Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ

Zel Level 110 Stories
November 18, 2019 5 Mins Read
10 Comments

އަހަރެން މިއަދު މި ތައްޔާރު ވަނީ ޒަވާޖީ ޙަޔާތެއް ފަށަންށެވެ. ނަމަވެސް އަހަރެން ބޭނުން ވެގެނެއް ނޫނެވެ. އަހަރެންނަށް މަޖުބޫރުވީ އެވެ. އަހަރެންނަށް އެކަމަށް މަޖުބޫރު ކުރީ އަހަރެން ބަލާ ބޮޑު ކުރި އަހަރެންގެ މައިންބަފައިންނެވެ. އެހެންކަމުން ދެން އަހަރެންނަށް އެކަމަށް އިތުރަށް ދެއްކެން އޮންނާނީ ކޮން ދެކޮޅުވެރި ކަމެއް ހެއްޔެވެ؟ މިއީ އަހަރެންގެ މައިންބަފައިންގެ ވިސްނުމެވެ. ނަމަވެސް މިއީ އަހަރެންގެ އަމިއްލަ ދިރިއުޅުމެވެ. އަހަރެންނަށް އަހަރެން ލޯބިވާ މީހަކާއި އެކު ޙަޔާތެއް ފެށުމުގެ ހައްޤު އޮންނަށް ޖެހޭނެ އެވެ. އެހެންނަމަވެސް އަހަރެންނަށް އެ ފުރުސަތު އަހަރެންގެ މައިންބަފައިން ވަނީ ނަގައިލާފަ އެވެ. އަހަރެން ބަލާ ބޮޑު ކުރުމުގެ އަގެއްގެ ގޮތުގައި އަހަރެންގެ ދިރިއުޅުން އެ ދެ މީހުންނަށް ހަވާލު ކުރަން ޖެހިއްޖެ އެވެ.

އަހަރެން ވަރަށް އާދޭސް ކުރީމެވެ. އަހަރެންނަށް އަހަރެން ލޯބި ނުވާ މީހަކާ އެކު ދިރި ނޫޅެވޭނެ ކަމަށް ތަކުރާރުކޮށް ބުނަމުން ގެންދިޔައީމެވެ. އަހަރެންގެ ހަޤީޤީ ލޯބިވެރިޔާ އަހަރެންނާއި ވަކި ނުކުރުމަށް އެދި އެ ދެމީހުންގެ ފައި ބުޑަށް ވެއްޓި އަހަރެން ރޮއި ސަލާން ޖެހީމެވެ. އެހެންނަމަވެސް އަހަރެން ކުރި ހުރިހާ އާދޭސް ތަކަށް އަހަރެންގެ މައިންބަފައިން ޖެހީ ކޮޅުފައިންނެވެ. ދިނީ ބީރު ކަންފަތެކެވެ. އަހަރެންނަށް ގޮތް ހުސްވި ކަމުގެ އިޙުސާސް ކުރެވެން ފެށުނެވެ. އެހެންކަމުން އަހަރެންގެ ހަޤީޤީ ލޯބި އަހަރެން ޤުރުބާން ކުރަން ނިންމީމެވެ. އަހަރެންގެ ލޯބިވެރިޔާގެ ހިތުގައި ޖައްސައި އޭނާގެ ހިތް ހަލާކު ކުރުމަށް ފަހުގައެވެ.

” ދަރިފުޅާ ރައުފާ … އަވަސް ކޮށްބަލަ… ”

އަހަރެންގެ މަންމަ ގޮވައިލި އަޑަށް އަހަރެން ސިއްސައިގެން ދިޔަ އެވެ. އަހަރެން ކައިވެނީގެ މަޖިލީހަށް ހާޒިރު ވީމެވެ. އެއްވެސް އުފާވެރި ކަމުގެ އިޙުސާސް އެއް އަހަރެންނަކަށް ނުވެ އެވެ. އަހަރެންގެ މޫނު މަތި ވަނީ މިލާމޯޅި ވެފަ އެވެ.

