Skip to content
އެސްފިޔަ

ނޭނގި ވެވުނު ލޯބި 3

ކާރު ގޮސް މަޑުކޮއްލީ ބޮޑުގޭޓެއްގެ ކުރިމައްޗަށެވެ.ގޭޓު

ހުޅުވިގެން ދިއުމުން ޝަހުދާން ކާރު އެތެރެއައް ވައްދާލިއެވެ.އަދި ކާރުން ގޮސް

ޕާކުކުރާ ތާާނގައި ކާރު ޕާކުކޮއްލުމަށް ފަހު ކާރުން ފޭބިއެވެ.

އެވަގުތު ވާރޭ އެށްކޮށް ހުއްޓިފައި ވުމުން ޝަހުދާންގެ ފިރިހެންވަންތަ

ހިނގުމުގައި ގޮސް އެ ބޮޑު ގަނަވަސް ދޮރުގެ ކުރިމަތީ ހުއްޓިފައި

ގޭގެ ބެލްގައި މަޑުމަޑުން ފިއްތާލުމުން ކޮންމެވެސް އަންހެން މީހަކު

އައިސް ގޭގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އެތެރޭގަ ތިބި މީހުންގެ

ނަޒަރުވެސް ޝަހުދާން އަށް ހުއްޓުނެވެ.އެތެރޭގަ ތިބި މީހުނަށް

އަޅާލުމެއްނެތި ޝަހުދާން އެތެރެއަށް ވަދެގެންގޮސް

ސިޑިން މައްޗަށް އަރައިގއން ގޮސް ކޮޓަރިއަށް

ވަދެ ނިވާވިއެވެ.

***********************************

ގޭގެ ބެލް ރިންގުވުމުން ގެނައި ކޮފީގެ ތަބަށް

މޭޒުގައި ބެހެއްޓުމަށް ފަހު އުފާވެރި މޫނަކާ އެކީ ޥީނާ ދޮރު

ހުޅުވަން ދިޔައީ އެއީ ކާކުކަން އެނގިހުރެއެވެ.އުއްމީދުކުރި

މޫނު ފެނުނު ކަމުގަިވިޔަސް އެމޫނުން ފެނިގެންދިޔައީ މީގެ

2 އަހަރުކުރިން ފެނިގެންދިޔަ ހިތާމަ އެވެ.އެޔާއެކު ވީނާޔަށް ފަހަތަށް

ބަލައިލެވުނީ ފިރިމީހާޔަށް އެކަން ފާހަނގަވިހޭ އަހާލާ ފަދަ ގޮތަކަށެވެ.

އެވަގުތު އެއްޗެއް ނުބުނުމަށް ޝާމިން ވީނާޔަށް އަތުން މަނާ

ކުރީ ހާލަތު އެނގިގެންނެވެ.ވީނާ އެނބުރި ކުރިމަށްޗަށް ބަލާލިއިރު

ޝަހުދާން ވީނާޔަށް ބަލައިވެސް ނުލައި އެތަނުން ދިއުމުން

ވީނާ މިލާމޯޅި ވެފައިވާ މޫނަކާ އެކީ ގޮސް އެތާ ކައިރި ހުރި

ގޮނޑިއެއްގައި ގޮސް އިށީނެވެ.

އޭރު އެތާ އިން ޝައުނާ މަންމަޔަށް ހިތްވަރު ދިނުމުގެ ގޮތުން

ވާހަކަ ދައްކަން ފެއްޓިއެވެ. މަންމާ… ދެން ތިހާ ދެރަ ނުވެބަލަ.

ކޮއްކޮ އަދި މަންމަޔާ ވާހަކަ ދައްކާނެޔޭ….

ނޫން ދަރިފުޅާ މަންމަޔަކަށް ހިޔެއް ނުވޭ ޝަހޫ މަންމަޔަކާ

ވާހަކަ ދައްކާނެހެން … މިހާރު ޝިއު އަހަރުމެންނާ ވަކިވެ ދިޔަތާ

މި ވަނީ 17 އަހަރު.އޭރު ޝައުނާގެ އުމުރުން ވާނީ 10 އަހަރު،

އަދި ޝަހުދާން އަށް އެންމެ 7 އަހަރު…މިހުރިހާ އަހަރު

ވެގެން ދިޔައިރު ވެސް ޝަހޫ އަހަންނާ އެންމެ ބަހެއް ވެސް

ނުބުނޭ … ވާހަކަ ދެއްކީ  ވެސް ހަމައެކަނި

ޝަލީން އާ ޝަހޫ ރައްޓެހިވެގެން އުޅުނު  އިރު …..

ނަމަވެސް ޝަލީން ޝަހޫ ދޫކޮއް ދިއުމުން

އަނެއްކާވެސް ކުޑައިރު އުޅުނު ގޮތަށް ވުރެ މާ

ނުބައިކޮށް.. މާ ހިތާމައިގަ މިހާރު ޝަހޫ އުޅެމުން

އެ ދަނީ ..މަންމަ ހާދަ ދެރަވެޔޭ … ދޮންމްންމަޔަށް

ވިޔަސް މަންމަ ޤަބޫލުކުރަނީ ތި ދެކުދިންނަކީ ވެސް

މަންމަގެ ދެ ކުދިންގެ ގޮތުގަ… މަންމާ ޝައުއައް

އެނގެޔޭ ހުރިހާ ކަމެއް…ޝައުއަށްވެސް މަންމަގެ

ރަނގަޅު ކަން އެނގި މަންމަޔާއެކު އުޅެން

ފެޝީ ނުން ….. ދެން މަންމާ އެހާ ދުވަސް ފަހުން

ޝައު ގެއަށް ައއުމުން ވެސް މަންމަ ތި ވާހަކަތަށް

ދައްކަން ތި ފެޝީ…އެލީ ދޭބަ މާމަ ކައިރިއަށް…..

