Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިވަން ޔާރާއޭ 10

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
November 9, 2019 5 Mins Read
20 Comments

އާކިފްގެ ވާހަކަތަކުން ހަމަޖެހުމެއް ލިބުނު ހަފްޒާވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އިކާން އާއި މަލްހާގެ ގުޅުމުގެ ކަންކަން ނޭނގިތިބެ އެދެމީހުން ދަނީ އެދެކުދިންނަށްޓަކައި އެތައް ހުވަފެންތަކެެއް ދެކެމުންނެވެ. އެތައް އުއްމީދުތަކެއް ކުރަމުންނެވެ.

ސައިބޮއެގެން ކޮޓަރިއަށް ވަން ގޮތަށް ނިކުންނަ ހިތްނުވެފައި ޔަނާލް ކޮޓަރީގައި މަޑުކުރިއެވެ. އިޝާ ނަމާދަށްފަހުވެސް ޔަނާލް ކޮޓަރިން ނުކުންނަ ޚިޔާލެއްނުކުރިއެވެ. މުޅި ދުވަހުވެސް އުޅެންޖެހުނު ބުރަކަމާއެކު އޭނަގެ ހަށިގަނޑަށް އިހުސާސްވަމުން ދިޔައީ ވަރުބަލިކަމެވެ. މިއަދު ކަންތައް ދިމާވީ ގޮތުން މާޒީގެ ބައެއް ޚިޔާލުތަކުން އަދިވެސް އޭނަގެ ސިކުނޑީގެ ހަމަޖެހުން ވަނީ ނަގާލާފައެވެ. އެކަމާހުރެ ޔަނާލް ހުރީ އެހެން މީހުނާ ކުރިމަތިލެވޭފަދަ ހާލަތެއްގައެއްނޫނެވެ. އޭނާ ބޭނުންވެފައިވީ އެކަނިވެލާށެވެ.

އެނދުގައި އޮށޯވެގެން އޮތް ޔަނާލް ދެލޯ ހުޅުވާލީ ކޮޓަރީގެ ދޮރުގައި ޓަކިޖެހުމުންނެވެ. އިރުކޮޅަކު ހިމޭންކަންމަތީ އޮތުމަށްފަހު ދެވަނަ ފަހަރަށްވެސް ޓަކިޖަހާލުމުން ޔަނާލް އެތެރެއަށް ވަނުމަށް އެދުނެވެ. އެވަގުތު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަން ޔަލްވީ ފެނުމުން ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެެއް ވެރިކުރުވަމުން ޔަނާލް އެނދުން ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. ” ނާލް… ބަލީތަ… ” ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ޔަނާލްގެ ގާތަށް އަވަސް ފިޔަވަޅުތަކެއްގައި މިސްރާބުޖެހި ޔަލްވީ ކަންބޮޑުވެފައިހުރެ އަހާލެވުނެވެ. އޭނައަށް އައިސް ޔަނާލްގެ ކުރިމައްޗަށް ވާނޭހެން އެނދުގެ އެއްފަރާތުގައި އިށީންދެ ހުން ހުރިތޯ ބެލުމަށް ޔަނާލްގެ ނިއްކުރީގައި އަތް ޖައްސާލެވުނެވެ. ޔަލްވީގެ އެއަމަލުން ޔަނާލްގެ ގާތަށް ހިނިއައެވެ. ކުޑަކުޑަ ކަމަކާވެސް އޭނަގެ ދޮންތަ ކަންބޮޑުވާތީ ޔަނާލްއަށް ބައެއް ފަހަރު އެކަންވަނީ މަޖާކަމަކަށެވެ. ” ދޮންތާ… އައިމް ފައިން… އަހަރެން ހަމަ ރަނގަޅޭ… ” ހިނއައިސްފައި އިނދެ ޔަނާލް ބުނެލިއެވެ. ” ދެން ކީއްވެތަ އޮފީހުން އައިސް ކޮޓަރީގަ ބަންދުވެގެން ތިއިނީ… ސައިބުއި ގަޑީގަވެސް ނާލް އިނީ މަޑުމަޑުން… ލޯވެސް ކޮންމެވެސް ވަރަކަށް ރަތްވެފަ ތިހުރީ… ކަމެއްވެއްޖެކަން ދޮންތައަށް އިނގޭ… ކިހިނެއްތަވީ ނާލް… ބުނެބަލަ ދޮންތަ ކައިރި… ” ޔަނާލްގެ އަމަލުތަކާއި މޫނު މަތީގެ ކުލަވަރުތަކުން ކޮންމެވެސް ކަމެއް ވެއްޖެކަން ޔަލްވީ ދެނެގަތެވެ. ސިކުނޑީގެ ހާސްކަން އިތުރުވެފައިވުމުން ޔަލްވީގެ އެސުވާލާއެކު ޔަނާލްވެސް ނިންމީ އެކަން ޔަލްވީއާ ހިއްސާކުރުމަށެވެ. އޭރުން އޭނަގެ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބޭނެ ކަމަށް އުއްމީދުކުރެވުނެވެ. ޔަނާލް ފުން ނޭވައެއް ދޫކޮށްލަމުން އިސްޖަހާލުމާއެކު ޔަލްވީ ބާލީސް މަތީގައި ބާއްވާލެވިފައިވި ޔަނާލްގެ އަތް މަތީގައި އޭނަގެ އަތް ބާއްވާލިއެވެ. އެއާއެކު ޔަނާލް އިސްއުފުލާލަމުން ޔަލްވީއަށް ބަލާލުމާއެކު އެދެލޮލުން ދޮންތަ ގާތު ވީގޮތެެއް ބުނާށޭ ބުނާފަދައިން ޔަލްވީ ބަލައިލިއެވެ.

