ލަޔާން ގަސްގަނޑު ތެރޭގައި ހުރީ މާއީ އެކަނިވާނެ އިރަކަށް ބަލަބަލާއެވެ. އެގޮތުގައި އެތަށް އިރަކު ހުއްޓާ އޭނާގެ އެ އިންތިޒާރަށް ނިމުމެއް އައީ މާއީ އެއެންމެންނާ ތަންކޮޅެއް ދުރަށް ޖެހިލުމުންނެވެ. ދެން ލަޔާން އިންތިޒާރު ކުރަމުން ދިޔައީ މާއީއަށް ހުއްޓާ ނުލައި ބަލަން އިން އިކާލް އެހެންކަމަކަށް މަސްއޫލުވޭތޯއެވެ. އެކަންވެސް މާގިނައިރު ތަކެއް ނުވެ ކާމުޔާބުވުމުން ލަޔާންގެ ތުންފަތް މައްޗަށް ވެރިވެގެން ދިޔައީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ވަރަށް ސިއްރު ސިއްރުން މާއީއަށްވެސް ރޭކާނުލާނެ ފަދައިން ލަޔާން ކުދި ކުދި ފިޔަވަޅު އަޅަމުންގޮސް އޭނާގެ އަތުގައި އޮތް ފޮތިގަނޑު މާއީގެ ފަހަތުން ނޭފާތުގައި ޖައްސާލިއެވެ. އިރުތަކެއް ނުވެ މާއީ ދެމިގެން ދިޔައީ ލަޔާންގެ އަތްދަނޑި މައްޗަށެވެ. މާއީ އޭނާގެ ކޮޑު މައްޗަށް ލައިގެން ގަސްގަނޑު ތެރެއަށް ނުހަނު ބާރަށް ދުއްވާގަތީ އެއްވެސް މީހަކަށް އެތަން ފަހުމު ނުވާނެ ފަދައިންނެވެ. އޭރު ރާޔާވެސް ގަސްގަނޑު ތެރޭގައި ލަޔާން އަންނާނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔައެވެ. ނަމަވެސް ލަޔާންއަށް ފަހުމް ނުވި ކަމަކީ މާއީގެ އަތުގައި ފޯނު ނެތް ކަމެވެ. އަދި އެކަމުގެ ސަބަބުން އެތައް ކަމެއް އެނގިގެން ދާނެކަމެވެ.
ދެމީހުން ވެގެން މާއީ ގޮވައިގެން ދިޔައީ އެރަށުގެ ވަލުތެރޭގައި ހަދާފައި އިން ކުޑަކުޑަ ފަޅުގެޔަކަށެވެ. ފުޅި ބައްތިއެއްގެ އަލިން އެތަން އަލިކޮށްލާފައި ވާއިރު ބަލައިލި ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ އެއަލި ފިޔަވާ އަނދިރިކަމެވެ. މީހެއްގެ ހިލަމެއް އެހިސާބަށް ނުވާއިރު އެއިން އެކަކުގެ މޫނުމަތިންވެސް ބިރުވެރިކަމެއް ނުފެނެއެވެ. އެއަށްވުރެ ދެމީހުންވެސް ތިބީ އެމީހުންގެ ރޭވުން ކާމިޔާބު ވުމުން ނުހަނު އުފާވެފައިއެވެ. މާއީ ގެނެސް އެތަނުގައި އިން ގޮޑިއެއްގައި ލަޔާން ބާންދާލީ ނުހަނު ފަރުވާތެރި ކަމާއިއެކީއެވެ. އަދި މާއީގެ އަތް ފަހަތަށް ލައި އައްސާލުމަށް ފަހު އަނގަމަތީގައި ފޮތިގަނޑެއް އަޅާލިއެވެ. ފައިގައިވެސް ފޮތިގަނޑެއް ނުހަނު ބާރަށް އައްސާލިއެވެ. އޭރުވެސް މާއީގެ ހައްޓަކު ހެޔެއް ނެތެވެ.
ވަރުބަލިވެފައިވާ ލަޔާން ގޮސް އެތަނުގައި އިން ލަކުނޑިގަނޑެއްގައި އިށީންދެލީ ރާޔާ ދިން ފެންފުޅިއެއް ހިފައިގެންނެވެ. އެއް ނޭވާއިން އެ ފެންފުޅި މެދާ ހިސާބަށް ބޯލުމަށްފަހު އޭނާ ކައިރީގައި އިށީންދެގެން އިން ރާޔާއަށް ބަލައިލިއެވެ. އޭރު ރާޔާ އިނީ އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ”ރާޔާ.. ކީއްވެ މަންމަ ގުޅީމަ ފޯނު ނުނަގަނީ ތި؟”
”މަންމަމެން އުޅެނީ އަހަރެން ނުވެސް ދަންނަ މީހަކާ ކައިވެނި ކުރުވަން ވެގެން.. އެކަމަކު އަހަރެން ލޯބިވަނީ އިކާލް ދެކެ.. ބައްޕައާ މަންމަވެސް އަހަރެންގެ މި ލޯތްބަށް އިންކާރު ކުރީ.. އެހެންވެ އަހަރެން ބޭނުމެއް ނޫން މަންމަމެންނާ ވާހަކަ ދައްކާކަށް.. އަދި އެމީހުންގެ ކުރި މައްޗަށް އަރާކަށް ވެސް..” ރާޔާ އޭނާގެ ފަހު ޖުމުލަ ބުނެލީ ދެދަތްޕިލާ ޖައްސާ ބާރު ކުރަމުންނެވެ. އެކަން ލަޔާންއަށް ވެސް ފާހަގަވެގެން ދިޔައެވެ. ނަމަވެސް އިތުރަކަށް ލަޔާންވެސް އެއްޗެކޭ ބުނާކަށް ގަސްތެއް ނުކުރެއެވެ.