އަހަރެން ކައިވެނީގެ ގޮތުން ގުޅެން މި އުޅެނީ މާލެއަށް އުފަން މާލޭ މީހަކާ އެވެ. އެއީ ފައިސަލެވެ. މުދަލާއި ފައިސާ ހުރި 30 އަހަރުގެ މީހެކެވެ. އުމުރުގެ ގޮތުން ވެސް އަހަރެންނާއި ފައިސަލް އާއި ދެމެދު 10 އަހަރުގެ ތަފާތު އެބަހުއްޓެވެ. މުދަލާއި ފައިސާގެ ދަހިވެތި ކަމުގައި އަހަރެންގެ މަންމަ އަހަރެން ވިއްކާލީ ކަމުގައި އަހަރެން ދެކުނީމެވެ.

” އަނބި ޤަބޫލުކޮށްފިން ”

ފައިސަލްގެ ޖުމުލަ އާއި އެކު އަހަރެންނަށް ބޭއިޚުތިޔާރުގައި އަހަރެންގެ ދެ ލޯ މަރާލެވުނެވެ. އަދި ވަރަށް ހިތްދަތި ގޮތަކަށް އަހަރެންނަށް ހިން ދިރުވާ ލެވުނެވެ.

ކައިވެނީގެ މަޖިލިސް ނިމުމާއި އެކު އަހަރެން ދިޔައީ ފާޚާނާ އަށެވެ. ހަމަ އެއްގޮތަކަށް ވެސް ނުރޮއި ނުހުރެވިގެންނެވެ. ފާޚާނާއަށް ވަދެވުމާއި އެކު ލޮލުގެ ތެރެއަށް ބޮޑި ވެފައިވާ ކަރުނަތައް ހޯސްލާފައި އަހަރެންގެ ކޯތާފަތް މައްޗަށް އޮހިގެން ދިޔަ އެވެ. އަހަރެން ވަރަށް ރުއީމެވެ. ހިތަށް ވަރަށް އަސަރު ކޮށްފި އެވެ. އަހަރެންގެ ހަޤީޤީ ލޯބިވެރިޔާ ނިޔާޒު މިއަދު ކިހާ ދެރަވާނެ ހެއްޔެވެ؟ އޭނާއަށް އަހަރެންނާއި ނުލައި ކެތްކުރެވޭނެ ހެއްޔެވެ؟ އަހަރެންނާއި ނުލައި އެފަކީރު އުޅޭނީ ކޮންފަދަ ނިކަމެތި ޙާލެއްގައި ހެއްޔެވެ؟

އަހަރެން ފާޚާނައިން ނިކުތް އިރު ފައިސަލް ކޮޓަރީގެ އެނދުމަތީގައި އިށީނދެލައިގެން އިނެވެ. އަހަރެންގެ ދެ ލޯ ވަނީ ރޮއި ރޮއި ރަތް ވެފަ އެވެ.

” ރައުފާ… ރޮއިފަތަ؟ ކިހިނެއްތަ ވީ…؟ ”

އަހަރެންގެ ލޯ ފެނުމާއި އެކު ފައިސަލް ވަރަށް ހާސްވެފައި ހުރެ އަހަރެންގެ ކޮޑުގައި ހިފައިލަމުން އެހި އެވެ. އަހަރެންނަށް ބޭއިޚުތިޔާރު ގައި ފައިސަލް އާއި ދުރަށް ދެވުނެވެ.

” ފައިސަލް… ތިއީ މަގޭ ޙަޔާތަށް މިއަދު އައިސް ހުރި މީހެއް… މަށަށް އަދި ފައިސަލަކީ ކާކު ކަމެއް ވެސް ރަނގަޅަކަށް ނޭނގެ.. ފައިސަލަކަށް ވެސް ރަނގަޅަކަށް މަށެއް ނޭނގޭނެ… އެހެންވީމާ…. މަ އަދި ވަގުތު ބޭނުން.. ” އަހަރެން އިސްދަށަށް ބޯ ޖަހައިގެން ހުރެ ވާހަކަ ދެއްކީމެވެ.

