމަތްވުމަށް ، ކޮރިޑޯމަތީ ހިނގާލަ ހިނގާލާ ހުރި އައިޝް އެތެރެއަށް ވަނެވެ. ބޮޑު ކޮޓަރީގެ އެއްކަނެއްގައި ހުރި ކުޑަދޮރުން ބޭރަށް އައިޝް ނަޒަރު ހިންގާލިއެވެ. ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. އިރުކޮޅެއް ކުރިން ފެންނަމުންދިޔަ އެއްވެސް ހިތްގައިމު މަންޒަރެއްމިހާރަކު ނުފެނެއެވެ. އިރުކޮޅެއް ކުރިން ވިދަވިދާ ތިބި ތަރިތަކެއް މިހާރަކު ނެތެވެ. އައިޝްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ބުނެދޭން ނޭގޭފަދަ ބިރެއް މީހާގެ ސިކުޑި ވަށާލަމުން ދިޔައެވެ.

                         ****************************

ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރުތެރޭ އަޒާން އިނީ ހަމަޖެހިލައިގެންނެވެ. ހިނިތުން ވެފައެވެ. އެންމެ ފަހުގެ ހިތްގައިމު އިނގިރޭސި ލަވަތަކުން ކާރުތެރެ ގުގުމަމުން ދިޔައެވެ. ބޯކޮށް ވެހެމުން ދިޔަ ޥާރޭގެ ތެރެއިން އަޒާން ފިހާރައެއްގެ ކައިރިއަށް ކާރު މަޑުކޮއްލިއެވެ. ދުވެލާފައިގޮސް ފިހާރައަށް ވަދެވުނު އިރުވެސް ބޯވާރޭ ތިކިތަކުގެ ޝިކާރަ އަކަށް ވެއްޖެއެވެ. ގަންނާނެ އެއްޗެއް ނޭގިގެން ހަރުގަނޑުތަކުގެ ދެކޮޅަށް ހިނގާލަ ހިގާލަ ހުއްޓާ އެތަނަށް ފިހާރައިގައި މަސައްކަތް ކުރާ ކުއްޖަކު އައެވެ.  ” ކޯޗެއްތޯ ތިހޯއްދަވަނީ…؟” އެކުއްޖާ ހިނިތުންވެލަމުން އަހާލިއެވެ.

” ކުއްޖަކަށްދޭނެ ހަދިޔާއެއް…އައިމީން ފްރެންޑަކަށް..” އަޒާން އޭނާ ބޭނުންވެގެން އުޅެނީ ކޯޗެއްކަން ބުނެލިއެވެ. “އަންހެން ކުއްޖަކަށްތޯ..ނޫނީ ފިރިހެން ކުއްޖަކަށްތޯ…” ހަރުގަނޑުތަކުގަވާ ތަކެތި ތަރުތީބު ކުރަމުން އެކުއްޖާ އަހާލިއެވެ. “އަންހެން ” އަޒާންވެސް މާގިނަ ހާސަރު ނުދަމާ ބުނެލިއެވެ. އަޒާންގެ އަޑުކެނޑުނު އިރު އެކުއްޖާ ހަރުގަނޑުން ރީތި ފްރެންޑްޝިޕް ޖަހާފައި ހުރި ސްޓެންޑެއް ނަގައިގެން ކައުންޓަރާއި ހަމައަށް ދިޔައެވެ. ” ފާރުސަލް ކޮއްލަން ވީތޯ..؟” އަޒާންގޮސް ކައުންޓަރު ކައިރީ ހުއްޓިލުމާއެކު އެކުއްޖާ އަހާލިއެވެ. “އާ އޯކޭ..ކޮއްލާ ، ކިހާވަރެއް އެރީ…؟”

ފައިސާދީ ނިންމާލުމަށް ފަހު އަޒާން ހަދިޔާ ހިފައިގެން އައިސް ކާރަށް އެރިއެވެ. ކުރިއަށްވުރެން މިހާރު އޮތީ ވާރޭ ތުނިކޮށްލާފައެވެ. ވަކިހިސާބަކަށް ދިޔަތަނާ ފޯނުނެތް ހަނދާންވިއެވެ. ފޯނު ބޭއްވުނު ތަނެއްވިސް ނަމުން ދަނިކޮށް ފިހާރަ މަތިން ހަނދާންވިއެވެ.