” މިއަދު ދާނިޝް އައި ބައްދަލުކުރަން… ” ހަށިފުރާލީ ނޭވައަށްފަހު ޔަނާލް އެހެން ބުނުމާއެކު ޔަލްވީއަށް ދެލޯ ބޮޑުކޮށްލަމުން ކީކޭހޭ އަހާލެވުނެވެ. އެއާއެކު ދެވަނަ ފަހަރަށްވެސް ޔަނާލް އޭނަގެ ބަސްތައް ތަކުރާރުކޮށްލިއެވެ. ” ދާނިޝް… ކީއްކުރަނީ މިކޮޅުގަ… އޭނައަށް ނާލްއާ ބައްދަލުކުރަން އަންނަން ކެރުނުކަމާމެދުވެސް އަހަރެން ހައިރާންވަން… ” ހައިރާންކަމާއި ނުރުހުންންތެރިކަން އެކުލެވިގެންވީ ފަދައިން ޔަލްވީއަށް ބުނެވުނެވެ. ” އޭނަގެ ފްރެންޑެއްގެ ޕާޓީއަށް އައީ… އިކާންގެ ބިޒްނަސް ފެމެލީ ޕާޓީއަށް… އަހަރެން އިވެންޓް އޯގަނައިޒްކުރީ… އެރޭ ޕާާޓީން ފެނުން… މިއަދު އޮފީހަށްވެސް އައި… ” ޔަނާލް މިހެން ބުނެ ކުުރުގޮތަކަށް މިދެދުވަހު އެކަންތައް ދިމާވި ގޮތް ޔަލްވީއަށް ކިޔައިދިނެވެ. ” ނާލް… ތިހުރިހާ ކަމެއްވީއިރުވެސް ނާލް ކީއްވެތަ ދޮންތަ ކައިރި ނުބުނީ… ދާނިޝްއަށް މިއަދުތަ އިނގުނީ މަޢާފަށްވެސް އެދެން… އެހީއަށްއެދި އާދޭސްކުރި ވަގުތު ހިތުހުރި ގޮތެއް ހަދާފަ އަދި ކިރިޔާތަ އޭނައަށް އިހުސާސްވީ އެދުވަހު އެހެދުނީ ގޯހެެއްކަން… ” ޔަލްވީގެ އަޑުންވެސް އޭނަ ހިތްހަމަނުޖެހިފާވީވަރު ހާމަވިއެެވެ. އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން ހަމަހިމޭންކަމާއެކު އިން ޔަނާލްގެ ކޮނޑުގައި ޔަލްވީ އޭނަގެ އަތް ބާއްވާލުމާއެކު ކަރުނުން ފުރިފައިވި ބޮޑު ދެލޮލުން ޔަލްވީގެ މޫނަށް ޔަނާލް ނަޒަރު ހުއްޓާލިއެވެ. މަދުސިކުންތުކޮޅެއްގެ ތެރޭގައި ދެލޮލަށް ގިނަވެފައިވި ކަރުނަތަކަށް ކެތްނުވެގެން ކޯތާފަތުން ތިރިއަށް ފައިބައިގަތެވެ.

