Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

އިންޒާރު

Hadhikko Level 1
December 9, 2019 2 Mins Read
3 Comments

ދުރުދުރަށް ދެމިފައިވާ ރީތި ހުދު ދޮންވެލި ތުނޑީގެ އެންމެ ކޮޅުގައި އަހަރެން އިނީ ހިތްހަމަޖެހިގެންނެއްނޫނެވެ. ޚިޔާލާއި ފިކުރުތަކުގެ ވާފަށްތަކުން ފުރިފައިވާ ސިކުނޑި ހަމައަކަށް އެޅުވޭނެ ހަމަ އެއްވެސް ގޮތެއް އަހަރެންގެ ވިސްނުމަކަށް ނައެވެ. ވިސްނިވަރަކަށް އެ ވާފަށްތައް ދިޔައީ އޮޅުންބޮޅުންވަމުންނެވެ. ފެންނަން ނެތަސް ދަންމަޅިއެއް ކަރަށް މެހެމުންދާކަމުގެ އިޙްސާސް އަހަރެންނަށް ވަމުންދިޔައީ ބިރުވެރި ހުވަފެނެއް ފަދައިންނެވެ. ހަދާނެ އެއްވެސް ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ. ވާނީވެސް އެހެންނެވެ. އުމުރުން އެންމެ 10 އަހަރުގައި އަހަރެންނަށް “ދުނިޔެ ރަންވި” ހިސާބުން ކަމަކާ ވިސްނާކަށްވެސް އަހަރެންނަކަށް ވަގުތެއް ނުވިއެވެ.

ބުރައިގެން ދިޔަ ހިމުން ވެލިތައް ލޮލަށް ޖަމާވީ ޖެހުނު ވައިރޯޅިއަކުން ނޫންކަން އަހަރެންނަށް ޔަޤީނެވެ. ދެލޯ އުނގުޅަމުން މަޑު މަޑުން ފަސްއެނބުރި ބަލާލީ އަންނަންއުޅޭ ތޫފާނުގެ ނުރައްކަލާ ކުރިމަތިލުން ނޫންގޮތެއް ނެތީމައެވެ. “މަށަށް ފިލަންކަމަށްތަ މިތަނަށް އައިސް ތި އިންނަނީ. ފިލަން ނޫޅެއްޗޭ. މަރާލާފަ ނޫނީ ދުލެއްނުކުރާނަނަން. ތި ** ހަނދާންކުރާތީ. މީ އިންޒާރެއް!!” އަހަރެންގެ އުމުރުން 10 އަހަރުން ފެށިގެން އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާގެ ގޮތުގައި ދެކުނު ނިމާލްގެ އިންޒާރު ދެވަނަ ފަހަރަށް އޭނާ ހަނދާންކޮށްދިނެވެ. ހަޑިހުތުރު ބަސްތަކުން ހަޑިވެފައިވީ އަހަރެންގެ ދޫ ހަރަކާތް ނުކުރީ ކީއްވެކަމެއް ޚުދު އަހަރެންނަކަށްވެސް ނުވިސްނުނެވެ. ބިރެއް ފިތެއްނެތި ދާދާވެގެން އުޅުނު އަހަރެން މިއަދު މައިތިރިވީ ސަބަބަކީ އެ މަރުގެ އިންޒާރު ހެއްޔެވެ؟

އަހަރެން ފަސްދީ، އެއްލެމުން ކަހަލަގޮތަކަށް ދިޔަ ނިމާލްއަށް ބަލަހައްޓައިގެން އަހަރެންނަށް އިނދެވުނީ ހަދާނެގޮތް ހުސްވެފައިވާ ނިކަމެއްޗެއް ފަދައިންނެވެ. ނުބައި ޢަމަލުތަކުގައި 20 އަހަރު ހޭދަކުރެވުނުއިރު ހެއްދެވި ފަރާތްމަތިން ހަނދާންކޮށްދިނީ ނިމާލްގެ އިންޒާރެވެ. މަރުނުވެ، ނުބައި ޢަމަލުތަކުގައި އަހަރެންގެ ޙަޔާތް ކުރިއަށް މިދިޔައީ އެކަލާންގެ ޢަޒާބަކަށް ބިރުވެތިނުވެއެވެ.