” އާނ.. މަގޭ އެއްވެސް މައްސަލައެއް ނެތް.. މަ ރައުފާއަށް އިންތިޒާރު ކުރާނަން..”
***
ދުވަސްތައް ފައްވަމުން ދިޔަ އެވެ. އަހަރެން ދިރިއުޅެމުން ގެންދިޔައީ ފައިސަލްގެ ގޭގަ އެވެ. ހަމަ ކޮންމެ ދުވަހަކު އަހަރެންގެ ހިތުގައި ޖަހާ ހަމަ ކޮންމެ ވިންދެން ގޮވަމުން ދިޔައީ ނިޔާޒަށެވެ. އަހަރެން ގެ ހިތުގައި ނިޔާޒަށް ދެވިފައި ވަނީ މާތް މަތިވެރި ޤަދަރުވެރި ލޯތްބެކެވެ. އަހަރެންގެ ސިނކުޑީގައި އަބަދުވެސް ނިޔާޒުގެ ހަނދާންތައް އާވަމުން ދެއެވެ. އަހަރެންގެ ފިރިމީހާ ވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ. މުޅި އޭނާގެ އާއިލާ ވެސް އަހަރެންނަށް ވަރަށް ހެޔޮކޮށް ކަންތައް ކުރެއެވެ. އެހެންނަމަވެސް ނިޔާޒުގެ ހަނދާންތައް މި ހިތުގައި ހިނގާހާ ދުވަހަކު އަހަރެންނަކަށް އަހަރެންގެ ފިރިމީހާއަށް މިހިތަކުން ޖާގައެއް ނުދެވޭނެވެ.

” ރައުފާ… ކައިފިންތަ؟ ” ފައިސަލް ކޮޓަރިއަށް ވަންނަމުން ބުނެލި އެވެ.

” ކާ ހިތެއް ނެތް… ފައިސަލް ކައިފިންތަ؟…” އަހަރެން ބުނެލީމެވެ.

” ރައުފާ ކާހިތް ނެތިއްޔާ މަވެސް ކާހިތެއް ނެތް… ރައުފާއަށް އެނގޭތަ؟ މަ ރައުފާ އާއި ދޭތެރޭ ހާދަ ވިސްނަމޭ” ފައިސަލް އެހެން ބުނުމާއި އެކު އަހަރެންނަށް އެނދުން ތެދުވެވުނެވެ.

” މަ ރައުފާ ދެކެ ވަރަށް ލޯބިވޭ…. ވަރަށް ވަރަށް ލޯބިވޭ… ރައުފާ މަ ދެކެ ލޯބި ނުވުމަކީ މަގޭ ނުކުޅެދުންތެރިކަން… އަބަދުވެސް ރައުފާ ތިހުންނަނީ ކޮންމެވެސް ކަމަކާ ދެރަވެފަ… މޫނު މަތީގައި އެއްވެސް އުފާވެރިކަމެއް ނެތް…. މަ ރައުފާގެ މަންމަ ގާތުގައި ރައުފާގެ ކައިވެންޏަށް އެދުނީ… ރައުފާ ދެކެ ލޯބިވާތީ…. ރައުފާ އާއި އެކު ދިރިއުޅެން ބޭނުން ވާތީ… މަ ވަރަށް ކެތްކޮށްގެން މިހުރީ މަގޭ އިޙުސާސްތައް ބޭރު ނުކުރަން… އެއީ ރައުފާ ވަގުތު ބޭނުމޭ ބުނީމަ… ރައުފާއަށް އުނދަގުވެދާނެތީ…”

ފައިސަލްގެ ލޮލުން ކަރުނަތައް ހިލިގެން ދިޔަ އެވެ. އަހަރެން ވެސް ހުރީ ވަރަށް ދެރަވެފަ އެވެ. އިސް އުފުލައި ފައިސަލަށް ބަލައިލާނެ ހިތްވަރެއް ވެސް ނެތިފަ އެވެ. އަހަރެން ފައިސަލް ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވަމެވެ. އެހެންނަމަވެސް ފައިސަލް އަހަރެން ދެކެ ވަރަށް ލޯބިވާކަން މިއަދު އަހަރެންނަށް އެނގިއްޖެ އެވެ. އެކަމު އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެން ދިރި މި ހުންނަނީ ނިޔާޒުގެ ހަނދާނުގަ އެވެ. ނިޔާޒަށްޓަކަ އެވެ.

