Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

މޫނޭ ތިއީ ހިތް އެދޭ (1)

aishh Level 1
November 21, 2019 2 Mins Read
13 Comments

އިރު އޮއްސެމުން އައި އިރު މުޅި އުޑުމަތި ވަނީ އަނދުން ކުލައިގެ ވިލާތަކުން ބައްދާލާ ވިއްސާރައިގެ ކުލަވަރު ދައްކާލާފައެވެ.  ފަޒާގެ ހިމޭންކަން މުގުރަމުން ދިޔައީ ތޮށިގަނޑު މަައްޗަށް ބިންދަމުން ދިޔަ ބިޔަ ރާޅުތަކެވެ. އުޑުމަތީގައިވީ ވިލާތައް ބޯވަމުން ދިޔަ އިރު ވައިރޯޅިތަކުގައިވީ ފިނިކަން ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ.ވަޔާއިއެކު ވާރޭގެ ހިމަހިމަ ތިކިތައް ބޯވަމުން އެކި ދިމަ ދިމާއަށް ބުރުއްސަމުން  ދިޔައިރު ތެމިދާނެ ކަމުގެ އެއްވެސް ފަރުވާލެއްނެތި އިން އިސްރާއަށް ސިހުން ގެނުވީ އޭނާގެ ކޮނޑުމަތީގައި މީހަކު އަތް އަޅާލުމުންނެވެ. އެއީ ކާކުގެ އަތެއްކަން އިހުސާސްވީ ހިނދު އެތަނުން ތެދުވެ ދުއްވައިގަންނަން ނެގި ފުރަތަމަ ފިޔަވަޅުން އިސްރާއަށް ފަހަތަށް އެނބުރި ބަލާލެވުނީ ޔޫސުފް އޭނާގެ ނަމުން ގޮވާލުމުންނެވެ.

“އިޒީ” އެތަށް ދުވަހަކަށް ފަހު ޔޫސުފް އިސްރާއަށްް އެނަމުން ގޮވާލުމުން އެންމެ ފުރަތަމަ ދުވަހެކޭވެސް އެއްގޮތައަށް އިސްރާއަށް ޔޫސުފްއާއި ދިމާލަށް ބަލާލެވުނީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. ހަޔާތުގައި ވެފައިވާ ހުރިހާ ކަމެއް ހަނދާނުން  ފޮހެވިގެންގޮސް ޔޫސުފްގެ މަޑު މުށި ކުލައިގެ ދެލޮލުގެ ތެރެއަށް ގެނބިގެން ގޮސްދާނެހެން ހީވި ވަގުތުކޮޅަކަށް އިސްރާއަށް ދުރު ބަލާލެވުނީ ސިކުނޑީގައި ކުއްލިއަކަށް މާޒީގެ ހަނދާންތައް އާވެ ލޮލަށް ގިނަވެފައި ހުރި ކަރުނަތަށް ޔޫސުފްއަށް ފޮރުވުމުގެ ނިޔަތުގައެވެ.

“އިޒީ” އިސްރާގެ ފަރާތުން ފެނުނު މާޔޫސް ކުރުވަނިވި ހަރަކާތަށް ފަހު ޔޫސުފް އަނެއްކާވެސް އިސްރާއަށް ގޮވާލީ ހިތުގައިވި ހުރިހާ ސުވާލަކަށް ޖަވާބު ބޭނުންވާ ފަދައިންނެވެ.

“ޔޫސުފް އަހަރެން ޔޫސުފްއަށް ކިތަށް ފަހަރުތަ ހަނދާން ކޮށްދޭން މިޖިހެނީ އަހަރެންމިއީ މިހާރު އެހެން މީހެއްގެ ހައްގެއްކަން. އާދޭސްކޮށްފަ އަހަރެން މިބުނަނީ ދެން އަހަރެންގެ ފަހަތުން ނޫޅޭށޭ. ދެރަ ލިބޭނީ ޔޫސުފްއަށް އަހަންނަކަށް ނޫން. އަހަރެންގެ ފަރާތުން ދުވަހަކުވެސް ދެން ޔޫސުފް އެދޭ ކަހަލަ ކަމެއް ނުފެންނާނެ. އަހަރެން މިއީ އާސިމްގެ އަނބިމީހާ. އަހަރެން  ބޭނުމެއްނޫން އާސިމްއަށް ބޭވަފާތެރި ވާކަށް. އެހެންމާ ރަނގަޅު ވާނީ ދެމީހުންވެސް ދުރުވިއްޔާ” ދުރުބަލަން ހުރިގޮތަށް ހުރެ  އިސްރާ ޔޫސުފް އާއި ވާހަކަދެއްކިއެވެ.