” ނާލް… ސްޓޭ ސްޓްރޯންގް… ދޮންތައަށް އެނގޭ މިހެން ބުނާއިރުވެސް އެއީ ފަސޭހަކަމެއް ނޫންކަން… އެކަމަކުވެސް އެހަނދާންތަކުގަ ނާލްގެ ދުވަސްތައް އަނެއްކާވެސް ބޭކާރު ގޮތުގަ ހޭދަވާކަށް ދޮންތަ ބޭނުމެއްނޫން… އަހަރެމެން މިތިބީ ނާލްއާއެކުގައޭ… ނާލް ޕްރޮމިސް ކުރީމެއްނު މަންމައަށް އެދުވަސްތައް ނާލްގެ ހަޔާތުގެ ނިމިފާވި ޗެޕްޓަރއަކަށް ހަދާ ކުރިއަށް ދާނަން ކަމުގަ… ނާލްގެ ކެރިއަރގެން ކުރިއަށްދާން ހިތްވަރާއެކު މަސައްކަތްކުރަންޖެހޭނެ… ތިކަންކަމުން ކެރިއަރވެސް އަސަރުކުރާނެ… ސްޓޭ ސްޓްރޯންގް… ” ޔަނާލްގެ ދެއަތުގައި ހިފަހައްޓާލައިގެން އިނދެ ޔަލްވީ ލޯބިވާ ކޮއްކޮއަށް ނަސޭހަތްތެރިވިއެވެ. ” ދޮންތާ އަހަރެންވެސް ބޭނުމޭ އެދުވަސްތައް އަހަރެންގެ ހަޔާތުން މުޅި އުމުރަށް ފޮހެލަން… އެކަމަކު… ކިހިނެއް… ވެދިޔަ ހުރިހާ ކަމަކަށްފަހު ކިހިނެއް… ބައްޕަވެސް އަހަރެންގެ ސަބަބުން… ” ޔަނާލްއަށް ވާހަކަ ދައްކަން އުނދަގޫވުމުން ހުއްޓާލިއެވެ. އެހަނދާންތަކުން އޭނަގެ ހިތަށް ކުރުވާ އަސަރު ދުލަކުން ބަޔާންނުކުރެވޭނެއެވެ. އޭރުގެ އެޒަޚަމްތައް އަދިވެސް ތާޒާކަމާއެކު އޭނަގެ ހިތުގައިވެއެވެ. އެހަނދާންތައް އާވެގެންދާ ކޮންމެ ފަހަރަކު އެޒަޚަމްތަކުން ލޭއޮހޮރުވާލައެވެ. އޭނަގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ސިކުނޑީގެ އެއްފަރާތުގައި އެހަނދާންތައް ތާޒާކަމާއެކުވެއެވެ. ” ނާލް… ވެދިޔަ ކަމެއް ބަދަލެއްނުކުރެވޭނެ… އެކަންކަމަކީ އަހަރެމެން އިންސާނުންގެ ބާރުގަވާ ކަންކަމެއްނޫން… ބުނެއެއްނު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ… ކޮންމެ ކަމެއްގެ ފަހަތުގަވެސް ކޮންމެވެސް ޙިކުމަތެއްވެޔޭ… އެއީ އަހަރެމެން ކިތަންމެ ހިތްނޭދޭ ކަމަކަށްވިޔަސް… އޭރު ހެދުނު މިސްޓޭކުން އިބްރަތް ހާސިލްކުރުމަށްފަހު ކުރިއަށް ދިޔުމަށް އަހަރެމެނަށް މަސައްކަތްކުރެވިދާނެ… އޭރުގެ ކަންތައް ހިނގާދިޔަ ގޮތުން ނާލްގެ ހަޔާތަށް ލިބުނު ފަޅުކަން އަދި އިންޝާ ﷲ މުޅިން އެކީ ފިލައިގެންދާނެ… ޖަސްޓް ބީ ބްރޭވް އެންޑް ސްޓޭ ސްޓްރޯންގް… ” ޔަނާލްގެ ލޮލުން ފޭބި ކަރުނަތައް ލޯތްބާއެކު ފޮހެލައިދެމުން ޔަލްވީ މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ. ޔަލްވީގެ ވާހަކަތަކަށް ޤަބޫލުކުރުމުގެ ގޮތުން ޔަނާލް މަޑުމަޑުން ބޯ ޖަހާލިއެވެ. އެވާހަކަތައް ޔަލްވީއާ ހިއްސާކުރެވުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ޔަނާލްގެ ހިތަށް ލިބިފާވެއެވެ. ” ދެން އެކަމާ ނުވިސްނާ ހިނގާ ކާން… ނާލްވެސް ދޭ މޫނު ދޮވެލައިގެން އަންނަން… މަންމަވެސް އެބައިން ނުކައި އަހަރެމެން އަންނަންދެން… ” ކާހިތްނުވި ނަމަވެސް މަންމަ އާއި ދޮންތަގެ ހިތްހަމަޖެހުމަށް ކުޑަ އެތިކޮޅެއް ނަމަވެސް ކެއުމަށް ޔަނާލް ނިންމިއެވެ. އޭނާ އަވަސް އަވަހަށް ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުތެވެ. ޔަނާލް ނުކުތުމާއެކު ދެމީހުން އެކުގައި ކޮޓަރިން ނުކުތެވެ.

