އެޔާއެކު ޝަހުދާންގެ ލޮލުން ކަރުނަ
އޮހޮރިގެން ދިޔަ އެވެ. އަދި ޝަހުދާންއަށް މާޒީގެ ތެރެއަށް
ފީނާލެވުނެވެ.
****************************************
ދުވަހަކީ ޝަހުދާންގެ ވަޒީފާގެ ފުރަތަމަ ދުވަސްކަމުން
ޝަހުދާން ހުރީ ހިސަބަކަށް ބިރުގަނެފައެވެ.ނަމަވެސް
ތައްޔާރުވެގެން ގޮސް ކާރަށް އަރައި ދުއްވާލީ
ކުޑައިރު މަންމަ ޝަހުދާންއަށް ހިތްވަރުދިނުމުގެ ގޮތުން
ބުނި ބަސްތަށް ހަދާންކުރަމުންނެވެެ. އޭރު އުމުރުން
އެންމެ 7 އަހަރު ވުމުން ކީއްވެ ކަމެއް ހަދާނެއް
ނެތެވެ. ނަމަވެސް ހަދާން ހުރީ ހަމައެކަނި މަންމަ ދިން
އަގުހުރި ނަސޭހަތެވެ. ދަރިފުޅާ އަބަދުވެސް
ހަދާންކުރާތި ކުރާ ކޮންމެ ކަމަކީ ބޮޑު އަދި ކުޑަކަމެއް
ނޫން …. ރަނގަޅު ގޮތަކީ ކުރާ ކަމެއް ކުރާ ހިތުން
ހިތްވަރާއެކު ކުރުން…
މަންމަ މަތިން ހަދާންވިވަރުން ޝަހުދާން އަށް
އިޙްތިޔާރުން ބޭރުގައި ރޮވުނެވެ.ވާނީވެސް
އެހެންތާއެވެ. އެއީ ދެވަނައެށް ނުވާ މަންމަ އެވެ.
ޝަހުދާން އަށް ކާރުގެ ބުރޭކްގައި ހިފާލެވުނީ ކާރު
ގޮސް އެއްޗެއްގައި ޖެހުނު ހެނ ހީވުމުްންނެވެ.އަވަހަށް
ކަރުނަތަށް ފޮހެލަމުން ކާރުން ބެރަށް ނުކުތެވެ.އޭރު
ބިންމަތީގައި އަންހެންކުއްޖަކު ވެއްޓިފަ އޮތެވެ.
އަވަހަށް އެކުއްޖާޔަށް އެހީވުމުގެ ގޮތުން
އެކުއްޖާ ގާތަށް ދިޔައެވެ.އޭރު އެތަނަށް
މީހުން ޖަމާވަމުން ދިޔައެވެ.އަވަހަށް އެކުއްޖާގެ
އަތުގަ ހިފައި ތެދުކޮށްލެވުިނެވެ.އެކުއްޖާގެ އަގައިން
ކުޑަ އާހް އެއްގެ ބޭރުވިއެވެ.ޝަހުދާން ވަގުތުން މާފަށް
އެދުނެވެ.އިޓްސް އޯކޭ. އަމް އޯކޭ.މާބޮޑު ކަމެއް ނުވޭ.
އެކުއްޖާގެ މޫނަށް ޝަހުދާން ބަލާލީ އެވަގުތުއެވެ. އަދި
އެކުއްޖާގއ މޫނަށް ބަލަން އިނދެވުނީއެވެ.މަޑު ނޫކުލައިގެ
ގަމީހާ ކަޅު ދިގު ސްކާޓާ ޕީޗްކުލައިގެ ޝޯލްގައި އެ
އަންހެންކުއްޖާ ފެންނަނީ ބޭރުކުއްޖެއްގެ ގޮތުގައެވެ.
ޝަހުދާންއަށް ހަމަ ހޭވެރިކަން ލިބުނީ އެއަންހެން ކުއްޖާ
ޝަހުދާން އަށް ގޮވާލުމުންނެވެ.
**********************
ޝަހުދާންއަށް މާޒީގެ ދުނިޔެއިން ބޭރުވެވުނީ މީހަކު
ކޮޓަރީގެ ދޮރުގައި ތަޅަން ފެށި އަޑަޝެވެ.ދޮންބޭ!
ދޮންބޭ! ދޮރު ހުޅުވާލަބަ މީ އެލީޔޭ!އަވަހަށް ކަރުނަތަށް
ފޮހެލުމަށްފަހު ފޮޓޯގަނޑު އެ ނެނގި ތާނގައި ބޭއްވުމަށް
ފަހު ޝަހުދާން ގޮސް ދޮރު ހުޅުވާލިއެވެ. އެޔާއެކު ޝަހުދާންގެ
ހިނިގަނޑު ފަޅައިގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

The typing makes it really difficult to read it with a flow. Should try pharagraphing it in a visualizing way.
Okay dhen anna farahakun rangalhu kohlaanan???
V reethi…..???? Waiting fr nxt…???..
Thanks Kylie ❤❤..iraadhajurehviyyaa varah avah next part up kohlaanan❤❤❤❤
V reethi….but bts ge kook pic kiihve lii
Came here because of jeon jungkook ekamu vaahaka kiyan feshi thanun mi vaahaka reethi v…KEEP UP YOUR GOOD WORK.. ????❤
And u Kpop fan eh tha?