“އެކަމަކު އިޒީ-” ޔޫސުފްއަށް ބުނެވުނީ އެވަރަށެވެ.

“ޔޫސުފް ބުނަންތަ!އަހަންނަށް ކިޔަނީ އިސްރާ، އިޒީ އެއް ނޫން. ދެން އަހަންނަށް އެނަމުން ގޮވަން ހަދާނެ ކަމެއް ނެތް. އަހަރެމެން ދެމީހުންވެސް އެކަކު އަނެކަކާ ދުރުން އުޅުން އެންމެ ރަނގަޅު ކަމަކަށް ފެންނަ ވާހަކަ އަހަންނަށް މިހާރު މި ބުނެވެނީ ދެވަނަ ފަހަރަށް. އާދޭސްކުރަން އަހަންނާއި ދުރުން އުޅެފާނަންތަ؟” ޔޫސުފްއަށް އިތުރު އެއްވެސް ވާހަކައެއް ބުނެވުމުގެ  ކުރިން އިސްރާ އެތަނުން ހިނގައިގަތީ ޔޫސުފް ކޮއްލާ އެންމެ ކުޑަކުޑަ ކަމަކުންވެސް ހިތުގައިވި ހުރިހާ އުދާހެއް ޔުސުފްގެ  ކުރިމައްޗަށް ބަންޑުން ކޮއްލެވިދާނެކަމުގެ ބިރު ހިތުގައި އަށަގަތްލެއް ބޮޑުކަމުންނެވެ. ޔޫސުފްއަށް ދެވިފައިވާ މަތިވެރި މަގާމަކީ  ޙުދު އޭނާގެ ފިރިމީހާ އާސިމްއަށްވެސް ދެވިފައިވާ މަގަމެއް ނޫންކަން ޔޫސުފްއަށް އަންގަން އިސްރާ ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް ހުރިހާ ކަމެއްވެސް ވެގެން ދިޔައީ ޙުދު އިސްރާއަށާއި އާސިމް އަށްވެސް ނޭނގިއެވެ. ވިޔަފާރީގައި ކުރިއެރުމުގެ  ނިޔަތުގައި ދެމީހުންގެ ބައްޕަ ވެގެން ހިންގި ކަންތައްގަނޑަކީ މުޅި އުމުރު ދުވަހުވެސް އިސްރާއާއި އާސިމްގެ ހަނދާނުން  ފިލައިގެން ނުދާނެފަދަ ކަމެކެވެ. ދެމީހުންވެސް ދެމީހުންގެ ލޯބިވާ ފަރާތާއި ވަކިވަން ޖެހުނީ ބައްޕަމެންގެ ނުފޫޒުގެ ބޮޑުކަމުންނެވެ. ބައްޕަމެންގެ ސަބަބުން ލޯބިވާ ފަރާތަށް ގޯނާއެއް ލިބުމަކީ އިސްރާއާއި އާސިމް ދޫނިޔޭގައި ހުރިހާ ހިނދަކު ދެކެން ކުޅަދާނަ  ވެގެން ވާނެ ކަމެއް ނޫނެވެ.