****
”ކޮބާ މާއީ؟” މުޅި ތަން ވަށައި ބަލައިލަމުން ރާކިން ހާސްވެފައިވާ އަޑަކުން ބުނެލިއިރު އެންމެންގެ ސަމާލުކަން ވަނީ އޭނާއަށް ހުއްޓިފައިއެވެ. ރާކިން އެހެން ބުނުމާއިއެކު އެންމެންވެސް ބޯހޫރުވަން ފެށީ މާއީ ހަގީގަތުގައިވެސް އެތަނުގައި ނެތުމުންނެވެ.
އެންމެންގެ މޫނުމަތިންވެސް ހާސްކަމާއި ނުތަނަވަސްކަން ފާޅުވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައިއެވެ. ވަށައިގެންވި ތަންތަން ހޯދަމުން ދިޔައިރު އިކާލް ދިޔައީ ހުއްޓާ ނުލައި މާއީގެ ފޯނަށް ގުޅަމުންނެވެ. ނަމަވެސް ގުޅި އެއްވެސް ފަހަރަކު މާއީ ފޯނު ނުނެގުމުން އިކާލް ދިޔައީ ހާސްވަމުންނެވެ. މާއީއަށް އަނެއްކާވެސް ގުޅައި ކަންފަތުގައި ފޯނު ޖައްސާލާފައި ދުރަށް ކަޅި ހިންގާލި އިކާލްއަށް މާއީ ހުއްޓި ހުރި ދިމާލުން އެއްޗެއް ދިއްލޭތަން ފެނުމުން އެދިމާލަށް ހިނގައިގަތެވެ. އެއާ ކައިރިވަމުން ދިޔަ ވަރަކަށް ފޯނުގެ ރިންގްގެ އަޑު ގަދަވަމުން ދިޔައެވެ. އެއާއިއެކު އެއީ ފޯނެއްކަން އިކާލްއަށް ރޭކާލިއެވެ. އަވަހަށް އެފޯނު ނަގައި އެއަށް އަވަސް ނަޒަރެއް ދިނީ އެއީ މާއީގެ ފޯނުތޯ ބަލައިލުމަށެވެ. ފޯނުގެ ސްކުރީނަށް ބަލައިލުމުން އިކާލްއަށް އެއީ މާއީގެ ފޯނު ކަން އެނގިގެންދިޔައެވެ. ދިހަ ވަރަކަށް މިސްޑް ކޯލް އިކާލްގެ ފަރާތުން އައިސްފައި ވުމުންނެވެ.
”ކޯއްޗެއް؟” ފާއިޒް ދުވެފައި އިކާލްގެ ގާތަށް ހުއްޓިލިއެވެ. އަދި އިކާލްގެ އަތުގައި އޮތީ މާއީގެ ފޯނުކަން އެނގުމުން ފާއިޒް އެދުނީ އެ ފޯނު ހުޅުވާލުމަށެވެ. އެއްވެސް ޕާސްވޯޑެއް ޖަހާފައި ނުވާ އެފޯނު ހުޅުވާލުމާއެކު އެންމެ ފުަރަތަމަ ވެސް އިނީ މާއީ ނަގާފައި އިން ހަނދުގެ ފޮޓޯއެެވެ. އެފޮޓޯއަށް ބަލަން ހުއްޓާ ރާކިން އަދި މައިޝްވެސް އެތަނަށް އައިސް ހުއްޓިލިއެވެ. އަދި މައިޝްގެ އެދުމުގެ މަތިން މެސެޖް ބައި އިކާލް ހުޅުވައިލީ އެދުވަސްތަކުގެ ތެެރޭގައި މާއީއަށް އައި ބަދަލުގެ ސަބަބާމެދު ވިސްނާލަމުންނެވެ. އެކަމާ ފާއިޒް އާ ރާކިންވެސް އެއްބަސް ވުމުންނެވެ. މެސެޖްބައި ހުޅުވާލުމާއިއެކު އެންމެ ފުރަތަމަވެސް ފެނިގެން ދިޔައީ ނުދަންނަ ނަމްބަރެކެވެ. އެތާ ތިބި އެކަކަށް ވެސް އެއީ ކާކުގެ ނަންބަރެއްކަން ނޭނގުމުން އަވަހަށް ފޮނުވާފައި އިނީ ކީކޭތޯ ބަލައިލިއެވެ.
”އުފާވެރި ދިރިއުޅުމެއް ބޭނުމިއްޔާ އިކާލްއާ ދުރުގައި ހުރޭ.” ފާއިޒް އެންމެންނަށް އަޑު އިވޭނޭ ވަރަށް ބާރަށް އެމެސެޖް ކިޔާލިއެވެ. އެއާއިއެކު އިކާލްއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔައިރު އިކާލްއަށް އެއްފިޔަވަޅު ފަހަތަށް ޖެހިލެވުނީ އެމީހަކު އެގޮތަށް ލިޔެފައި އިނުމުންނެވެ. އެއާއިއެކު އިކާލްގެ ދެލޮލުގައި ކަރުނައިގެ ފަށަލައެއްވިއިރު އިތުރަށް އެމޫނު މަތިން ކަންބޮޑުވުމާއި ހާސްކަން ފެނިގެން ދިޔައެވެ.
