Skip to content
އެސްފިޔަ

މޫނޭ ތިއީ ހިތް އެދޭ (ޓްރެއިލަރ)

ތެމިދާނެ ކަމުގެ އެއްވެސް ފަރުވާލެއްނެތި އިން އިސްރާއަށް ސިހުން ގެނުވީ އޭނާގެ      ކޮނޑުމަތީގައި މީހަކު އަތްއަޅާލުމުންނެވެ.އެއީ ކާކުގެ އަތެއްކަން އިހުސަސްވީ ހިނދު        އެތަނުން ތެދުވެ ދުއްވައިގަންނަން ނެގި ފުރަތަމަ ފިޔަވަޅުން އިސްރާއަށް ފަހަތަށް                        އެނބުރި ބަލާލެވުނީ ޔޫސުފް އޭނާގެ ނަމުން ގޮވާލުމުންނެވެ.

“އިޒީ” ލޯބިން ފުރިގެންވީ އަޑަކުން އިސްރާއަށް ޔޫސުފް ގޮވާލިއެވެ.

އެތަށް ދުވަހަކަށް ފަހު ޔޫސުފް އޭނާއަށް އެނަމުން ގޮވާލުމުން އެންމެ ފުރަތަމަ      ދުވަހެކޭވެސް އެއްގޮތަށް އިސްރާއަށް ޔޫސުފް އާއި ދިމާލަށް ބަލާލެވުނީ         ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ.ޔޫސުފްގެ މަޑު    މުށިކުލައިގެ ދެލޮލުގެ ތެރެއަށް ގެނބިގެން ގޮސްދާނެހެން ހީވި ވަގުތުކޮޅަކަށްފަހު އިސްރާއަށް  ދުރުބަލާލެވުނީ ލޮލަށް ގިނަވެފައި ހުރި ކަރުނަތަށް ޔޫސުފްއަށް ފޮރުވުމުގެ ނިޔަތުގައެވެ.

އިސްރާގެ ފަރާތުން ފެނުނު މާޔޫސްކުރުވަނިވި ހަރަކާތަށްފަހު ޔޫސުފް އަނެއްކާވެސް           އިސްރާއަށް ގޮވާލީ އެހިތުގައިވި ހުރިހާ ސުވާލަކަށް  ޖަވާބު  ބޭނުންވާފަދައިންނެވެ. ނަމަވެސް ޔޫސުފް އަޑުއަހަން ބޭނުންވިކަހަލަ އެއްވެސް ވާހަކައެއް އިސްރާގެ ފަރާތަކުން              ނުއިވުނެވެ.ލިބުނުހާވެސް ޖަވާބަކީ އިސްރާއަކީ މިހާރު މީހެއްގެ އަންބެއްކަމެވެ.ޔޫސުފްއަށް އިތުރު އެއްވެސް ސުވާލެއްކުރުމުގެ ފުރުސަތު ނުދީ އިސްރާ އެތަނުން ދިޔައީއެވެ.

ޔޫސުފްއަށް އެހިތުން ދެވިފައިވާ މަތިވެރި މަގާމަކީ ޙުދު އޭނާގެ ފިރިމީހާ އާސިމްއަށްވެސް ދެވިފައިވާ މަގާމެއް ނޫންކަން ޔޫސުފްއަށް އިނގޭނެ ނަމައެވެ.      ނަމަވެސް ހުރިހާ ކަމެއްވެސް ވެގެން ދިޔައީ ޙުދު އިސްރާއަށްވެސް  ނޭނގިއެވެ.އޭނާއަށް ނޭނގި އޭނާގެ ބައްޕައާއި އާސިމްގެ ބައްޕަ ކުރި ކަންތައްތަކުގެ                      ސަބަބުން ހަތަރު  ދިރިއުޅުން މުޅިއެކުން ހަލާކުވެގެން  އެދިޔައީ  ބަސްބުނާހާ  މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.ޔޫސުފް ކިތަންމެ އިނގެން ބޭނުންވިޔަސް މިކަންތައްތަކީ ޔޫސުފްގެ ދިރިއުޅުމަށް ހުރި ނުރައްކަލެއްކަން އަންގައިދޭން އިސްރާ ކިތަންމެހާވެސް ބޭނުމެއްނޫނެވެ..

Comments (5)

  1. Kuthoo

    Waiting for the first part. Varah reethi Vaahaka. ????????

    1. aish
      Kuthoo

      Inthizaaru khlahvaa.. and thank you so much

  2. aish

    salaam readers..so me aish mi site ga liyaa furathama vaahaka. so mistake hunnaane obviously and aish vrh ufaavaane readers aish ah e mistakes thah faahaga khdhiniyyaamun and 1st part liyevunuhaa avahahakah…hope u guys enjoy this story

  3. Yanaa

    Nice?????maa sha allah waiting for the next part.❤❤❤

    1. aish
      Yanaa

      thank you

Comments are closed.