-ފިލްމު ތަކުގައިވެސް ޖިންސީ ތަފާތު-
އެއްމެ މަޤުބޫލު ފަސް ސަތޭކަ ފިލްމަށް ބަލާލާއިރު ފިރިހެނުންނާއި އަންހެނުން ވާހަކަ ދަށްކާފައިވާ މިންވަރު ވަރަށް ވެސް ތަފާތެވެ. ދެޖިންސު މަސައްކަތް ކޮށްފައިވާ މިންވަރު ތަފާތެވެ. އަދި ހަމަ އެހެންމެ އަގުތަށް ވެސް ތަފާތެވެ. މިހެންގޮސް ފިލްމީ ދާއިރާގައި ވެސް ޖިންސީ ތަފާތު ކުރުންތަށް އެބަހުރިއެވެ.
އެއްމެ ފުރަތަމަ ކަމަކަށް ބަލާލާއިރު ، ވާހަކަ ދެއްކުމަށް އަންހެނުންނަށް ލިބިފައި ވަނީ 30.8 އިންސައްތައެވެ. ފިރިހެން ތަރިންނަށް ލިބިފަވާ އިންސައްތަ އަކީ 69.2 އެވެ. މިކަމުން ވެސް މި އެނގެނީ ފިލްމު ތަކުގައިވެސް ބޮޑަށް އިސްކަންދެނީ ފިރިހެނުންނަށް ކަމެވެ.
ފިރިހެން ތަރިންނަށް އަންހެން ތަރިން ޖެހުނު ރޭޝިއޯ އަކީ 2.25:1 އެވެ. ފިލްމެއްގައި މަސައްކަތްކުރަނީ ކޮންމެ އަސް ފިރިހެން ތަރިއަކަށް އެއް އަންހެން ތަރިއެކެވެ. މިއީ ކިހާބޮޑު ތަފާތެއް ހެއްޔެވެ؟
އެއްމެ އަގުބޮޑުކޮށް ފިލްމު ކުޅޭ 5 އަންހެން ތަރިންނަށް ބަލާލާއިރު ޖެނިފަރ އެނިސްޓަންއަށް އާމްދަނީ އަކަށް ލިބެނީ 16.5 މިލިއަން ޑޮލަރެވެ. ބިންބިންގ ފޭން އަށް ލިބެނީ 21 މިލިއަން ޑޮލަރެވެ. މެލިއްސާ މެކާތީ އަށް ލިބެނީ 23 މިލިއަން ޑޮލަރެވެ. ސްކާލެޓް ޖޮހޭންސަން އަށް ލިބެނީ 35.5 މިލިއަން ޑޮލަރެވެ. ޖެނީފަރ ލޯރެންސް އަށް ލިބެނީ 52 މިލިއަން ޑޮލަރެވެ.
ހަމައެކަނި އަންހެން ތަރިންނަށް ނުބަލަމާހެއްޔެވެ؟ ފިރިހެން ތަރިންނަށް ވެސް ބަލާލަމާ ނޫންތޯއެވެ؟ އެޑަމް ސޭންޑްލާރ އަށް އާމްދަނީ އަކަށް ލިބެނީ 41 މިލިއަން ޑޮލަރެވެ. ބްރެއިޑްލީ ކޫޕާރ އަށް ލިބެނީ 41.5 މިލިއަން ޑޮލަރެވެ. ވިން ޑީސެލް އަށް ލިބެނީ 50 މިލިއަން ޑޮލަރެވެ. ރޮބާރޓް ޑައުނީ އަށް ލިބެނީ 80 މިލިއަން ޑޮލަރެވެ. މިއީ އާމްދަނީ އެއްމެ ގިނައިން ލިބޭ ދިހަ ތަރިންނެވެ. މިކަމުންވެސް ޖިންސީ ތަފާތު ފެންނާނެ ނޫންތޯއެވެ؟ ފިރިހެން ތަރިންނަށް އާމްދަނީ އަކަށް ލިބެނީ 419 މިލިއަން ޑޮލަރެވެ. ނަމަވެސް ، އަންހެން ތަރިންނަށް އާމްދަނީ އަކަށް ލިބެނީ 226 މިލިއަން ޑޮލަރެވެ. މިއީވެސް ފިލްމީ ދާއިރާ ގައި ޖިންސީ ތަފާތު ކުރުން ހިމެނޭ ބައެކެވެ.
ފިލްމީ ދާއިރާގައި މިނޫނަސް ބައިވަރު ކަންކަމުގައި ޖިންސީ ތަފާތު ކުރުންތަށް އޮވެއެވެ. އެގޮތުން ޑައިރެކްޓަރުން ، ލިޔުންތެރިން ، ޕްރޮޑިއުސަރުން އަދި އެޑިޓަރުން މަސައްކަތް ކޮށްފައިވާ މިންވަރު ތަފާތެވެ.