ހުދާ ދެތިންފަހަރު މަތިން ފިހާރައިން ނިކުމެ ބޭރު ހޯދައި ލައިފި އެވެ. އެވަގުތު ތެޅެމުން ފޮޅެމުން ކާރުން ފައިބައިގެން ފިހާރާއި ދިމާއަށް އައިސް އައިސް ހުރި އަޒާން ފެނުނެވެ. އަޒާން އައިސް އަރައި ހަމަވުމުން ހުދާ ހިނިތުން ވެލަމުން ފޯނު ދިއްކޮއްލިއެވެ. ” އަހަން ހީކުރީ ދެން މިނުފެންނާނެކަމަށް…” އަޒާން ހިނިތުން ވެލަމުން ބުނެލިއެވެ. “އެއީ ކީއްވެ..އަހަރެމެން މީ ވަގުން ކަމަށްތަ ތިހީކުރަނީ…؟” ހުދާވެސް ޖަވާބުދިނީ ހިނިތުން ވެލައިގެން ހުރެއެވެ.” އަސްލު އޭރުދިޔަތަނާ ކަހަލަ ގޮތަކަށް ފޯނު ފެނުނީ ، ފަހަތުން ފޯނު ހިފައިގެން އައިއިރު ކާރު ދުއްވާލައިފި..އަތުވެދާނެ ކަމަށް ހިތާ މިނިކުތީ އަނެއްކާވެސް…” ކަންވެނިމި ދިޔަގޮތުގެ ހުލާސާއެއް ހުދާ އިއްވާލިއެވެ. ” އެހެންތަ ވަރަށް ބޮޑަށް ޝުކުރިއްޔާ..”

ޝުކުރު އަދާކޮއްލަމުން އަޒާން އޭނާގެ މަންޒިލަށް އަނެއްކާވެސް ދަތުރު ފެށިއެވެ. އަޒާންގެ ކާރު ވާދީވިލާގެ މައި ގޭޓުން އެތެރެއަށް ވަނުމާއެކީ އަޒާންއަށް ކޮރިޑޯގައި އޭނާގެ އިންތިޒާރުގައި ހިނގާލަ ހިނގާލާ ހުރި އައިޝް ފެނުނެވެ. ކާރު ޕޯޓިކޯގައި މަޑު ކޮއްލުމާއެކީ އައިޝް ދުވެލާފައި އެދިމާއަށް އައެެވެ.

“އައްދޭ މަގޭ އައިޝްބޭބީ މިހާރު ކަންނާޑީވެސް އެޅީތަ…؟” އަޒާން ކާރުން ފޭބުމަށްފަހު އެންމެ ފުރަތަމަވެސް ބެލީ އައިޝް އާއި ދިމާކުރެވޭތޯއެވެ. ” ވަރަށް ފޫހިވޭ ..އާޒް އަބަދު އަހަންނާއި ދިމާކުރަނީ ކީއްވެ؟” “ލޯބިވާތީ..” އައިޝް އަށް ޖުމުލަ ފުތިހަމަވުމާއި އެކީ އަޒާން ބުނެލި އެއްޗަކުން އައިޝް ހައިރާން ކަމާއި އެކީ ބަލައިލިއެވެ. އެމޫނުން ކިތަންމެ ހައިރާންކަމެއް ފެނުނަސް އެތެރެއިން އައިޝް ހުރީ އުފަލުން ބަންޑުން ވާވަރުވެފައެވެ.  “ހާދަ ހާސްތިވީ…އެއީ މަޖަލޭ..އަން މިއޮތީ އައިޝްގެ ހަދިޔާ…” ލަދުރަކި ގޮތަކަށް އައިޝް އެހަދިޔާގައި ހިފިއެވެ. އަޒާންގެ ސަމާސާއިން ކޮންމެވެސް ވަރަކަށް އެހިތަށްވަނީ އުފާވެރިކަން ގެނުވާފައެވެ.