އިސްރާ ހިނގާފައި މަގުގެ ކޮޅުންގޮސް އޮބާލަންދެކަށް ޔޫސުފް އެދިމާއަށް ބަލަންހުރީ، ބޯއެސްފިޔަތަކުގެ ތެރެއިން ލޮލުގައި ވިދައި ބަބުޅަމުން ދިޔަ ކަރުނަތައް އެއްވެސް އުސޫލެއް ހަމައެއް ނެތި ކޯތާފަތް މަތިން ފޭބުމުގެ އިޒުނަ ދީގެންނެވެ. ވާރެއާއި އެކުވަމުން ދިޔަ ކަރުނަތައް ޔުސުފްގެ ކޯތާފަތުގައި ބޮސް ދިނުމަށްފަހު ޔޫސުފް ލައިގެން ހުރި ކަނޑު ނޫ ކުލައިގެ  ޓީޝާޓު ގެތެރެއަށް އެކުވަމުން ދިޔައިރު، ޓީޝާޓު ވަނީ ތެމި ޔޫސުފްގެ ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑުުގައި ހިފާފައެވެ. ފިރިހެނެއްކަމަކު ޔޫސުފްއަށް މިއަދު ރަނގަޅަށް ވެސް ރޮވިއްޖިއެވެ. ނުރޮވެންވީ އެއްވެސް ސަބަބެއް ވެސް މިއަދަކު ނެތެވެ. މުޅި ދުނިޔެއިންވެސް ޔޫސުފްގެ ހިތުން ޖާގަ ހޯދި ހަމައެކަނި ފަރާތް މިއަދު އެވަނީ އޭނާއަށް ބޭވަފާތެރި ވެފައެވެ. މައިންބަފައިންގެ ފަރާތުން ނުލިބުނު ލޯތްބާއި އަޅާލުން ދުނިޔެމަތީން އެހެން މީހެއްގެ ފަރާތުން ލިބުނެއްކަމަކު މިއަދު އެމީހާ ވެސް ވީ ބޭވަފާތެރިއެވެ. ދުނިޔޭގައި މައިންބަފައިން ތިއްބެއް ކަމަކު ކުޑައިރުންސުރެ ބަލަމުން އައީ މާމަމެންނެވެ. ކުޑައިރު މާމައާއި ކާފަގެ ފަރާތުން ލޯތްބާއި އަޅާލުން ލިބުނެއް ކަމަކު މިއަދު އެދެ ފުރާނަ ވަނީ މިބޭވަފާތެރި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. ޔޫސުފްގެ ހުރި ހަމައެކަނި ފަރާތަކަށް ދެން ހުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޝާދެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްވެސް ޔޫސުފް ޝާދު އާއި ހިއްސާ ކުރަނީ އެއީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ކަމުގައި ޝާދު ވެފައި، ކުޑައިރުންސުރެ ދެމީހުންވެސް އުޅެ ބޮޑުވެފައި ވަނީ އެކީގައި ކަމަށް ވުމުންނެވެ. ދިރިއުޅުން މަތިން ފޫހި ވީވަރުން ކައިރީގައި އޮތް ދަބަހުގެ ތެރޭގައި އޮތް ފޯނުނަގައި ޝާދުއަށް ގުޅާލީ އަމިއްލައަށް މަރުވުމުގެ ޙިޔާލު ސިކުނޑީގައި ކުުއްލިއަކަށް އަށަގަތުމުންނެވެ. ޝާދުގެ ފޯނަށް ދެފަހަރު ގުޅައިގެންވެސް ޖަވާބު ނުލިބުމުން ފޯނު ނަގައި ހޫރާލަން އަތް ހިއްލާލި  ވަގުތު ވަޔާއި އެކުވެގެންއައި އިޝާ ނަމާދު ބަންގީގެ އަޑު ޔޫސުފްގެ ކަންފަތުގައި ޖެހުނެވެ. ފޯނުނަގައި ހޫރާލަން ނެގި އަތް ތިރިވީ  އަމިއްލަ ނަފްސުގައި އީމާންތެރިކަން ހުރި މިންވަރު ކުޑަކަން އިހުސާސް ކުރެވުމުންނެވެ. ފޯނު ދަބަހަށް ލުމަށްފަހު ޔޫސުފް މިސްރާބުޖެހީ އަވަހަށް ގެއަށް ގޮސް ތެމިގެން ހުރި އެއްޗިހި ބަދަލުކޮށްގެން މިސްކިތުގެ ޖަމާޢަތުގައި ބައިވެރިވުމަށެވެ.

