ކައިޝަލް (1)
ތުނި ދޮރުފޮތިތަށް ތޮރުފާލާފައި ކޮޓަރިތެރެއަށް އިރުގެ ހޫނުކަމާއި އަލިކަން ފެތުރިގަތެވެ. ޒަމާނައައި ބަދަލުތަކާއިއެކު ސަރަހައްދުގައި ހާ ގޮވުމުގެ ދުވަސްތަށްވެސް ވަނީ ފަހަނައަޅާ ގޮއްސްފައެވެ. ނަމަވެސް ދޫޏި ސޫފާ ސޫފީގެ ތޫލި އަޑުން ނުކެނޑޭކަން އެއީ އެ މާހައުލުގެ ފުރިހަމަކަމަށް ލިއްބައިދިން ނަސީބެވެ. ކުޑަދޮރާ ކުރިމައްޗަށް ވާގޮތަށް ބަހައްޓާފައި ހުރި ބޮޑު އެނދުގައި ނިދާފައި އޮތް މާޝަލްގެ މޫނަށް އަވިއެޅެން ފެށުމުން އޭނާ އެސްފިޔަ ތަޅުވައިގަތެވެ. ކުނި މޫނު ހަދާލަމުން ރަޖާގަނޑު މޫނުގައި އަޅާ އަދި އޭގެ މަތީގައި ބޮޑު ކަފަ ގަނޑެއްފަދަ ބާލިސް ބާއްވާލީ އަލިން ސަލާމަތް ކުރެވުނު ހުރިހާކަމެއް ކުރާނަމޭ ބުނާފަދައިންނެވެ. ރަޖާގަނޑު އަޑީގައި ދެލޯ މަރައިން ނިދިގުޅަ ވެފައި އޮތްކަމުގައިވިޔަސް އެލާރމް ގޮވުމުން ނޯވެވޭނެކަން އޭނާއަށް އިނގެއެވެ. ފަހުވަގުތާ ޖެހެންދެންވެސް ނިދާލަން ލިބުން ވަގުތުކޮޅު އޭނާ ހިމާޔާތް ކުރިއެވެ.
“މާޝަލް ! މާޝަލޫ….އޭއި ހޭލަން އުޅޭ ދެން މަންމަ މިދަނީ އޮފީހަށް ބަދިގޭގަ ހުންނާނެ ސައި ހަދާފަ ސައިބޮއެގެން ގަޑި ނުޖެހި ސްކޫލަށް ދާތި.! މާ….ޝަލް އަޑު އިވޭތަ؟.” މައްދުގެ ހަމަތަކާއެކު ރަނގަޅަށް ދަމަމުން މާޝަލް ކޮޓަރި ދޮރުގައި ތަޅަމުން ގެންދިޔަ އޭނާގެ މަންމަ ރިޝްމީ ކުރަންވީ ކަންތަށް ތަރުތީބުން އޭނާގެ ހަމައެކަނި ދަރިފުޅަށް ކިޔައިދިނެވެ. “އާން ދެން ހެވޭ އިނގެޔޭ އަޑުއިވެޔޭ މަންމާ!….” ނިދިއަޑަކުން މަންމަޔަށް އިވޭނޭ ވަރަށް މާޝަލް ހަޅޭއްލަވައިގަތެވެ. ދޮރުކައިރި ހުރި ރިޝްމީ މޫނަށް ވައްތަރެއް ޖައްސާލާފައި އޭނާގެ ހޭންޑް ބޭގް އުޅަނބޮށީގައި އަޅުވައިލިއެވެ. ލައިގެން ހުޅި ކަޅު ކޯޓާއި ކަޅު ޝޯލް ރީތިކޮށްލަމުން ސިޑީގެ ހަރުފަތަށް ގިރާން ކުރަންފެށިއެވެ. އުސްފައިވާނުގެ ކޮންމެ ފިޔަވަޅަކުން ގޭތެރޭގެ ހިމޭންކަން ނަގާލަފައެވެ. ހުދު ފަރުނީޗަރާއި ސަންގުމަރުމަރު ހިލަތަށްވެސް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އެ ބޮޑު ގެ ފެންނަނީ ވަރަށް ފަޅުކޮށްށެވެ. ވާނީވެސް އެހެންނޫންހެއްޔެވެ.
