Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އިރު އޮއްސުމާއެކު 2 (އެޕިސޯޑް 08)

Kuduu dhon Level 1
December 17, 2019 3 Mins Read
5 Comments

(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..)

 

އެ އަންހެނާގެ ފަހަތުން ހާޒިމް ގޮސް އެ ޖިފުޓިއަށް ވަދުނެވެ. އެ ޖިފުޓިއަކީ މީގެ ކުރިން ހާޒިމް މިތަނުން ދެކިފައިވާ ޖިފުޓިއެއް ނޫނެވެ. ނަމަވެސް ބަލާބެލުމަށް އެ ޖިފުޓި ހީވަނީ ވަރަށް ޒަމާންވި ޖިފުޓިއެއް ހެންނެވެ.

އެ ތަނުގައި ހުރީ ފާނޫޒެއް ދިއްލާފައެވެ. އެ ފާނޫޒުގެ އަލިން އެ ކުޑަކުޑަ ޖިފުޓި އެކީގައި އަލިކޮށްދީފައި ވެއެވެ. ދޮރުކައިރީގައި ހާޒިމް ހުއްޓިލައިގެން ހުރި އިރު ކުރިމަތީގައި ހުރި ފިލައިން ހެދިފައިއޮތް އަށީގައި އެ އަންހެން މީހާ އިށީނދެގެން އިނެވެ. އޭނާ އާއި ޖެހިގެން އިނީ ފިރިހެނެކެވެ. އެއީ ކޮން ފިރިހެނެއް ކަމެއް ހާޒިމް އަކަށް ނޭނގެއެވެ. އެދެމީހުންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރި ކަމެވެ. ލޮތްބެވެ. އިރުކޮޅަކު އެދެމީން ވާހަކަ ދައްކަން ތިއްބެވެ. ނަމަވެސް ހާޒިމް އަކަށް އެމީހުން ދައްކާ ވާހަކަ އެއް އަޑެއް ނީވެއެވެ. އެހެން އިނދެފައި އެ އަންހެން މީހާ އެ ފިރިހެން މީހާގެ މޭމަތީގައި ބޯއަޅާލިއެވެ. އެވަގުތު އެތަނަށް އެހެން ފިރިހެނަކު އައިސް ހާޒިމް ކައިރިން އަޅާފައި ވަދެނެވެ. އޭނާ ވަދެފައި ހުއްޓުނީ އަށި ކައިރީގައެވެ.

ފަހުން ވަދެގެން އެއައި މީހާ ހުރީ ވަރަށް ރުޅިއައިސްފައެވެ. އެމީހާ ވަނުމާއެކު އަށީގައި އިށީނދެގެން ތިބި ދެމީހުން ތެދުވިއެވެ. އެދެމީހުން މޫނު މަތިންވެސް ފެންނަނީ ހިތްހަމަ ނުޖެހުމެވެ. އެތިން މީހުން ހަޅޭ ލަވާ ޒަވާބު ކުރަމުން ދިޔައިރުވެސް ހާޒިމްއަށް އެއިން އެއްވެސް އަޑެއް ނީވޭތީ ހާޒިމް ހުރީ ހައިރާން ވެފައެވެ. ހާޒިމް އަށް ރަނގަޅަށް ފަހުން ވަދެގެން އައި މީހާގެ މޫނަށް ބަލާލެވޭގޮތްވީ އިރުކޮޅެއް ފަހުންނެވެ. އެއީ ކާކުކަން ހާޒިމްއަށް ހަމަ ރަނގަޅަށް އިނގެއެވެ. އެއީ އަލިފުޅުބެކަން ހާޒިމްއަށް ހަމަ ޔަގީނެވެ. ނަމަވެސް އަލިފުޅުބެ ހުރީ ވަރަށް ޒުވާން ކޮންނެވެ. ބޮލުގައި އެއްވެސް ނުރައެއްވެސް ނެތެވެ. މިއީ ހަޤީގަތެއް ނޫނެވެ. ހާޒިމްއަށް ހަމަ ޔަގީނެވެ. މިއީ އެ ރޫހު ހާޒިމްއަށް ދައްކާ މަންޒަރު ތަކެކެވެ.

