ޒަޚަމް ޓްރެއިލާރ
ވެހެމުން ދިޔަ ބޯވާރެގަނޑުތެރޭ މަގު ގެއްލިފައިވި މުސާފިރެއް ފަދައިން ދަހުލާން ހިނގަމުން ދިޔައެވެ. އޭނާގެ މަންޒިލަކީ ކޮބައި ކަމެއް ޚުދު ދަހުލާންއަކަށް ވެސް ނޭންގެއެވެ. އަދިވެސް ކަންފަތް ދޮށުގައި ގުގުމަމުން ދިޔައީ ދުވަހަކުވެސް އިވޭނެކަމަށް ހީކުރި ބަސްތަކެއް ނޫނެވެ. އެ ބަސްތައް އަޑު އިވުމުގެ ކުރިން އޭނާ ބީރުވީ ނަމައޭވެސް ދަހުލާންގެ ހިތަށް އެރިއެވެ. މަގުގެ ވަކި ހިސާބަކަށް ގޮއްސައި ދަހުލާން ހިނގުން ހުއްޓާލިއެވެ. އުޑުމައްޗަށް މޫނު އުފުލާލުމާއެކު ވާރޭތިކިތައް އޭނާގެ މޫނުގައި ބޮސްދީފައި ފައިބަމުން ދިޔައެވެ. ދެއަތް ފުޅާ ކުރުމަށްފަހު އަޑުގެ ނެތްތަނަށް ދަހުލާން ހަޅޭއްްލައިގަތެވެ. ހަޅޭކުގެ އަޑު މަޑުވަމުން ގޮސް މަޑު ގިސްލުމަކަށް ބަދަލުވެ މަގުމެދަށް ދަހުލާންއަށް ތިރިވެވުނެވެ.
******
ކޮޓަރިތެރެއަށް ހީވަނީ ކުޑަވަރެއްގެ ތޫފާނެއް އައިއްސަ އޮތްހެންނެވެ. އެތައް މިތަނަށް އެއްޗިހިތައް ވަނީ އުކާފައެވެ. އެނދުގައި ހުރިއްޔާ ހުރި ބާލިހަކާއި ބެޓްޝީޓްގަނޑު ވެސް އޮތީ ނަގާ އެއްލާލާފައެވެ. ކޮޓަރި ތެރެއިން ދުވަމުން ދިޔައީ ރީތިވާން ގެންގުޅޭ ސާމާނުގެ ވަހެވެ. ސެންޓުފުޅިއާއި މޭކަޕްސެޓް ފަދަ ތަކެތި ބިންމަތީގައި ތަޅައިގެން ގޮއްސައި ހުއްޓެވެ
ދޮރުބުޑުގައި ލެގިގެން ކަކުލުގައި ބޯ އަޅައިގެން އިނދެ ގިސްލަމުން އާލިޔާ ދިޔައެވެ. މޫނުގައި ހުރި މޭކަޕްތައް ފެވިފައި ހުރިއިރު ފަން އިސްތަށިގަނޑުވެސް އޮތީ އެއްވެސް ތަރުތީބެއްނެތި ހޭވިފައެވެ.
*****
އަތުގައި އޮތް ސިނިގިރޭޓު ބުރު ދުރަށް ހޫރާލާފައި ކައިރީގައި ހުރި ފާރަށް އަތުގެ ހޫނު ހަމަލާއެއް ސުފްޔާން ދިނެވެ. ހަމަލާއާއެކު ކަރުބުޑުން ވޭނީ ހަޅޭކެއްގެ އަޑުއިވުނެވެ. ދެންވެސް ސުފްޔާން އަތުގައި ހުރި ބާރެއްލާފައި ފާރުގައި ޖެހިއެވެ. އޭނާ ފާރުގައި ވީއްލާލާ ކޮންމެ އެތިފަހަރަކަށް އަނގައިން ވޭނީ ހަޅޭކެއްގެ އަޑު ނުކުމެއެވެ. އެތައް ފަހަރަކު ތެޅުމަށްފަހު އެއްވެސް ތަރުތީބެއްނެތި ހޭވިފައިވި އޭނާގެ އިސްތަށިގަނޑު ތެރެއަށް ކަނާއަތް މަހާލިއެވެ.
***
14 Comments!
Comments are closed.






salam all readers. miee rastha season 2 ninumah fahu genesdheyn alhugandu gasthuraa vaahaka eh. hurihaa kiyumtherinnahves trailer kamudhiyakamh ummydhu kuran. adhi shauguverikamaaeky mi vaahaka ah inthizaaru kuraanekamah ves ummedhu kuran
Yeyy me first dhw …vrh vrh rythi trailer…waiting for this story???
Yweah darla thanks
Waiting for the story ????? I love that names❤️❤️???? LYSM ❤️❤️❤️???
Thanks dear. Very happy to know that u loved the names ly2
Maasha Allah trailer Varah reethi….. Waiting for the story…..
Thanks dear.
raastha ge dhn baaky kithah episode?
Ehen bunaakah neynge adhi kithah episode kameh. 50episode ah vure gina nukuran mi balany
Wow. Kiyaa sis i m waiting
Thanks
vampire diaries ge fan ehtha??
Yessssss TVD and TOge varah bodu fan eh♥️♥️
Vv dhuvasfahun Damon vahaka ehge cover pic akun mifenuniii…ummeeedhu kuran mi vrhka vx Damon aaa ehvarah reeethi vaaney kamh???