11 ފިރިހެނުން
ނޯޓް: މީ އަޅުގަނޑުގެ އަމިއްލަ ޚިޔާލަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.
އަހަރެން އަކީ އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް އެކްޓް ކުރުމަށް ވަރަށް ޝައުޤުވެރި ވާ ކުއްޖެއް ކަމުން އަހަރެންގެ ގިނަ ވަގުތުތައް އަހަރެން ހޭދަ ކުރަމުން ގެންދިޔައީ އެކަނި މާއެކަނި ލޯގަނޑުގެ ކުރިމަތީ ގައި އަހަރެންގެ ހުނަރުވެރިކަން އަހަރެންގެ އަމިއްލަ ނަފުސަށް ދެއްކުމުގަ އެވެ. ކުޑައިރުށްސުރެ ދެކެމުން ދިޔަ ހުވަފެން ހަޤީޤަތަށް ހެދުމަށްޓަކައި ނުހަނު ބުރަ މަސައްކަތް ތަކެއް އަހަރެން ކުރަމުން ގެންދިޔަ އެވެ. ފިލްމަކުން ނަމަވެސް ޖާގައެއް ލިބޭތޯ އަހަރެން އިންތިހާއަށް މަސައްކަތް ކުރީމެވެ. އެކި ޑައިރެކްޓަރުން ގާތަށް ގޮސް ފުރުސަތެއް އޮތްތޯ ބަލަމުން ގެންދިޔައީމެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔަ އެވެ. އަހަރެން ކުރި ބުރަ މަސައްކަތުގެ ނަތީޖާގައި އެއްވެސް ފޮނިކަމެއް ނުލިބުނެވެ. އޭގެ ބަދަލުގައި އަހަރެންގެ ކަރުން ލީ ހިތި ރަހަ އެވެ. ވީ ވަރުބަލި އެވެ. ލޯނގަޑު ކުރިމަތީގައި ހަމަ އެކަނި މޮޅު ފަންނާނެއްގެ ގޮތުގައި މުޅި ޒުވާން ދުވަސްތައް ބޭކާރު ކޮށްލާ ކަށް އަހަރެންގެ ހިތް ނޭދުނެވެ. އެހެންކަމުން އަހަރެންގެ ހުވަފެން ތަކުގައި ކުލަ ޖައްސަން އަނެއްކާ ވެސް އަހަރެން މަސައްކަތް ފެށީމެވެ.
އެނގޭ ހެއްޔެވެ؟؟؟ އަހަރެން މިފަހަރު ކުރީ ހަމަ އެކަނި އާދޭހެއް ނޫނެވެ. ރޮއި ގިސް ލަމުން ކަރުނަ އެޅީމެވެ. އެ މީހުންގެ ދެފައި ބުޑަށް ވެއްޓިފައި އާދޭހުގެ ބަސްތަކުން އެމީހުންގެ ހިތުގައި ކޫރެއް އެޅޭ ވަރަށް އަހަރެންގެ މަސައްކަތް އަހަރެން ކުރިއަށް ގެންދިޔައީމެވެ. ވަރަށް ނަސީބުގަދަ އެވެ. އަހަރެންގެ ލޮލުން ފޭބި ކަރުނަ ތަކުގެ ނަތީޖާ ވަރަށް ފޮންޏެވެ. އަހަރެންގެ ހުވަފެނުގައި އަހަރެން ކުރެހި ކުރެހުން ތަކުގައި ކުލަޖެހި މަންޒަރު ޗާލު ވާން ފަށައިފި އެވެ. ލޯގަނޑުގެ ކުރިމަތީގައި އަހަރެންގެ ފަރި ހަރަކާތްތަކުން ޝޯހް ކުރަވަމުން ދިޔަ އަހަރެންގެ އަމިއްލަ ހިތް އެތައް ބަޔަކަށް ހުޅުވެމުން ދާ ކަމުގެ އިޙުސާސްތަކެއް އަހަރެންނަށް ވާން ފަށައިފި އެވެ. އާނއެކެވެ. އަހަރެންގެ ނަސީބު އަސްލު ވެސް ހަމަ ގަދައީ އެވެ. އަހަރެންނަށް ފިލްމަކުން ފުރުސަތު ލިބުނީ އެވެ. އެވެސް ބަޠަލާ އެއްގެ ރޯޅުންނެވެ. ފޮނި ނުވާން ވީ ސަބަބެއް އެބައޮތް ހެއްޔެވެ؟؟ ހިތަށް 100 ކިލޯގެ ހަކުރު ބަސްތާ އެއް އަޅައި، މުޅި ހަށިގަނޑުން ދިޔައި ހަކުރު ކެކޭ ވަރު ނުކުރަން ވީ ކީއްވެ ހެއްޔެވެ؟ މި ހާޞިލު ވީ އަހަރެންގެ ބޮޑު އުއްމީދެކެވެ. ބޮޑު ހުވަފެނެކެވެ.