ކުއްލިއަކަށް ފައިސަލް އަހަރެންގެ ފައި ބުޑަށް ވެއްޓި ރޯންފެށި އެވެ.

” މި ހިތް ހަލާކު ނުވަނީސް ރައުފާ ގެ ހިތާމަތަށް މަށަށް ކިޔާދީ…. މަ ރައުފާއަށް އެހީވެ ދޭނަން… މަ ރައުފާ ދެކެ ވަރަށް ލޯބިވޭ…” އަހަރެންނަށް ގޮތް ހުސްވިއެވެ. އަހަރެންގެ ފައިބުޑަށް ވެއްޓި ރޮމުން އެގެން ދަނީ ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ފިރިމީހާ އެވެ.

އަހަރެން ފައިސަލްގެ ގާތުގައި މަޑުމަޑުން އިށީނނަމުން ފައިސަލު ގެ ދަތްދޮޅީގައި ހިފައި، އަހަރެންނާއި ހަތަރު ކަޅި ހަމަ ކޮށްލި އެވެ. މިއީ އަހަރެން ފައިސަލް އާއި ހަތަރު ކަޅި ހަމަ ކުރި އަދި ފުރަތަމަ ފަހަރެވެ. އޭރުވެސް ފައިސަލްގެ ލޮލުން ކަރުން އަންނަމުން ދެއެވެ. ފިރިހެނެއް ކަމަކު އޮންނާނީ ހިތެކެވެ. އަހަރެން ހުރިހާ ވާހަކައެއް ވަރަށް ކެތްކޮށްލާފައި ފައިސަލަށް ހިއްސާކުރީމެވެ. ފައިސަލަށް ހީވީ މީހަކު އޭނާގެ ކަންފަތްމަތީގައި ބާރު އެތިފަހަރެއް އަޅާލިހެންނެވެ. އޭނާއަށް ކޮޅަށް ތެދުވެވުނެވެ. އަދި އަހަރެންނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަންފެށި އެވެ.

” ވަރަށް ދެރަވެއްޖެ… މަ ވަރަށް ދެރަވެއްޖެ… މަށަކަށް ނޭނގެ ތީ އެހެން މީހެއްގެ ހައްޤެއް ކަމެއް… އެކަމު މިއަދު މަށަށް އެނގިއްޖެ…. މަ މި އުޅެނީ މީހެއްގެ ހައްޤެއް ފޭރި ގަނެގެންކަން…. މަށަށް މަޢާފު ކުރޭ…. މަށަށް ރައުފާ ދެކެ ލޯބި ވެވުނީމާ…. އެކަމުވެސް އަހަރެން ރައުފާއަށް ތިކަމަށް އެހީވެ ދޭނަން… ރައުފާ ދޭ ނިޔާޒު ކައިރިއަށް… ގޮސް މަޢާފަށް އެދޭ އޭނައަށް… އަދި އޭނަ ރައުފާއަށް މަޢާފުކޮށް ރައުފާ ޤަބޫލުކޮށްފިއްޔާ މަ ރައުފާ ދޫކޮށްލާނަން…” ފައިސަލް ރޮމުން ވަނީ ފާޚާނާ އަށެވެ.

ފައިސަލްގެ ވާހަކަތަކުން އަހަރެންގެ ހިތަށް ވަރަށް ފުން ހިތްދަތި އަސަރުތަކެއް ކޮށްފި އެވެ. އަހަރެންގެ މަންމަ މުދަލުގެ ބޭނުމުގައި ނަމަވެސް އަހަރެންނަށް ހޯދައި ދިނީ އަހަރެންނަށް ހާދަ ރަނގަޅު މީހެކެވެ. އަހަރެން ދެކެ ހާދަ ލޯބިވާ މީހެކެވެ. އެކަމު އަހަރެންގެ ހިތުގައި ޖަހާ ވިންދު އެެހެން ނަމަކަށް ގޮވާއިރު، މި ހިތް އެހެން މިޝްރާބަކަށް ގެންދާނީ ކިހިނެއް ހެއްޔެވެ؟