ބޭރުގައި އުޅެލުމަށްފަހު ގެއަށް އައިސް ވަންއިރު އިކާންވެސް ހުރީ ހަމަޖެހިފައެވެ. މިކާލްއާ ވާހަކަ ދައްކާލާ ހަދާލުމުން އޭނަގެ ސިކުނޑިއަށް އުނދަގޫކުރަމުންދިޔަ ޚިޔާލުތަކުން ކޮންމެވެސް ވަރަކަށް ދުރުވެވުނެވެ. ގެއަށް އައިސް ސިޓިންރޫމުގައި އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށްފަހު އިކާން ކޮޓަރިއަށް ވަނީ ކިޔަވަން އުޅުންއިރުގެ ރައްޓެއްސެއްގެ ފޯނު ކޯލު އައުުމުންނެވެ.

އަރައިގެން އައި އިރާއެކު ދިމްނާގެ ދުވަސް ފެށިގެން ދިޔައެވެ. ހުކުރު ދުވަހަށް ވެފާ މިއަދު ބައްޕަވެސް ރަށަށް އަންނަ ވާހަކަ ބުނެފައިވުމުން ދިމްނާގެ އަތްމަތި އަވަސްކޮށްލިއެވެ. ފަތިހު ފަތިހާ ތެދުވެ ދާވެފައިވި އޭނަގެ އަންނައުނުތައް ދޮންނަން މެޝިނަށް އެޅިއެވެ. އެއަށްފަހު ގޯތިތެރެ އާއި ބޭރު ކުނިކަހާ ސައި ތައްޔާރުކުރުމަށް ބަދިގެއަށް ވަނެވެ. އިއްޔެ ހަވީރު އާޝާ އާއި ނަފީސާގެ ހުރިހާ އަންނައުނެއް ދޮވެ ނިންމާލިއެވެ. ދިމްނާ ސައި ހެދުމުގައި ހަރަކާތްތެރިވަނިކޮށް ނަފީސާވެސް އައިސް ބަދިގެއަށް ވަނެވެ. ނަފީސާވެސް މިއަދު ސައި ތައްޔާރުކުރުމައި ހަރަކާތްތެރިވިއެވެ. ފިރިމީހައަށް އެންމެ ކަމުދާނެފަދަ ރިހަ ތައްޔާރުކޮށް ގޭތެރެ ފޮޅާ ސާފުކުރުމުގައިވެސް ދިމްނާއެކޭ އެއްވަރަށް ނަފީސާ ހަރަކާތްތެރިވިއެވެ. އޭނަގެ ކަންކަމަށް ސަމާލުކަން ނުދިނަސް ބައްޕަ އާއި އާޝާގެ ކަންކަމަށް އޭނަގެ މަންމަ ސަމާލުކަންދޭކަން ދިމްނާއަށް އެނގެއެވެ. ދެމީހުން ސައި ތައްޔާރުކޮށް ގޭތެރެ ފޮޅާ ސާފުކޮށް ނިމުންއިރު ނުވައެއްޖެހުމަކާ ގާތްވަނީއެވެ. އޭރުވެސް އާޝާ އޮތީ ގަދަ ނިދީގައެވެ. ނަފީސާ އާޝާއަށް ގޮވަން ދިޔުމުން ދިމްނާ ގޮސް ދޮވެފައި ހުރި އޭނަގެ އަންނައުނުތައް ހިއްކަން އެޅިއެވެ. އެއަށްފަހު އަވަހަށް ފެންވަރާ ތައްޔާރުވާން އަވަސްވެގަތީ ބައްޕަ ލަފާތަނަށް ބަނދަރަށް ދިޔުމަށެވެ. މަންމައާ ޚިލާފަށް ބައްޕަގެ ފަރާތުން ފުރިހަމަ ލޯބި އޭނައަށް ލިބެއެވެ. މަންމަގެ ނުރުހުމުގެ ބަސްތަކުން އެތައް ފަހަރަކު ބައްޕަ އޭނާ ސަލާމަތްކޮށްދީފައިވެއެވެ.

އަޒްހަދުގެ އިންތިޒާރުގައި ތިން މީހުން ބަނދަރުގައި މަޑުކޮށްލައިގެން ތިއްބެވެ. މާ ލަސްތަކެއްނުވެ ބޯޓު އައިސް ބަނދަރާއި ގާތްކޮށްލިއެވެ. ދުވަސްތަކަކަށްފަހު އަންހެނުންނާއި ދެކުދިން ފެނުުމުން އަޒްހަދުގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. މާލެ އާއި ކައިރި ރިސޯޓެއްގައި ސްޕަވައިޒަރެއްގެ މަޤާމު އަދާކުރަމުންދާ އަޒްހަދަށް އާއިލާއާއެކު ވަގުތު ހޭދަކޮށްލެވެނީ މިހެން ލިބޭފަދަ ޗުއްޓީގައެވެ. އަޒްހަދު ފެނުމާއެކު ނަފީސާގެ އިތުރުން އާޝާ އާއި ދިމްނާގެ މޫނުމަތިވެސް އަލިވެގެން ދިޔައެވެ. ބޯޓުން ފޭބުމަށްފަހު އޭނަގެ ދަބަހާއި ގެނައި ފޮށިގަނޑުތައް ހިފައިގެން ނަފީސާމެނާއެކު އަޒްހަދު ގެއަށް ދިއުމަށް ހިނގައިގަތެވެ.