ބަލަން ނުހުރެ ހާޒިމް ދުވެފައި އެތަނުން ނުކުތެވެ. ބޭރަށް ނުކުތް އިރުވެސް ކުރިމަތީގައި ހުރީ އެ އަންހެން މީހާއެވެ. ކޮންމެތާކުންވެސް ހަމަ އެ އަންހެން މީހާއެވެ. “ކަލޭ ތިއީ ކާކު؟؟” ހާޒިމް ފުން ނޭވާއަކާއެކު އަހާލިއެވެ. އެ އަންހެނާ ހުރީ ހާޒިމްއާއި ކުރިމަތި ލައިގެންނެވެ. އެމީހާ ހާޒިމްއަށް އިށާރާތް ކޮށްލީ އޭނާގެ ގާތަށް އައުމަށެވެ. ހާޒިމްގެ ހިތް ބިރުން ވިރެމުން ދިޔައެވެ. ނަމަވެސް ހާޒިމް ދެތިން ފިޔަވަޅެއް ކުރިޔަށް އެޅިއެވެ. ހާޒިމް ގޮސް އޭނާގެ ކައިރީގައި ހުއްޓިލުމާއެކު އޭނާ ބަލައިލީ އޭނާގެ ކަނާތް ފަޅިއަށެވެ. ހަޒިމްވެސް ބަލައިލީ އެދިމާލަށެވެ.

އެއީ ހަމަ އުނގޫފާރުން ފެނުނު މަންޒަރެވެ. ތިން ފިރިހެނުން އެ އަންހެން މީހާގެ ގައިގައި ތަޅާ މަންޒަރެވެ. ހާޒިމްގެ ކުރިމަތީގައިވެސް ހުރީ ހަމަ އެ އަންހެނާއެވެ. ހާޒިމްގެ ވާތް ފަޅިންވެސް މި ފެންނަނީ ހަމަ އެ އަންހެނާއެވެ.

“އެއީ އަހަރެން މިބުނާ ތިން އަނިޔާވެރިން.. އަހަރެންގެ ގާތިލުން..” ފުރަތަމަ ފަހަރަށް އެ އަންހެނާ އަނގައިން ބަހެއް ނުކުތެވެ. “ދެން ކީއްކުރަން މަށަށް ތިހުރިހާ އެއްޗެއް ތި ދައްކަނީ.. ކަލެޔާ ހެދި މިހާރު އުޅެން އުނދަގޫ ވެއްޖެޔޭ…” ހާޒިމް ރުޅިއައިސްހުރެ ވާހަކަ ދައްކަމުން ދިޔައެވެ. “އެ ތިން މީހުން އަހަރެން މަރާލީ އަހަރެންގެ އެއްވެސް ކުށެއް ނެތި.. ހަމަ އެއްވެސް ކުށެއް ނެތި..” އެމީހާ ދައްކަމުން ދިޔައީ އޭނާގެ އަމިއްލަ ވާހަކަ ތަކެވެ. ހާޒިމް ދައްކާ އެއްވެސް ވާހަކަ އަކަށް އޭނާ ޖަވާބެއް ނުދެއެވެ.

“ކޮން ބައެއްތަ ކަލޭ މަރާލީ…؟” ހާޒިމް ހަޅޭއް ލަވައިގަތުނެވެ. “ކަލޭ ބަފާމެން..” އެ އަންހެނާވެސް ހަޅޭލަވައިގަތުނެވެ. “އާނނނ…. އެއީ ނުލަފާ ބައެއް. ކަލޭ ބަފަޔާ އާހިލް ބަފަޔާ އަލިފުޅާ.. އެއީ ތިން ޖާހިލުން..”

“ހުއްޓާލާ…” ހާޒިމް މިހެން ބުނެފައި ދުއްވައިގަތުނެވެ. ގެޔާ ދިމާލަށެވެ.

ގެޔަށް ވަތް އިރު ހާޒިމްގެ މަންމައާ އަލިފުޅުބެ ގޭގައި ތިއްބެވެ. “ކީއްކުރަން އެ އަންހެނާ މަރާލީ..؟ އަހަންނަށް މިހާރު ހުރިހާ ކަމެއްވެސް އިނގޭ..” ހާޒިމް ރުޅިއައިސްހުރެ ވާހަކަ ދެއްކިއެވެ.

“ހަމަ ޖެހިބަލަ ހާޒިމް… އެރޫހު ދައްކާ މަންޒަރުތަށް ގަބޫލު ނުކޮށްބަލަ..” އަލިފުޅުބެ ހާޒިމްއަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ. “ދެން ކާކުގެ ވާހަކަ އެއް ގަބޫލު ކުރަންވީ؟؟” ހާޒިމް ހަމަހިމޭން ވެލިއެވެ.

