Skip to content
އެސްފިޔަ

ޖުހާ އާއި ސަލާންޖާހާ މީހާ

އެއް ދުވަހަކު ސަލާންޖަހާ މީހަކު ޖުހާގެ ގޭގެ ދޮރުމައްޗަށް އަރާ ސަލާން ގޮވާލައިފިއެވެ.

ސަލާންޖަހާ މީހާ އައިސް ސަލާން ގޮވާލި އިރު ޖުހާ އުޅެނީ ގޭގެ މަތީ ބުރީގައެވެ.

“ކާކު؟ ކީއްކުރަން؟” ޖުހާ ގޭތެރެއިން ގޮވާލައިފިއެވެ.

“އައިސްފާނަންތަ ތިރިއަށް؟” ސަލާންޖަހާ މީހާ ބުންޏެވެ.

އޭނާ އެހެން ބުނުމުން ޖުހާ ތިރިއަށް ގޮސް ސަލާން ޖަހާ މީހާ އާ ބައްދަލު ކޮށްފިއެވެ.

“ކިހިނެއްވީ؟” ސަލާންޖަހާ މީހާ ކުރެން ޖުހާ އަހައިފިއެވެ.

“އަހަންނަކީ ވަރަށް ބޮޑު ނިކަމެއްޗެއް، ސަދަގާތެއްގެ ގޮތުން އަހަންނަށް އެހީއެއް ދޭތޯ!” ސަލާންޖަހާ މީހާ ބުންޏެވެ.

“އާދޭ އެތެރެއަށް.” ޖުހާ ބުންޏެވެ.

ޖުހާ އެހެން ބުނުމުން ސަލާންޖަހާ މީހާ ގޭތެރެއަށް ވަދެއްޖެއެވެ. ގޭތެރެއަށް ވަނުމުން މަށާއެކީ އަންނާށޭ ކިޔާ ޖުހާ ގޭގެ ސިޑިން މައްޗަށް އަރަން ފަށައިފިއެވެ. ސަލާން ޖަހާ މީހާ ވެސް ޖުހާގެ ފަހަތުން މައްޗަށް ދެއެވެ. މި ހެން ގޮސް އެމީހާ ގޮވައިގެން ގޮސް ގޭގެ ފުރާޅު މައްޗަށް އަރައިފިއެވެ.

ފުރާޅު މައްޗަށް އެރުމާއެކު ޖުހާ ބުނެފިއެވެ. “މަގޭ އަތަކު ދޭނެ އެއްޗެއް ނެތް.”

ސަލާންޖާހާ މީހާ މިހާ ހިސާބަށް މައްޗަށް އެރުވުމަށް ފަހު ދޭނެ އެއްޗެއް ނެތޭ ޖުހާ ބުނުމުން އޭނާ ވަރަށް ހިތްހަމަ ނުޖެހިއްޖެއެވެ. “ކީއްވެ ތިހެން ތިހެދީ؟ އަހަރެން ދޮރުމަތީގައި ހުއްޓާވެސް ތިޔަހެން ބުނެލެވުނީހެއްނު! ކީއްކުރަން މިހާ ހިސާބަށް އަރުވާފައި ތިހެން ތިބުނީ؟”

“އެހެން ވިއްޔާ ކީއްވެ’ އަހަރެން ތިރިއަށް ނުބާލާ، ތިޔަ ހޯދަން އުޅުނު އެހީއެއްގެ ވާހަކަ ނޭހީ؟ އެހެން ނަމަ މަށަށްވެސް އެއްޗެއް ނެތޭ ބުނެ ތިރިޔަށް ނުފައިބާ ފަރުޖެއްސުނީހެއްނު” ޖުހާ ސަލާންޖަހާ މީހާ އަށް ޖަވާބު ދިނެވެ.

Comments (5)

  1. qwwwyyn❤

    ahahaha???Can’t stop laughing at all…..varaaahh majaaa???lol

    1. Zidhan
      qwwwyyn❤

      ???

  2. Eash

    Hehe…aslu rangalhashey juhaa e hedhy..btw u r each and every story is awesome

  3. Nayaa

    ????????????????

  4. Kubey

    ވަރަށްމަޖާ

Comments are closed.