ދުވަސްތަކަކަށްފަހު އާއިލާ އެކުގައި ހެނދުނުގެ ނާސްތާ ކުރިއަށް ދިޔައެވެ. ” ދަރިފުޅާ އާޝާ… ދަރިފުޅު ވަޒީފާއަކަށް ދާކަށް ނުވިސްނަންތަ… އަބަދު ކަމެއް ނުކޮށް ގޭގަ އޮންނާކަށް ނުވާނެއެއްނު… ބައްޕައަށް ފެންނަނީ ދޮންތަހެން ދަރިފުޅުވެސް ވަޒީފާއަކަށް ދާން… ވަޒީފާއެއް ހަމަޖެހެންދެން ގޭގެ މަސައްކަތްތަކުގަ އާޝާވެސް ދޮންތައަަށާ މަންމައަށް އެހީވާން… ” ސައިބޯން އިނދެ އަޒްހަދު ދައްކަން ފެށި ވާހަކައަކުން އާޝާގެ މުޅި މޫޑު ޚަރާބުވިއެވެ. ” ބައްޕަ ކީއްވެތަ އަބަދު އެއްވާހަކައެއް ތިދައްކަނީ… ރަށަށް އައިއްސަވެސް އެއްވާހަކައެއް… ރިސޯޓުގަ ހުރެ ގުޅައިގެންވެސް އެއްވާހަކައެއް… އަހަރެންގެ ނިންމުން ކުރިންވެސް ބުނީމެއްނު… އަހަރެން ބޭނުމެއްނޫނޭ ވަޒީފާއަކަށް ދާކަށް… ބައްޕައަށް ބޮޑުކަމަކަށް ވަނީތަ އަހަރެންގެ ޚަރަދުތައް ބަލަހައްޓަން… ގޭގެ ކަންކަމަކީ އަހަރެން އެއްވެސް އިރެއްގަ ކުރާހިތްވާ ކަމެއްނޫން… އަހަރެން ނުކުރިޔަސް ދޮންތަ ހުރިހާ ކަމެއް ކުރާނެއެއްނު… ދެން އަހަރެން ކޮންމެހެން މަސައްކަތްކުރަންޖެހޭތަ… ބައްޕައަކަށް ދުވަހަކު ދޮންތައެއް ގޯހެއްނުވާނެ… އަބަދުވެސް އަހަރެން ގޯސްވާނީ… ” މޫނު ހަދައިގެން އިނދެ އޭނަ ބުނަން ބޭނުންވި އެއްޗެއް ނުރުހުންތެރިކަމާއެކު ބުނެލުމަށްފަހު އާޝާ ވަގުތުން އަތްދޮވެލައިގެން ކާކޮޓަރިން ނުކުތެވެ.