މާޝަލްއާއި ރިޝްމީގެ އިތުރުން ދެތިން ނޯކަރުން ފިޔަވާ އިތުރު ބަޔެއްޔެގެ ހިލަމެއް މި ގޭތެރެއިން ނުވާތާ ބާރަ އަހަރު ވަނީއެވެ. އެކަނި ވެރި މަޔެއްގެ ގޮތުގައި ފާއިތުވެ ދިޔަ ބާރަ އަހަރު ދިރިއުޅުން ނަމަވެސް އެނާއަށް ލިބިފައި ހުރި ދަރިފުޅުގެ ވިސްނުން ތޫނުކަމީ ރިޝްމީގެ ނަސީބެވެ. މިޒާޖުގައި ކިތަންމެ ލާނެއް ނުސިޔާނު ގޮތެއް ހުއްޓަސް ރިޝްމީ ވަނީ އެ ސޮރުގެ އިޙްތިރާމް ހޯދާފައެވެ. އޭނާގެ އުންމީދަކީ ކިޔަވާ ނިމުނުހާ އަވަހަކަށް އޭނާ މިއަދާ ހަމަޔަށް ހިނގަމުން ގެންދާ ކާމިޔާބު ވިޔަފާރީގެ ބެލެހެއްޓުންތެރިޔަަކަށް މާޝަލްވުމެވެ.
އެނދުގައި އޮތް މާޝަލް ފުންމައިގެން ތެދުވީ ގޭގެ މައި ބޮޑު ދޮރު އޭނާގެ މަންމަ ރިޝްމީ އަތުން ދޫވެގެން ބަންލާފައި ޖެހުން އަޑު އޭނާގެ ކަންފަތާ ހަމައަށް ފޯރާ ހިއްސުތަށް ހޭލުމާއެކު ސިއްސައިގެން ދިޔުމުންނެވެ. “ޕިސްޕިސް ކިހާދެރަކަމެއް..” ރަނގަޅަށް ނިދިނުފިލާ ހުރުމުން ރުޅިގަދަވެފައި ހުރި މާޝަލް އޭނާގެ ހިތަށް އެރިހާ އެއްޗެއް ކިޔަމުން ކަޅުކުލައިގެ މާބަލް ޓައިލްސް މަތީ ދެފައި ކާތަމުން ގޮސް ފާހަނަޔަށް ވަނެވެ.
ކާރުގެ ފަހަތު ސީޓުގައި ހަމަޖެހިލަމުން ރިޝްމީ އޭނާގެ ރިންގު ވަމުން ދިޔަ ފޯނަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ދެ ޙިޔާލެއްގެ މަތީ އިނދެފައި ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “ރީތި ގޮތުން މާޝަލް މަށާ ހަވާލު ނުކޮށްފިއްޔާ ދެން ޖެހެނީ ނުފޫޒް ބޭނުން ކުރަން އޭރަށް މާ ރީއްޗެއް ނުވާނެ..” ބަރު ފިރިހެން އަޑަކުން އިވިގެން ދިޔައީ އިންޒާރުގެ މެސެޖެކެވެ. ފުުންނޭވާއެއް ދޫކޮށްލަމުން ރިޝްމީ ފޯނު ކަނޑާލީ ފާއިތުވެ ދިޔަ ބާރަ އަހަރުވެސް އިވި އިވި ބާވެފައި ހުރި އެބަސްތަކުން މާ ބޮޑު އަސަރެއް ނުކުރާ ހާލުއެވެ.