”ކޮން ދުވަހަކު ފޮނުވާފަ އިން މެސެޖް އެއް ތޯ ބަލާލަބަ..” މައިރާ އެތަނުގައި ހުރި މުފީދާއަށް ހިތްވަރު ދެމުން ބުނެލިއެވެ. އޭރު މުފީދާގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަތަށް ފައިބަމުން ދިޔައިރު އޭނާގެ އަނގައިން ދިޔައީ މަޑު ގިސްލުމެއްގެ އަޑު އިވެމުންނެވެ.
”އަހަރެންނަށް އިނގިއްޖެ. މި މެސެޖް އެއްގެ ސަބަބުން މާއީ ކުރީ ދުވަހު ކޮޓަރިން ނުނިކުމެ އެއޮތީ. ނުކައި ނުބޮއި. އެދުވަހަށް ފަހު މާއީ އިކާލް އާ ދުރުދުރުންވެސް އެއުޅުނީ. މި މެސެޖްގެ ސަބަބުން…”
”އަހަރެން މިއަދު މާއީ އާ މާ ކައިރި ވުމުން މާއީއަށް މިހެން މިދިމާވީ. މިއަދުވެސް މާއީ އަހަރެން ކައިރިން އެތައް ފަހަރަކު ދުރުގައި ހުންނަން މަސައްކަތް ކުރި. އެކަމަކު އަހަރެން މާއީ..” އިކާލް ރާކިން ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލައިފާ އޭނާގެ ވާހަކަ ފެށިއެވެ. އޭރު އިކާލްގެ ދެލޮލުންވެސް ކަރުނަތަށް އޭގެ މަގާމު ދޫކޮށް ފައިބަމުން ދިޔައީ އެ ކޯތާފަތުގައި ބޮސްދެމުންނެވެ. އިކާލްއަށް ކުރެވެމުން ދިޔަ އިހްސާސްތައް ބަޔާންކުރަންވެސް ދައްޗެވެ. ނަމަވެސް އިކާލްގެ ހިތުގައި މާއީއަށްޓާކައިވީ ޝަކުވާއެވެ.
”އެކަމަކު ކީއްވެ މާއީ އަހަރެން ކައިރީ މިވާހަކަ މި ނުބުނީ.. ބުނި ނަމަ އަހަރެން މާއީ އާ ދުރުގައި އުޅޭނަން.. ފާއިޒް.. އަހަރެންނަށް މާއީއަށް ވި ވަޢުދުވެސް އުވާލެއްވިއްޖެ.. އަހަރެންގެ ސަބަނުން މާއީ ނުރައްކަލެއްގެ ތެރެއަށް މި ހުށަހެޅުނީ. އަހަރެން މާއީއަށް ވަޢުދު ވިން. އަހަރެން ހުއްޓަކާ މާއީ އަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް. އަންނަ ކޮންމެ ހަމަލާއަކުން ސަލާމަތް ކޮށްދޭނެ ކަމަށް. އެކަމަކު މިއަދު އަހަރެން..” ފިރިހެނަކަށް ވިޔަސް އިކާލްއަށް ކެއްކުރުން ވީ ދަތި ކަމަކަށެވެ. އިކާލްގެ ވާހަކަ އަޑު އަހަމުން ދިޔަ އެންމެންގެ ހިތުގައިވެސް އިކާލްއަށްޓަކައި ވަނީ ހަމްދަރުދީ އުފެދިފައެވެ. ނަމަވެސް މުފީދާ ފިޔަވައެވެ. އޭނާގެ ހިތާމައިން ފުރިފައި ދެލޮލުގައި މިހާރު ވަނީ ރުޅި ނޫން އެހެން އެއްޗެއް ނޫނެވެ.
”މަގޭ ދަރި މިހާރު މިތަނަށް ގެނޭ.. ކަލެ އާ ހެދި މަގޭ ދަރިއަށް އެހެން އެވީ. ހަމަ މިހާރު ހޯދަން ދޭ. ކަލޭއަށް އިނގޭނެ މާއީ ވީތަން. ކަލޭ ރާވައިގެން ކުރާ ކަމެއް މީ. މަގެ ދަރި ހޯދާ. އެހެންނޫނީ..” މުފީދާއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެެވެ. ދެންމެ ދެންމެ ހީވީ އިކާލްގެ ގަޔަށް ބޮލަށް އަރަން އުޅުނި ހެންނެވެ. ނަމަވެސް އިކާލް އެކައްޗެކޭވެސް ނުބުނެ އިސްދަށަށް ޖަހައިލައިގެން ހުރީ ކުށްވެރިއަކު ފަދައިންނެވެ. މައިރާ އާއި މައިޝް އާދެމީހުންވެގެން އިކާލްގެ ކައިރިން މުފީދާ ދުރު ކުރުވައިގެން ތަންކޮޅެއް ދުރަށް ޖެހިލީ މުފީދާއަށް ވިސްނައިދިނުމުގެ ގޮތުންނެެވެ.
***
މާއީ ހޭއަރަން ވާއިރަށް ރާޔާ އާއި ލަޔާންވެސް ތިބީ ނުހަނު ފުރިހަމައަށް ތައްޔާރުވެލައިގެންނެވެ. ރާޔާ އޭނާގެ މޫނުމަތީގައި މާސްކެއް އަޅާފައިވާއިރު އިސްތަށިގަނޑުވެސް ނިވާކޮށްލާފައި ވަނީ ލާފައި ހުރި ކަޅު ކުލައިގެ ހޫޑީގައި އިންނަ ބޮލަށް ލައްވާ ތަނުންނެވެ. ލަޔާންވެސް އޭނާގެ މޫނުގައި މާސްކެއް އަޅައިގެން ރާޔާ ލާފައި ހުރި ވައްތަރުގެ އެއްޗެހި ލައިގެން ހުރިއިރު ދެމީހުންވެސް ހުރީ ކަޅު ކުލައިގައެވެ. ރާޔާ ފެނުނި ކޮންމެ މީހަކަށް ވެސް ހީވާނީ އެއީ ފިރިހެނެއް ކަމަށެވެ.