***********************

މެދު އުޑުގައި ސާދަވިލޭރޭގެ ހަނދު ފޫހިކަމެއް ނެތި ރަނިކަން ކުރަމުން ދިޔައިރު އެހަނދުވަރުގެ ރީތި ރިހި އަލި ދިޔައީ މުޅި  ދުނިޔެއާއި ކުޅެމުންނެވެ. ހަނދުގެ ދަރުބާރުގައި ފިޔަޖަހަމުން ދިޔަ ތަރިތަށް އެކަމުގެ ޝަރަފު އަމިއްލައަށް ބަލައިގަންނަމުންދިޔައީ އެހެން ހިތްތަކިގައި ހަސަދަވެރިކަން އުފައްދަމުންނެވެ. ބަގީޗާގައި ހެދިފައި ހުރި އެކި ކަހަލަ މާމެލާމެލީގެ ގަސްތަށް ވަޔާއިއެކު  ނާނާ ކިޔަމުން ދިޔައިރު، މާމެލާމެލީގެ މީރުވަސް ވަނީ މުޅި ފަޒާގައި ހިފާފައެވެ. ބެލްކަނީގެ ރެއިލިންގްގައި އަތްއަޅުވައިލައިގެން އާސިމް ހުރިއިރު ވަށައިގެންވީ މަންޒަރުގެ ރީތިކަން ހިތަށް ވާސިލްކުރެވޭ ގޮތެއް ނުވިއެވެ.ވާނީވެސް އެހެންތާއެވެ.ދުވަހުގެ  ކޮޅުންވެސް އަފްނާން އާއި ވަކި ނުވާނެކަމަށް ކުރި ހުރިހާ ވައުދުތަށް މިއަދު ވެއްޔާއި މޮޑެވިގެން އެދިޔައީ ހީވެސް ނުކުރާފަދަ  ހިތާމަވެރި ގޮތަކަށެވެ. ޙިޔާލުތަކުގެ ތެރޭގައިހުއްޓައި މާޒީގެ ފުންކަނޑަށް އާސިމް ގެނބިގެންދިޔަ ގޮތެއްވެސް ނޭނގުނެވެ.

*****

(ނުނިމޭ)

Share Article

Follow Me Written By

aishh

Level 1

Other Articles

Previous

އެހެނަސް 4

Next

ލޯބި ނުވެވުނު ނަމަ -8-

Next
November 21, 2019

ލޯބި ނުވެވުނު ނަމަ -8-

Previews
November 21, 2019

އެހެނަސް 4

13 Comments!

  1. aish says:
    November 21, 2019 at 10:01 pm

    salam readers.miothy aishge “mooney thiee hih edhey”ge furathama part upkohlevifa. unmeedhukuran reethi vaane kamah

  2. Umny ??? says:
    November 22, 2019 at 7:26 am

    Yaa nice when is next part?

    1. aish says:
      November 22, 2019 at 11:19 am

      thank you.next part insha allah wednesdayga

  3. Aasha says:
    November 22, 2019 at 10:35 am

    When is the next part ? Lobi vaahakaeh

    1. aish says:
      November 25, 2019 at 10:12 pm

      wednesdayga..and thank you.sorry for the late reply

  4. Rainstorm says:
    November 22, 2019 at 1:21 pm

    baeh sentence ge ehbai nufeney… hiivanii eii english fontga baindhaigen liyaathii hen… but maybe phn in kiyaathii kamah vx vedhaane… ethan kolhu faahaga kohlan beynun… story riithi… but adhi vx sifa kurunthah ithuru kohlaifiyya vrh riithi vaane… hope mi cmnt positive koh nagaane kamah… ????

  5. aish says:
    November 22, 2019 at 2:04 pm

    Thank you..Will try to improve that mistakes.and yeah comments thah aish abadhuvess balaigannaany positive kh.aish unmeedhu kuraanan abadhuvess thigothah rangalhu khlaan jihey baithah readers aish ah angaane kmh.Once again thank you

  6. Kylie says:
    November 22, 2019 at 6:27 pm

    Maasha allah first part vx hama habeys…….. But baeh sentence ge aneh bai nufeney…….Waiting fr nxt….

    1. aish says:
      November 22, 2019 at 6:56 pm

      Thank you.Will try to improve that mistake.

  7. Yanaa says:
    November 22, 2019 at 6:56 pm

    Varah varah reethi???.maa sha Allah???waiting for the next part.???

    1. aish says:
      November 23, 2019 at 7:18 pm

      Thank you

  8. Kairaa says:
    November 23, 2019 at 10:32 am

    Vvv reethi story ekm baeh sentence thakuge eh bai nufene…..ehnve varah undhagoo kiyan…..ekm ves mi story hama habeys…..whn nxt….waiting….

    1. aish says:
      November 23, 2019 at 7:19 pm

      Thank you..Insha Allah wednesday ga and will try to improve that mistake

Comments are closed.



All Right Reserved!