ފެންމާގަޑު ދަށުގައި ހުއްޓިލުމާއެކު ފިނިފެން މުތީތަށް އެ ވަރުގަދަ ހަށިގަނޑުގައި ބީހެން ފެށުމުން ދޮންހަނގަޑަށް ކުރަކިކަން ގެނުވީ ހީބިތަކުންނެވެ. މާ ބިޔަނޫނަސް ހިކި ދަނޑިކޮޅެކޭވެސް ނުބުނެވޭނެއެވެ. ދެލޯމަރާލަމުން އޭނާ އިސްއުފުލާލުމާއެކު ކަޅުކަންގަދަ ފަންއިސްތަށިގަނޑުން ބޮޑުބައެއް މޫނުމައްޗަށް އެޅިގެން ދިޔަ ގޮތް ބަލާލަން ކިތަންމެހާވެސް ހިތްގައިމެވެ. މަންޒަރަށް އިތުރު ފުރިހަމަކަމެއް ގަނެސްދިނީ ވައިގޮޅި ތެރެއިން އެޅުން އަވިގަނޑު މަންޒަރުގެ ވިދުން އިތުރު ކޮށްދިނުމުންނެވެ. އެ ސޮރު ހުރީ ނުހަނު އުފަލުންނެވެ. ދެ އަހަރު ދުވަހުގެ އިންތިޒާރަކަށް ފަހު ގްރޭޑް ދިހައެއްގެ ފުރަތަމަ ދުވަހު ކައިނާއާ އެއްކުލާހެއްގައި އިނދެލުމުގެ ފުރުސަތު ލިބޭނޭކަން ކަށަވަރު ވުމުންނެވެ.
ޓިޝާރޓު ބޮލަށް މަހާލާފައި ފުނާ އެޅުމުގެ ބަދަލުގައި އަތުން އިސްތަށިގަނޑުގެ ނިއްކުރިމައްޗަށް އޮތްބައި ފަހަތަށް އެއްލައިލިއެވެ. ލޯގަނޑު ކުރިމަތީ އެންމެ ފަހަރަކުވެސް ހުއްޓިނުލާ ގަޔަށް ސެންޓުބުރުވާލާފައި ދަބަސް އެއްކޮނޑުގައި އަޅުވާލަމުން ކޮޓަރި ތަޅުލާ ، ގެއިން ނިކުންނަން ދުއްވައިގަތް އިރު ލައިނުގަނެވިގެން އުޅޭ މީހެކާ ތަފާތެއް ނެތެވެ. ޕްރައިވެޓް ބޮޑު ކާރެއް އޭނާގެ އިންތިޒާރުގައި އޮތް ނަމަވެސް ޗޮކެއް ކަނޑާލަމުން ގޭޓު ކުރިމަތީ ހުރި ބައިސްކަލަށް އަރާ ދުއްވާލިއެވެ. ދޮރުވާނުންނާއި ޑްރައިވަރުންނަށް މިއީ އާ ކަމެއް ނޫނެވެ. ނަމަވެސް އެ ބައިސްކަލުގައި މާޝަލް ސްކޫލަށް ދިޔުމުގެ ސިއްރު އޭނާ ނޫން އެހެން އިންސާނަކަށް ހަމަ ހިލާ އިނގިގެން ނުވާނެއެވެ. ތާރު އަޅާފައިވާ މަގުތަށް މިވަގުތު ފެންނަލެއް ނުހަނު އަމާނެވެ. ސްކޫލަށް ދާ ނިކުމެގެން އުޅޭ ކުދިންނޫން އިތުރު ބަޔަކު ވަރަށް ނުފެނެވެ. ގައިގައި ހުރި ބާރެއްލާ ދުއްވުނު އެންމެ ބާރަކަށް ބައިސްކަލު ދުއްވަމުން ގެންދިޔަ މާޝަލްގެ ނަޒަރު ސީދާވެފައިވަނީ ހަމަ އެންމެ މީހަކަށެވެ. އޭނާއަށް ވުރެ ކުޑަ ތަންކޮޅެއް ކުރީގައި އުޅުން ބައިސްކަލުގައި ފުރަގަސްދީގެން އިން އަންހެން ކުއްޖާއަށެވެ. އެއީ ކުރު ފަން އިސްތަށިގަނޑެއްގެ ވެރިއެކެވެ. މާޝަލްގެ އަމާޒަކަށްވީ އެޒުވާނާޔާ އެއްވަރުކުރުމެވެ. މޫނަށް ވައްތަރެއް ޖައްސާލާފައި އޭނާގެ ދުވެލި ބާރުކޮށްލުމާއެކު އެ ޒުވާނާގެ ކަނާތްފަރާށް އެރުނެވެ. ދާދި ޖެހިޖެހިގެން ދެ ބައިސްކަލު ދުއްވަމުން ގެންދިޔަނަމަވެސް ކައިނާ އިނީ ކުނި މޫނު ހަދައިގެންނެވެ. ގަދަޔަށް އާފުރެމުން ނިދި ބުރާންތިވެފައި ހުރިއިރު ހަމަނިދިނުލިބުމުގެ ސަބަބުން ދެލޯ ކައިރި ކަޅުވެފަކަން އެ ހަންގަޑުން ހާމަކޮށްދެއެވެ.