އުނގުމަތީ ބައިންދައިގެން އިން އެލީގާތު

ޝައުނާ  ބުނެލުމާއެކު އެލީ ދުވެފަ ގޮސް ވީނާގެ

އުނގަށް އެރިއެވެ.މާމަ ތިހާވަރަށް ހޭތީ އެލީ ….

ވަރަށް ދެރަވެޔޭ… 3 އަހަރުގެ އެލީގެ އެހެން ބުނުމުން

އެތާ ތިބި އެންމެންގެ ހިނިގނޑު ފަޅައިގެން ދިޔައެވެ..

ދަރިފުޅާ ހޭތީ ނޫނޭ.. ދެރަވާތީ.. އެލީގެ ލޯބި ލޯބި ކޮލުގަ

ހިފާލަމުން ވީނާ އެހެން ބުނެލިއެވެ. ދަރިފުޅާ އިފްހާމް

ނައީ ކީއްވެ؟ އެހުރިހާ ވަގުތު ހިމޭނުން އިނދެފަ ޝާމިން

ސުވާލެއް ކޮއްލީ ވީނާޔަށް އެކަން ފާހަނގަ ވިހެން

ހީވުމުންނެވެ. އިފޫ މިއަދު ވަރަށް ބިޒީ މިއަދު

އެހެންވެ ނައީ އެކަމު ބުނި ބަލައި އަންނާނަމޭ..

**********************************

ކޮޓަރިއަށް ވަތް ގޮގަށް ފާހާނަޔަށް ވަދެލިއެވެ.

އަދި އެގެ 20 ވަރަކަށް މިނުޓު ފަހުން ޝަހުދާން ފާހާނައިން

ނުކުތެވެ.. އޭރު ޝަހުދާން ލައިގެން އިން ކުރު ސޯޓުންނާ

އަތްކުރު ޓީޝާޓުން ޝހުދާންގެ ކަސްރަތީ ހަށިގަނގަޑު ފެނި

މޮޔަނުވާނޭ މީހަކު ނުހުންނާނެ އެވެ.ވެފައި ހުރި ވަރުބަލިން

ޝަހުދާން އެނދުމަށްޗަށް ވެއްޓިގަތެވެ. އަދިދެލޯ މަރާލީ

ބަލިފިލުވާލުމުގެ ގޮތުންނެވެ.އެޔައެކު ޝަހުދާން އަށް

ފެނިގެން ދިޔައީ ޝެލީގެ ޜީތި މޫނެވެ.އެޔައެކު

ޝަހުދާންއަށް ފުންމައިގެން ތެދުވެވުނީ އެއީ ކީއްވެ

ވީ ކަމެއް ކަން ނެނގޭ ހާލުގައެވެ. ވަސުތުން

އަލަމާރި ކައިރިޔަށް ގޮސް އޭގަ ތަޅުލާފަ އިން

ކަބަޑުން ފޮޓޯގަަނޑެއް ނެގިއެވެ.އެ ފޮޓޯގަނޑު ހިފައިގެން

ގޮސް އަނެއްކާ ޝަހުދާން އެނދުމަތީ އޮށޯވެލިއެވެ. އަދި

މަޑުމަޑުން އެފޮޓޯގަނޑުގެ ފަހަތުގައިވާ އެތި ކިޔާލިއެވެ.

މި ހިތުގެ ވންދަިކީ ތިއޭ …

މި ފުރާނައިގެ ދިރުމަކީ ތިއޭ…

ލިބޭ ހުރިހާ އުފަލަކީ ތިއޭ…

ދިރިހުރުމުގެ އަސްލަކީ ތިއޭ….

ނުފިލާނެ ހަނދާނަކީ ތިއޭ …..

އަހަރެންގެ ފުރަތަހަމަ ލޮތްބަކީ ތިއޭ…

އެޔާއެކު ޝަހުދާންގެ ލޮލުން ކަރުނަ އޮހޮރިގަތެވެް

އޮހޮރިގަތެވެ.

ނުނިމޭ…..

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (7)

  1. Maisha maii

    Varah reethi mi part vx?. When next part???. Waiting ingey

  2. Umny ???

    Nice. And when is the next part?

  3. eekko sau

    THANK U.. Next part iraadhakurehviyyaa varah avah up kohlaanan..

  4. Kim taehyung/v/tae tae

    Well is that jungkook who is the midle…. story hama habeys…..love it purple u??????????????

  5. Kylie

    V reethi mi part vx….?????.???????. Waiting fr nxt..?????????…. LYSM dear sis…?????????????.

  6. Yanaa

    Varah varah reethi…?????maa sha allah?????curiously waiting for the next part????

  7. ?

    Alhugadah fennany vaahakaige ehbai..

Comments are closed.