” އަޒްހަދުގެ ކަންތަކޭ… އާޝާ ރުޅިއަންނަކަން އިނގޭއިރު އެވާހަކަ ކީއްކުރަންތަ ތަކުރާރުކޮށް ދައްކަނީ… ސައިވެސް ނުބޮއެއްނު އެދިޔައީ… ދިމްނާ ވަޒީފާއަށް ދާއިރު އާޝާ ކޮންމެހެން ވަޒީފާއަށް ނުދިޔަކަސް އަހަރެމެނަށް އުޅެވިދާނެއެއްނު… ” ނަފީސާވެސް އަޒްހަދު އެވާހަކަ ދެއްކުމުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އޭރުވެސް ދިމްނާ އިސްޖަހާލައިގެން އިނދެ މަޑުމައިތިރިކަމާއެކު ސައިބޮމުން ދިޔައެވެ. އޭނާ އެއްވެސް އެއްޗެކޭ ބުނެފިނަމަ މަންމަ ރުޅި އަންނާނެތީ ދިމްނާ އެއްޗެކޭ ނުބުނެ އިނީއެވެ. ”ނަފީސާވެސް އަހަރެންދެކެތަ ހިތްހަމަނުޖެހުނީ… މިކަހަލަ ކަންކަމުގަ ނަފީސާ އާޝާއަށް އެފަދަ ވިސްނުންތަކަށް އެއްބާރުލުންދޭތީ އާޝާގެ އުޅުން އެހެން ހުންނަނީ… އަހަރެންނަށް އެއްވެސް ގޮތަކުން ބޮޑުކަމަކަށް ނުވޭ އަހަރެންގެ އާއިލާއަށް ޚަރަދުކުރާކަށް… އެކަމަކު އޭގެ މާނައެއް ނޫން މަސައްކަތެއްނުކޮށް ހުންނާށޭ… އަހަރެން ބޭނުން އަހަރެންގެ ދަރިންނަކީ ޒިންމާދާރު ބައަކަށް ހަދަން… އަބަދަކު އަހަރެމެނެއް ނުތިބޭނެދޯ އެކުދިންގެ ކަންތައްތައް ކޮށްދޭކަށް… އަންހެން ކުދިންވީމަ ކޮންމެވެސް ދުވަހަކުން އެހެން މީހެއްގެ އަތް މައްޗަށްވެސް އެކުދިން ދޫކޮށްލަންޖެހޭނެ… އެހެންވީމަ އެކުދިންނަކީ ޒިންމާދާރު އަމިއްލައަށް އުޅެވޭވަރުގެ ކަންތައްތައްކުރަން ދަންނަ ބައަކަށް ހަދަންވާނެ… ދިމްނާއެކޭ އެއްގޮތަށް އާޝާއަށްވެސް ގޭތެެރޭގެ މަސައްކަތްތައް ނަފީސާ ހަވާލުކުރަންޖެހޭނެ… އެހެންނޫނީ އާޝާގެ އުޅުން ބަދަލެއްނުކުރެވޭނެ… ” އަޒްހަދުގެ ވާހަކަތަކަށް ރައްދެއް ނުދީ އިންނަމަވެސް ނަފީސާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރުތައް ފާޅުވާން ހުއްޓެވެ. ދިމްނާ އަވަސް އަވަސްކޮށްލައިގެން ނުކުތީ އޭނާ އިނުމުން އިތުރަށް އެމައްސަލަ ހޫނުވެދާނެތީއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ރާސްތާ2 ތޭރަވަނަބައި

Next

ލަފްޒު 3

Next
November 10, 2019

ލަފްޒު 3

Previews
November 9, 2019

ރާސްތާ2 ތޭރަވަނަބައި

20 Comments!

  1. ifoo says:
    November 9, 2019 at 10:10 pm

    Salaam dear readers…. So sorry for the delay… Mi part kuruvx vaane ehen part thakaa balaafa… Readers upset vaanethy dhn mi up kohly… Next part In Sha Allah Tuesday night ga… E part In Sha Allah dhigukoh genesdheynan… Maadhama ge vaguthehga In Sha Allah last part ge comment thakah reply kohlaanan… Thankyou soooooo much dear readers ifoo ah thidhey support ah ❤️❤️❤️???…

    1. Anonymous says:
      November 10, 2019 at 9:25 am

      egadiyehga reply nukurevenya nukohba. ehves meehaku fahun maa kuryge part thakeh nubalaane. so thin hatharu dhuvas fahun kyhkuran reply kurany. eyahvure rangalhu mibaige comment thakah reply kuriyya

    2. ifoo says:
      November 10, 2019 at 1:30 pm

      Anonymous… Allah ge Iraadhafulhun mihaaru midhany mi part ge comment thakah reply kuramun ???… Time vaavarakun knme part akah vx reply kuran… Ifoo dhevey gothuga fahun vx reply kohlumaky ragalhu goi ???… Readers ufaavaane eyrun vx ???…

  2. Maisha maii says:
    November 9, 2019 at 11:05 pm

    Its ok ifoo❤❤❤… Varah reethi mi bai ves???… Waiting for next part???…

    1. ifoo says:
      November 10, 2019 at 1:35 pm

      Mai ❤️❤️❤️… Thankyou soooooo much dear ❤️❤️❤️??????… V v v ufaavehje story kamudhiyaima ???…

  3. jiji says:
    November 10, 2019 at 7:48 am

    kuruviyas e massala eh nuun ngey ifooo???..mi part vx v v v v rythi masha allah❤❤❤??????..v kiyaa hithun kiyaalevuny..waiting for the next…luw u ifoo??????❤❤❤❤