އަހަރެން ސިހިފައި ފޯނަށް ބަލައިލީ ފޯނު ރިންގު ވާ އަޑަށެވެ. އެވަގުތު ގުޅަމުން ދިޔައީ އަހަރެން ރަޙުމަތްތެރިއެކެވެ. އަހަރެން ލޮލުން ކަރުނަތައް ފޮހެލަމުން ފޯނު ނެގީމެވެ. އެކޮޅުން ދައްކަމުން ގެންދިޔަ ވާހަކަތަކުން އަހަރެންގެ ހަށިގަނޑުގެ އެކި ގުނަވަންތައް ހީވީ ބުރި ބުރި ވެދާނެހެންނެވެ. ކަންފަތުގެ ހިނދުރި ހީވީ ބުރުމާ ކައްޓަކުން ތޮރުފާލިހެންނެވެ. ހިތުގައި ޖަހަމުން ގެންދިޔަ ވިންދު އަވަސްވި އެވެ. ހަށިގަނޑު އެއްކޮށް ތުރުތުރު އަޅައި ގަތެވެ. ހީވީ މުޅި ހަށިގަނޑަށް ބޮޑު ލޮޅުމެއް އައިހެންނެވެ. އަހަރެންގެ އަތުން ފޯނު ދޫވެ ކޮޓަރީގެ ތަށިމުށިގަނޑު މައްޗަށް ވެއްޓުނެވެ. އަދަ ވަރަށް ބާރަށް ރޯން ފެށުނެވެ.

ދުވެފައި ކަހަލަ ގޮތަކަށް އަހަރެން ގޮސް އޭ.ޑީ.ކޭ އަށް ވަނީމެވެ. އަހަރެންގެ ފަހަތުން ފައިސަލް ވެސް ވަނެވެ.

އެނދުމަތީގައި ފޮތި ގަނޑަކުން މުޅި ގައި ނިވާ ކޮށްފައި ވާ މީހާ ފެނުމާއި އެކު އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުން އެރި އެވެ. މަޑުމަޑުން ފިޔަވަޅު ނަގަމުން ގޮސް އަހަރެން އެނދު ކައިރީގައި ހުއްޓުނީމެވެ. އަދި އެމީހާގެ ގައި މަތީގައި އަޅާފައިވާ ފޮތިގަނޑު ނަގާލީމެވެ.

“ނިޔާ…”

ނިޔާޒުގެ ފުރާނަނެތް މަސްގަނޑު ފެނުމާއިއެކު އަހަރެންގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. ރޯން ވެސް ނޭނގި ގަނޑުވެފައި އަހަރެންނަށް ހުރެވުނެވެ. ހިތުގައި ޖެހިގެން ކުއްލިއަކަށް އަޑު އިވޭވަރަށް އަހަރެންނަށް ރޮއިގަނެވުނެވެ.

“ނިޔާ… އަޅެ ނިޔާ… މަށަށް މަޢާފުކުރޭ…. މަ ނިޔާ ދެކެ ވަރަށް ލޯބިވޭ…. ނިޔާ އާއި މަ ވަކިވީ މަޖުބޫރުވެގެން… މަށަށް ގޮތް ހުސްވީ…. ނިޔާ… ހެޔޮނުވާނެ…. މަ ދޫކޮށްފަ ނުދޭ… އާދޭސް ކޮށްފަ މިބުނީ….. ނިޔާ…. ލޯ ހުޅުވާލަބާ…. އެންމެ ފަހަރަކު ނަމަވެސް ލޯ ހުޅުވަބާ… ލޯ ހުޅުވާ މަށަށް ބަލާލަބާ… މިހުރީ ނިޔާ ކައިރައަށް އައިސް… ލޯ ހުޅުވާލަ ބަލާ….” އަހަރެންގެ އަޑު ތުރުތުރު އަޅަމުންދިޔައެވެ.