ދެމީހުން އެކުގައި އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. ބޮޑުކޮޓަރިއަށް އަޒާންއާއި އައިޝް ވަންއިރު ޝާޔަން އާއި އާޒިފް ގެއަށް ދިއުމަށްޓަކައި ތެދުވަނީއެވެ. ދަރިފުޅު ފެނިލުމާއި އެކު ޝާޔަން ހިނިތުންވެލިއެވެ. ” ދަރިފުޅު ހާދަ ލަހެއް ކޮށްތިލީ…މަންމަ ހީކުރީ ނާންނާނެ ކަމަށް…” ޝާޔާން ލޯތްބާއެކު ބުނެލިއެވެ. “ކިހިނެތް ނައިސް ހުއްނާނީ…މިހިރަ ކަންނާޑީ ފެންނާނީވެސް އައީމަ އެއްނު…” “މަންމާ ..ބަލާބަލަ މި އާޒް އަކަށް …” އައިޝް ތުންދަމާލިއެވެ. “މަންމަ ކޯޗެއްބަލާނީ…ތިދެކުދިން އެއްވެއްޖިއްޔާ އަބަދުވެސް ވާވަރެއްނުތީ…މީގެ ކުރިން ފަހަރަކުވެސް އަޒާން ހިތާނުކުރި ދުވަހުގެ ފޮޓޯއެއް ހިފައިގެން އައިޝްވެސް އަޒާންއާއި އެވަރަށް ދިމާކޮށްލީމެއްނު…”ފާތުން ބުނެލިއެވެ. “އަދިވެސް އެބައޮތް އެފޮޓޯ އިތުރަށް މަށާ ދިމާއަށް ކަންނާޑީއެކޭ ކިޔައިފިއްޔާ ވަގުތުން އެފްބީއަށް ލާނީ…” ތުން ދިއްކުރަމުން އަޒާންއާއި ދިމާއަށް އިގިލިދިއްކޮށްލަމުން އައިޝް ބުނެލިއެވެ. ” ބަލާބަލަ މިހިރަ ކަންނާޑީ އަކަށް….މަޑުކުރޭ…މިފަހަރު ދޫލަނޑެއް ދޭނަން…ގެނޭ މަގޭ ފޮޓޯ..” ސިޑިން މައްޗަށް އަރަމުން ދުއްވައިގަތް އައިޝްގެ ފަހަތުން އަޒާންވެސް ދުއްވައިގަތެވެ. “މަންމަމެން ދެން ދަނީ…ދަރިފުޅުމެންގެ ތިސަކަރާތް ނިމުނުއިރަކުން އަންނާތި..” ޝާޔާން ތަންކޮޅެއްބާރަށް އަޒާންމެންނަށް އިވޭވަރަށް ބުނެލިއެވެ. “މިރޭ ފަތިސްވިޔަސް މިފޮޓޯ ނުދެނީސް ނުދާނަން..މަންމަމެން ދޭ…” އަޒާން ފެންނަންނެތަސް އޭނާގެ އަޑު ބޮޑު ކޮޓަރިއާއި ހަމައަށްއައެވެ

Comments (23)

  1. yoosuf

    nice story… waiting for the next part.

  2. fa then manike

    Reethi vaane hen heevey. . Hope you will respect your readers and their patience aswell. Mibunan ulhey vaahaka akee up kuran bunefa oi days thakah up kh and all. Don’t be like muthaa and leyfa. They will up 5 episodes in a month and take 3 months break without even letting us knw. Don’t be like that. Wish you all the best. And upload fast and long 😀

  3. Faai

    Nice… 🙂

  4. Lalla

    Hmmm heevey reethi vaane hen

  5. elsa

    salhi..ekam kury..

  6. Maash

    Story v salhi vaanehen hyvany
    Keep it up
    Waiting for the next part

  7. mary

    Hmm v nice…….witing

  8. mystery

    thanks guys…

  9. vibaa

    hyvany v rythi vaanehn mi story. but maa kurukoh genes dhinyma v dhera. next part thankolheh dhigukohla dhehchey ingey. keeeeeeeeep it up <3

  10. Zoo

    Very nice

  11. shooty

    Ehaa hopeh nei nimndhn gnsdheyne kamakah, so mystrey shooty mn nah yagyn kan dhehwwun edhn 🙂

  12. athoo ..

    މިސްޓްރީ، ކަންނާޑީ އެއީ ކޯއްޗެއް؟

  13. mystery

    އެއީ އާންމުކޮށް ޒުވާނުންގެ މެދުގައި ނަންބަރު އައިނު އަޅާކުދިންނާއި ދިމާއަށް ކިޔާއުޅޭ އެއްޗެއް…ވަރަށް އާންމު ވާނެ ޒުވާނުންގެ ތެރޭގައި

  14. athoo ..

    athoo raahjein beyruga ulhey thaa aharuthakeh vejje. ehen veema faharehga neygunves ekasheegen vey. thanks igey javaabu dhineethee.

  15. mystery

    ur most wellcome…and as per my research mostly this word is used among in southern islands of maldives…and mostly addu city… 🙂

  16. aish

    reethi vaane hen avaha avahah next part up koh dheythi 🙂

  17. athoo ..

    mystery addoo kuhjeh tha?

  18. mystery

    hehe… athoo ur too good 🙂
    yes im from Addu city 🙂

  19. mystery

    whr r u frm , athoo ?

  20. athoo ..

    Athoo vs ebay audio. Hehe.

  21. athoo ..

    Audio noon addoo

  22. athoo ..

    My half is addoo city……

  23. mystery

    heheheee same , same… 😛 any ways getting ready to upload part two…hope u all are waiting 🙂

Comments are closed.