ކޮޓަރީގެ ލޯގަނޑު ދޫކޮށް އަހަރެންގެ ހަށިގަނޑުގެ ރީތި ބައްޓަން މި ފައުޅުކޮށް ލަނީ ކޮލިޓީގެ ގޮތުން ހަބޭސް ފަދަ މޮޅެތި ކެމެރާ ތަކުގެ ކުރިމަތީގަ އެވެ. އަހަރެން ހަޤީޤަތުގައި ވެސް ވަރަށް އުފާ ވީމެވެ. ވަރަށް ހިތްހަމަ ޖެހުނީމެވެ. އަދި އަހަރެންގެ ފޮނިކަން އަހަރެންގެ އިޚުތިޔާރުން ގެއްލި ގާދޫ ކޮޮޮޮޮޅުން ބެހިގެން ދިޔަ އެވެ. ތަފާތު މޮޅެތި ރޯލްތަކަށް ޑައިރެކްޓަރ ބުނަމުން ދިޔަ ގޮތަށް އަހަރެންގެ ހުނަރުވެރިކަން ދައްކަމުން ދިޔައިރު، އަހަރެންގެ ފަރާތުން ފެންނަމުން ދިޔަ މޮޅު އެކްޓިން އަށް މުޅި ފިލްމްގެ ކުރޫވެސް އޮތީ ބަސް ހުއްޓިފަ އެވެ.
ފިލްމީ ދުނިޔޭގައި އަހަރެން ފިޔަ ޖަހަމުން ގޮސް އެންމެ އުހުގައި ވިދަން ނެގީ ވަރަށް މަދު ދުވަސްކޮޅެކެވެ. އަހަރެން ކުރިން އާދޭސް ކުރަމުން ދުވި މީހުން މިއަދު އަހަރެންގެ ފަސް ފަހަތުން ނުނެއްޓެއެވެ. އެތަކެއް ފިލްމު ތަކަކުން އަހަރެންނަށް ފުރުސަތު ލިބެމުން ދިޔައީ އުޑުން ވާރޭ ވެހޭ ފަދަ ބީދަ އަކުން ނެވެ. އަހަރެންގެ ކާމިޔާބީ އާއި ހުރެ މަގުމައްޗަށް ނިކުތުން އަހަރެންނަށް ދަތި ކަމަކަށް ވިއެވެ. އަހަރެންގެ ނަމުން ގޮވައި ، ސެލްފީ ނެގުމަށް އެދި ދެ ޖިންސުގެ މީހުން ވެސް އާދޭސް ކުރަނީ އެވެ. އެކަމާއި ހުރެ އަހަރެންގެ ބޯ ހީވަނީ ފަޅައިގެން ގޮސް ދާނެހެންނެވެ. އަހަރެން ފަދަ މަޝްހޫރު މީހުންނަށް އުނދަގު ނުކުރުމަށް އަހަރެން ބައެއް ފަހަރު އެގޮތަށް އުޅޭ މީހުން ގާތުގައި ބުނަމުން ދިޔައީމެވެ. އެހަރެން ހާދަ ފޮންޏޭ ރައްދުގައި އެމީހުން ބުނުމުން އަހަރެންގެ ހަށިގަނޑުގައި ހަކުރުގެ ބާވަތްތައް އިތުރަށް ގިނަވެއެވެ. އާނއެކެވެ. އަހަރެންނަކީ ވަރަށް ފޮނި މީހެއްކަން ޚުދު އަހަރެން ވެސް ޤަބޫލުކުރަމެވެ.
މީހުން ކިޔާތީ އަހަރެން އަބަދުވެސް އަޑު އަހަމެވެ. ފިލްމީ ދާއިރާ އަކީ އިޚުތިޔާރު ކުރަން ރަނގަޅު ދާއިރެއް ނޫންކަމެވެ. އެކަމު އެއީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކައެކެވެ. އަޚުލާޤު ރަނގަޅުކޮށް މި ދާއިރާގައި ވެސް އުޅެވޭނެއެވެ. އަހަރެންގެ އާއިލާ އަބަދުވެސް އަހަރެންނަށް ދޭ ހެޔޮ ނަސޭހަތްތައް އަބަދުވެސް އަހަރެން އަޑު އަހަމެވެ.
