Skip to content
އެސްފިޔަ

ތިޔަ ލޯބި މިހިތަށް ލިބުމެއް ނެތީއޭ..

.

އެއީ މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިއެވެ.އޭރު އަހަރެން އުޅުނީ ގްރޭޑް 12ގައެވެ.ހަމަ އެހެންމެ އެއީ ސޯޝަލް ނެޓްވޯކްގެ ދުނިޔޭގައި އަހަރެން އުދުހުނު ދުވަސްވަރެވެ. އޭރު ގިނަ ޒުވާނުންގެ މެދުގައި މަގުބޫލީ ފޭސްބުކެއްނޫނެވެ. މިގް33 އެވެ. ރެޔާ ދުވާލުގެ ގިނަ ވަގުތުތަކެއް އަހަރެން ޗެޓްކުރުމުގައި ހޭދަކުރަމެވެ. ވަކި ޚާއްސަ މީހަކާ ބައްދަލެއްނުވެއެވެ.

އާދައިގެމަތިން އެދުވަހުވެސް ވަދެ މެއިލް ބަލާލީ މުހިންމު އެއްޗެއް ފެނިދާނެ ކަމަކށް ނޫނެވެ. އެހެނަސް އަހަރެންގެ ސަމާލުކަން ގޮސް ހުއްޓުނީ “މިސް ޔޫ” ޖަހާލާފައި އިން މެއިލް އަކަށެވެ. ފޮނުވާފައި އިނީ ކާކުކަން މާރަނގަޅަށް ނޭނގުނަސް އެއީ އަހަރެންގެ އެކުވެރިންގެ ލިސްޓުގައި އިން މީހެކެވެ. އެކުޑަކުޑަ އިބާރަތްކޮޅުންވެސް އަހަރެންގެ ސަމާލުކަން އޭނައަށް ދެވުނެވެ. ގިނަދުވަސްތަކެއްނުވެ އަހަރެމެން ދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވެން ފެށުނެވެ. “އަހަންނަށް ކިޔަނީ ސާމީ!”، އަހަރެންގެ ނުދަންނަ އެކުވެރިޔާ ބުނެލިއެވެ. އަހަރެންގެ ޝައުގުވެރިކަން އެނަން އަޑުއިވުމުން ވެސް އިތުރުވިއެވެ.

2 މަސް ފަސް

ދައުރުވަމުން ދިޔަ ވަގުތާއެކު އަހަރެމެންގެ ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ. ކިޔެވުމަށް ދޭވަގުތު ފިޔަވައި ދެން ގިނަވަގުތު އަހަރެން ހޭދަކުރަނީ ސާމީއާއި ވާހަކަ ދެއްކުމުގައެވެ. އަހަރެންގެ ހިތް މަޑުމަޑުން އޭނައާއި ދިމާލަށް ލެނބެމުންދާކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. އެއްދުވަހަކު ދެކެވުނު ވާހަކައެއްގެ ތެރެއިން އަހަރެންގެ ލޯބިވެރިޔެއް ނުހުންނަ ކަމުގައި އަހަރެން ބުނީމެވެ. ހަމަ އެއާއެކެ ސާމީ ދިން ޖަވާބުން އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. އާއެކެވެ. އޭނާގެވެސް ލޯބިވެރިޔެއް ނުހުންނަ ކަމުގައި ބުނީއެވެ. ކުރީގެ ލޯބިވެރިޔާއާއި ވަކިވުމުގެ ހިތާމައިގައި ދުވަސްތައް ގުނަމުންދާކަމުގައި ބުންޏެވެ. އަހަރެންގެ ހިތް ޙަމްދަރުދީއިން ފުރުނެވެ. ކޮންމެވެސް ދުވަހަކުން ސާމީގެ ހިތް ލޯބިން ފުރާލަދިނުމަށް އަޒުމް ކަނޑައެޅީމެވެ. ރެޔާއި ދުވާލު ކުރާ މެސެޖްތަކުން ނުސީދާކޮށް އަހަރެން އޭނަޔާ މެދު ގަޔާވާކަން ހާމަކުރަމުން ދިޔައިމެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެންވެސް އޭލެވެލް ނިންމާލުމަށްފަހު ރަށަށް ބަދަލުވީމެވެ. ސާމީއާއި ދެމީހުންގެ ގުޅުން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ކުރިއަރަމުންނެވެ. ފޯނުން ގުޅައިގެންވެސް ވާހަކަ ދައްކާހަދަމެވެ. ދިރިއުޅުމުގައި ދިމާވެފައިވާ ކަންތައްތައް ދެމީހުންވެސް ހިއްސާ ކުރަމުން ދިޔައިމެވެ. އެހެން އެއްވެސް މީހަކަށް ނުކުރާ އިތުބާރު ސާމީއަށް ކުރެވުނެވެ. (ނުނިމ)

Comments (9)

  1. Bumbishy

    well! this is my first story here, need comments to make it better..Happy Friday all 🙂

  2. Zahu

    Zahu ge life aa varah vahtharu mihisaabah..waiting for the other parts..

  3. thitha

    Reethi story eh heeve.. story dhigu kollafa v avha up kollaa… Thankx. ..

  4. angelic

    much relatd to my life too..hpe it will be interestng

  5. shexx

    its related to my life too next prt avas koh up kohbba

  6. me

    Bumbishy this genesdhenii mi hurihaa kudhinge life ennu.. 😛 story v Rythi but thankolheh kury…

  7. Isse

    Fada boan veenu

    1. raisha
      Isse

      Mind ur language…..plx

  8. handi

    v salhi vaane hen heevanee 🙂

Comments are closed.