Skip to content
އެސްފިޔަ

އަހަރެން

އާސްމާނުގެ މެހެފިލްގައިވާ ތަރިތަކުގެ ނަލަކަން، ހަނދުގެ އަލިކަމުން ފުރިހަމަކޮށްދެއެވެ. އޭގެ ދިހުމުން އަހަރެންގެ ކޮލުގައި ބީހެމުންގެންދާ ކަރުނަތައް ބަބުޅާލައެވެ. ހިނދިވަޅުގެ ތެރޭގައި ލޭރަހަ ލައްވާލާފައިވާ ތާށިކަމާއެކު އަހަރެން ހާވިޔާވަމުން ދިޔައީ ކޮންކަހަލަ ދުވެއްޔެއްގައި ހެއްޔެވެ. ވޭނީ މަންކާރަވެރިކަމުގައި ނިއްވާލި ލޯބީގެ ހުޅުކޮޅު، އަލުން ދިއްލާނީ ކިހިނަކުން ހެއްޔެވެ. އެ ދުވަސްތައް އަލުން އަނބުރައި ލިބޭނެ ބާވައެވެ.
މާޒީގެ ޞަފުޙާތައް އުކަމުންގޮސް ކަންމަޅާފައިވާ ހިސާބެއްގައި މަޑުޖައްސައިލީމެވެ. އެއީ މީގެ 3 އަހަރު ކުރިއެވެ. އޭރުގައި އަހަރެންގެ ކޮންމެ ޔާރަކީވެސް ކޮންމެވެސް މީހެއްގެ ލޯތްބެކެވެ. ހުހަށް ހުންނަނީ އަހަރެން އެކަންޏެވެ. އެ މީހުން އުޅޭލެއް ލޯބިކަން ފެނިފައި އަހަރެންނަށް ހުރެވެނީކީއެއް ނޫނެވެ. އޭރު އަހަރެން އުޅުނީ ގުރޭޑު 7 ގައެވެ. އެފަދަ ލޯބި ދިރިއުޅުމެއް އުޅެން އަހަރެންވެސް ނުލާހިކު އެދެމެވެ. އެންމެ ފަހުން، ރައްޓެހިންގެ މަންކާރަވެރިކަމުގައި އަހަރެންވެސް ކުއްޖަކާއި ގުޅިފީމެވެ.
އެއީ އައިޝަތެވެ. އެތައް ދުވަހެއް ފާއިތުވީ އިރުވެސް އަހަރެންގެ ހިތުގައި ލޯބީގެ ކަންފުޅެއްވެސް ނުހައްދަވައެވެ. އަހަރެންގެ ވިސްނުމުގައި މީހަކަށް ދަޅަދައްކައިގެން މިފަދަ ގޮތަކަށް ގެންގުޅުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އަހަރެން އައިޝަތުގެ ޙަޔާތުން ވަކިވީ މި ސަބަބަށްޓަކައެވެ. އަހަރެންގެ އެންމެ ބޮޑު މައްސަލައަކީ އަނދައި ހުލިވާފަހުން ކަންކަން ފަހުމުވުމެވެ. އަހަރެންނަށް ލޯބިނުވެވުމަކީ، އޭރު އަހަރެން ވަރަށް ކަންބޮޑުވީ ކަމެވެ. އަދިވެސް އަހަރެންނަށް ލޯބި ވެވޭނެ ކަމުގެ އުންމީދާއެކު މަރިޔަމްގެ ހިތުންވެސް ޖާގަ ހޯދީމެވެ. މި ފަހަރުވެސް ހާކަނޑުގައި ލަބަރި ތަޅާފައި ޖެހުނީ އެނބުރި އަންނާށެވެ. އަނެއްކާވެސް މި ދެވުނީ ކުށެއްނެތް ކުއްޖަކަށް ބޮޑު އަނިޔާއެކެވެ. އަހަރެން އޭރު އުޅުނީ ގުރޭޑު 8 ގައެވެ.
އަހަރެންގެ ލޯބި ދިރިއުޅުމެއްގެ ހުވަފެންތައް ފަނޑުވަމުންގޮސް ގޮސް ހުއްޓައި އެ ހުވަފެންތައް އާރޯވީ ޔާޒޫމު ދުވެއްޔެއްގައެވެ. އޭރު އަހަރެން ކިޔަވަމުން ދިޔައީ ގުރޭޑު 9 ގައެވެ. އަނެއްކާވެސް އަހަރެންގެ ޙަޔާތާއި ގުޅުނީ ހަމަ އައިޝަތެކެވެ. އެއީ އަހަރެންގެ ފުރާނައިގެ ބޮޑު ޙިއްސާއެއްކަމުގައިވެ ނިމުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ނަމަވެސް އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކުގެެ ޙާލުބާލާލައި ބައްދަލުކޮށްލެވެނީ 2 ހަނދުމަހުން އެއްފަހަރު ކަހަލަ ގޮތަކަށެވެ. އަހަރެންގެ ރައްޓެހިން، އުޅޭހެން އަހަރެންވެސް އުޅެން ބޭނުމެވެ. ކޮންމެ ދުވަހަކު އައިޝަތު ދެކިލަން ބޭނުމެވެ. ގުޅައިގެން ވާހަކަ ދައްކަންވެސް ބޭނުމެވެ. މިކަމަށް ހުރަސް އެޅެނީ އައިޝަތުގެ މަންމަގެ ކަންތަކާ ހުރެ ކަމަށް ޚުދު އައިޝަތު އަހަރެން ގާތުގައި ބުންޏެވެ.
ޙަޤީޤަތުގައިވެސް އަހަރެން އޭރު އުޅުނީ ކޮންފަދަ ޙާލެއްގައިހެއްޔެވެ.
އެއްދުވަހެއްގައި އަހަރެން އައިޝަތާއި ދިމާވެވުމުން އަހަރެމެން ދެމީހުންގެ ފޮޓޯއެއް ނަގަން އެއްބަސްވީމެވެ. ހަނދާނަކަށްވެސް އެ އޮންނާނެ ނޫންހޭ ކިޔާފައެވެ. މާކަ ގިނަދުވަހެއްނުވެ އައިޝަތުގެ މަންމަ އަތުގައި އެ ފޮޓޯ ޖެހިއްޖެއެވެ. އެހިސާބަށް އެ ފޮޓޯ ދާނީ އަދި ކިތައް މީހުންގެ އަތުގައި ޖެހިފައި ހެއްޔެވެ. އެހިސާބުން މައްސަލަ ގޯސްވީއެވެ. އަހަރެންގެ ބޮލުގައި ނާޅުވާކަށް އިލްޒާމެއް ނެތެވެ. ނަމަވެސް އަހަރެން ކެތްކޮށްގެން ހުރީ ހަމަ އައިޝަތަށްޓަކައެވެ. މި މައްސަލަ ހޫނުވީ އިރު އަހަރެން ކިޔެވީ ގުރޭޑު 10 ގައެވެ. އެއްދުވަހެއްގެ ފަތިހުގައި އައިޝަތު އަހަރެންނަށް މެސެޖުކޮށްފައި އޮތެވެ. އޭގައިވަނީ އޭނާ އަހަރެންދެކެ ލޯބިވާ ވާހަކައެވެ. ނަމަވެސް މައްސަލަ ބޮޑުވުމާއެކު ދެމީހުންގެ ބައްދަލުވުންތައް އިހަށް މަޑުޖައްސައިލުން އެދޭ ކަމުގައިވެސް ލިޔެފައި އޮތެވެ.
އެދުވަހުގެ ފަހުން އަހަރެމެން ދެމީހުން ވަރަށް ދުރުވެއްޖެއެވެ. މިހާރު އަހަރެންގެ އައިޝަތު އަހަރެން ދެކެ ލޯބިވާކަމެއް ނުވަތަ ނުވާ ކަމެއްވެސް ނޭނގެއެވެ. މި ޚިޔާލުތަކުގައި އޮވެ އަހަރެން ނުރޯ ހަމަ އެންމެ ރެއެއްވެސް މިހާރަކު ނުދެއެވެ. ފޯނަށް މެސެޖެއް އަޔަސް ހީވަނީ އެއީ އައިޝަތުގެ މެސެޖެއްހެންނެވެ. މިއީ ހާދަ ވޭނެކެވެ. އަމިއްލައަށް މަރުވާން ޚިޔާލުކުރި ދުވަސްތައް މަދީކީއެއް ނޫނެވެ. ސަމާސާކޮށްކޮށްފައި އަހަރެން މިއުޅެނީ އުފަލަކުން ނޫނެވެ. ހިތުގައި އަޅާ ވޭން ފޮރުވުމަށްޓަކައެވެ. ކޮންމެ ފަދަ ގޮތެއްވިޔަސް އަހަރެން ހުންނާނީ އައިޝަތުގެ އިންތިޒާރުގައެވެ. އަހަރެން އައިޝަތުދެކެ ލޯބިވާ މިންވަރު ބުނެދެން ޚުދު އަހަރެންވެސް ނުކުޅެދެމެވެ.