***
1 އަހަރު ފަހެވެ. އަހަރެންގެ ދިރިއުޅުމަށް ނުހަނު ބޮޑެތި ބަދަލުތަކެއް އަންނަން ފެށި އެވެ. ބޭރުގައި ފިރިހެނުންނާއި އެކު އުޅުން ގިނަވެއްޖެ އެވެ. ރިސޯޓްތަކަށް ދިޔުމާއި އެކި ކަހަލަ ދަތުރުތައް ރައްޓެހިންނާއި އެކު ދިޔުން އާންމު ވެއްޖެ އެވެ. ހިތާމައަކީ އަހަރެންނަށް އިޚުތިޔާރު ކުރެވުނީ ނުރަނގަޅު ރައްޓެހިން ކަމަށް ވުމެވެ. އަހަރެންގެ މުޅި އާއިލާ ކަރުނައިގެ ކޯރަކަށް ވައްޓާލަމުން އަހަރެން ޑްރަގް ބޭނުން ކުރަން ފެށީމެވެ. މާގިނަ ދުވަސްތަކެއް ނުވަނީސް ފުލުހުން އަހަރެން ހައްޔަރު ކުރި އެވެ. އެވާހަކަ މުޅި މީޑިޔާގައި ވައިރޯޅި އެއްހެން ފެތުރުނެވެ. އެކަމަށް “އަހަރެން އައި ޑޯންޓް ކެއާރ އޭ ” ހިތުން ބުނީމެވެ. ޝަރީޢަތުގެ މަޖިލީހުގައި އަހަރެން ދަޢުވާ އަށް އިންކާރު ކުރީމެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި އަހަރެން ދުވަސް ކޮޅަކު ހޭދަކުރުމަށް ފަހު އަހަރެން ދޫކޮށްލި އެވެ.
” ކޮބާ؟؟ ނެތްތަ ކަމެއް؟؟؟ ޕާޓީއެއް ހިންގާލަން ވީނު؟؟ ” އަހަރެންގެ ރަޙުމަތްތެރިއަކަށް ގުޅަމުން އަހަރެން ވާހަކަދެއްކި އެވެ.
” ނޫނޭ…. އާދޭ މިރޭ…. އެބައޮތް ޕާޓީއެއް… ވަރަށް ފަން ވާނެ… ” އަހަރެންނަށް ލިބުނީ އަހަރެންގެ ހިތް އުފާވާނެ ފަދަ ޖަވާބެކެވެ.
ދުވާލުގެ އަލިކަމުން ކަޢުނު އަލްވަދާޢު ކިޔައި ރޭގަނޑުގެ އަނދިރި ކަމަށް ޖާގަ ދިނެވެ. ވަރަށް ނަލަވެލައިގެން އަހަރެން މިސްރާބު ޖެހީ ރަޙުމަތްތެރިޔާ ބުނި ގެސްޓް ހައުސްއަށް ދިޔުމަށެވެ.
” ވެލްކަމް ބޭބީ… ” ގެސްޓް ހައުސްގެ ކޮޓަރިއަށް ވަނުމާއި އެކު އަހަރެންނަށް މަރުޙަބާ ކީ 11 ފިރިހެނުންގެ ލަޝްކަރަކުންނެވެ. އަހަރެންގެ ހިތް އުފަލުން ފޮޅުނު ކަހަލަ އެވެ. 11 މަސް ދުވަހަށް ވާ ވަރަށް އަރާމާއި އުފާ އަހަރެންނަށް ލިބޭނެ ކަމަށް އަހަރެންގެ ހިތް ބުނުމުންނެވެ. ކަންތައް ވީ ވެސް ހަމަ އެހެންނެވެ. އަހަރެންނަށް އެކްޓް ނުކުރެވޭނޭ ބުނެ އަހަރެންގެ ހުނަރަށް ސުވާލު އުފެއްދި މީހުންގެ އަނގަ ބަންދު ކޮށްލުމަށް، އަހަރެން 11 ފިރިހެނުންނާއި އެކު ކޮޓަރީގައި އެކްޓް ކޮށްލަން ނިންމިއެވެ.