ހިމޭންކަން ފޫއަޅުވާލަމުން މާޝަލް ތުންބުންފުމެލިއެވެ. ދެތިން ފަހަރު ފޭކުކޮށް ކިނބިހި އަޅާލީވެސް ކައިނާގެ ފަރާތުން އަޅާލުމުގެ އިޝާރާތެއް ފެނޭތޯއެެވެ. އެ މަންޖެެ ކަހާތާ ހިރުވާވެސްނުލާ ދަތުރުކުރަމުން ދިޔައީ އަމިއްލަ ދުނިޔޭގައެވެ. ވަކި ހިސާބަކަށް ދެ ޒުވާނުނަށް ދުއްވުން ތަނާ ޓްރެފިކްގައި ޖެހުނެވެ. މަގޭ ނަސީބޭ ހިތާ ބައިސްކަލުގެ ކުރިމަތީބައިގައި ބޯ އަޅާލަމުން ކައިނާ ދެލޯ މަރާލިއެވެ. ސްކޫލު ގަޑި ޖެހިގެން އެއްގަޑިއިރު ފާއިތުވެފައި ވީއިރުވެސް ދެމީޙުންކުރެ އެކަކަށްވެސް ނޭނގޭ ފަދައެވެ. މަޑޫކޮށްގެން ތިބިމަގަކީ ފުދޭވަރަކަށް މީހުން ތޮއްޖެހިފައިވާ މަގެކެވެ. ކަފިހިހުރަސްމަތިން ދެކޮޅަށް މީހުން ހިނގަމުން ދިޔައީ ގަޑިނުޖެހި މަންޒިލަށް ވާސިލްވާށެވެ. ފެހިބޮކި ދިއްލޭކަށް މާގިނައިރެއް ނުނެގިއެވެ. ނިދިޖެހިފައި އޮތް ކައިނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން މާޝަލްއަށް މިކަން ރޭކާލާން މާގިނައިރެއް ނުނެގިއެވެ. ކައިނާގެ އުޅަނބޮށީގައި ޓަތްކެއް ޖަހާލިއެވެ. “އުނދަގޫނުކޮށްބަލަ..ޝަކީލާ” ދެލޯހުޅުވާލުމެއްނެތި ކުކުރާލަމުން ކައިނާ ބުނެލި އެތިން މާޝަލްއަށް ހިނިގަނޑު ހިފާއްޓާލަން މަޖުބޫރުވިއެވެ. ކުލާހުގައި އޭނާ ނިދާ ކޮންމެ ފަހަރަކު ހޭލައްވާލާ ޓީޗަރު ޝަކީލާގެ ނަން އޭނާގެ އަނގައިން ބޭރުވުމުންނެވެ. ދެތިން ހަތަރު ފަހަރު ގޮވާގޮވާވެސް ކައިނާ ނުތެދުވުމުން މާޝަލް ހިތްވަރު އެލުވާލިއެވެ. “އޭ ބަލަ މީ މަގުމައްޗޭ ދުއްވާއެއްޗެއް އައިސް ޖައްސަފާނެ ބައިސްކަލުގަ..” ވައިއަޑުން ކައިނާގެ ކަންފަތް ބުޑުގައި މާޝަލް ބުނެލިއެވެ. “އެހާ ޖައްސާހިތްވެގެން އުޅެންޏާ ޖައްސަފާނެއްނު ދެން.” މޫނުބޮޑަށް ފޮރުވާލަމުން ކައިނާ ބުނެލިއެވެ. ހަދާނެ އިތުރުގޮތެއް ނެތުމުން މާޝަލް އޭނާގެ ބައިސްކަލު ޕާކިން ޒޯނުގައި ޕާކް ކުރިއެވެ. ކައިނާގެ ބައިސްކަލުގެ ފަހަތަށް އަރާފައި އޭނާގެ އަތުތެރޭ ކައިނާ ހައްޔަރުކޮށްލަމުން ބައިސްކަލު ދުއްވާލިއެވެ. ދެމީހުނަށް އެރޭ އެއްޗެއްކަންވެސް ނަސީބެކެވެ. މާޝަލްގެ އަތުތެރޭ ގުޅައަކަށް ޖެހިފައި އޮތް ކައިނާއަށް ދެލޯ ހުޅުވާލެވުނީ ބައިސްކަލު ދުވާހެން ހީވުމުންނެވެ. ވާނުވާ ރޭކާލުމުން ދެއަތުން ދެކޮލުގައި ތަޅާލީ ވަރަށް ހިތްހަމަޖެހިގެންނެވެ. އޭނާ ހިތުން މާޝަލްގެ ނަޒަރު ހުއްޓިފައިވަނީ މަގުމައްޗަށެވެ. ނަމަވެސް އޭނާއަށް ނޭނގުނުކަމަކީ އޭނާ ޖައްސަމުން ގެންދިޔަ ކޮންމެ ވައްތަރެއް ލޯގަނޑުގެ އެހީގައި މާޝަލްއަށް ފެންނަމުން ގެންދިޔަކަމެވެ.
ސްކޫލާ ތަންކޮޅެއް ދުރުގައި މާޝަލް ބައިސްކަލު ޕާކުކޮށްލީ ޓީޗަރެއްގެ އަތުނުޖެހުމަށެވެ. ނަމަވެސް އޮފީސް ކުރިމައްޗަށް އެރިތަނާހެން ޑެޕިއުޓީ ޕްރިންސިޕަލްގެ ލޮލުގައި އެ ދެޒުވާނުން އަޅައިގަތެވެ. އޭނާ ނަންބަރު އައިނު ހެޔޮވަރުކޮށްލިއެވެ. “އޭ ! މީދޯ ސްކޫލުން ފިލައިން ނިކުމެ އުޅޭ ގޮތަކީ. އެވެސް އަދި ފުރަތަމަ ދުވަހު.” ނުވައެއްޖަހާ ބޮޑުވެފައި ހުރި ގަޑިއަށް ބަލާލަމުން އަރީފް ހަޅޭލަވައިގަތެވެ. ދެލޯ ބޮޑުކޮށްލަމުން ކައިނާއާއި މާޝަލް އެކަކު އަނެކަކު މޫނަށް ބަލާލިއެވެ. ދެވަނަ ވިސްނުމެއްނެތި ކައިނާ ޔުނީފޯމު އަތުކުރީގައި ހިފާ މާޝަލް ދުއްވަގަތެވެ. އެދެމީޙުން ފަހާ އަރީފުވެސް އޭނާގެ ބޮޑު ބަނޑާއެކު ބަރުހެލި ކަމާއެކު ދުއްވައިގަތެވެ. ކައިނާއަށް މިކަންވީ މަޖާކަމަކަށެވެ. ހިނިގަނޑެއްޖަހާލަމުން މާޝަލްގެ މޫނަށް އޭނާ ބަލާލިއެވެ. މައުނަވީ ގޮތަކަށް ހިނިތުންވެލާފައި މާޝަލްވެސް ކައިނާގެ މޫނަށް ބަލާލިއެވެ. ރުހިފައިވާ އެ ދެނަޒަރު ބައްދަލުކުރި ފުރަތަމަ ފަހަރުވެސް ކުޅެވުނީ ތަފާތު މިއުޒިކެެކެވެ. މުޅި އުމުރުގައިވެސް މިހާ ގާތްކޮށް ތިބެވުނު ފުރަތަމަ ފަހަރުވެސް އެތަށް ވާހަކަތަށް ހިއްސާކުރިފަދައެވެ.