ނަމަވެސް އެގޮތުގައި ތައްޔާރުވެލައިގެން ތިއްބާ ލަޔާންގެ ފޯނަށް މީހަކު ގުޅަން ފެށުމުން ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އަދި ގުޅަނީ ކާކުތޯވެސް ބަަލައިނުލައި ލަޔާން އޭނާގެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ނުދަންނަ ފިރިހެނެއްގެ އަޑު އިވިގެން ދިޔުމުން ކަންފަތުން ފޯނު ނަގައި ގުޅާފައި އިން ނަންބަރަށް ބަލައިލިއެވެ. ނަމަވެސް ލަޔާންއަކަށް އެއީ ކާކު ކަމެއް ނޭނގެއެވެ. މާއީގެ ގާތުގައި އިށީންދެލަައިގެން އިން ރާޔާގެ ގާތަށް ލަޔާން ދެން ދިޔައީ ރާޔާއަށް ކާކުކަން އެނގޭތޯއެވެ. ފޯނު މިއުޓްއަށް ލާފައި ބާރަށް ރާޔާއަށް ގޮވާލުމަށްފަހު ލަޔާން އެނަންބަރު ދައްކާލިއެވެ. އެއާއިއެކު ރާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަވަސްއަވަހަށް ފޯނު ކަނޑާލާއިފައި ފޯނު ނިއްވާލީ އެއީ ކާކުކަން ރާޔާއަށް އެނގުމުންނެވެ. ނަމަވެސް ދެމީހުންނަށް ވެސް ނޭނގުނު ކަމަކީ އެގުޅި މީހަކަށް އެއީ ކޮންބައެއްކަން އެނގުނި ކަމެވެ. އަދި ލަޔާންގެ ހިތުން މިއުޓަށް ލީނަމަވެސް ހަގީގަތުގައި މިއުޓަށް ނުލެވޭ ކަމެވެ. އަދި އެމީހަކަށް ރާޔާއޭ ކިޔާފައި ލަޔާން ގޮވާލި އަޑު އިވުނި ކަމެވެ.
****
ސްޕީކާރއަށް ލައިގެން އިކާލްމެން ގުޅައިގެން ތިބީ މާއީއަށް މެސެޖްކޮށްފައި އިން ނަންބަރަށެވެ. އެ ނަންބަރަށް ގުޅުމުން އެތައް ކަމެއް އެނގިގެން ދިޔައިރު ފާއިޒް އާ އިކާލްގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވެގެން ދިޔައީ އެކުއެކީއެވެ.
”ރާޔާ މިހާ ދަށު ދަރަޖައަކަށް ވެއްޓި ދާނެ ކަމަކަށް އަހަރެން ފަހަރުގައި ވެސް ހިޔެއް ނުކުރަން. މިހުރިހާ ކަމެއްގެ ފަހަތުގައި ވެސް މިހުރީ ރާޔާ އެހެން ވީ މަ. އެކަމަކު އެފިރިހެން މީހާ އަކީ ކާކު ބާ؟” އިކާލް އެއްޗެއް ވިސްނުނި ފަދައަކުން ވާހަކަ ދައްކަމުން ދިޔައިރު ރާކިން އިނީ ބޮޑު ސުވާލު މާކެއްގެ ތެރޭގައިއެވެ.
”ކީއްވެ ރާޔާ މިހުރިހާ ކަމެއް ކުރަންވީ؟ ރާޔާގެ ބޭނުމަކީ ކޮބާ؟ ރާޔާ މާއީއަށް އެހެން ހަދަން ވީ އެއްވެސް ސަބަބެއް މަށަކަށް ނުވިސްނުނު.” ރާކިން އޭނާގެ ސިކުނޑީގައި އުފެދިފައިވާ ސުވާލު ބޭރުކޮށްލީ އެތައް އިރަކު ވިސްނަން އިން އިރުވެސް އެއްޗެއް އޭނާގެ މޮޅު ސިކުނޑިއަށް ނުވިސްނުމުންނެވެ. ރާޔާ އެހެން ހަދަންވީ އެއްވެސް ސަބަބެއް އެމޮޅު ސިކުނޑި ދެނެނުގަނެވުނު އިރު އޭނާގެ ސިކުނޑި ދިޔައީ ލިބޭނެ ޖަވާބެއް ނޭނގޭތީ ހާސްވަމުންނެެވެ.
”ނޭނގޭ އެއްގޮތަކަށް ވެސް ކީއްވެ ކަމެެއް..”
”މަށަށް އިނގޭ. ރާޔާ ލޯބިވަނީ އިކާލްދެކެ ކަމަށް ވާތީ. އެކަމަކު އިކާލް ލޯބިވަނީ މާއީ ދެކެ ކަން އެންމެންނަށް ވެސް އިނގޭ.. މަ ކައިރީވެސް މާއީ ވަރަށް ގިނައިން ބުނާނެ ރާޔާ ވަރަށް ޖެއްސުން ކުރާ ވާހަކަ. އެއީ އިކާލް މާއީ ދެކެ ލޯބިވާތީ ރާޔާ ބޭނުން ވަނީ ތި ދެމީހުން ދުރުކުރުވަން.. އިކާލް އެންމެ ފަހަރަކުވެސް ބަލާލަބަ ރާޔާ ފޮނުވާފަ ހުރި މެސެޖް ތައް. މަށަށް ހަމަ ޔަގީން މާއީ އޭ ކިޔައިގެން އެތައް އެއްޗެއް ކިޔާފަ ހުންނާނެކަން.” ފާއިޒް އޭނާއަށް އެނގޭ ހުރިހާ އެއްޗެއް ކިޔާދެމުން ދިޔައިރު ރާކިން އިނީ އެހުރިހާ ވާޙަކަތަކެއް އަޑު އަހަން ދެބުމަ ގޮއް ޖަހާލައިގެންނެވެ. އަދި އޭނާގެ ހިތް ވަނީ އެއިވުނި ހަބަރަކުން މާޔޫސްވެފައިއެވެ.
ރާކިން އޮތްހާ ދުވަހު ހީކޮށްގެން ހުރީ ރާޔާ ލޯބިވަނީ އޭނާ ދެކެ ކަމެވެ. ރާކިން ފެނުމުން ރާޔާއަށް ވަމުން ދާ ގޮތުންނެވެ. އަދި އޭނާ ވާހަކަ ދެއްކުމުން ރާޔާ ލަދުގަނެފައި ހުރެ ޖަވާބު ދޭ ގޮތެވެ. ނަމަވެސް މިހުރިހާ ދުވަހު ރާކިން އަށް ކުރެވީ ކުށްހީއެއްކަން އެނގުންވުމުން އޭނާގެ ހިތުގައި ޖެހޭ ގޮތްވިއެވެ. އެތައް އިރަކު ރޯލަން ބޭނުންވިއެވެ. ނަމަވެސް އެހުރިހާ ކަމެއް އިކާލްމެންނަށް އޭނާ ސިއްރު ކުރީ މަސްލަހަތަށްޓަކައިއެވެ. ނަަމަވެސް ރާކިންއަށް ރޭކާނުލި ކަމަކީ އޭނާ ރާޔާ ދެކެ ލޯބިވާކަން އެމީހުންނަށް އެނގޭކަމެވެ. އެއިވުނި ވާހަކަތަކުން ރާކިން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައިއެވެ.
***
އުނދަގުލާއިއެކީ މާއީ އޭނާގެ ދެލޯ ހުޅުވާލި ނަމަވެސް ނާޒުކު އެދެލޮލަށް އިހްސާސްކުރެވެމުން ދިޔައީ ބަރުކަމާއި ވަރުބަލިކަމެވެ. ފުރަތަމަ އެސްފިޔަ ޖަހާލުމުންވެސް ތަނެއް ސާފުނުވުމުން މާއީ އަނެއްކާވެސް އެސްފިޔަ ޖަހާލިއެވެ. އެގޮތުން ސާފު ވަމުން ގޮސް ތަނެއް ސާފުކޮށް ފެންނަ ވަރުވީ އެތައް އިރެއް ފަހުންނެވެ. އެތަނުގައި އެއްވެސް މިހަކު ފެންނަން ނެތުމުން މާއީގެ ހިތް ވަަށާލެވިފައިވީ ބިރުވެރިކަމުންނެވެ. އެހެންކަމުން އޭނާ ގޮޑިން ތެދުވަންނަން ގަސްތުކުރީ އަވަހަށް އެތަނުން ނުކުތުމަށެވެ. ނަމަވެސް މާއީއަށް އޭނާގެ ދެފައިވެސް އައްސާފައި ހުރިކަން ރޭކާލީ ނުހަނު ފަހުންނެވެ. އަދި އޭނާގެ އަތް އައްސާފައިވާކަން ވެސް މެއެވެ. ފަހަތަށް ގެންގޮސް އަތް އައްސާފައިވުމުން މާއީގެ އަތުގައި ރިހުމެއް އުފެދިފައިވާ އިރު ފާގައިވެސް ވަނީ ރިހުމެއް އުފެދިފައިއެވެ. އޭރު މާއީގެ ދެލޮލުން ކަރުނަތަށް ފައިބަމުން ދިޔައީ އެއްވެސް މިސްރާބެއްނެތިއެވެ.
ދެމީހަކު ވާހަކަ ދައްކަމުން ދިޔަ އަޑަށް މާއީ ސަމާލުވެލައިގެން އިނީ އަޑު އަންނަ ތަނަށް ބަލަހައްޓައިގެންނެވެ. އެ ފަޅުގޭގެ މެދުގައި ބެހެއްޓިފައި ހުރި ގޮޑީގައި މާއީ އިން އިރު އޭނާ އާ ސީދަލަށް ހުރި ބޮޑު ދޮރު ހުޅުވާލާފައި ވަން ދެމީހުން ފެނި މާއީގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ކަޅު ކުލައިގައި ހުރުމުން އެދެމީހުންވެސް މާއީއަށް ސިފަވެގެން ދިޔައީ ބިރުވެރި އެއްޗަކާއިއެެވެ. އެހެންކަމުން އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތް ނަމަވެސް އަނގައިގައި އައްސާފައިން ފޮތިގަނޑުގެ ސަބަބުން އެކަން ވި ހެންނެއްވެސް ހިޔެއް ނުވެއެވެ.