ފައިސަލް އަހަރެންގެ ހަރަކާތްތަކަށް ބަލަން ހުރީ ހިތް ރޫޅޭ ވަރުވެފައެވެ. އަހަރެން ނިޔާގެ އަތުގައި ހިފައިގެން ރޮމުން އާދޭސް ކުރަމުން ގެންދިޔައީމެވެ. ޑޮކްޓަރު ބުނި ގޮތުގައި ނިޔާ މަރުވީ ހިތާމަ ކޮށްކޮށް ” ހާޓް ފެއިލް” ވެގެންނެވެ.

ފައިސަލް ގޮސް އަހަރެންގެ ބޮލުގައި ފިރުމަމުން އަހަރެން ނިޔާޒާއި ދުރުކުރިއެވެ. އަހަރެންނަށް އިސާހިތަކު ފައިސަލްގެ ގައިގައި ބައްދައިގަނެވުނެވެ.

” ފައިސަލް… މަށަށް އެހީވެދީ…. މަށަށް… އެހީވެދީ… ފައިސަލް…. މަގޭ ޙަޔާތަށް އުފާވެރިކަމެއް ގެނެސްދީ… މަ މަރުވެދާނެ ފައިސަލް…” ފައިސަލުގެ ގައިގައި ބައްދައިގަނެގެން އަހަރެން ރޮމުން ބުނީމެވެ.

” ރައުފާ… މަ ރައުފާއަށް އުފާވެރި ދިރިއުޅުމެއް ހޯދަ ދޭނަން… ރައުފާ އާއި ދުވަހަކު ވެސް މަ ވަކިވެގެން ނުދާނަން… މަ ވަރަށް ލޯބިވޭ ރައުފާ ދެކެ…” ރައުފާގެ ދެ ލޮލުން ކަރުނަތައް ފޮހެދެމުން ފައިސަލް ބުންޏެވެ.

އަހަރެން ނިޔާޒުގެ ޖަނާޒާ ގައި ބައިވެރިވީމެވެ. ފަހުގެ ވަދާޢީ ސަލާމް ނިޔާޒަށް ކުރީމެވެ. އާ ޙަޔާތެއް އާރާސްތުކުރަން ހިތުގައި ޢަޒުމު ކަނޑައަޅަމުންނެވެ.

ނިމުނީ

Share Article

Follow Me Written By

Zel

Level 110 Stories

Other Articles

Previous

ލޯބި ނުވެވުނު ނަމަ -7-

Next

ނާކާ (އެޕިސޯޑް 05)

Next
November 19, 2019

ނާކާ (އެޕިސޯޑް 05)

Previews
November 18, 2019

ލޯބި ނުވެވުނު ނަމަ -7-

10 Comments!

  1. reader says:
    November 18, 2019 at 8:36 pm

    nice story maasha allah

  2. Shaa says:
    November 18, 2019 at 8:45 pm

    Vv salhi

  3. Meekkomee says:
    November 18, 2019 at 11:09 pm

    Wooww ??? varah emotional ????? varah reethi ingyy mi story????

  4. Yanaa says:
    November 18, 2019 at 11:38 pm

    Emotional story eh dhw????
    Mi story varah reethi.maa sha Allah.

  5. Kylie says:
    November 19, 2019 at 10:49 am

    V reethi mi story…

  6. Princess aish says:
    November 19, 2019 at 5:44 pm

    V reethi mi vaahaka ❤❤❤❤

  7. Cutie says:
    November 20, 2019 at 10:19 am

    ma mi kiyaafa heehee halaaku. dhen mi cooment kohfa mithii meehunahves notice nuvanytha? ma kiyaafa huryma haadha majaley. mulhin ehn gotheh. eyge badhal name or aharen use kurinama varah furihama vees.

  8. Yan says:
    November 23, 2019 at 1:56 pm

    Varah reethi mi vaahaka mashah vx kiriyaa kehkurevuny varah emotional ?????

    1. jiji says:
      November 24, 2019 at 9:55 am

      kon emotional eh. ma hee hee halaaku. hama huvaa mibuny. cutie you were right. ma maruvedhaane faisal. ma salaamai kohdhee.. lol. heehee halaaku

  9. Liyaa says:
    April 5, 2020 at 10:47 am

    Mashaa allah nice story

Comments are closed.



All Right Reserved!