ކުރި ނުބަލާ ދުވަމުން ގެންދިޔުމުގެ ސަބަބުން ހިމަގޯޅިގަނޑަކަށް ވަދެވި ކުރިބެދުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން މާޝަލް ކައިނާގެ އަތުން ދޫކޮށްލިއެވެ. “އޯހް ޝިޓް ހިއާރ ވީ ގޯ އާރިއްޕޭ..” ވައްތަރު ޖައްސާލާފާއި ކައިނާ ބުނެލުމާއެކު މާޝަލް ހީގަތެވެ. އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ. ދެ ޒުވާނުން ފަސް އެނބުރި ބަލާލުމާއެކު އެމީހުންގެ ފަހަތުގައި މާނޭވާލާން ހުރި އާރިފް އަތުގެ އިޝާރާތުން ސްކޫލާ ވީދިމާލަށް އިނގިލި ދިއްކުރިއެވެ.
___________________________________________
“އޭ މަށަށް ބުނެވުން ދޯ ކަލޭ ކައިރި އެ ސޮރު ލޯ މަތިން ގެއްލުވާނުލާށޭ! ދިވެހިބަސް ރަނގަޅަށް ސާފު ނުވަނީތަ އޭން!!!!” މީކާއިލް އަޑުގެ ނެތްކޮޅަށް ބަވައިގަތެވެ. ކަންފަތުގައި ޖައްސައިން ހުރި ފޯނު ހިފާއްޓާލައިގެން ހުރިލެއް ބާރުކަމުން ނާރުތަށް ހަންގަނޑު ތޮރުފާލާފައި ނިކުންނަން އުޅޭ ފަދައެވެ. “ސާރ އަޅުގަނޑު މިއަދު ހެނދުނު ދުށިން އަންހެން ކުއްޖަކާ އެއްކޮށް ބައިސްކަލެއްގަ ސްކޫލަށް ދަނިކޮށް.” ވަރަށް މަޑުމައިތިރި އަޑަކުން ފޯނުގެ އަނެއްކޮޅުގައި ހުރި މީހާ ބުނެލިއެވެ. “މަގޭ ދަރި.. ބައިސްކަލުގަ؟ ރިޝްމީ މޮޔަވެފަތަ އެހެރީ އެ ސޮރަށް ބޮޑެތި ކާރާ އެއްޗެހި ގަނެދީފަ ފޮނުވީމަވެސް އަންހެން ކުއްޖެއް ގޮވައިން ބައިސްކަލުގަނޑެއްގަ އޭނަ އެ ދުއްވަނީ!” މީކާއީލްގެ ރުޅިގަނޑު އަރަމުން ދިޔައީ ހައްތަހާ މައްޗަށެވެ. “ހޫން ދެން ވަރިހަމައޭ ކަލޭ އޭނަޔަށް ފާރަލާ..ރަނގަޅަށް ހައްދައިލަގެން މަށާ ހިސާބަށް ނުގެނެވެންޏާ ގަދަބާރުން ހައްޔަރުކުރަންޖެހޭނީ!.” ފަހުބަސް އިއްވާަލަމުން މީކާއިލް ފޯނު ކަނޑާލިއެވެ. އޮފީހުގައި ހުރި ބޮޑު ސޯފާއަށް ވެއްޓިގަތްއިރު ރުޅިވެރިކަން ދެލޮލުން ފިލައިގެން ނުދެއެވެ.