Comments (11)

  1. Kattey

    Saabahey ?????? Aishath aa dhimaaveythoa dhw thi vaahaka eiy gothau mi vaahakaves post koffa meenee. ???? Iraadhakurevviyya you ge love libeyne v avahah. ????????????Keiy uranikoh e vee….. Vaahaka hama habeys????????????????

    1. Kattey
      Kattey

      Kuranikoh******

  2. Irufan

    Kattey thikan veythw aharumenvx dhuvaa kuran………..vaahaka hama habeys iturakah bunaane ehcheh neh

  3. Dark angel??‍♂

    Vvv furihama…ummeedhu kuran thi khujjaa ah aishath libeyne kmh…adhi aishathge manma ah visneyne kmh…ummeedhakee adhivx mifadha ethah vrhka kiyaalan libun…ekm miah vure dhigukh…like other writers….hope new story akun bahdhal vaane kmh lysm

  4. Nakathey

    Thikan vaane kae ah

  5. Braun Strowman

    Varah furihama vaahakaeh??

  6. Asrafee

    Oh so sad inshallah you will get you want

  7. Ashraf

    Oh so sad

  8. Aalim

    Kae ah vaane??

  9. Eesa

    Varah furihama

  10. Eshal

    Vocabulary varah reethi??

Comments are closed.