”ހަހާހާހަ. ކިތަންމެ ވަރަކަށް ހަޅޭަލަވަން އުޅުނަސް ކާމިޔާބެއް ނުވާނެ ތިކަމެއް. މަ އޭރުވެސް ބުނިން ދޯ ކަލޭ ކައިރީ އިކާލް އާ ދުރުގައި ހުންނަން. ބަސްގަބޫލު ނުކުރީމަ ވާ ގޮތް ތީ. ކަލޭއަށް ބޭނުން ކަމެއް ކުރުމުގެ ފުރުސަތު މިއަދު މަށަށް އެބައޮތް.” ރާޔާ އޭނާގެ އަޑު ބަރުކުރަމުން މާއީއާ ކައިރި ވެލާފައި ވާހަކަ ދައްކަން ފެށިއެވެ. އަދި އޭނާގެ އަތުގައި ހުރި ފޮޓޯގަނޑުތައް މާއީއާ ދިމާލަށް އުކާލާފައި އެއިން އެކަތި ނަގައި މާއީއަށް ދައްކާލިއެވެ. އެއަށްފަހު ދެމީހުންގެ މެދުން ފޮޓޯގަނޑު އިރާލައިފާ ބިންމައްޗަށް ވައްޓާލިއެވެ. އޭރު ލަޔާންވެސް ރާޔާގެ ކައިރީގައި ހުރީ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ.
މާއީ ގަނެފައި ހުރި ބިރުގެ ސަބަބުން ދެ ފަރާތަށް ބޯހޫރުވަމުން ދިޔައީ އެހެން ނުހެދުމަށް ބުނާ ފަދައަކުންނެވެ. ވާހަކަދައްކަން އެތައް މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް އެކަން ކާމިޔާބު ނުވުމުން މާއީ އޭނާގެ ބޮލުން އިޝާރާތް ކުރަމުން ދިޔައިރު ދެލޯ ވަނީ ރަތްވެފައިއެވެ. ރާޔާގެ އެދުމުގެ މަތިން ލަޔާން ގޮސް މާއީގެ އަނގަމަތީގައި އަޅާފައި އިން ފޮތިގަނޑު ނައްޓާލިއެވެ. ފޮތިގަނޑު ނައްޓުވާލުމާއިއެކު މާއީ ރާޔާގެ ގާތުން އާދޭސްކުރަމުން ދިޔައީ އޭނާ ދޫކޮށްލުމަށެވެ.
”ހެޔޮނުވާނެ.. އަހަންނަށް ތިހެން ނުހަދާ. ދެން ދުވަހަކުވެސް އިކާލް އާ ކައިރިއެއް ނުވާނަން. އަހަރެން ދޫކޮށްލާ.. އަހަރެން ވަޢުދުވަން ދެން ދުވަހަކުވެސް އިކާލްއާ ކައިރި ނުވާނެ ކަމަށް. އާދޭސްކޮށްފައި ބުނަން..” ހުއްޓާ ނުލައި އާދޭސް ކުރަމުން ދިޔަނަމަވެސް ރާޔާއަށް އެއާދޭހުގެ އަޑު އިވޭހެންވެސް ހީނުވެއެވެ.
ފާރުގައި ލެގިލައިގެން ހުރި ލަޔާންގެ ފޯނަށް މެސެޖެއް އައުމުން ލަޔާން އަވަސްއަވަހަށް ފޯނު ނަގައި އެމެސެޖަށް ބަލާލިއެވެ. އެއީ އޭގެ ފަނަރަ ވަރަކަށް މިނެޓް ކުރިން އޭނާއަށް ގުޅި ރާޔާ ލޯބިވާ އިކާލްގެ ނަމްބަރެވެ. މެސެޖަށް ބަލައިލި ލަޔާންގެ ދެ ލޯ ބޮޑުވެގެން ދިޔައީ މެސެޖްގައި ލިޔެފައި އިން ބަސްކޮޅު ފެނުމުންނެވެ. ”މަށަށް އިނގޭ ތީ ކޮން ބައެއްކަން. ފުލުހުންނަށް އަންގަން ބޭނުން ނޫނިއްޔާ މާއީ އޮތް ތަނެއް ބުނަންވީ.. އެހެންނޫނީ ފުލުހުންނަށް އަންގާނަން ތި ކަމުގެ ފަހަތުގައި ހުރި ރާޔާގެ ވާޙަކަ.”
ރާޔާއަށް މެސެޖް ދައްކާލުމާއިއެކު އޭނާއަށް ވެސް ވީ ހަމަ ލަޔާންއަށް ވީ ވަރެވެ. މާ ބޮޑު ކަމެއް ނުކުރެވުނު ކަމުގައި ވިޔަސް މާއީ ބިރުގަންނުވާ ލެވިއްޖެކަން އެނގުމުން ރާޔާ އެއީ މާބޮޑު ކަމަކަށް ނަހަދައި މާއީ އޮތްތަން ބުނާށޭ ކިޔައި މާއީ އާ ގާތަށް ޖެހިލީ އަދި އިތުރަށް ބިރުގަންނަުވާލުމުގެ ގޮތުންނެވެ. ”ދެން އިތުރަށް އިކާލް އާ ކައިރިވި ތަން ފެނިއްޖާ..” ރާޔާ އޭނާގެ އަތުން ކަރާ ދިމާލުން އަތް ހިންގާލާފައި ބާރު ހިނިގަނޑެއް ޖަހާލީ މާއީ ބިރުގަނެފައި އިން މަންޒަރު ބަލަން އޭނާއަށް މަޖާ ކަމުންނެވެ. ރާޔާ ދެން އަވަސްވެގަތީ އިކާލްމެން އެތަނަށް އައުމުގެ ކުރިން މާއީ މޮހާލާފައި އެތަނުން ދިޔުމަށެވެ. މާއީގެ އަތާއި ފައި މޮހާލާފައި ބިންމައްޗަށް ރަހުމުކުޑަ ގޮތަކަށް ވައްޓާލީ ރާޔާގެ ދެއަތުންނެެވެ. އަދި މާއީގެ ބަނޑުގައި އޭނާގެ ގައިގައި ހުރި ވަރެއް ލާފައި ފައިން ޖަހާފައި ލަޔާން އާއެކީ ބޭރަށް ދުއްވާ ގަތީ އެތަނުން އަވަހަށް ދިޔުމަށެވެ.