އިސާހިތަކު ރަލާއި މަސްތުން އަހަރެންގެ ދުނިޔެ ގިރިޓީ ވެއްޖެ އެވެ. 11 ފިރިހެނުން ފެށީ ލޯބީގެ ބާރުދަގަ ހަނގުރާމައެކެވެ. 11 ފިރިހެނުން ވެގެން ހަނގުރާމައިގެ ލަޝްކަރު ރުކުރުވާލަމުން އަހަރެންގެ ހަށިގަނޑުގެ އެކި ހިސާބުތަކަށް ހަމަލާ ބަދަލު ކުރަން ފެށިއެވެ. އަހަރެންނަށް ހާދަ ތަދެއް ވިއެވެ. ހާދަ ޒަޚަމެއް ލިބުނެވެ. އެހެނަސް އެއީ ލޯބީގެ އަނިޔާއެވެ. ލޯބީގެ އުފާވެރިކަމުގެ ތަދެވެ. ހަނގުރާމަ ނުނިމެނިސް ފުލުހުން ކޮޓަރިއަށް ވަދެ އަހަރެން ވެސް ހައްޔަރު ކުރިއެވެ. އަހަރެންނަށް އެ ވަގުތު ވެސް ހެދުނީ ދޮގެކެވެ. މި ހިނގަމުން މިދަނީ ހޮލީވުޑްގެ ފިލްމެއްގެ ސީންއެއް ކަމަށް މަސްތު ޙާލުގައި އަހަރެންނަށް ބުނެވުނެވެ. ފުލުހުން އަހަރެން ގޮސް ވެއްދީ ޖަލަށެވެ.
އެއާއި އެކު އަނެއްކާ ވެސް ސޯޝިއަލް މީޑިޔާ ކެކި އުތުރެން ފެށި އެވެ. އަހަރެންނަށް ޖޯކު ޖަހަމުން ދިޔަ އެވެ. 11 ފިރިހެނުންގެ ވާހަކަ ދައްކާނެ މީހެއް ނެތެވެ. ހުރިހާ ވަރެއް ބާލަމުން ދިޔައީ އަހަންނަށެވެ. އާނކެވެ. އަހަރެން މަޝްހޫރު މީހަކަށް ވީމަ ވާނީ އެހެންތާ އެވެ؟ އެކަމު އެއީ އިންސާފެއް ނޫނެވެ. އަހަރެންގެ ސަބަބުން މުޅި ފިލްމީ ދާއިރާގެ ނަން ކިލަނބު ވާކަށް އަހަރެން ނޭދެމެވެ. މިއަދު އަހަރެން ހަޤީޤަތުގައި ވެސް ވަރަށް ހިތުގައި ޖެހިއްޖެ އެވެ. އެތައް ބަޔެއްގެ މަލާމާތުގެ ތުންފުށްސަކަށް އަހަރެން ވީމަ އެވެ. އެކަމު ވީ ކަމެއް ނުވާ ކަމަކަށް ނުވާނެވެ. ފިރިހެނުންގެ ދުވަހު، 11 ފިރިހެނުން ހަޤީޤަތުގައި ވެސް އަހަރެން ކަތިލައިފި އެވެ. 11 ހަތިޔާރުން އަހަރެންގެ މުސްތަޤުބަލު ވެސް ކަތިލެވި ނިމިއްޖެ އެވެ.
ނިމުނީ
9 Comments!
Comments are closed.


Hiyaaly vaahakaekay bune olhuvaalafa miothy. Hama seedha MAL ge vaahaka liyefa mi othy. Liyun theriyaa MAL ahvure nubai vefa miothy.
Mee hama mal ge story eh nun????
ehkala film kulhey mal dhw…
konme anhenakuves neelameygaa onna fonifenmaluge ihzathakykobaa mi madhaha adu ahaalun v muhinmu
Eyy yh miaky ehkala film kulhey mal ge story dhw….kiyaaleema mi inguny….hehhehe
“Mee alhuganduge amihlla hiyaalah liyefaivaa hiyaalee vaahaka ekeve.” What does this mean?mee hama filmee thari maleehaa ge vaahaka…eki changes genesgen liyefa mi miothy..
V salhi..???????.. Mee geïn mi kiyaadheny film star maleehaa ge vaahaka dhw???????… Aslu vx Hama habeys…..???????..
filmy thari mal ge vaahaka dhw meeke
11 firihenunnnaaaeku haihyaru kuri vaahaka
hama habeys ingey mi story
Ekamaku Vaa….. Filmustaarun vx noolhey hus rangalhu miihunneh…. Mii maleeha ge vaahaka thr… Uni ithuru genes huhttas ibratheh libey gothah liyun thriyaa vaahaka genes dhiifa mihirii… Zel Ah Hama ahssari bahaa Saabas ????????????????