(9 ޑިސެމްބަރާ ގުޅޭ ) އުމުރުން ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ބަނޑުއަޅާވިހޭ މައިމީހާގެ ނަޞޭޙަތްތަކުގައި ކޮޅުންފައިން ޖަހަމުން ލާހޫރެމުންދިޔަ އަހަރެންގެ ކާޅުކަން ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. ފޭރުމާއި ވައްކަންތަކުން ލިބޭ ކާމިޔާބީތައް އަހަރެމެން ފާހަގަކުރަނީ ހޭކެނޑޭވަރަށް މަސްތުވެގެން ކުރާ ޕާޓީތަކުންނެވެ. އަހަރެންނާ ނިމާލްގެ ގޭންގް ބޮޑުވެ، ގުޅެމުންދިޔަ އަންހެން ކުދިންވީ އަހަރެމެންގެ ރަން ދުނިޔެ އިތުރަށް ފުރިހަމަކުރުވި ކަމަކަށެވެ. ޖިންސީ ގުޅުމުގެ އުފާވެރިކަން އޭގެ އެންމެ ނުބައިގޮތުގައި ހޯދަމުންގޮސް މަސްތުގެ ހާލުގައި އެޔެއް މިއެއް ވަކިކުރަން ނޭނގި […]
ދުރުދުރަށް ދެމިފައިވާ ރީތި ހުދު ދޮންވެލި ތުނޑީގެ އެންމެ ކޮޅުގައި އަހަރެން އިނީ ހިތްހަމަޖެހިގެންނެއްނޫނެވެ. ޚިޔާލާއި ފިކުރުތަކުގެ ވާފަށްތަކުން ފުރިފައިވާ ސިކުނޑި ހަމައަކަށް އެޅުވޭނެ ހަމަ އެއްވެސް ގޮތެއް އަހަރެންގެ ވިސްނުމަކަށް ނައެވެ. ވިސްނިވަރަކަށް އެ ވާފަށްތައް ދިޔައީ އޮޅުންބޮޅުންވަމުންނެވެ. ފެންނަން ނެތަސް ދަންމަޅިއެއް ކަރަށް މެހެމުންދާކަމުގެ އިޙްސާސް އަހަރެންނަށް ވަމުންދިޔައީ ބިރުވެރި ހުވަފެނެއް ފަދައިންނެވެ. ހަދާނެ އެއްވެސް ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ. ވާނީވެސް އެހެންނެވެ. އުމުރުން އެންމެ 10 އަހަރުގައި އަހަރެންނަށް “ދުނިޔެ ރަންވި” ހިސާބުން […]