އެގޮތުން ، އަންހެން ޑައިރެކްޓަރުން އުޅެނީ 9 އިންސައްތައެވެ. ބާކީ އޮތް 91 އިންސައްތަ އޮތީ ފިރިހެން ބޭފުޅުންނަށެވެ. ފިލްމު ލިޔުންތެރިންނަށް ބަލާލާއިރު 15 އިންސައްތަ އިތީ އަންހެނުންނަށެވެ. ހަމައެހެންމެ ، ބާކީ އޮތް 85 އިންސައްތަ އޮތީ ފިރިހެނުންނަށެވެ. ހަމައެކަނި ލިޔުންތެރިންނެއްނޫނެވެ. ޕްރޮޑިއުސަރުން ވެސް މެއެވެ. ޕްރޮޑިއުސް ކުރުމުގެ ބައިން ފިރިހެން ބޭފުޅުންނަށް ސަތޭކަ އިންސައިތަ ތެރެއިން 75 އިންސައްތަ ދަނީ އެބޭ ފުޅުންނަށެވެ. އަދީ ބާކީ އޮތް 25 އިންސައްތަ އެއީ އަންހެން ޕްރޮޑިއުސަރުން މަސައްކަތް ކޮށްފައިވާ މިންވަރެވެ. ހަމަ އެގޮތަށް ، އެޑިޓް ކުރުމުގެ ބައިންވެސް އަންހެން ކަނބަލުންނަށް ލިބިފައިވާ ބައި ކުޑައެވެ. ފިރިހެން ބޭފުޅުންނަށް 80 އިންސައްތަ ލިބިފައިވާ އިރު އަންހެން ކަނބަލުންނަށް އިނީ އެއްމެ 20 އިންސައްތަ އެވެ.
މިކަން މިގޮތަށްވަނީ އަންހެނުން ބޭނުން ނުވެގެނެއް ނޫނެވެ. ނަމަވެސް ، އެފަދަ ފުރުސަތުތަށް އަންހެނުންނަށް ހުލުވާލެވިފައި ނުވާތީ އެވެ. އަދި އެފަދަ ފުރުސަތުތަށް ގިނައީ ފިރިހެނުންނަށެވެ. ވީމާ ، ފިލްމީ ދާއިރާގައި ވެސް ނުވަތަ ފިލްމު ތަކުގައިވެސް ޖިންސީ ތަފާާތު ކުރުން ހުރެއެވެ. އެފަދަ ފުރުސަތު ތަށް ފިރިހެނުންނާއި އެއްވަރަށް އަންހެނުންނަށް ވެސް ފުރުސަތު ދެމާ ނޫންތޯއެވެ. ނަމަވެސް މިފަދަ ކަންތަށްތަކަކީ ދުނިޔެ ކުރި އަރާ ދާއިރު ބަދަލުވާ ކަންތައްތަކެވެ.
- – ނިމުނީ –
ނޯޓް: އަޅުގަނޑު މިރިޕޯޓް ގައި ހިމަނާލެވިފައިވާ މަޢުލޫމާތު ތަކަކީ އަޅުގަނޑުގެ (ގްރޭޑް 7) ދިވެހި (ށ) ފޮތުގެ ޔުނިޓު 7 ގެ 7.6 ގައިވާ މަޢުމާތުތަށް ބަލައިގެން 7.7 ގައިވާ ފިލާވަޅަށް ލިޔެފައިވާ ރިޕޯޓެކެވެ.
24 Comments!
Comments are closed.




7 ge dhivehi gadeega liyan dhin ehchei dhw. Vrh reethi. Masha allah.
yeah thnx
I wrote this in last year.
Varah reethi…Maa sha Allah..??????
thnx lilly
yh i vx mifaharu liyunin mythi…hehe..v furihama mi report…masha allah ????
Omg…. jiji are you just 13 years old?
?yh…hehe…wat happened dear
thank u jiji
Oh wow..I also wrote this too..that so nice..can we be friends??
thnx.. maybe
Wow..this is awsome…i wrote this too this year…Mashaa Allah..
thnx seokjin
Wow…this is awesome…I wrote it this year too…??
ARMYYYY??
thnx kim jinnie
I wrote this too but yours is awesome than me?
thnx naani
I wrote this this year and yours is SOO much better than mine✨??
thnx namjoon for president
I wrote this in this year… but yours is much better than mine..
thnx someone
Ooh myy God I wrote it this year too in dhivehi gadi
Hahaha I love this report KEEP GOING forward dear
????????????????????????
thnx Taehyung fr ur support