*************************************************************************

މަންމައާއި ބައްޕަގެ ހަމައެއް ލަމައެއްނެތް ދިރިއުޅުން ހުއްޓުމަކަށް އައީ ޑްރަގާއި ވައްކަމުގެ މައްސަލަތަކެއްގައި ބައްޕަ އުމުރުދުވަހަށް ޖަލަށް ލީ ހިސާބުންނެވެ. އާއިލާގެ އެންމެ ދޮށީ ކުއްޖާއަށްވެފައި، އަހަރެންގެ ހަގަށް 7 ކުދިން ތިބުން ވެގެން ދިޔައީ މަންމަގެ ފަރާތުން އަހަރެންނަށް ލިބެންވީ އަޅާލުން ނުލިބުނު އެންމެ ބޮޑު ސަބަބަށެވެ. މަންމަ އުޅެމުންދިޔަ ހިތްދަތި ދިރިއުޅުން ބަލަން ކެތް ނުވުމުން އަހަރެން ގޮސް އިންނަނީ ގޭގެ އޮޅިގަނޑުމަތީގައެވެ. ހިތާމައިގެ ޙަޔާތުގައި ނިމާލް ޓަކި ޖަހާލި ހިސާބުން ފެށިގެން އޮޅިގަނޑު ގިރާކޮށް އަހަރެން ބޭރަށް ނުކުތީ އަހަރެންގެ ޢުމުރުން އެންމެ 10 އަހަރުގައެވެ. ރަން ދުނިޔެއެއްފަދަ ނިމާލްގެ ގޭގެ ހަތަރުފާރުތެރެއިން އަހަރެންނަށް ފެންނަންފެށީ ދުނިޔެމަތީގެ އުފާވެރިކަމެވެ. މުއްސަނދި ދިރިއުޅުމެއް އުޅެމުން އަންނަ ނިމާލްގެ ޢާއިލާއަކީ ކުޑަ ޢާއިލާއެއް ނަމަވެސް ގެ އަކީ ގަނޑުވަރެއްފަދަ ބޮޑު އެހާމެ ރީތި ގެއެކެވެ. ވަގު ޑޮލަރު ވިއްކުމާއި، މަސްތުވާތަކެތީގެ އެކި ބާވަތްތައް ވިއްކާ ބޭނުންކުރުމަކީ ނިމާލްގެ މަންމައާއި ބައްޕަ އެކަމަށްގޮސް ކެނޑިފައި ތިބޭ ކަންކަމެވެ. އެމީހުންގެ ނަމުންނަމަ ޕާރޓީ ކުރުމަކީ ކޮންމެ ހަފްތާ ބަންދެއްގައި ގޭގެ ޓެރަސްގައި އޮންނަކަމެކެވެ. މިހުރިހާކަމެއް ކުރިން އަހަރެންނަށް ފެންނަމުންދިޔައީ އަހަރެންގެ ބައްޕަގެ ފަރާތުންނެވެ. އެކަންކަމަކީ ގޯސް ކަންތައްތައްކަން އަހަރެންނަށް ވިސްނައިދިނީ މަންމައެވެ. މަންމަ ވިސްނައިދިން ހުރިހާ ކަމެއް އަހަރެންގެ ސިކުޑިން ފޮހެލީ ނިމާލް ދައްކައިދިން ރަން ދުނިޔެއެވެ. މައިންބަފައިންނަށް ސިއްރުން ނިމާލްގެ ކޮޓަރީގައި އަހަރެމެން ދިޔައީ އެތަކެތީގެ އަޖުމަ ބަލަމުންނެވެ.

އުމުރުން ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ބަނޑުއަޅާވިހޭ މައިމީހާގެ ނަޞޭޙަތްތަކުގައި ކޮޅުންފައިން ޖަހަމުން ލާހޫރެމުންދިޔަ އަހަރެންގެ ކާޅުކަން ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. ފޭރުމާއި ވައްކަންތަކުން ލިބޭ ކާމިޔާބީތައް އަހަރެމެން ފާހަގަކުރަނީ ހޭކެނޑޭވަރަށް މަސްތުވެގެން ކުރާ ޕާޓީތަކުންނެވެ. އަހަރެންނާ ނިމާލްގެ ގޭންގް ބޮޑުވެ، ގުޅެމުންދިޔަ އަންހެން ކުދިންވީ އަހަރެމެންގެ ރަން ދުނިޔެ އިތުރަށް ފުރިހަމަކުރުވި ކަމަކަށެވެ. ޖިންސީ ގުޅުމުގެ އުފާވެރިކަން އޭގެ އެންމެ ނުބައިގޮތުގައި ހޯދަމުންގޮސް މަސްތުގެ ހާލުގައި އެޔެއް މިއެއް ވަކިކުރަން ނޭނގި ނިމާލްގެ މަންމައާއި ގާތްވެވުނީ ކިހިނެއްކަމެއް ޚުދު އަހަރެންނަށްވެސް ނޭނގެއެވެ. ކަންކަށިމަތީގައި އަޅާލި ހޫނު އެތިފަހަރާއެކީ ލިބިގެން ދިޔައީ މަރުގެ އިންޒާރެވެ. ނިމާލްގެ އެ ވަރުގަދަ ނުރައްކާތެރި އިންޒާރެވެ.

(ނުނިމޭ)

Share Article

Follow Me Written By

Hadhikko

Level 1

ވާހަކަ ލިޔުމާއި ވާހަކަ ކިޔުމަކީ އަބަދުވެސް ވަރަށް ޝައުޤުވެރިވާ ކަންކަމެވެ.

Other Articles

Previous

ވާނަން އުމުރަށް – 38 –

Next

ވަޢުދު (ފަންސަތިރީސްވަނަ ބައި)

Next
December 9, 2019

ވަޢުދު (ފަންސަތިރީސްވަނަ ބައި)

Previews
December 8, 2019

ވާނަން އުމުރަށް – 38 –

3 Comments!

  1. Maayaa says:
    December 9, 2019 at 10:50 am

    Woww..vrh reethi.. when is the next part

  2. Lamko says:
    December 9, 2019 at 9:26 pm

    Love it… story is good??

    1. Hadhikko says:
      December 9, 2019 at 10:27 pm

      Thank you lamko..?

Comments are closed.



All Right Reserved!