    1. ifoo says:
      November 10, 2019 at 1:38 pm

      Jiji ❤️❤️❤️… Thankyou soooooo much dear ❤️❤️❤️??????… V v v ufaavehje story kamudhiyaima ???… Thanks for understanding ???… Keep waiting dear… Love you too dear ❤️❤️❤️??????…

  4. Anonymous says:
    November 10, 2019 at 9:24 am

    dhen kihaa dhera kameh. yanaal lifega v kanthah kiyaadhen vehjuhnu. varah bolah undhagu thihen hadhaathy. konme faharaku kuryge part thakun ethan thankolhu kiyan jeheny handhaan kuran. dhaanish and livaan? dhen e bai genesdheeba avahah. curious kuruviyas maa gina dhuvahu thihen hifehehtu v ma kada. varah vai

    1. ifoo says:
      November 10, 2019 at 1:45 pm

      Anonymous… It’s my style ???… I have already planned the whole story…. So plan aa eh gothah kuriah gendhan adhi visnaafa iny ???… Ifoo ge story thakuga normally v slow koh kankan dhany… Madu madun kankan niulhemun dhaany… Have patience ???… Ehaa avahah hurihaa kameh ingunyma story nimeyne ehnu ???… Vaki sababuthakeh medhuverivegen ekamaa gulhey haalahthakuga maazeege kankan ingigen dhaane…

    2. Anonymous says:
      November 10, 2019 at 2:35 pm

      okey. I am just too curious. ehnve hama keimadhuvegen ehn comment kury. Ekam story hama habeys

  5. Pinky says:
    November 10, 2019 at 12:37 pm

    Writer ah dhw ingeyni vaahaka gendhaane gothei. Anonymous konme story akah vx negative kon comment kurani kyhve tha?? Eii Anonymous ge hobby tha?

    1. ifoo says:
      November 10, 2019 at 1:45 pm

      Thanks pinky ???…

    2. Anonymous says:
      November 10, 2019 at 2:33 pm

      what. mi story ah ekani mi kury. comment kuraairu name baiga ehcheh nujahaifiyya innany anonymousge namuga comment vefa.

  6. Yanaa says:
    November 10, 2019 at 12:43 pm

    Mi?part?varah?reethi????maa sha allah????Curiously? waiting?for?the?next?part…..?????Lysm sis❤❤❤

    1. ifoo says:
      November 10, 2019 at 1:50 pm

      Awwwwnn yanaa ❤️❤️❤️… Thankyou sooooooooo much for the colourful Comment ???❤️❤️❤️???… V v v ufaavehje ???… Keep waiting dear… Much more loves from me ❤️❤️❤️??????…

  7. Kylie says:
    November 10, 2019 at 11:38 pm

    Maasha Allah Mi part vx hama a habeys..??????????. Waiting fr nxt dear….??????????.. LYSM ifoo sissy…… ???????????

    1. ifoo says:
      November 13, 2019 at 10:22 am

      Kylie ❤️❤️❤️… Thankyou soooooo much dear ❤️❤️❤️??????… It means a lot for me ???… Much more loves from me ❤️❤️❤️??????…

  8. §HåĂĶĶÓ says:
    November 11, 2019 at 2:32 pm

    Vvv??reethi??mi??bai??ves…
    Waiting??for???next??… your??amzing??and??story??ves??amazing??and??sifakurun??ves??awsome??this??story??hama??obiness??to??the??max??

  9. Imkko says:
    November 11, 2019 at 9:26 pm

    V reethi mi baives … curiously waiting for the next part ❤❤

  10. Abdulla says:
    November 12, 2019 at 8:58 am

    Anonymous vaahaka kiyaane kameh neh… thina ah thima fenifa hunna meeheh… abadhuves vaahaka liuntherinna jassaalaafa… ekm nukiyaehves nuhurevey… haadha bodaaves meehekey

Comments are closed.

Next Episodeލޯބިވަން ޔާރާއޭ 11←


All Right Reserved!