********************

އޭރު ހާޒިމްގެ އުމުރުން އެންމެ ދެ އަހަރެވެ. ހާޒިމްގެ ބައްޕަ ހާލިދު އާއި އާހިލްގެ ބައްޕަ ޒާކިރު އާއި އަލިފުޅަކީ  އެންމެ ގާތް ތިން އެކުވެރިންނެވެ. ކޮންމެ ރެއަކު އިރު އޮއްސޭވަގުތު ތިން އެކުވެރިން މަހަށް ދިއުމަކީ އެމީހުންގެ އާދައެކެވެ.  އެއްދުވަހަކު ތިން އެކުވެރިން މަސްބާނަން ދިޔައިރު އަންހެނެއްގެ ލާލާ ކިޔުމުގެ އަޑު އިވުނެވެ. ތިން އެކުވެރިން ދިމަދިމަ ހޮދާލިއެވެ. އިވެމުން އެދަނީ ތުނޑީގެ ރާޅުޖަހާފަށުގައި އޮތް ކަނދުފައްޗެއްގެ މަތީގައި އިން އަންހެނަކު ކިޔަމުންދާ ރާގެއްގެ އަޑެވެ. ތިން އެކުވެރިން އޭނާއާއި ކައިރިއަށް ދިޔައެވެ. އޭނާ އެރާގު ކިޔަމުން ދިޔައީ ވަރަށް އަސަރާއެކު ލަސްލަހުންނެވެ. އޭނާގެ ކައިރީގައި ފިރިހެނަކާއި އަންހެނަކު ބިންމަތީގައި އޮތެވެ.

“ކިހިނެއް ވެފަ އިން ކުއްޖެއް.؟” އަލިފުޅު އަހާލިއެވެ. އެވަގުތު އެ އަންހެނާ ރޯން ފެށިއެވެ. “މީ އަހަރެންގެ ކޮށްކޮއާ އޭނަގެ ފިރިމީހާ.. އެތިބީ މަރުވެފަ.. އެންމެން ނުކުތީ މަޖާކޮށްލަން ދަތުރު. އެކަމަކު ދަތުރުގެ ވަކި ހިސާބަކުން ކަނޑުގަދަވެ އެންމެން ބެހިގެން ދިޔައީ.. އަހަރެމެން ތިންމީހުންނަށް އެރުނީ އެއް ކަނދުފައްޗަކަށް. އެމީހުނަކަށް ނޭނގެ ފަތާކަ. މަރުވިކަން އެނގުމުންވެސް އަހަރެން އެތަށް ހިއްވަރެއް ކޮށްގެން މިހިސާބަށް މިގެނައީ…”

އެރޭ އެ އަންހެނާ ގޮވައިގެން ތިން އެކުވެރިން ދިޔައީ ފަން ޖިފުޓިއަށެވެ. އަދި އެ އަންހެނާއާއި ނަހަމަ ގުޅުން ހިންގަން މަސައްކަތް ކުރުމުން އެ އަންހެނާ އެކަމާ ދެކޮޅު ހެދިއެވެ. އެކަމުގެ ސަބަބުން އެ ތިން އެކުވެރިން އެ އަންހެނާއަށް އަނިޔާ ކުރިއެވެ. ނަމަވެސް އަނިޔާ ކުރީ އޭނާ މަރާލާކަށް ނޫނެވެ. ކަން ދިމާ ކުރިގޮތުން މަރުވީއެވެ.

މިއަދު މިހިނގާ ހުރިހާ ނާމާން ކަމެއްގެ ފަހަތުގައިވެސް ވަނީ އެ އަންހެނާގެ ރޫހެވެ. ހާޒިމްއަށް އެވާހަކަތަށް އަލިފުޅު ކިޔައިދިނެވެ. އަދި އެ ރޫހު އެރޭ އަންދާވެސް ލިއެވެ. ހާޒިމްއަށް އެކަމުން އަމާންކަން ލިބުނީ ދެނެވެ.

 

ނިމުނީ

Share Article

Follow Me Written By

Kuduu dhon

Level 1

Other Articles

Previous

އިރު އޮއްސުމާއެކު 2 (އެޕިސޯޑް 07)

Next

ވަޢުދު (އަށުތިރީސްވަނަ ބައި)

Next
December 18, 2019

ވަޢުދު (އަށުތިރީސްވަނަ ބައި)

Previews
December 17, 2019

އިރު އޮއްސުމާއެކު 2 (އެޕިސޯޑް 07)

5 Comments!

  1. Yan says:
    December 17, 2019 at 3:29 pm

    Varah reethi Masha Allah ?♥️?

  2. Menipulated says:
    December 17, 2019 at 3:45 pm

    Cool

  3. Umny ??? says:
    December 17, 2019 at 4:41 pm

    It was finished? So sad enme kiyaa hiyy vaa hisaabah dhiyaeema thi ninmaalee

    1. kuduu dhon says:
      December 18, 2019 at 10:09 am

      yes.. e nimunee mulhi vaahaka

  4. Xoona says:
    January 18, 2020 at 11:17 am

    Vrh salhi masha allah nd enme reethi hisaabah dhiyaeema enimunee very sad beynumeh noon ehisaabakun nihmaalakah so mikahala reethi vaahaka eh liyan chey kuduu dhon liyaa vaahaka vrh ves reethi masha allah

Comments are closed.



All Right Reserved!