ވަނަވަނަ – ޕާޓް 02
މިއީ އަޅުގަނޑު “އަޞްފާލިލް ޖަޖު” އެސްފިޔަ ސައިޓަށް ބޭފުޅުން އަޕްލޯޑު ކުރައްވާފައިވާ ވާހަކަތަކުގެ ތެރެއިން ކިޔުންތެރިންގެ މަދުގައި އެންމެ ބޮޑަށް މަގުބޫލު ވެފައިވާ ވާހަކަތަށް ކިޔުންތެރިންނަށް އަންގައިދިނުމަށް ތައްޔާރު ކުރަމުން ގެންދާ ސީރީޒެކެވެ.
މިފަހަރުގެ ވަނަވަނަ ރިޕޯޓުގައި ވާދަ ކޮށްފައިވާނީ 21 ނޮވެމްބަރުން ފެށިގެން 25 ނޮވެމްބަރުގެ ނިޔަލަށް އެސްފިޔަ.ކޮމް އަށް އަޕްލޯޑު ކުރެވިފައިވާ ވާހަކަތަށް އެކުލަވާލައިގެން މުޅި ޖުމްލަ 31 ވާހަކައެކެވެ. ވަނަވަނަ ހޮވިފައިމިވަނީ އަޕްލޯޑު ކުރެވިފައިވާ ވާހަކަތަކަށް 30 ނޮވެމްބަރުގެ ނިޔަލަށް ލިބިފައިވާ ވިއުސް، ލައިކްސް އަދި ކޮމެންޓުން ޕަސެންޓޭޗް ނަގައިގެންނެވެ. ކޮމެންޓް ގުނާއިރު ވާހަކަ އަޕްލޯޑު ކުރި ފަރާތުން ވާހަކައަށް ކޮށްފައިވާ ކޮމެންޓްސް ނުގުނޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހާހިސާބުން މިފަހަރުގެ ގަދަ ފަހެއް ބަލާލަމާ ހިންގަވާށެވެ.
05ވަނަ: ލޯބި ނުވެވުނު ނަމަ -8
މިވާހަކަ އަކީ ލޯބީގެ ރަހަތަށް ހިމެނޭގޮތަށް –ޝާ- އަޕްލޯޑު ކުރައްވަމުން ގެންދަވާ ސިލްސިލާ ވާހަކައެކެވެ. މިހާތަނަށް ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ކިޔަމުންދާ މިވާހަކައިގެ މިބައި ނިމިފައިވަނީ ވަރަށް ކުރުގޮތަކަށެވެ. ނަމަވެސް ޔޫން މަރުވިކަން ސުހާއަށް އެނގުމުން ސުހާގެ އަމަލުތަށް ދެން ހުންނާނެ ގޮތް ބެލުމަށް ހުރިހާ ކިޔުންތެރިން ތިބޭނީ ވަރަށް ކެތްމަދުވެފައިކަން ޔަގީނެވެ.
21 ނޮވެމްބަރުގައި އަޕްލޯޑު ކުރެވިފައިވާ މިވާހަކަ 30 ނޮވެމްބަރުގެ ނިޔަލަށް ވަނީ އާންމުންގެ 91 ލައިކްސް އާއި 12 ކޮމެންޓްސް ހޯދާފައެވެ. އަދި 1494 ވިއުސްވެސް މި ވާހަކައަށް ލިބިފައި ވެއެވެ.
މިއަދުވެ 5 ވަނައިން މިވާހަކަ ޖާގަ ހޯދާފައި މިވަނީ %77.62 މާރކްސް އާއިއެކުއެވެ.
04ވަނަ: ރާސްތާ2 ސަތާރަވަނަ ބައި
މިވާހަކަ އަކީވެސް އެސްފިޔައިގެ ގިނަ މަގުބޫލުކަން ހޯދާ ވާހަކަ ތަކެކޭ އެއްފަދައިން ވަރަށް ލޯބީގެ ވާހަކައެކެވެ. –ކިޔާރާ- އަޕްލޯޑު ކުރައްވަމުން ގެންދަވާ މިވާހަކަ ސީރީޒަކީ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަނެފައިވާ ވާހަކައެއްކަން މިވާހަކައަށް ލިބިފައިވާ ކޮމެންޓްތަކުން ވަރަށް ރަނގަޅަށް އެނގެއެވެ.
30 ނޮވެންބަރުގެ ނިޔަލަށްވެސް އާންމުންގެ 11 ކޮމެންޓް މިވާހަކައަށް ލިބިފައި ވެއެވެ. މީގެ އިތުރުން މިވާހަކަ ވަނީ 1752 ވިއުސްއާއި 93 ލައިކްސްވެސް މި ކުރު މުއްދަތުގެ ތެރޭގައި ހޯދާފައެވެ.
މިއަދުގެ 04 ވަނައިގައި މިވާހަކަ މިއޮތީ %77.93 މާރކްސް އާއި އެކުގައެވެ.