ސްކޫލުގެ އަންހެން ފާހަނަ ތެރޭގައި ބޮޑު ހަފްލާއެއް ބާއްވައިގެން އުޅޭ ފަދައެވެ. ވައްބުރުގެ މެދުގައި ދިގުކޮށް ހުރި އަންހެން ކުއްޖާ ދެން ތިބި އެހެން އެންމެނަށް ފޮޓޯގަނޑުތަކެއް ބަހަމުން ގެންދިޔައެވެ. އަތަށް އެ ލިބުމާއެކު އެެޔަށް ބަލާލާ ކޮންމެ ކުއްޖެއްގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ. “ތީ މިދިޔަ އަހަރު ނިމުންހިސާބުގަ..” މައިޝާ ބުނެލިއެވެ. “ވާއު އަންބިލީވަބަލް މީހަމަ މާޝަލްއާ އެއުޅޭ ފަގީރު މަންޖެ .” ހިނިގަނޑެއް ޖަހާލަމުން އަނެއްކުއްޖާ އިއްވާލިއެވެ. “ނޯ ވޭ މިހެނެއް ނުވާނެ ކޮންމެސް ނުބައެއް މީ..” މޫނުފެންނަގޮތަށް ސްކޫލުގެ ލައިބްރެރީގައި ތިބި ދެ ޒުވާނުންގެ ހަށިގަނޑުގައި ބައެއް ފޭރާން މަދެވެ. ފޮޓޯޔަށް ބަލަހައްޓައިގެން ހުރި ޒިވާ ހިތާހިތުން ކިޔާލިއެވެ. އޭނާއަށް ޔަގީންވަނީ ހަމަ އެއްކަމެކެވެ. ދިހަ އަހަރު ދުވަހު އެއްކޮށް އުޅުނު އެކުވެރިޔާ ކައިނާގެ ކިބައިން މިފަދަ އަމަލެއް ނުފެންނާނެކަމެވެ.
ޕްރިންސިޕަލް އޮފީހުގެ ދެފަރާތުގައި ވަކިން ކޮޅަށް ބުދުތަކެއް ފަދައިން ބައިތިއްބާފައި ތިބި ކާއިނާއާއި މާޝަލް ގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. މާޝަލް ހުރީ އަޑިއަށް ހީލަ ހީލައެވެ. ކައިނާއާ ދިމާލަށް އޭނާ ބަލާލިވަގުތު ވެގެން ދިޔައީ ކައިނާވެސް އޭނާއާ ދިމާލަށް ބަލާލި ވަގުތަށެވެ. “ކަލެޔާ ހެދި ވާކަންތަކޭ ” ދެ ދަތްފިލަ ބާރަށް ޖައްސާ ބާރުކޮށްލަމުން ކައިނާ ބުނެލީ ކޮޅަށް ހުންނަން ޖެހުމުން ރުޅިއައިސް ރަތްވެފައެވެ. “ބައިސްކަލުމަތީ ނިދާތީ ވާގޮތެއްނު މީ.” ދެލޯ ކުޑަކޮށްލަމުން މާޝަލް ކަޅި އަނބުރާލިއެވެ.
(ނުނިމޭ)
13 Comments!
Comments are closed.

Hahaha??????hee hee bindhijje huvaa ekm vx vrh vrh vrh rythi mi part vx??????n sifakurun vx best??????btw r u using social media app?umm i juss wanna talk ya that’s why…if possible u can say ngey??????take care siskolu….ly mor n mor❤❤❤❤❤❤
thank you very much ❤❤? i do use it but since its a public site i dont think its a good idea to share social media accounts ☺ hoping to see another supportive comment of yours in the next episode tc ily2????
alhey ehen dw laobi gandaa….i mihury adhi use kuraakamah vanya acc dheyn kamah…ekm vx k ngey…adhi kohme vx dhuhukun talk kureveythw balaany???
alhey ehen dw laobi gandaa….i mihury adhi use kuraakamah vanya i id dheyn kamah…ekm vx k ngey…adhi kohme vx dhuhukun talk kureveythw balaany???
Snap use kuran..if you could give me your id I’ll add you ?
Mi part wes varah cute!! I’ve never seen any one use maunavy as a sifakurun! And kalhi am’buraali eve! ?? loved it! Ekm hykury Kaina aky that bas ahaa type grl eh kamah! Hppe dhen anna partwes varah avahah genesdheyne kamah! ??
But that’s used very commonly in stories ?? thank you so much for the nice comment ?♥ will upload the next part soon insha allah ?
quinnnnn mi part varah reethi…..whn nxt part…curiously waiting for the nxt part❤❤
Maasha allah mi part vx v habeys…… Waiting fr nxt…. Ly Sis…..
thank you so much n srry for the late reply ❤❤?will upload the next part soon insha allah☺☺✨
wooooww very nice cant wait for the next part do keep going ?❤❤❤?
wen next part? this part ves vrh obi
When next part vrhhhh reethi mi vaahaka nuhuttathi ❤️❤️