މާއީއަށް ގުޑިވެސް ނުލައި އޮވެވުނީ ބަނޑަށް އެރި ތަދާއެކީއެވެ. އޭރު އޭނާގެ ބޮލުން ލޭ ފައިބަމުން ދިޔައިރު އަނގަމަތިވެސް ވަނީ ފަޅައިގެން ގޮހެވެ. ރާޔާ އެގޮތަށް އޭނާ ވައްޓައިލުމުގެ ސަބަބުންނެވެ. ބަނޑުއަތައް ވެއްޓުމުގެ ސަބަބުން ބޮލާއި އަނގަމަތި ފަޅައިގެން ދިޔައިރު އެހެން އަނިޔާއެއް މާއީއަށް ލިބިފައިއެއްނެތެވެ. ބަނޑުގައި އަތް އަޅައިގެން ކުރު ގެޅިގެން އޮތް އިރު ތެދުވާނެހާ ހިތްވެރެއްވެސް މާއީގެ ގައިގައި ނެތްކަހަލައެވެ. ނަމަވެސް ބަނޑުގައި، ބޮލުގައި އަދި އަނގައިގެ ފަޅައިގެން ގޮސްފައިވާ ތަނުގައި އަޅަމުން ދިޔަ ވޭނަށް ވުރެ އެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ކުރުންވީ މާއީއަށް ދަތިކަމަކަށެވެ. އޭރު އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ އިކާލް އޭނާ ސައިކަލުން ސަލާމަތް ކޮށްދިން ރޭ ބުނެފައިވާ ބަސްތަކެވެ. ހީވަނީ ދެންމެ ދެންމެ ބުނެފައިވާ ބަސްތަކެއް ހެންނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ބޯދަށުގައި އޮތް އިކާލްއާއި މާއީ މޫދުގައި ހުރި ފޮޓޯގަނޑު ތެންމަމުން ދިޔައިރު މާއީގެ އަނގައިން ދިޔައީ ގިސްލުމުގެ އަޑު ބޭރުވަމުންނެވެ.
***
”އަޅެ ކާކުތަ މަގޭ ދަރިއަށް އެގޮތަށް އިންޒާރު ދީފަ އެހުރީ؟ އަޅެ ކޮންތާކަށްބާ މާއީ އެގެންދީ. މިއީ ހުސް މަގޭ ކުށް. މާއީ އެކަނި އެތަނަށް ދާން ދޫކޮށްލެވުނީ. އެއީ އިކާލްގެ ކުށެއް ނޫން. ހަމަ މަގޭ ކުށް.” އެނދުގައި އޮށޯވެލައިގެން އޮތް މުފީދާ ދިޔައީ އަމިއްލައަށް އޭނާގެ އަމިއްލަ ނަފްސް ކުށްވެރި ކުރަމުންނެވެ. މައިރާވެސް އެތަނުގައި އިނެފައި އެދިޔައީ އެތައް އިރަކު މުފީދާއަށް ހިތްވަރުދީފައިއެވެ. ނަމަވެސް މުފީދާއަށް މެދުކެނޑުމެއްނެތި އެކަމާ މެދު ވިސްނަމުން ދިޔައިރު ލޮލުންވެސް ކަރުނަތަށް ފައިބަމުން ދިޔައެވެ.
***
ހަތަރު މީހުންވެގެން މެސްޖްގައި ބުނެފައިވާ ގެޔަށް ދެވުނީ ނުހަނު ހާލުންނެވެ. މައިޝް އެތަނުގައި ނެތް ނަމަ އެމީހުންނަށް އެތަނަށް އަންނަން ނުވެސް އެނގުނީހެވެ. އަނދިރިކަމުން އެ ފަޅުގެ ވެސް ވަކިވަނީ ނުހަނު ހާލުންނެވެ. ހަނދު ވިލާގަނޑެއްގެ ދަށުގައި ފިލާފައި އިނުމުން ހަނދުވަރުގެ އަލިވެސް އަންނަނީ ނުހަނު ކުޑަކޮށެވެ. އެގެޔަަށް ވަނެވުމާއިއެކު ހަތަރު މީހުންވެސް ހުރީ ނުހަނު ބިރުގަނެފައިއެވެ. ފަޅުގެޔަކަށް ވުމުންނާއިއެކު އަދި އަނދިރިވުމުންވެސް މެއެވެ. ނަމަވެސް ހަތަރު މިހުންވެސް ފޯނު ނަގައި ފްލޭޝްލައިޓުން އަލި ކުރަމުން ހުރިހާ ކޮޓަރިއެއް ބަލަމުން ދިޔައެވެ. އެންމެފަހުން ފުޅި ބައްތިއަކުން އަލިކޮށްފައި އިން ކޮޓަރިއަކަށް ވަންއިރު ފެނުނި މަންޒަރުން ހަތަރު މީހުންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އަދި ތިބީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުވެސް ނުކުރެވިފައިއެވެ.