3ވަނަ: ވަޢުދު (އެއްތިރީސްވަނަ ބައި)
މިވާހަކަ އަކީވެސް ލޯބީގެ ހާދިސާތަކެއް ހިމެނޭ ގޮތަށް –ޖަނާ- އެކުލަވާލައި އަޕްލޯޑު ކުރަމުންދާ ސިލްސިލާ ވާހަކައެކެވެ. މިވާހަކައިގައި ލޯބީގެ އިތުރުން ދީނީ ކަންތަށްތަށްވެސް ހިމެނިފައިވެއެވެ. އެހެން ގިނަ ވާހަކަތަކާ އަޅާ ބަލާއިރު މިވާހަކައިގެ ކޮންމެ ބަޔަކަށްވެސް އާންމުންގެ ވިއުސް މާ އިތުރެވެ. އެގޮތުން މިބަޔަށްވެސް މިހާތަނަށް 3474 ވިއުސް ލިބިފައި އެބަވެއެވެ. މިވާހަކައަކީ މިއަދުގެ ވަނަވަނަ ރިޕޯޓުގައި ހިމެނުނު ވާހަކަ ތަކުގެ ތެރެއިން ދެވަނަޔަށް އެންމެ ގިނަ ވިއުސް ލިބިފައިވާ ވާހަކަވެސް މެއެވެ.
މީގެ އިތުރުން މިހާތަނަށް މިވާހަކައަށް 96 ލައިކްސް އާއި 12 ކޮމެންޓްސް ވެސް ލިބިފައިވެއެވެ. މިއަދުގެ ފަހުރުވެރި ތިންވަނަ މިވާހަކަ ހާސިލް ކޮށްފައި މިވަނީ %84.84 މާރކްސްއާއި އެކުގައެވެ.
2ވަނަ: ކީއްވެހޭ؟ – 1
މިއީ ހިތާމަޔާ ލޯބި ހިމެނޭ ގޮތަށް –މަލްސާމަލްކކޮމަލް- އަޕްލޯޑު ކޮށްފައިވާ ވާހަކަ އެކެވެ. ކުރުގޮތަކަށް މި ސިލްސިލާ ވާހަކައިގެ މިބައި ނިންމާލާފައި ވާއިރު ގިނަ ބަޔަކު ދަނީ ދެން ވާނެގޮތަކާއިމެދު ސުވާކު އުފައްދަމުންކަން މިވާހަކައަށް ލިބިފައިވާ 105 ކޮމެންޓް ތެރެއިން ގިނަ ކޮމެންޓުން ހާމަވެއެވެ.
%94.69 މާކްސްއާއި އެކު މިވާހަކަ މިއަދުގެ ޗާޓުގެ 2ވަނައިގައި އޮތް ނަމަވެސް މުޅި ޗާޓުންވެސް އެންމެ ގިނަ ކޮމެންޓް ހޯދާފައިވަނީ މިވާހަކައެވެ. މީގެ އިތުރުން 1488 ވިއުސްއާއި 83 ލައިކްސްވެސް މިވާހަކަ ހޯދާފައި ވެއެވެ.
01ވަނަ: ވަޢުދު (ތިރީސްވަނަ ބައި)
މިއަދުގެ ޗާޓުގެ ފަހުރުވެރި އެއްވަނަ ހޯދާފައި މިވަނީ ޗާޓުގެ ތިންވަނައިންވެސް ޖާގަ ހޯދި މިރީތި ސިލްސިލާ ވާހަކައިގެ ބައެކެވެ.
މިވާހަކަ ވަނީ މިހާތަނަށް 22 ކޮމެންޓްސް ހޯދާފައެވެ. ކޮމެންޓްގެ ގޮތުން އެންމެ ކުރި މިވާހަކައަށް ނުލިބުނު ކަމުގައިވިއަސް މިއަދުގެ ޗާޓުގެ އެންމެގިނަ ވިއުސް އަދި ލައިކްސްވެސް ހޮދާފައިވަނީ މިވާހަކައެވެ. އެއީ 112 ލައިކްސް އާއި 4007 ވިއުސްއެވެ.
މިވާހަކައަށް ލިބިފައިމިވާ ފަހުރުވެރި ވަނަތަކާއެކު މިވާހަކަ އަޕްލޯޑު ކުރަމުންދާ –ޖަނާ- އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.
މިއަދުގެ ވަނަވަނައަށް ދިޔަ ހުރިހާ ވާހަކައެއް ލިޔުއްވި ބޭފުޅުންނަށްވެސް ވަކިވަކިން މަރުހަބާ ދަންނަވަމެވެ.
-ޝުކުރިއްޔާ-
3 Comments!
Comments are closed.

Congratss all ??? esfiya.com ge faraathun vrh edhevey kameh mii… alfaalil jajah vx bunelan othy vrh bodah thank you ey… mihaa insaafu veri koh kanthah kohdheh va vaathy ☺☺?
congratss all… idea eh dhiifaanan… monthly top 5 or weakly top 5 hovan v nun… vrh salhi vaane eyrun… esfiya teamge faraathun vrh edhevey kameh mii ???
thee varah ragalhu idea eh. monthly koh jahsaanama varah gina story hunnaane. v udhagoo vaane. ehenveema konme 5 dhuvahakun jassan mi visnanee