”ތިއްތާ..” މައިޝް މާއީއަށް ނުހަނު ބާރަށް ގޮވާލަމުން ދުވެފައި ގޮސް އޭނާގެ ކައިރީގައި އިށީންދެލިއެވެ. މާއީގެ ލޯ ކުޑަކޮށް ހުޅުވިފައިވާއިރު އޭނާ ދިޔައީ ވާހަކަ ދައްކަން މަސައްކަތް ކުރަމުންނެވެ. ބޮލުން ފައިބާފައި ހުރި ލޭތައް މުޅި ތަޅުންގަނޑު ތެންމާފައި ވާއިރު އެތަނުގައި ހުރި ވެލި ފުއްތައްވެސް ވަނީ ރަތް ކުލާގައިއެވެ. ލެއިން ތަތްތެޅިފައި އިތް މާއީ ފެނުމާއިއެކު އިކާލްގެ ހިތުގައި ނުހަނު ގަދައަށް ރިއްސަން ފެށިއެވެ. ނަމަވެސް ދުވެފައި ގޮސް މާއީ ގައިގައި ބައްދާލީ އެހިތަށް ކެތް ނުކުރެވުމުގެ ސަބަބުންނެވެ.
”ނޫން އިކް. އަހަރެން ކައިރިން ދުރަށް ދޭ. އަހަރެން ކައިރިއަށް ނާންނާތި. ޕްލީޒް އިކް. އަހަރެން ހެޔޮހާލުގައި ހުއްޓާ ފެންނަން ބޭނުމިއްޔާ އަހަރެން ކައިރިން ދުރަށް ދޭ. އަހަރެންގެ ފުރާނަ ނެތް މަސްގަނޑު ފެންނަން ބޭނުން ނޫނިއްޔާ އަހަރެން ނުފެންނަ ހިސާބަކަށްދޭ އިކް. ޕްލީޒް.” މާއީ ރޮއިފައި އާދޭސް ކުރަމުން ދިޔައީ އޭނާގެ ގާތުން ދުރަށް ދިޔުމަށެވެ. އިކާލްވެސް ކުޑަ ކުއްޖެއް ފަދައިން މާއީ އާ ދުރަށް ޖެހިލީ މާއީގެ އެދުމަށް ދެކޮޅު ނުހަދަން ވެގެންނެވެ. ނަމަވެސް ހިތުގައި އަތް އަޅައިގެން ހުރެއެވެ. ދުރަށް ޖެހިލުމާއިއެކު އެންމެ ފުރަތަމަ ވެސް އިކާލްގެ ލޮލުގައި އަޅާގަތީ ތަޅުންމަތީގައި ހުރި ފޮޓޯތަކެވެ. އޭގެން ފޮޓޯއެއް ނަގައި އިކާލް އަވަސްއަވަހަށް އެއަށް ބަލައިލިއެވެ. އެފޮޓޯ ގައި މާއީ އާއި ދެމީހުން ފަތަން ތިބި މަންޒަރު އިނުމުން އިކާލްގެ ބުމަ ގޮއްޖެހިގެން ދިޔުމާއިއެކު ރާޔާއަށްޓަކައި ނަފްރަތް އެހިތުގައި އުތުރި އަރަން ފެށިއެވެ. އަދި މާއީ އޮތް ހާލުފެނިފައިވެސް މެއެވެ.
މައިޝްގެ ބުރަކަށިމައްޗަށް މާއީ ލައިގެން ހޮސްޕިޓަލަށް ދިޔައިރު އިކާލް އެންމެ ހިނދުކޮޅަކަށް ވެސް މާއީ އާ ކައިރިނުވެއެވެ. އެކަމުގެ ސަބަބުން ކިތަންމެ އުނދަގުލެއް ވި ނަމަވެސް ކެތް ކޮށްލައިގެން އިކާލް އެހުރީ މާއީއަށް އިތުރު އަނިޔާއެއް ދޭން ބޭނުންނުވާތީއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.







Masha Allah varah reethi mi part.. Raaya haadha nulafaa ee dhw… Can’t wait to know what will happen next… Lysm
ya raayaa asluvs haadha goahey dhw.. btw thank u soo much dear.. lym
Vv reethi
thank u soo much dear
Maasha allah reethi mi part vx….. Waiting fr nxt part….
thank u soo much dear..
Wow . Mi part ves Hama habeys ?????????♥️???♥️??❤️❤️❤️????????????????♥️?♥️♥️?????♥️?♥️?♥️♥️♥️?❤️????❤️????????????♥️?❤️??????????????????♥️???????????????️????❤️?????????????????????????????????????????????????????♥️♥️?????????????
o my.. so many.. thank u soo much dear..
Assalam alaikum
Here is the 10 part of the story.. hope you’ll like this part too.. next part Vs vr avahah.. keep waiting.. have a nice day.. Nd comment your views about the story.. thank u for the support..????????????????
masha allah.. vr vr vr vr rythi mi bai vs.. whn next???
thank u soo much dear.. nxt part liyamun mi dhany
wow.. obbiness to the max.. hama habeys.. ekam raayaa haadha goahey dhw.. curiously waiting for nxtt
yaa raayaa rangalhu vaane baa dhw?.. hehe.. btw thank u soo much dear..
masha allah.. vr salhi.. maaee ah ehn hadhaakah vs nuvaanun.. i hate that raayaa n layaan.. vr foohivey.. dhn maaee ah dhera gotheh nahadhahchey nafu.. ekaal ah vs.. curiously waiting for nxt
ya balamaa dhw vaane gotheh… btw thank u soo much dear
wow.. just wow.. amazing.. waiting for nxt.. avahah up kohla dhehcheh
thank u soo much dear.. ya avahah up kohla dheynan insha allah
wonderful nafu.. nxt avahah genesdhehcheh
ya insha allah.. thank u soo much dear
omg.. this part is amazing.. masha allah.. ur very talented nafu.. wowo.. perfect.. next episord avahah upload kohla dhehcheh.. vr kiyaa hithun mihury next..
thank u soo much dear.. ya insha allah avahah up kohla dheynan
vr furihama
thank u soo much dear